Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރަށްރަށުގައި ހިއްކާފައިހުރި ބިންތައް

ރާއްޖޭގައި ހިއްކާފައިވާ ބިންތަކުގައި ފެނާއި ކަރަންޓު އަދި ނަރުދަމާގެ ޚިދުމަތްތައް ގާއިމްކުރުމަށް ބަޖެޓުން ހަރަދު ނުކޮށް އެހެން ގޮތަކަށް ފައިނޭންސް ހޯދުމުގެ މަސައްކަތް ކުރަނީ

18 ޖޫން 2025 | ބުދަ 06:54

2010 ވަނަ އަހަރުން ފެށިގެން ހިއްކާފައި ހުރި ބިންތަކުގައި ވެސް ފެނާއި، ކަރަންޓު އަދި ނަރުދަމާ ގާއިމް ކުރެވިފައިނުވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 18 ޖޫން 2025 | ބުދަ 06:54
ރައްޔިތުންގެ މަޖިލީހުގައި ހައުސިންގ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވާހަކަދައްކަވަނީ

ރައްޔިތުންގެ މަޖިލީހުގައި ހައުސިންގ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވާހަކަދައްކަވަނީ

ދިވެހިރާއްޖޭގައި ހިއްކާފައިވާ ބިންތަކުގައި ފެނާއި ކަރަންޓު އަދި ނަރުދަމާގެ ޚިދުމަތްތައް ގާއިމްކުރުމަށް ބަޖެޓުން ހަރަދު ނުކޮށް އެހެން ގޮތަކަށް ފައިނޭންސް ހޯދައިގެން މަސައްކަތް ކުރިއަށް ގެންދެވޭތޯ ބަލާ ކަމަށް ކޮންސްޓްރަކްޝަން އެންޑް ހައުސިންގ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހު ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު މުއްތަލިބު ވިދާޅުވީ ރާއްޖޭގައި ވަރަށް ގިނަ ސަރަހައްދުތަކުގައި ބިންތައް ހިއްކާފައިވާ ކަމަށާއި، 2010 ވަނަ އަހަރުން ފެށިގެން ހިއްކާފައި ހުރި ބިންތަކުގައި ވެސް ފެނާއި، ކަރަންޓު އަދި ނަރުދަމާ ގާއިމް ކުރެވިފައިނުވާ ކަމަށެވެ.

Advertisement - newsAdvertisement

މިނިސްޓަރު މުއްތަލިބު ވިދާޅުވީ ވަރަށް ބޮޑެތި ބިންތަކެއްވާއިރު، އެބިންތަކުގައި މީހުން އާބާދު ކުރުމަށް ޚިދުމަތްތައް ގާއިމްކުރަންޖެހޭ ކަމަށެވެ. ފެނާއި ކަރަންޓު އަދި ނަރުދަމާ ގާއިމްކުރުމަށް ދައުލަތުގެ ބަޖެޓުން ހަރަދު ކުރުމުގެ ބަދަލުގައި، ކޮންޓްރެކްޓް ފައިނޭންސް އުސޫލުން ނުވަތަ ލޯނު ފައިނޭންސް އުސޫލުން ކުރިއަށް ގެންދެވޭނެ ކަހަލަ މެކޭނިޒާމެއްގެ ތެރެއިން ބަޔަކު ހޯދައިގެން ކުރިއަށް ގެންދެވޭތޯ މަސައްކަތް ކުރާ ކަމަށް މިނިސްޓަރު މުއްތަލިބު ވިދާޅުވިއެވެ.

އެހެންވީމަ އަޅުގަނޑުމެން މިހާރު އިންނާނެ ހަގީގަތުގައި ބަޖެޓުގައި އެއް ޕްރޮޖެކްޓެއްގެ ގޮތުގައި އެފަދަ ތަންތަނުގައި މަޝްރޫއުތައް ކުރިއަށް ގެންދެވޭނެ ގޮތަކަށް ހިމަނާފައި. އެހެންނަމަވެސް މިދަންވަނީ ވަރަށް ބޮޑެތި ބިންތަކުގެ ވާހަކަ. ތިނަދޫގައި ވެސް އެއީ 50 ހެކްޓަރުގެ ބިން، އެހާ ބޮޑު އިންވެސްޓްމަންޓެއް ކުރަން ބަލާއިރު، ދައުލަތުގެ ބަޖެޓުން ހަރަދު ކުރުމުގެ ބަދަލުގައި ކޮންޓްރެކްޓް ފައިނޭންސް އުސޫލުން ނޫނީ ލޯނު ފައިނޭންސް އުސޫލުން ކުރިއަށް ގެންދެވޭނެ ކަހަލަ މެކޭނިޒާމެއްގެ ތެރެއިން ބަޔަކު ހޯދައިގެން ކުރިއަށް ގެންދެވޭތޯ އަޅުގަނޑުމެން މަސައްކަތް ކުރަމުން މިގެންދަނީ. މިދަންނަވަނީ އެންމެ ރަށެއް ދެރަށެއްގެ ވާހަކައެއް ނޫން. އައްޑޫ އަތޮޅުގެ ހުރިހާ ބިންތަކެއް. ތިނަދޫ އޭދަފުށި މިހުރިހާތަނެއް ހުރީ މިކަހަލަ ގޮތަކަށް. ހަގީގަތުގައި އެތަންތަނަށް ހައްލެއް ހޯދައިދީ އާބާދުކުރެވޭނެ ގޮތެއް ހޯދުމަށްޓަކައި ސަރުކާރުން އަމިއްލަ ފަރާތްތަކާ ގުޅިގެން ކުރިއަށް ގެންދެވޭނެ ފައިނޭންސް ކުރެވޭނެ އޮޕްޝަނެއް ލިބޭތޯ ބަޖެޓުގައި އެގޮތަށް ހިމަނާފައި އޮތީ. އެހެންވީމަ އެގޮތަށް އަޅުގަނޑުމެންނަށް ޕާޓީ ލިބޭހާ އަވަހަށް މިދެންނެވި ރަށްރަށުގައި މަސައްކަތް އެލިބޭ ތަރުތީބަކުން ކުރިއަށް ގެންދެވޭނެ ވާހަކަ ދަންނަވަން.
ކޮންސްޓްރަކްޝަން އެންޑް ހައުސިންގ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު

ކުރީ ސަރުކާރުގައި ބިމުގެ ދަތިކަން ކުރިމަތިވެފައިވާ ގިނަ ރަށްތަކެއްގެ ބިންތައް ވަނީ ހިއްކާފައެވެ. ތަރައްގީގެ ޕްލޭން އެކުލަވާލައި ފައިނަލް ކުރި ނަމަވެސް އެޕްލޭންތަކަށް މިސަރުކާރުން ނުބަލާ ކަމަށް އެރަށްރަށުގެ ކައުންސިލްތަކުން ދަނީ ބުނަމުންނެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހިމެނޭ ރަށްތަކުގެ ބިންތައް ހިއްކާފައިވާއިރު، އެ ބިންތައް ތަރައްގީ ކުރުމަށް ފައިނޭންސް މިހާތަނަށް ލިބިފައިނުވާކަން މިނިސްޓަރު މުއްތަލިބު ދެއްކިވާހަކަތަކުން ހާމަވެއެވެ. އަދި މި ބިންތަކުގައި އަމަލީ މަސައްކަތްތައް ފެށޭނެ ދުވަހެއް ވިދާޅެއް ނުވެއެވެ.

ރައީސް މުއިއްޒުގެ މި ސަރުކާރަށް ދޮޅު އަހަރުވެގެންދާއިރު، ތަރައްގީގެ އެއްވެސް މަޝްރޫއެއް ކުރިއަށް ނުގެންދާތީ ގިނަ ރައްޔިތުންގެ ފާޑު ކިޔުން ސަރުކާރަށް ވަނީ އަމާޒުވެފައެވެ. އަދި ކުރީ ސަރުކާރުގައި ފެށި ތަރައްގީގެ މަޝްރޫއުތައް ވެސް ވަނީ މިސަރުކާރު އައުމާއެކު ހުއްޓިފައެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

12 ފެބުރުއަރީ 2017

ބްރިޓިޝް ކައުންސިލްގެ ކޮންސެޕްޓަށް ރާއްޖޭގައި އަރަބި ބަސް އުނގަނައިދިނުމުގެ މަޝްރޫޢުއެއް ފަށަނީ

12 ފެބުރުއަރީ 2017
ބްރިޓިޝް ކައުންސިލްގެ ކޮންސެޕްޓަށް ރާއްޖޭގައި އަރަބި ބަސް އުނގަނައިދިނުމުގެ މަޝްރޫޢުއެއް ފަށަނީ
12 ފެބުރުއަރީ 2017

ކަރަންޓުގައި ޖެހެނު ފެނަކައިގެ ދެ މީހުންގެ ހާލު މިހާރު ރަނގަޅު: ހިތަދޫ ހޮސްޕިޓަލް

12 ފެބުރުއަރީ 2017
ކަރަންޓުގައި ޖެހެނު ފެނަކައިގެ ދެ މީހުންގެ ހާލު މިހާރު ރަނގަޅު: ހިތަދޫ ހޮސްޕިޓަލް
11 ފެބުރުއަރީ 2017

ހިތަދޫ ފެނަކަ ބްރާންޗުގެ ޓެކްނީޝަން ކަރަންޓުގައި ޖެހި، އައިސީޔޫގައި ފައުވާދެނީ

11 ފެބުރުއަރީ 2017
ހިތަދޫ ފެނަކަ ބްރާންޗުގެ ޓެކްނީޝަން ކަރަންޓުގައި ޖެހި، އައިސީޔޫގައި ފައުވާދެނީ
08 ފެބުރުއަރީ 2017

ރާއްޖޭގައި ކެންސަރު ބަލީގެ 8.2 ޕަސެންޓަކީ އުރަމަތީ ކެންސަރު ބަލިމީހުން: މިނިސްޓަރ

08 ފެބުރުއަރީ 2017
ރާއްޖޭގައި ކެންސަރު ބަލީގެ 8.2 ޕަސެންޓަކީ އުރަމަތީ ކެންސަރު ބަލިމީހުން: މިނިސްޓަރ
04 ފެބުރުއަރީ 2017

ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު

04 ފެބުރުއަރީ 2017
ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު
03 ފެބުރުއަރީ 2017

ރާއްޖޭގައި އިހުލާސްތެރި ނަޒާހަތްތެރި ދަރިން ދަނީ މަދުވަމުން، މިކަން ދިރާސާ ކުރަންޖެހޭ: ލުތުފީ

03 ފެބުރުއަރީ 2017
ރާއްޖޭގައި އިހުލާސްތެރި ނަޒާހަތްތެރި ދަރިން ދަނީ މަދުވަމުން، މިކަން ދިރާސާ ކުރަންޖެހޭ: ލުތުފީ
30 ޖެނުއަރީ 2017

ބެލްޖިއަމް ކޮންސިއުލޭޓް އޮފީހެއް ރާއްޖޭގައި ހުޅުވައިފި

30 ޖެނުއަރީ 2017
ބެލްޖިއަމް ކޮންސިއުލޭޓް އޮފީހެއް ރާއްޖޭގައި ހުޅުވައިފި
26 ޖެނުއަރީ 2017

ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް

26 ޖެނުއަރީ 2017
ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް
26 ޖެނުއަރީ 2017

އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

26 ޖެނުއަރީ 2017
އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި
17 ޖެނުއަރީ 2017

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް