Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފޯކައިދޫ ސްކޫލަށް ސިޔާސީ ނުފޫޒު

ސިޔާސީ ނުފޫޒާއެކު ފޯކައިދޫ ސްކޫލުގެ އިނާމު ދިނުމުގެ ޖަލްސާ ފަސްކުރިކަމުގެ ތުހުމަތު، އެންމެ މޮޅު ދަރިވަރުންގެ ލިސްޓު ވެސް ރިވިއު ކުރަނީ

15 ޖޫން 2025 | އާދީއްތަ 08:27

މިދިޔަ އަހަރުގެ އެންމެ މޮޅު ދެ ދަރިވަރުންނަށް ސްކޫލުގެ ފަރާތުން އެކަން އެންގުމުން ޖަލްސާއަށް ވަރަށް ބޮޑަށް ތައްޔާރުވި

އަމްނާ އިމާދު
އަމްނާ އިމާދު | 15 ޖޫން 2025 | އާދީއްތަ 08:27
ފޯކައިދޫ ސްކޫލު

ފޯކައިދޫ ސްކޫލު

ށ. ފޯކައިދޫ ސްކޫލުން ހޮވާ އެންމެ މޮޅު ދަރިވަރުންގެ ލިސްޓު ބަދަލު ކުރުމަށް އިނާމު ދިނުމުގެ ޖަލްސާ ކުއްލި ގޮތަކަށް ފަސްކޮށްފިއެވެ.

ރާއްޖެއެމްވީއަށް އެރަށު ސްކޫލުގެ ބެލެނިވެރިއެއް ބުނީ، ކޮންމެ އަހަރަކު ވެސް އިނާމު ދިނުމުގެ ޖަލްސާއަށް އެރަށުގެ ސްކޫލުގެ ދަރިވަރުންނާ ބެލެނިވެރިން ވަރަށް ބޮޑަށް ތައްޔާރުވާ ކަމަށާއި، ގިނަ ބަޔަކު އެ ޖަލްސާއަކަށް އިންތިޒާރު ކުރާ ކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން އެހެން އަހަރުތަކުގައި ވެސް އަމަލުކުރާ ގޮތަށް، މި އަހަރު ވެސް މިދިޔަ އަހަރުގެ އެންމެ މޮޅު ދެ ދަރިވަރުންނަށް ސްކޫލުގެ ފަރާތުން އެކަން އެންގުމުން އިނާމު ދިނުމުގެ ޖަލްސާއަށް ވަރަށް ބޮޑަށް ތައްޔާރުވި ކަމަށެވެ. އެ ޖަލްސާގައި ވާހަކަ ދެއްކުމަށް ސްޕީޗް ލިޔެ، ވާހަކަ ދެއްކުމަށް ވަރަށް ބޮޑަށް ފަރިތަކުރި ކަމަށް އެ ބެލެނިވެރިޔާ ބުންޏެވެ.

އެންމެ މޮޅު ދެ ދަރިވަރުންގެ ގޮތުގައި ހޮވިފައިވަނީ އޯލަވަލް ޓޮޕްޓެންއަށް ދިޔަ ދަރިވަރެކެވެ. އަނެއް ދަރިވަރަކީ އޭ ލަވަލްގައި ޓޮޕްޓެންއަށް ކުއްޖެކެވެ.

ނަމަވެސް ކުއްލިއަކަށް ނުހޮވޭކަން އަންގައި، ޖަލްސާ ފަސްކޮށްފައިވާ ކަމަށް އެ ބެލެނިވެރިޔާ ބުންޏެވެ. ކުއްލިއަކަށް ވަކި ގަވާއިދެއްގެ ދަށުން ދެވަނަ ފަހަރަށް އެންމެ މޮޅު ދަރިވަރުން ހޮވުމަށް މާކްސްދީފައިވާ ގޮތް ރިވިއު ކުރާ ކަމަށް ސްކޫލުގެ ފަރާތުން ބުނި ނަމަވެސް މީގެ ކުރިން އެގަވާއިދެއް ނޭނގޭ ކަމަށް އެ ބެލެނިވެރިޔާ ބުނެފައިވެއެވެ.

މިއީ ސިޔާސީ ގޮތުންއައި ކުއްލި ނުފޫޒެއް ކަމަށާއި، ވަކި ބައެއްގެ ދަރިންނަށް ވަނަ ދިނުމުގެ ގޮތުން ގެނައި ބަދަލެއް ކަމަށް ވެސް އެ ބެލެނިވެރިޔާ ތުހުމަތުކޮށްފައިވެއެވެ. އަދި އާދައިގެ ރައްޔިތު މީހާގެ ދަރިފުޅަކީ މޮޅަށް ކިޔައިވައި ނަތީޖާ ނެރުނު ދަރިވަރެއް ނަމަވެސް ސިޔާސީ ނުފޫޒާއެކު، އެ ހައްގުން މަހުރޫމް ކުރީ ކަމަށް އޭނާ ބުނެފައިވެއެވެ.

މި މައްސަލައާ ގުޅިގެން ފަށާއިރު ޕްރޮގްރާމުން އެރަށުގެ ސްކޫލަށް ގުޅުމުން މައުލޫމާތު ދިން އިސް ބޭފުޅެއް ވިދާޅުވީ އިނާމު ދިނުމުގެ ޖަލްސާ ފަސްކޮށްފައިވާ ކަަމަށެވެ. އެއީ ބެލެނިވެރިން ހުށަހެޅި ޝަކުވާއަކާ ގުޅިގެން އެޑިޔުކޭޝަން މިނިސްޓްރީން އެގޮތަށް އެންގުމުން ކަމަށް އެބޭފުޅާ ވިދާޅުވިއެވެ. އަދި ވިދާޅުވީ ރިވިއު ކުރުމަށް އަންގައި، ޝަކުވާ ހުށަހަޅާފައިވަނީ 1 ޖޫން 2025 ގައި ކަމަށެވެ.

އެބޭފުޅާ ވިދާޅުވީ ސްކޫލުގެ އެންމެ މޮޅު ދަރިވަރުން ހޮވުމަށް އަލުން ރިވިއު ކުރަމުންދާ ކަމަށާއި، އަދި އެލިސްޓް އާއްމުނުކުރާ ކަމަށެވެ. އަދި ގަވާއިދާ އެއްގޮތަށް ރިވިއު ކުރުމަށްފަހު އެންމެ މަތިން މާކްސް ލިބޭ ދަރިވަރަކަށް ހައްގު ވަނަ ދޭނެ ކަމަށާއި، ވަކި ދަރިވަރަކު ހޮވުމަށް މަސައްކަތް ނުކުރާ ކަމަށެވެ.

އެޑިޔުކޭޝަނުން އެންގީ. ބެލެނިވެރިންގެ ޝަކުވާއަކާ ގުޅިގެން ރިވިއު ކުރަން އެންގީ. ކުރިން އެއްވެސް ކުއްޖަކަށް ނުދޭ ގޮތަކަށް ނޫން އެ ރިވިއު ކޮށްފައި. އެ މިސްޓޭކެއް ރަނގަޅުކުރީމަ އެ ހޮވޭ ކުއްޖަކަށް ލިބޭނެ. ކުރިން ހޮވިއިރުގައި ވެސް ގަވާއިދަށް ހޮވާފައި އިންނާނީ. އެކަމަކު ފޯމިއުލަރގައި މިސްޓޭކެއް އިން ކަމަށް ބެލެނިވެރިންގެ ފަރާތުން ޝަކުވާ ކޮށްފައި އޮތީ. އިންސާނުންވީމަ މިސްޓޭކެއް ޖެހިދާނެއްނުންތޯ.
ފޯކައިދީ ސްކޫލުގެ އިސް ބޭފުޅެއް

ފޯކައިދޫ ސްކޫލުގައި އިނާމު ދިނުމުގެ ޖަލްސާ ބޭއްވުމަށް ފުރަތަމަ ނިންމާފައިވަނީ 4 ޖޫން 2025 ގައެވެ. އަދި ޖަލްސާ ފަސް ކުރުމަށް އަންގާފައިވަނީ 1 ޖޫން 2025 ގައެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

4

މެސީގެ ބައްޕަ މަރުވެއްޖެ

5

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

ހުޅުދެލީ ސްކޫލުގެ ޚިދުމަތާ މެދު ބެލެނިވެރިން ހިންހަމަނުޖެހިފައި

01 ފެބުރުއަރީ 2017
ހުޅުދެލީ ސްކޫލުގެ ޚިދުމަތާ މެދު ބެލެނިވެރިން ހިންހަމަނުޖެހިފައި
27 ޖެނުއަރީ 2017

ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު

27 ޖެނުއަރީ 2017
ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު
24 ޖެނުއަރީ 2017

ދުވާފަރު ޕްރައިމަރީ ސްކޫލުގެ ކިޔެވުން ބައްދުކޮށް އެ ސްކޫލުގެ ބެލެނިވެރިން އިހްތިޖާޖު ކުރަނީ

24 ޖެނުއަރީ 2017
ދުވާފަރު ޕްރައިމަރީ ސްކޫލުގެ ކިޔެވުން ބައްދުކޮށް އެ ސްކޫލުގެ ބެލެނިވެރިން އިހްތިޖާޖު ކުރަނީ
24 ޖެނުއަރީ 2017

ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ

24 ޖެނުއަރީ 2017
ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ
23 ޖެނުއަރީ 2017

ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ

23 ޖެނުއަރީ 2017
ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ
22 ޖެނުއަރީ 2017

ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި

22 ޖެނުއަރީ 2017
ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
10 ޖެނުއަރީ 2017

"ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"

10 ޖެނުއަރީ 2017
 "ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް