Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން-އެމެރިކާ

އާދީއްތަ ދުވަހު ބާއްވަން ހަމަޖެހިފައި އޮތް އީރާން އާއި އެމެރިކާގެ މަޝްވަރާ ބައްދަލުވުން ކެންސަލް ކޮށްފި

15 ޖޫން 2025 | އާދީއްތަ 08:14

އޭނާ ވިދާޅުވީ، ދެމެހެއްޓެނިވި ސުލްޙަވެރި ކަމަކަށް ވާސިލު ވެވޭނެ ހަމައެކަނި މަގަކީ ޑިޕްލޮމަސީ އާއި މަޝްވަރާގެ ތެރެއިން ކަމަށެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 15 ޖޫން 2025 | އާދީއްތަ 08:14
އީރާނާއި އެމެރިކާގެ ދިދަ، އަދި ނިއުކްލިއާ ލޯގޯ

އީރާނާއި އެމެރިކާގެ ދިދަ، އަދި ނިއުކްލިއާ ލޯގޯ

އީރާނާއި އެމެރިކާއާ ދެމެދު ކުރިއަށް ގެންދަމުން އަންނަ ނިއުކްލިއާ މަޝްވަރާތަކުގެ ހަ ވަނަ ބުރުގެ ބައްދަލުވުން އާދީއްތަ ދުވަހަށް ތާވަލުކޮށްފައި އޮތް ނަމަވެސް، އެ ބައްދަލުވުން ކެންސަލް ކޮށްފި އެވެ.

އާދީއްތަ ދުވަހު ބާއްވަން ހަމަޖެހިފައިވާ ހަ ވަނަ ބުރުގެ މަޝްވަރާ ބައްދަލުވުން ކެންސަލް ކޮށްފައި ވަނީ، އީރާނާއި އިސްރާއީލާ ދެމެދު މިހާރު ވަރުގަދަ ހަމަލާ ބަދަލު ކުރުންތަކެއް ކުރިއަށް ދަނިކޮށެވެ. އެ ބައްދަލުވުން ކެންސަލް ކޮށްފައިވާކަން ހާމަ ކުރެއްވީ، މަޝްވަރާ ތަކުގެ މެދުވެރިއެއްގެ ދައުރު އަދާ ކުރަމުން އަންނަ އޮމާންގެ ޚާރިޖީ ވަޒީރު ބަދުރު އަލް ބުސައިދީ އެވެ.

އޮމާންގެ ޚާރިޖީ ވަޒީރު ބަދުރު އަލް ބުސައިދީ އޭނާގެ ރަސްމީ އެކްސް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްްގައި ވިދާޅުވެފައި ވަނީ، އާދިއްތަ ދުވަހު އޮމާންގެ ވެރި ރަށް މުސްކަޓް ގައި ބޭއްވުމަށް ހަމަޖެހިފައި އޮތް މަޝްވަރާ ބައްދަލުވުން މިހާރު ނޯންނާނެ ކަމަށެވެ. އިތުރަށް އޭނާ ވިދާޅުވީ، ދެމެހެއްޓެނިވި ސުލްޙަވެރި ކަމަކަށް ވާސިލު ވެވޭނެ ހަމައެކަނި މަގަކީ ޑިޕްލޮމަސީ އާއި މަޝްވަރާގެ ތެރެއިން ކަމަށެވެ. 

އީރާނާއި އެމެރިކާއާ ދެމެދު ނިއުކްލިއާ މަޝްވަރާތައް ފެށުނީ މިއަހަރުގެ އެޕްރީލް މަހުގެ ތެރޭގަ އެވެ. އޭގެ ފަހުން މިހާތަނަށް ފަސް ބައްދަލުވުމެއް ބާއްވާފައިވާއިރު، އެންމެ ފަހުގެ ބައްދަލުވުން އޮތީ އިޓަލީގެ ވެރި ރަށް ރޯމްގަ އެވެ. އެ މަޝްވަރާތަކުގައި ދެ ޤައުމުގެ ވެސް އިސްވެރިން ވަނީ ބައިވެރިވެ ވަޑައިގެންފަ އެވެ.

އީރާނާއި އެމެރިކާއާ ދެމެދު ނިއުކްލިއާ މަޝްވަރާތައް ކުރިއަށް ގެންދަމުން އަންނައިރު، މައިގަނޑު ގޮތެއްގައި ޚިޔާލު ތަފާތުވެ، މައްސަލަ ދިމާވެގެން އުޅެނީ ޔުރޭނިއަމް ފައްކާ ކުރުމުގެ މަސައްކަތާ މެދު އެވެ. އެމެރިކާ އާއި އިސްރާއީލްގެ އިތުރުން، ހުޅަނގުގެ ޤައުމުތަކުން ތުހުމަތު ކުރަމުން އަންނަ ގޮތުގައި އީރާނުން މަސައްކަތް ކުރަނީ ނިއުކްލިއާ ހަތިޔާރު އުފެއްދުމަށެވެ.

އެހެން ނަމަވެސް، އީރާނުން އަންނަނީ އެ ތުހުމަތުތަކާ ދެކޮޅު ހަދަމުންނެވެ. އީރާނުން ބުނަމުން އަންނަނީ އެެއީ އެ ޤައުމަށް ލިބިގެންދާ ހައްގެއް ކަމަށާއި، އެކަމާ ދެކޮޅަށް ހުށަހަޅާ އެއްވެސް ޝަރުތަކަށް އެ ޤައުމުން އެއްބަސް ނުވާނެ ކަމަށެވެ.

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

11 މާރިޗު 2017

ވައިޓްހައުސްގެ ގޯތިތެރެއަށް ހުކުރު ދުވަހު ވަން މީހަކު ހައްޔަރުކޮށްފި

11 މާރިޗު 2017
ވައިޓްހައުސްގެ ގޯތިތެރެއަށް ހުކުރު ދުވަހު ވަން މީހަކު ހައްޔަރުކޮށްފި
28 ފެބުރުއަރީ 2017

ސައޫދީ ރަސްގެފާނުގެ 9 ދުވަހުގެ ދަތުރަށް 506 ޓަނުގެ ލަގެޖް

28 ފެބުރުއަރީ 2017
ސައޫދީ ރަސްގެފާނުގެ 9 ދުވަހުގެ ދަތުރަށް 506 ޓަނުގެ ލަގެޖް
25 ފެބުރުއަރީ 2017

އަޒާރިއާގެ އަދަބު މާ ކުޑަ، އިސްރާއީލުގެ ޝަރުޢީ ނިޒާމަށް އޮތް އިތުބާރު ކުޑަވެއްޖެ: އދ

25 ފެބުރުއަރީ 2017
އަޒާރިއާގެ އަދަބު މާ ކުޑަ، އިސްރާއީލުގެ ޝަރުޢީ ނިޒާމަށް އޮތް އިތުބާރު ކުޑަވެއްޖެ: އދ
18 ފެބުރުއަރީ 2017

އިޒްރޭލަކީ މުޅި ދުނިޔެ އާއި ސަރަހައްދުގެ ސުލްހަޔަށް އޮތް އެންމެ ބޮޑު ނުރައްކާ: އިރާން

18 ފެބުރުއަރީ 2017
އިޒްރޭލަކީ މުޅި ދުނިޔެ އާއި ސަރަހައްދުގެ ސުލްހަޔަށް އޮތް އެންމެ ބޮޑު ނުރައްކާ: އިރާން
14 ފެބުރުއަރީ 2017

ހޯމަ ދުވަހު ޕާކިސްތާނުގައި ދިން ޖާނުން ފިދާވުމުގެ ބޮމުގެ ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

14 ފެބުރުއަރީ 2017
ހޯމަ ދުވަހު ޕާކިސްތާނުގައި ދިން ޖާނުން ފިދާވުމުގެ ބޮމުގެ ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި
06 ފެބުރުއަރީ 2017

ލަންކާގެ މިނިވަން ދުވަހުގެ މުނާސަބާގައި 60 މީހެއްގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމަށް ރައީސް ސިރިސޭނާ ލުޔެއް ދެއްވައިފި

06 ފެބުރުއަރީ 2017
ލަންކާގެ މިނިވަން ދުވަހުގެ މުނާސަބާގައި 60 މީހެއްގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމަށް ރައީސް ސިރިސޭނާ ލުޔެއް ދެއްވައިފި
02 ފެބުރުއަރީ 2017

އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި

02 ފެބުރުއަރީ 2017
އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި
28 ޖެނުއަރީ 2017

ހޮނިހިރު ދުވަހު ރައީސް ޓްރަމްޕާއި ރައީސް ޕޫޓިން ފޯނުން މަޝްވަރާ ކުރައްވަނީ

28 ޖެނުއަރީ 2017
ހޮނިހިރު ދުވަހު ރައީސް ޓްރަމްޕާއި ރައީސް ޕޫޓިން ފޯނުން މަޝްވަރާ ކުރައްވަނީ
14 ޖެނުއަރީ 2017

އިސްރާއީލު ބަލައިގެންފައި އޮތް އޮތުން އިޔާދަކުރަންޖެހިދާނެ: ފަލަސްތީން

14 ޖެނުއަރީ 2017
އިސްރާއީލު ބަލައިގެންފައި އޮތް އޮތުން އިޔާދަކުރަންޖެހިދާނެ: ފަލަސްތީން
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް