Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިސްރާއީލް-އީރާން ހަނގުރާމަ

އިސްރާއީލަށް އަމާޒުކޮށް އީރާނުން ހޮނިހިރު ދުވަހު ވެސް ހަމަލާތަކެއް ދީފި

14 ޖޫން 2025 | ހޮނިހިރު 07:34

ހަމަލާތަކާ ގުޅިގެން އިސްރާއީލްގެ އަސްކަރިއްޔާ އިން ބުނެފައި ވަނީ ހޮނިހިރު ދުވަހުގެ ފަތިހު 4:40 ގައި މިސައިލް ތަކެއް ފޮނުވާލާފައިވާ ކަމަށާއި، އެކަމާ ގުޅިގެން އިސްރާއީލްގެ ރައްޔިތުން ރައްކާތެރި ތަންތަނަށް ދިޔުމަށް އެންގިފައިވާ ކަމަށެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 14 ޖޫން 2025 | ހޮނިހިރު 07:34
އިސްރާއީލަށް އަމާޒުކޮށް އީރާނުން ފޮނުވާލި މިސައިލް ހަމަލާއެއް ފެންނަ މަންޒަރު

އިސްރާއީލަށް އަމާޒުކޮށް އީރާނުން ފޮނުވާލި މިސައިލް ހަމަލާއެއް ފެންނަ މަންޒަރު

އީރާނަށް އަމާޒުކޮށް އިސްރާއީލް އިން ދިން ހަމަލާތަކާ ގުޅިގެން، އެކަމުގެ ބަދަލެއްގެ ގޮތުގައި އީރާނުން ދެމުން އަންނަ ހަމަލާތަކުގައި، އިސްރާއީލަށް އަމާޒުކޮށް ހޮނިހިރު ދުވަހު ވެސް ހަމަލާތަކެއް ދީފައިވާ ކަމަށް އިސްރާއީލްގެ ދައުލަތުގެ މީޑިއާ އިން ހާމަކޮށްފި އެވެ.

އިސްރާއީލް އިން ވަނީ އީރާންގެ ނިއުކްލިއާ ފެސލިޓީތަކަށް އަމާޒުކޮށް ހަމަލާތަކެއް ދީފަ އެވެ. އެކަމުގެ ބަދަލެއްގެ ގޮތުގައި ހުކުރު ދުވަހު އީރާނުން ވަނީ އިސްރާއީލަށް ވަރުގަދަ އަދި ނުރައްކާތެރި ހަމަލާތަކެއް ދީފަ އެވެ.

އީރާނުން ވަނީ އިސްރާއީލަށް އަމާޒުކޮށް، "މިސައިލް ފުންޏެއް" އޮއްސާލައިފަ އެވެ. އެއާއެކު އިސްރާއީލްގެ ވެރި ރަށް ތެލް އަވީވްގައި ސައިރަންގެ އަޑުފަށްގަނޑު އިވިފައިވާއިރު، އިސްރާއީލްގެ ރައްޔިތުން ސަލާމަތްތެރިކަން ހޯދުމުގެ އިންޒާރު ވެސް ސަރުކާރުން ވަނީ ދީފަ އެވެ. އެ ހަމަލާތަކާ ގުޅިގެން އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވެސް، "އެހެން ސަރަހައްދަަކށް" ގެންގޮސްފައިވާ ކަމަށް ވަނީ ބުނެފަ އެވެ. 

އިސްރާއީލަށް ދެމުން އަންނަ ހަމަލާތަކާ ގުޅިގެން އީރާންގެ އިސް އޮފިޝަލަކު ބައެއް މީޑިއާ ތަކަށް ވިދާޅުވެފައި ވަނީ، އިސްރާއީލްގެ އެއްވެސް ސަރަހައްދެއްގައި ރައްކާތެރިކަމެއް ނޯންނާނެ ކަމަށެވެ. އަދި އިސްރާއީލްގެ ކިބައިން ބަދަލު ހިފާނެ ކަމަށާއި، އެކަން ވާނީ ވޭންދެނިވި ބަދަލު ހިފުމަކަށް ކަމަށް ވެސް ބުނެފައިވެ އެވެ. 

މީގެ އިތުރުން އިސްރާއީލް އިން އީރާނަށް ދިން ހަމަލާތަކުގައި އީރާންގެ އަސްކަރިއްޔާގެ އިސް ކޮމާންޑަރުންނާއި، ސައިސްޓިސްޓުން އަދި އާންމު ރައްޔިތުުން މެރުުމުގެ ސަބަބުން، އިސްރާއީލް އިން އެކަމުގައި ބޮަޑު އަގެއް އަދާ ކުރަން ޖެހޭނެ ކަމަށް ވެސް އޭނާ ބުނެފައިވެ އެވެ. 

އިސްރާއީލްގެ އަސްކަރިއްޔާ އިން ބުނެފައިވާ ގޮތުގައި ހޮނިހިރު ދުވަހުގެ ފަތިހު ވެސް އީރާނުން ވަނީ އިސްރާއީލަށް އަމާޒުކޮށް އައު ހަމަލާތަކެއް ދީފަ އެވެ. އެއީ "ހޮނެސްޓް ޕްރޮމިސް 3" ގެ ނަމުގައި އީރާނުން ކުރިއަށް ގެންދާ އޮޕަރޭޝަންގެ ދަށުން ދީފައިވާ ހަމަލާތަކެއް ކަމަށް ބުނެފައިވެ އެވެ. 

އެ ހަމަލާތަކާ ގުޅިގެން އިސްރާއީލްގެ އަސްކަރިއްޔާ އިން ބުނެފައި ވަނީ ހޮނިހިރު ދުވަހުގެ ފަތިހު 4:40 ގައި މިސައިލް ތަކެއް ފޮނުވާލާފައިވާ ކަމަށާއި، އެކަމާ ގުޅިގެން އިސްރާއީލްގެ ރައްޔިތުން ރައްކާތެރި ތަންތަނަށް ދިޔުމަށް އެންގިފައިވާ ކަމަށެވެ. އެ ހަމަލާތައް 10 މިނެޓު ވަންދެން ވަޒަން ކުރުމަށް ފަހު، ރައްކާތެެރި ތަންތަނުން ނިކުތުމުގެ ހުއްދަ ވަނީ ދީފަ އެވެ. 

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

19 މެއި 2017

ރައީސް ޓްރަމްޕް ގައުމުން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅު ހުކުރު ދުވަހު ފައްޓަވަނީ

19 މެއި 2017
ރައީސް ޓްރަމްޕް ގައުމުން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅު ހުކުރު ދުވަހު ފައްޓަވަނީ
21 އެޕްރީލު 2017

ޕެރިހުގައި ބުރާސްފަތި ދުވަހު ބަޑިން ހަމަލާ ދިން މީހާ ދެނެގަނެވިއްޖެ: ފުލުހުން

21 އެޕްރީލު 2017
ޕެރިހުގައި ބުރާސްފަތި ދުވަހު ބަޑިން ހަމަލާ ދިން މީހާ ދެނެގަނެވިއްޖެ: ފުލުހުން
11 މާރިޗު 2017

ވައިޓްހައުސްގެ ގޯތިތެރެއަށް ހުކުރު ދުވަހު ވަން މީހަކު ހައްޔަރުކޮށްފި

11 މާރިޗު 2017
ވައިޓްހައުސްގެ ގޯތިތެރެއަށް ހުކުރު ދުވަހު ވަން މީހަކު ހައްޔަރުކޮށްފި
28 ފެބުރުއަރީ 2017

ސައޫދީ ރަސްގެފާނުގެ 9 ދުވަހުގެ ދަތުރަށް 506 ޓަނުގެ ލަގެޖް

28 ފެބުރުއަރީ 2017
ސައޫދީ ރަސްގެފާނުގެ 9 ދުވަހުގެ ދަތުރަށް 506 ޓަނުގެ ލަގެޖް
27 ފެބުރުއަރީ 2017

އީރާނުން ކާމިޔާބުކަމާއެކު ދެ މިސައިލް ޓެސްޓްކޮށްފި

27 ފެބުރުއަރީ 2017
އީރާނުން ކާމިޔާބުކަމާއެކު ދެ މިސައިލް ޓެސްޓްކޮށްފި
14 ފެބުރުއަރީ 2017

ހޯމަ ދުވަހު ޕާކިސްތާނުގައި ދިން ޖާނުން ފިދާވުމުގެ ބޮމުގެ ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

14 ފެބުރުއަރީ 2017
ހޯމަ ދުވަހު ޕާކިސްތާނުގައި ދިން ޖާނުން ފިދާވުމުގެ ބޮމުގެ ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި
11 ފެބުރުއަރީ 2017

ފްރާންސަށް ނިސްބަތްވާ އައިއެސްގެ ހަނގުރާމަވެރިއަކަށް އަމާޒުކޮށް 72 ގަޑިއިރުގެ ހަމަލާތަކެއް

11 ފެބުރުއަރީ 2017
ފްރާންސަށް ނިސްބަތްވާ އައިއެސްގެ ހަނގުރާމަވެރިއަކަށް އަމާޒުކޮށް 72 ގަޑިއިރުގެ ހަމަލާތަކެއް
06 ފެބުރުއަރީ 2017

ލަންކާގެ މިނިވަން ދުވަހުގެ މުނާސަބާގައި 60 މީހެއްގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމަށް ރައީސް ސިރިސޭނާ ލުޔެއް ދެއްވައިފި

06 ފެބުރުއަރީ 2017
ލަންކާގެ މިނިވަން ދުވަހުގެ މުނާސަބާގައި 60 މީހެއްގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމަށް ރައީސް ސިރިސޭނާ ލުޔެއް ދެއްވައިފި
28 ޖެނުއަރީ 2017

ހޮނިހިރު ދުވަހު ރައީސް ޓްރަމްޕާއި ރައީސް ޕޫޓިން ފޯނުން މަޝްވަރާ ކުރައްވަނީ

28 ޖެނުއަރީ 2017
ހޮނިހިރު ދުވަހު ރައީސް ޓްރަމްޕާއި ރައީސް ޕޫޓިން ފޯނުން މަޝްވަރާ ކުރައްވަނީ
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް