Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހުކުރު ޚުތުބާ

ހެދުންއެޅުމުގައި އިސްލާމީ ގިއުގަނޑުން ބޭރުވެ، ނަން މަޝްހޫރު މީހުން ކޮޕީކުރުން އާއްމު، މިކަމުން ދުރުވާންޖެހޭ: ޚުތުބާ

13 ޖޫން 2025 | ހުކުރު 08:08

ތަވާޟުޢުވެރިކަމަކީ ހިތްތިރިކަމާއި މަޑުމޮޅިކަން ކަމަށާއި، މީސްތަކުންގެ މައްޗަށް ކިބުރުވެރި ނުވުން

އަމްނާ އިމާދު
އަމްނާ އިމާދު | 13 ޖޫން 2025 | ހުކުރު 08:08
ހުކުރު ނަމާދު

ހުކުރު ނަމާދު

ދެ ޖިންސުގެ މީހުން ހެދުންއެޅުމުގައި އިސްލާމީ ގިއުގަނޑުން ބޭރުވެ، ނަން މަޝްހޫރު މީހުން ކޮޕީކުރުން އާއްމުވެފައިވާ ކަމަށާއި، މިއީ ބިރުވެރިކަމެއް ކަމަށްވާތީ، މިކަމުން ދުރުވުމަށް ޚުކުރު ޚުތުބާގައި ގޮވާލައިފިއެވެ.

''ތަވާޟުޢުވެރިކަމަކީ ދަރަޖަ އުފުލިގެންވާ ކަމެއް'' މިމައުޟޫއަށް ރާއްޖޭގެ އެކިކަންކޮޅުތަކަށް އިއްވި ހުކުރު ޚުތުބާގައި ބުނީ، ތަވާޟުޢުވެރިކަމަކީ ހިތްތިރިކަމާއި މަޑުމޮޅިކަން ކަމަށާއި، މީސްތަކުންގެ މައްޗަށް ކިބުރުވެރި ނުވުން ކަމަށެވެ. އަދި ލިބިފައިވާ ޖާހާއި މާލުގެ ސަބަބުން ފަޚުރުވެރި ނުވުން ކަމަށެވެ.

Advertisement - newsAdvertisement

އިސްލާމްދީން ފެތުރުނީ މަޑުމައިތިރިކަމާއި، ތަވާޟުޢުވެރިކަމާއި އޯގާތެރިކަމުންކަން ފާހަގަކޮށް ޚުތުބާގައި ބުނީ، އެންމެ ފުރަތަމަ ތަވާޟުޢުވެރި ވާންވީ މާތް الله އަމުރުކުރެއްވި ކަންތައްތައްކޮށް، އެކަލާނގެ ނަހީކުރެއްވި ކަންތައްތަކުން ދުރުހެލިވުމަށް ކަމަށެވެ.

ދެވަނައަށް ތަވާޟުޢުވެރިވާންވީ މާތް اللهގެ މަތިވެރިކަމާއި جَلَالُވަންތަކަމާއި كِبْرِيَاءُވަންތަކަމާއި عِزَّةވަންތަކަމަށެވެ. ތިންވަނައީ ހެދުންއެޅުމާއި ހިނގައި ބިނގައިވެ އުޅުމުގައި ތަވާޟުޢުވެރިވުންކަން ޚުތުބާގައި ފާހަގަކޮށްފައިވެއެވެ. އަދި ހަތަރު ވަނައީ މަސައްކަތްތަކުގައި މީހުންނާ ބައިވެރިވެ، އެމީހުންނަށް އެހީތެރިވުމުގައި ތަވާޟުޢުވެރިވުމާއި، ފަސްވަނައީ، ތިމާމެންގެ އަނބިދަރީންނާ މެދު ރަނގަޅު ގޮތުގައި މުއާމަލާތުކޮށް އެ މީހުންނަށް ގޭގެ މަސައްކަތުގައި އެހީތެރިވެދިނުމުގައި ތަވާޟުޢުވެރިވުމަށް ވެސް ޚުތުބާގައި ނަސޭހަތްތެރިވެފައިވެއެވެ.

މީގެ އިތުރުން ޚުތުބާގައި ބުނީ މިހާރަކަށް އައިސް ދެޖިންސުގެ މީހުން ހެދުންއެޅުމުގައި އިސްލާމީ ގިއުގަނޑުން ބޭރުވެ، ނަން މަޝްހޫރު މީހުން ކޮޕީކުރުން އާއްމުވެފައިވާ ކަމަށެވެ. ޚާއްސަކޮށް މިއަދުގެ ޒުވާނުންގެ މެދުގައި މިކަން ރީތި ކަމެއް ކަމަށް ވެފައިވާ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

މިހާރަކަށް އައިސް ދެޖިންސުގެ މީހުން ހެދުންއެޅުމުގައި އިސްލާމީ ގިއުގަނޑުން ބޭރުވެ، ނަން މަޝްހޫރު މީހުން ކޮޕީކުރުންވަނީ ޢާންމު ކަމަކަށް ވެފައެވެ. ޚާއްޞަކޮށް މިއަދުގެ ޒުވާނުންގެ މެދުގައި މި ކަން ވަނީ ރީތި ކަމެއްކަމުގައި ވެފައެވެ. މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَގެ ޙަދީޘްފުޅު އަޑުއައްސަވާށެވެ! (بَيْنَمَا رَجُلٌ يَـجُرُّ إِزَارَهُ مِنَ الْـخُيَلَاءِ، خُسِفَ بِهِ، فَهُوَ يَتَجَلْجَلُ فِي الْأَرْضِ إِلَى يَوْمِ الْقِيَامَةِ) މާނައީ: "ފިރިހެނަކު ބޮޑާކަމާ އެކު އޭނާގެ އިޒާރު (ހެދުން) ބިންމަތީ ދަމަމުން ދަނިކޮށް އޭނާ ބިމުގެ އަޑިއަށް ގަންބަވައިގެންފިއެވެ. ފަހެ، ޤިޔާމަތާ ހަމަޔަށް އޭނާ ބިމުގެ އަޑިއަށް ގެނބިގެނބި ހުންނާނެތެވެ." ހަތަރުވަނައީ މަސައްކަތްތަކުގައި މީހުންނާ ބައިވެރިވެ، އެމީހުންނަށް އެހީތެރިވުމުގައި ތަވާޟުޢުވެރިވުމެވެ. اَلْبَرَاءُ بْنُ عَازِب رَضِيَ اللهُ عَنْهُ ވިދާޅުވެފައިވެއެވެ. "އަޙުޒާބު ހަނގުރާމައިގައި، ޚަންދަޤު ކޮންނެވުމުގައި ކީރިތި ރަސޫލާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަހަރެމެންނާ އެކު ބައިވެރިވެވަޑައިގެން ވެލި އުފުއްލެވިއެވެ." ކީރިތި ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ ދެއްކެވި މި ރިވެތި ނަމޫނާއަކީ އެންމެހައި ވެރީން ލިބިގަންނާންވީ ފިލާވަޅެކެވެ.
ހުކުރު ޚުތުބާ

ތަވާޟުޢުވެރިކަމަކީ ނަބިއްޔުންގެ ހުލްގުފުޅެއްކަން ފާހަގަކޮށް ޚުތުބާގައި ބުނީ، އެއީ މުއުމިނުންގެ ސިފައެއް ކަމަށާއި، ސާލިހުންގެ އަލާމާތެއް ކަމަށެވެ. އެ ސިފައިގެ ސަބަބުން ޝަރަފުވެރީންގެ ޝަރަފު އިތުރުވާ ކަމަށާއި، ނަސްރުވެރީންނަށް ނަސްރު ލިބޭ ކަމަށެވެ. ހަމަ އެ ފަދައިން އެ ސިފަ ލިބިގެންވާ މީހަކަށް މީސްތަކުންގެ ފަރާތުން ސަނާއާއި ތާރީފާއި ޝުކުރުގެ ޖިޒީތައް އޮހޭ ކަމަށާއި، އަދި އެސިފައިން ޒީނަތްތެރިވި މީހާގެ ދަރަޖަ މާތް الله އުފުއްލާކަމަށް ޚުތުބާގައި ބުނެފައިވެއެވެ. އަދި އެސިފައިގައި ހިފަހައްޓައިފި މީހާއަށް، އެކަލާނގެ އާޚިރަތުގެ ގޮވަތީން ނިއުމަތާއި، ބާއްޖަވެރިކަން ދެއްވައެވެ.

ތަވާޟުޢުވެރިކަމަކީ މީސްތަކުންގެ މެދުގައި ލޯތްބާއި އޯގާތެރިކަން އިތުރުވާ ކަމެކެވެ. އަދި އުޚުއްވަތްތެރިކަން ފެތުރިގެންދާ ސަބަބެކެވެ. މުސްލިމުންގެ އުޚުއްވަތްތެރިކަމަކީ އެންމެހައި ޢުމުރު ފުރާތަކަށާއި، އެކިއެކި ގިންތިތަކާއި ފަންތިތަކުގެ މެދުގައި އޮންނަ އެއްޗެކެވެ. އޭގައި ކުޑަކުއްޖެއް، ބޮޑުމީހެއް ނުވަތަ މުއްސަނޖެއް، ފަޤީރެއް ނުވަތަ ޢަރަތްބެއް، ޢަޖަމީއެއް ނުވަތަ ކަޅުމީހެއް، ދޮންމީހެއް ތަފާތެއް ނެތެވެ. ތަފާތުވަނީ ހަމައެކަނި އެ މީހެއްގެ ތަޤުވާވެރިކަމާއި ހެޔޮޢަމަލުންނެވެ. މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَގެ ޙަދީޘްކުރައްވައިފައި ވެއެވެ. (إِنَّ اللهَ أَوْحَى إِلَيَّ أَنْ تَوَاضَعُوْا، حَتَّى لَا يَفْخَرَ أَحَدٌ عَلَى أَحَدٍ، وَلَا يَبْغِيَ أَحَدٌ عَلَى أَحَدٍ) މާނައީ: "ހަމަކަށަވަރުން ތިޔަބައިމީހުން އެއް ބަޔަކު އަނެއް ބަޔަކަށް ތަވާޟުޢުވެރިވުމަށް މާތް ﷲ ތިމަންކަލޭގެފާނަށް ވަޙީކުރެއްވިއެވެ. އެއީ ތިޔަބައިމީހުން އެކަކު އަނެކަކުގެ މައްޗަށް ކިބުރުވެރިވެ ބޮޑާވެނުގަތުމަށާއި، އެކަކު އަނެކަކުގެ މައްޗަށް އަނިޔާވެރިވެނުގަތުމަށެވެ.
ހުކުރު ޚުތުބާ

މީހަކު، މާތް اللهގެ ހަޟުރަތުގައި މަތިވެރި ދަރަޖަ އެދޭ ނަމަ، އަދި މީސްތަކުންގެ މެދުގައި ގަދަރުވެރި މީހަކަށްވާން ބޭނުން ނަމަ، އެ މީހަކަށް އޮތީ ތަވާޟުޢުވެރިވެ، ރިވެތި އަހުލާގުގައި ހިފެހެއްޓުން ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ޚުތުބާގައި ވަނީ މާތް اللهއަށް ބިރުވެތިވެ، ކިބުވެރިކަމާއި ބޮޑާކަން ދޫކޮށް އެކަލާނގެ ހަޟްރަތަށް ތަވާޟުޢުވެރިވުމަށް ގޮވާލާފައެވެ. އަދި އިލްމުވެރީންނާއި އެކިއެކި މަގާމުތަކަށް އިސްކުރައްވައިފައިވާ ފަރާތްތަކާއި، އަދި އެންމެހައި މީސްތަކުން މާތް اللهއަށް ތަވާޟުޢުވެރިވުމަށް ޚުތުބާގައި ވަޞިއްޔަތްކޮށްފައިވެއެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

4

މެސީގެ ބައްޕަ މަރުވެއްޖެ

5

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

20 ޖެނުއަރީ 2017
ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ
20 ޖެނުއަރީ 2017

އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް

20 ޖެނުއަރީ 2017
އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް
15 ޖެނުއަރީ 2017

ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ

15 ޖެނުއަރީ 2017
ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ
15 ޖެނުއަރީ 2017

"ބާރުވެރިކަމުގައި ތިބުމަށް ކުރާ އުއްމީދު ފަނާވެ ދާތަން އަނެއްކާވެސް ދެކޭނަން"

15 ޖެނުއަރީ 2017
 "ބާރުވެރިކަމުގައި ތިބުމަށް ކުރާ އުއްމީދު ފަނާވެ ދާތަން އަނެއްކާވެސް ދެކޭނަން"
15 ޖެނުއަރީ 2017

ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު

15 ޖެނުއަރީ 2017
ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
08 ޖެނުއަރީ 2017

މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް

08 ޖެނުއަރީ 2017
މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް
07 ޖެނުއަރީ 2017

މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން

07 ޖެނުއަރީ 2017
މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން
07 ޖެނުއަރީ 2017

ބައްޕާފުޅުގެ އަރިހުގައި ސާބިތުކަމާއިއެކު ހުންނަވާނަން: ޔުމްނާ މައުމޫނު

07 ޖެނުއަރީ 2017
ބައްޕާފުޅުގެ އަރިހުގައި ސާބިތުކަމާއިއެކު ހުންނަވާނަން: ޔުމްނާ މައުމޫނު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް