Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޝައިޚް ފަރީދު އަވަހާރަވުން

ޝެއިހު ފަރީދުގެ ޖަނާޒާ މެލޭޝިއާގައި ބާއްވައިފި، ޣައިބަށް ކަށުނަމާދު ކުރުން ހުކުރު ދުވަހު

11 ޖޫން 2025 | ބުދަ 11:58

ޝައިޚް ފަރީދުގެ ޖަނާޒާ މެލޭޝިއާގައި ބާއްވާފައި ވަނީ ބުދަ ދުވަހު މެންދުރު

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 11 ޖޫން 2025 | ބުދަ 11:58
ޝެއިޚް އިބްރާހީމް ފަރީދު - ޝައިޚްގެ ޖަނާޒާ ބޭއްވީ ބުދަ ދުވަހު މެލޭޝިއާގައި

ޝެއިޚް އިބްރާހީމް ފަރީދު - ޝައިޚްގެ ޖަނާޒާ ބޭއްވީ ބުދަ ދުވަހު މެލޭޝިއާގައި

ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިޚު އިބްރާހިމް ފަރީދު އަހުމަދުގެ ޖަނާޒާ މެލޭޝިއާގައި ބާއްވައިފި އެވެ.

ޝެއިހު ފަރީދުގެ ޖަނާޒާ ބާއްވާފައި ވަނީ ބުދަ ދުވަހު މެންދުރު ނަމާދަށް ފަހު ސެލަންގޯގެ ރާޖާ ހާޖީ ފީސަބީލިﷲ މިސްކިތުގަ އެވެ. ފަސްދާނުލީ ތަނާހް ޕަރްކުބުރަން އިސްލާމް ރައުދަތުލް ބަޤީ ގަބުރުސްތާނުގަ އެވެ.

Advertisement - newsAdvertisement

އުމުރުފުޅުން 53 އަހަރުގައި ފަރީދު އަވަހާރަވީ މިދިޔަ ހޯމަ ދުވަހު ހަވީރު ދީނީ ދައުވަތާ ގުޅުންހުރި ކަމެއްގައި މެލޭޝިއާއަށް ކުރެއްވި ދަތުރުގައި އެއާޕޯޓުގައި ހުންނަވަނިކޮށް ކުއްލި ގޮތަކަށް ހާލު ދެރަވެގެންނެވެ.

ފަރީދުގެ މައްޗަށް ރާއްޖޭގެ ހުރިހާ މިސްކިތެއްގައި ޣައިބަށް ކަށުނަމާދު ކުރުން އަންނަ ހުކުރު ދުވަހު، ހުކުރު ނަމާދަށް ފަހު އޮންނާނެ އެވެ.

ޝެއިހު ފަރީދުގެ މައްޗަށް ޣައިބަށް ކަށުނަމާދު ކުރުމާ ގުޅޭގޮތުން އިސްލާމިކް މިނިސްޓްރީން ވަނީ ރަށު ކައުންސިލުތަކަށާއި އަތޮޅު ކައުންސިލުތަކަށާ އަދި ސިޓީ ކައުންސިލުތަކަށް މިއަދު ސާކިއުލާއެއް ފޮނުވާފަ އެވެ.

އެ ސާކިއުލާގައި ބުނީ އަންނަ ހުކުރު ދުވަހުގެ ހުކުރު ނަމާދަށް ފަހު މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ ހުކުރުކުރާ ހުރިހާ މިސްކިތެއްގައި ފަރީދުގެ މައްޗަށް ޣައިބަށް ކަށުނަމާދު ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. ވުމާ އެކު މި ނަމާދު ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ވަނީ އެދިފަ އެވެ.

ފަރީދަކީ ރާއްޖޭގައި ދީނީ އިލްމު ފެތުރުމުގައި ފާހަގަކޮށްލެވޭ ފަދަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ. އޭގެއިތުރުން އޭނާއަކީ އިސްލާހީ ހަރަކާތުގައި ވެސް އިސްކޮށް ހަރަކާތްތެރިވި ބޭފުޅެކެވެ. އޭރު ބޭއްވި އެއްވުންތަކުގައި ފަރީދު ތަގުރީރު ވެސް ކުރެއްވި އެވެ.

އޭގެ ތެރެއިން ބައެއް އެއްވުންތަކުގައި ބައިވެރިވި ކަމުގެ ތުހުމަތުގައި އޭރުގެ ސަރުކާރުން ޝެއިހު ޖަލުގައި ވެސް ބަންދުކުރި އެވެ. އޮގަސްޓު 12-13 ގެ އެއްވުމުގެ ތެރެއިން ވެސް ހައްޔަރުކޮށް ޖަލުގައި ބަންދުކުރި އެވެ.

ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނުގެ ދަށުންނާއި ޓެރަރިޒަމްގެ ކުށުގެ ދައުވާ ވެސް ފަރީދުގެ މައްޗަށް އުފުލި އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

އިތުރަށް ކިޔާލަން

18 އެޕްރީލު 2017

ހެންވޭރު އުތުރު ދާއިރާގެ އެމްޑީޕީ ކެނޑިޑޭޓުގެ ޕޯސްޓަރ ތަތްކުރުމުގެ ހަރަކާތް ބާއްވައިފި

18 އެޕްރީލު 2017
ހެންވޭރު އުތުރު ދާއިރާގެ އެމްޑީޕީ ކެނޑިޑޭޓުގެ ޕޯސްޓަރ ތަތްކުރުމުގެ ހަރަކާތް ބާއްވައިފި
15 އެޕްރީލު 2017

ގުރައިދޫގައި އެމްޑީޕީގެ މެމްބަރުންނާއި އެކު ބައްދަލުވުމެއް ބާއްވައިފި

15 އެޕްރީލު 2017
ގުރައިދޫގައި އެމްޑީޕީގެ މެމްބަރުންނާއި އެކު ބައްދަލުވުމެއް ބާއްވައިފި
09 އެޕްރީލު 2017

އިންސާފެވެރި އިންތިޚާބެއް ބާއްވައިފިނަމަ 3 ޕަސެންޓްވެސް ރައީސް ޔާމީނަށް ނުލިބޭނެ: ނާޒިމް

09 އެޕްރީލު 2017
އިންސާފެވެރި އިންތިޚާބެއް ބާއްވައިފިނަމަ 3 ޕަސެންޓްވެސް ރައީސް ޔާމީނަށް ނުލިބޭނެ: ނާޒިމް
25 ފެބުރުއަރީ 2017

އެމްޑީޕީން ސިލްސިލާކޮށް ކެމްޕެއިންތަކަށް އަހްލުވެރިކުރުމާ ބެހޭގޮތުން ބާއްވާ ވޯކްޝޮޕެއް ބާއްވައިފި

25 ފެބުރުއަރީ 2017
އެމްޑީޕީން ސިލްސިލާކޮށް ކެމްޕެއިންތަކަށް އަހްލުވެރިކުރުމާ ބެހޭގޮތުން ބާއްވާ ވޯކްޝޮޕެއް ބާއްވައިފި
19 ފެބުރުއަރީ 2017

ދިވެހި ފޮރިން މިނިސްޓްރީ އާއި ޗައިނާގެ ފޮރިން މިނިސްޓްރީއާ ދެމެދު މަޝްވަރާ ބައްދަލުވުން ބާއްވައިފި

19 ފެބުރުއަރީ 2017
ދިވެހި ފޮރިން މިނިސްޓްރީ އާއި ޗައިނާގެ ފޮރިން މިނިސްޓްރީއާ ދެމެދު މަޝްވަރާ ބައްދަލުވުން ބާއްވައިފި
07 ފެބުރުއަރީ 2017

ޝެއިހު އިމްރާނުގެ އިސްތިއުނާފް 10 މަހަށް ފަހު ބުދަ ދުވަހަށް ތާވަލްކޮށްފި

07 ފެބުރުއަރީ 2017
ޝެއިހު އިމްރާނުގެ އިސްތިއުނާފް 10 މަހަށް ފަހު ބުދަ ދުވަހަށް ތާވަލްކޮށްފި
04 ފެބުރުއަރީ 2017

ވިލާ އިންޓަރނޭޝަނަލް ހައި ސުކޫލުން އޯޕަންޑޭ ބާއްވައިފި

04 ފެބުރުއަރީ 2017
ވިލާ އިންޓަރނޭޝަނަލް ހައި ސުކޫލުން އޯޕަންޑޭ ބާއްވައިފި
01 ފެބުރުއަރީ 2017

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި

01 ފެބުރުއަރީ 2017
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި
22 ޖެނުއަރީ 2017

ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހުރިހާ ޑިޕާޓްމަންޓްތަކުގެ މުވައްޒަފުންނަށް ރޯލްކޯލްއެއް ބާއްވައިފި

22 ޖެނުއަރީ 2017
ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހުރިހާ ޑިޕާޓްމަންޓްތަކުގެ މުވައްޒަފުންނަށް ރޯލްކޯލްއެއް ބާއްވައިފި
21 ޖެނުއަރީ 2017

ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި

21 ޖެނުއަރީ 2017
ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް