Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ކައުންސިލް އިންތިހާބު

އިންސާފެވެރި އިންތިޚާބެއް ބާއްވައިފިނަމަ 3 ޕަސެންޓްވެސް ރައީސް ޔާމީނަށް ނުލިބޭނެ: ނާޒިމް

ސިޔާސީ ވިސްނުން ތަފާތު 4 ލީޑަރުން ވަނީ ޤައުމީ ރޫހެއްގައި މަސައްކަތް ފަށާފައި

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 9 އެޕްރީލު 2017 | އާދީއްތަ 04:52
ނާޒިމް ރާއްޖެ ޓީވީއަށް އިންޓަރވިއުއެއް ދެއްވަނީ - ރައީސް ޔާމީނަސް ރައްޔިތުންގެ ތާއީދު ނެތްކަމަށް އޭނާ ވިދާޅުވި

ނާޒިމް ރާއްޖެ ޓީވީއަށް އިންޓަރވިއުއެއް ދެއްވަނީ - ރައީސް ޔާމީނަސް ރައްޔިތުންގެ ތާއީދު ނެތްކަމަށް އޭނާ ވިދާޅުވި

މިނިވަން އިންސާފްވެރި އިންތިޚާބެއް ބާއްވައިފިނަމަ މިހާރުގެ ރައީސް، ރައީސް އަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމަށް 3 ޕަސެންޓް ވޯޓުވެސް ނުލިބޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވައިކަަރަދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ނާޒިމް މިފަދައިން ވިދާޅުވީ ހޮނިހިރު ދުވަހުގެރޭ ގުޅިފައިވާ ޕާޓީތަކުން މ ކުނޫޒުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

Advertisement - newsAdvertisement

އެމްޑީޕީން ހަފްތާ ބަންދާ ދިމާކޮށް އަތޮޅުތަކުގައި ބާއްވާ ޖަލްސާތަކުގައި ބައިވެރިވަމުން އަންނަ ނާޒިމް ވިދާޅުވީ އެ ދަތުރުތަކުން އެނގުނީ ޕީޕީއެމްގެ މުސްތަޝާރު ޔާމީން ފެކްޝަނަށް އެރަށްރަށުން ތާއީދު ނުކުރާކަން ކަމަށެވެ. ރާއްޖޭގެ ކަންކޮޅުތަކުގައި ތިބި ގިނަ މީހުން ތިބީ ގުޅިފައިވާ ޕާޓީތަކާއި ގުޅިލާމެހިފައި ކަމަށް ނާޒިމް ވިދާޅުވި އެވެ. އޭގެ ތެރޭގައި ރައީސް ޔާމީން ވެރިކަމަށް ގެންނަން މަސައްކަތް ކުރި ޕީޕީއެމްގެ މެންބަރުންވެސް ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ އިންތިޚާބުތަކުގެ ވާހަކަތައް ދައްކާއިރު ދައްކަމުންދަނީ ހަމައެކަނި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ވާހަކަ ނޫން ކަމަށާއި ގުޅިފައިވާ ކޯލިޝަން ގުޅިފައިވަނީ އިރާދަ ކުރެއްވިއްޔާ ކުރިއަށް އޮތް ދެ އިންތިޚާބާ ހަމައަށް ކަމަށެވެ. އަދި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް އިޝާރާތް ކުރައްވާ ނާޒިމް ވިދާޅުވީ އެ އިންތިޚާބުގައި ރައީސް ޔާމީނަށް ތާއީދު ނެތްކަން ދައްކާލެވިއްޖިނަމަ އެއޮތީ ކުރިއަށް އޮތް އިންތިޚާބުގައި މަސައްކަތް ކުރާނެ އިތުރު ފުރުސަތު ލިބިފައިވާ ކަމަށެވެ.

ނާޒިމް ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ގުޅިފައިވާ ކޯލިޝަނަށް ވޯޓު ދިނުމަށް އެދޭކަމަށާއި އެ އިންތިޚާބު ކާމިޔާބު ކުރެވިއްޖެނަމަ އެއީ ރައީސް އެންމެ ފަސޭހައިން "ސައިޒް" ކުރެވޭނެ ގޮތް ކަމަށެވެ. ނާޒިމް ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި ރައްޔިތުންނަށް ލިބޭ އެންމެ ފުރަތަމަ ކަރުދާސްކޮޅަކީ ލޯކަލް ކައުންސިލް އިންތިޚާބުގައި ލިބޭ ކަރުދާސްކޮޅު ކަމަށެވެ. މި ކަރުދާސްކޮޅުގައި ރައީސް ޔާމީނަށް ނުވަތަ ދަރުބާރު ފެކްޝަނަށް އާއެކޭ ބުނެފިނަމަ އޭގެ މާނައަކީ ރައީސް ޔާމީން ކުރައްވާ ހުރިހާ ކަމެއް ރަނގަޅޭ ބުނުން ކަމަށް ނާޒިމް ވިދާޅުވި އެވެ. ނާޒިމް ވިދާޅުވީ އެއީ އެދޭގޮތް ނޫން ކަމަށާއި ވޯޓު ދިނުމުގައި އާއިލާއެއް އެއްބަޑެއް ނުބަލާނެ ކަމަށާއި ގުޅިފައިވާ ޕާޓީތަކުން މަސައްކަތް ކުރަމުންދަނީ ޤައުމީ ރޫހެއްގައި ކަމަށެވެ.

ނާޒިމް ވިދާޅުވީ ސިޔާސީ ގޮތުން ޚިޔާލު ތަފާތުވުންހުރި ހަތަރު ލީޑަރުން ޤައުމީ ރޫހެއްގައި މަސައްކަތް ކުރަން ފަށާފައިވާއިރު ރައީސް ޔާމީން ބަލި ނުކުރެވެންވީ ސަބަބެއް ނެތް ކަމަށެވެ.

"އަޅުގަނޑުމެންނަށް ޔަޤީންކަން އޮތީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނަށް ފައި ހަމަކޮށް ނުލެވޭނެކަން. އަޅުގަނޑުމެންނަށް އެނގޭ އެއްޗަކީ އިންސާފްވެރި އިންތިޚާބެއް ބޭއްވިއްޖިއްޔާ ރައީސް ޔާމީން ބޮޑު ތަނުން ބަލިކޮށް ތިން ޕަސެންޓްވެސް އެމަނިކުފާނަށް ނުލިބޭނެކަން" ނާޒިމް ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ

އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

11 ޖޫން
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް
20242 އަހަރު ކުރިން
ރާއްޖެ

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި
20233 އަހަރު ކުރިން
ރިޕޯޓު

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!
20215 އަހަރު ކުރިން
ރިޕޯޓު

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް
20188 އަހަރު ކުރިން
ސިއްހަތު

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު