Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސައޫދީ އަރަބިއްޔާ

2 ހަފްތާގެ ތެރޭގައި މަސްޖިދުލް ނަބަވީ އަށް 12 މިލިއަނަށް ވުރެ ގިނަ މުސްލިމުން ޒިޔާރަތް ކޮށްފި

ޛުލްޤަޢިދާ މަހުގެ 15 ވަނަ ދުވަހުން ފެށިގެން ޛުލްޙިއްޖާ މަހުގެ 1 ވަނަ ދުވަހާ ހަމައަށް 12،914،153 މުސްލިމުން މަސްޖިދުލް ނަބަވީ އަށް ޒިޔާރަތް ކޮށްފައިވެއެވެ.

ރާއްޖެ އެމްވީ | 8 ޖޫން 2025 | އާދީއްތަ 08:46
މަދީނާ ގައި ހުންނަ ކީރިތި ރަސޫލާގެ މިސްކިތުގެ ނަމުން ވެސް ނަން ދެވިފައިވާ މަސްޖިދުލް ނަބަވީގެ މަންޒަރެއް

މަދީނާ ގައި ހުންނަ ކީރިތި ރަސޫލާގެ މިސްކިތުގެ ނަމުން ވެސް ނަން ދެވިފައިވާ މަސްޖިދުލް ނަބަވީގެ މަންޒަރެއް

ހައްޖުގެ އަޅުކަން ފެށުމާ ހަމަ އަށް ފާއިތުވި ދެ ހަފްތާ ތެރޭގައި މަދީނާ ގައި ހުންނަ ކީރިތި ރަސޫލާގެ މިސްކިތައް 12 މިލިއަނަށް ވުރެ ގިނަ މުސްލިމުން ޒިޔާރަތް ކޮށްފި ކަމަށް ސައުދީ އަރަބިއްޔާ އިން ހާމަ ކޮށްފިއެވެ.

މަސްޖިދުލް ޙަރާމާއި މަސްޖިދުލް ނަބަވީގެ ކަންތައްތަކާ ބެހޭ ޖެނެރަލް އޮތޯރިޓީގެ ތަފާސް ހިސާބުތަކުން ހާމަވާ ގޮތުގައި، ޛުލްޤަޢިދާ މަހުގެ 15 ވަނަ ދުވަހުން ފެށިގެން ޛުލްޙިއްޖާ މަހުގެ 1 ވަނަ ދުވަހާ ހަމައަށް 12،914،153 މުސްލިމުން މަސްޖިދުލް ނަބަވީ އަށް ޒިޔާރަތް ކޮށްފައިވެއެވެ. އަދި މި މުއްދަތުގެ ތެރޭގައި ރައުޟާ ޝަރީފަށް 666،580 މުސްލިމުން ޒިޔާރަތް ކޮށްފައިވެއެވެ.

ސައުދީ ސަރުކާރުން ބުނެފައި ވަނީ މިސްކިތައް ޒިޔާރަތް ކުރާ ފަރާތްތަކަށް ލުއި ފަސޭހަތަކާއި ހިތްފަސޭހަކަން ހޯދައިދިނުމަށް ފުޅާ ދާއިރާއެއްގައި ޚިދުމަތްތައް ފޯރުކޮށްދީފައިވާ ކަމަށެވެ. މީގެ ތެރޭގައި މިސްކިތުގެ ގޯތިތެރޭގައި 161،802 ފަރާތަކަށް ދަތުރުފަތުރުގެ ޚިދުމަތް ފޯރުކޮށްދިނުމާއި، ރޯދައަށް ތިބި ފަރާތްތަކަށް 301،802 އިފްތާރު ޕެކޭޖުތައް ބެހުމާއި، 218،336 ފުޅި ޒަމްޒަމް ފެން ފޯރުކޮށްދިނުން ހިމެނެއެވެ. އަދި ޖުމްލަ 3،360 ޓަނުގެ ޒަމްޒަމް ފެން ބޭނުން ކުރެވިފައިވެއެވެ.

މިސްކިތުގެ މާހައުލު ބެލެހެއްޓުމާއި ސާފުތާހިރު ކަމަށްވެސް އިސްކަންދޭ ކަމަށް ބުނެފައިވެއެވެ. އެ ގޮތުން ޓީމުތަކުން 312 ޓަނުގެ ކުނި ނައްތާލައި، މިސްކިތުގައި 41،675 ލީޓަރުގެ ޑިސްއިންފެކްޓެންޓާއި ސްޓެރިލައިޒަރ ބޭނުން ކުރެވިފައިވާ ކަމަށާއި، މީގެއިތުރުން، މިސްކިތުގައި މީރު ވަސް ދުއްވުމަށް 7 ކިލޯގްރާމްގެ އޫދު އަދި 39 ލީޓަރުގެ ސެންޓާއި މީރުވަސް ދުވާ ތެޔޮ ބޭނުންކުރެވުނު ކަމަށް ވެސް ބުނެފައިވެއެވެ.

އިތުރަށް ކިޔާލަން

18 ޑިސެމްބަރު 2017

ގުދުސްގެ މައްސަލަ: މިހަފްތާގެ ބަންދުގައި ވެސް އެމެރިކާއާ ދެކޮޅަށް ބޮޑެތި މުޒާހަރާތަކެއް

18 ޑިސެމްބަރު 2017
ގުދުސްގެ މައްސަލަ: މިހަފްތާގެ ބަންދުގައި ވެސް އެމެރިކާއާ ދެކޮޅަށް ބޮޑެތި މުޒާހަރާތަކެއް
01 ނޮވެމްބަރު 2017

ވިހަދީގެން ފިރިމީހާ މަރަން އުޅުމުގެ ތެރޭގައި އާއިލާގެ 15 މީހުން މަރާލައިފި

01 ނޮވެމްބަރު 2017
ވިހަދީގެން ފިރިމީހާ މަރަން އުޅުމުގެ ތެރޭގައި އާއިލާގެ 15 މީހުން މަރާލައިފި
28 އޯގަސްޓު 2017

އުތުރު ކޮރެއާއިން ޖަޕާނާއި ދިމާލަށް ފޮނުވައިލި މިސައިލެއް ވައިގެ ތެރޭގައި ގޮވައިފި

28 އޯގަސްޓު 2017
އުތުރު ކޮރެއާއިން ޖަޕާނާއި ދިމާލަށް ފޮނުވައިލި މިސައިލެއް ވައިގެ ތެރޭގައި ގޮވައިފި
15 އޯގަސްޓު 2017

ޔަމަނުގައި ކޮލެރާ ޖެހިފައިވާ މީހުންގެ އަދަދު ހަތަރު މަސްތެރޭގައި ފަސްލައްކަ އަށް އަރައިފި

15 އޯގަސްޓު 2017
ޔަމަނުގައި ކޮލެރާ ޖެހިފައިވާ މީހުންގެ އަދަދު ހަތަރު މަސްތެރޭގައި ފަސްލައްކަ އަށް އަރައިފި
10 އޯގަސްޓު 2017

ގުއާމް ކަނޑަށް ހަމަލާ ދިނުމާއި ބެހޭ ޕްލޭން އޯގަސްޓް މެދުތެރޭގައި ތައްޔާރު ވާނެ: އުތުުރު ކޮރެއާ

10 އޯގަސްޓު 2017
ގުއާމް ކަނޑަށް ހަމަލާ ދިނުމާއި ބެހޭ ޕްލޭން އޯގަސްޓް މެދުތެރޭގައި ތައްޔާރު ވާނެ: އުތުުރު ކޮރެއާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު