Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެުފުނަދޫ އެއަރޕޯޓު

އީދު ބަންދާ ދިމާކޮށް، ފުނަދޫ އެއަރޕޯޓް ބަންދުކޮށްފި

7 ޖޫން 2025 | ހޮނިހިރު 08:08

ފަސިންޖަރުންނަށް ދަތުރުކުރެވޭނެ އެހެން ގޮތްތަކެއް ހަމަޖެއްސުމުގެ މަސައްކަތް ދަނީ ކުރަމުން

އަމްނާ އިމާދު
އަމްނާ އިމާދު | 7 ޖޫން 2025 | ހޮނިހިރު 08:08
ށ.ފޮނަދޫ އެއަރޕޯޓު

ށ.ފޮނަދޫ އެއަރޕޯޓު

ޓެކްނިކަލް މައްސަލައެއް ދިމާވެ، ށ.ފުނަދޫ އެއަރޕޯޓް ބަންދުކޮށްފިއެވެ.

ހޮނިހިރު ދުވަހު މޯލްޑިވިއަންއިން ބުނީ، ޓެކްނިކަލް މައްސަލައެއް ދިމާވެ، ފުނަދޫ އެއަރޕޯޓް ބަންދުކޮށްފައިވާ ކަމަށެވެ. އަދި މި މައްސަލަ ދިމާވުމާއި ގުޅިގެން ހޮނިހިރު ދުވަހު އެއެއާލައިންގެ ޝެޑިއުލް ފްލައިޓްތައް އޮޕަރޭޓް ނުކުރާނެ ކަމަށެވެ.

Advertisement - newsAdvertisement

މިކަމުގެ ސަބަބުން ދަތުރުތަކަށް އަސަރުކުރާނެކަން ފާހަގަކޮށް، މޯލްޑިވިއަންއިން ބުނީ، ފަސިންޖަރުންނަށް ދަތުރުކުރެވޭނެ އެހެން ގޮތްތަކެއް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އެ ފަސިންޖަރުންނާއި މުއާމަލާތް ކުރާނެ ކަމަށެވެ.

މި މައްސަލަ ދިމާވުމާއި ގުޅިގެން މޯލްޑިވިއަންއިން ވަނީ މައާފަށް ވެސް އެދިފައެވެ. ނަމަވެސް ދިމާވި މައްސަލައެއް އަދި އިތުރު ތަފްސީލެއް ހިއްސާކޮށްފައިނުވެއެވެ.

ފުނަދޫ އެއާޕޯޓު ހިންގަނީ ރީޖަނަލް އެއާޕޯޓްސް ކުންފުނިންނެވެ. ފުނަދޫއަށް ދަތުރުކުރަނީވެސް މޯލްޑިވިއަން އިން އެކަންޏެވެ. މޯލްޑިވިއަން އިން ފުނަދޫއަށް ދަތުރު ކުރަނީ އަންގާރަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހުއެވެ.

މިދިޔަ އަހަރު ފަހުކޮޅު ވެސް ދިމާވި ޓެކްނިކަލް މައްސަލަތަކާ ގުޅިގެން، ވަރަށް ބޮޑަށް ޝެޑިއުލް ފްލައިޓްތަކަށް ބުރޫއަރާފައިވެއެވެ. އަދި ވަގުތީ ގޮތުން އޮޕަރޭޝަންތައް މެދުކަނޑާލިއެވެ.

މި މައްސަލަ ތަކުރާރުކޮށް ދިމާވަމުންދާއިރު، 28 ފެބްރުއަރީ 2024 ފުނަދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެއަރޕޯޓު އިތުރަށް ތަރައްގީ ކޮށްދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ. އޭގެ ތެރޭގައި އެއަރޕޯޓުގެ ރަންވޭ އިތުރަށް ދިގުކުރުމާއި އެއަރޕޯޓުގެ ޚިދުމަތްތައް ރަނގަޅު ކުރުމާއި ފްލައިޓްތައް އިތުރުކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

ނަމަވެސް މިސަރުކާރުގައި މިހާތަނަށް އައިރު، އެއަރޕޯޓު ތަރައްގީ ކުރުމުގެ އަމަލީ އެއްވެސް މަސައްކަތެއް ކޮށްފައިނުވެއެވެ. އެކަމުގެ ކަންބޮޑުވުން އެރަށުގެ ރައްޔިތުން ވެސް ކުރެއެވެ.

އަޟްހާ އީދު ބަންދާ ދިމާކޮށް ފުނަދޫގެ އެއަރޕޯޓު ބަންދުކުރުމާ ގުޅިގެން ގިނަ ބަޔަކަށް އެކަމުގެ ދަތި އުދަނގޫތައް ކުރިމަތިވާނެއެވެ.

2020 ވަނަ އަހަރުގެ ތެރޭގައި ހުޅުވައި، ޚިދުމަތް ދޭން ފެށި، ފުނަދޫ އެއަރޕޯޓުގައި ގާއިމްކޮށްފައިވަނީ 1200 މީޓަރު ދިގު، 30 މީޓަރު ފުޅާ ރަންވޭއެކެވެ. ޓެކްސީވޭގައި 90 މީޓަރު ހުރެ އެވެ. އޭޕްރަންގެ ފުޅާމިނުގައި 50 މީޓަރު އަދި ދިގު މިނުގައި 150 މީޓަރު ހުރެ އެވެ.

މޯލްޑިވިއަންޓެކްނިކަލް މައްސަލަފަސިންޖަރުންށ. ފުނަދޫއެއަރޕޯޓް

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

06 ޑިސެމްބަރު 2025

މޯލްޑިވިއަން އާއި އެއާ އިންޑިއާ އިން ދަތުރުފަތުރުގެ ގުޅުން ފުޅާ ކުރުމަށް އެއްބަސްވުމެއް ގައި ސޮއި ކޮށްފި

06 ޑިސެމްބަރު 2025
މޯލްޑިވިއަން އާއި އެއާ އިންޑިއާ އިން ދަތުރުފަތުރުގެ ގުޅުން ފުޅާ ކުރުމަށް އެއްބަސްވުމެއް ގައި ސޮއި ކޮށްފި
04 ނޮވެމްބަރު 2025

މޯލްޑިވިއަން އިން ބަންގްލަދޭޝްގެ ޑާކާއަށް އަލުން ދަތުރުތައް ފަށަނީ

04 ނޮވެމްބަރު 2025
މޯލްޑިވިއަން އިން ބަންގްލަދޭޝްގެ ޑާކާއަށް އަލުން ދަތުރުތައް ފަށަނީ
26 އޮކްޓޯބަރު 2025

މޯލްޑިވިއަން އިން މެލޭޝިއާ ދަތުރުތަކަށް ޕްރޮމޯޝަނެއް ފަށައިފި

26 އޮކްޓޯބަރު 2025
މޯލްޑިވިއަން އިން މެލޭޝިއާ ދަތުރުތަކަށް ޕްރޮމޯޝަނެއް ފަށައިފި
21 އޮކްޓޯބަރު 2025

ލާމުގައި ދެވަނަ އެއާޕޯޓް އަޅާނެ ކަމަށް މުއިއްޒު ވިދާޅުވި ނަމަވެސް، އަޅާނެ ތަނެއް ކަނޑަނޭޅުނު

21 އޮކްޓޯބަރު 2025
ލާމުގައި ދެވަނަ އެއާޕޯޓް އަޅާނެ ކަމަށް މުއިއްޒު ވިދާޅުވި ނަމަވެސް، އަޅާނެ ތަނެއް ކަނޑަނޭޅުނު
14 އޮކްޓޯބަރު 2025

ބިލެތްފަހީގެ އެއަރޕޯޓުގެ ބިންހިއްކަން ކުރިން ހަވާލު ކުރި ކޮންޓްރެކްޓަށް ވީ ގޮތެއް ނޭނގޭ، ދެ އަހަރު ފަހުން އަލުން އެ މަސައްކަތް އެމްއޭސީއެލް އާ ހަވާލު ކޮށްފި!

14 އޮކްޓޯބަރު 2025
ބިލެތްފަހީގެ އެއަރޕޯޓުގެ ބިންހިއްކަން ކުރިން ހަވާލު ކުރި ކޮންޓްރެކްޓަށް ވީ ގޮތެއް ނޭނގޭ، ދެ އަހަރު ފަހުން އަލުން އެ މަސައްކަތް އެމްއޭސީއެލް އާ ހަވާލު ކޮށްފި!
23 ސެޕްޓެމްބަރު 2025

މޯލްޑިވިއަން އިން ޗައިނާއަށް ކުރާ ދަތުރުތަށް މުއްދަތެއް ނެތްގޮތަށް ހުއްޓާލައިފި

23 ސެޕްޓެމްބަރު 2025
މޯލްޑިވިއަން އިން ޗައިނާއަށް ކުރާ ދަތުރުތަށް މުއްދަތެއް ނެތްގޮތަށް ހުއްޓާލައިފި
14 ސެޕްޓެމްބަރު 2025

ގުބާ ހައްޖު އެންޑް އުމުރާ މޯލްޑިވްސްގެ ހަވާލުގައި އުމުރާއަށްދާ އުމުރާވެރިން ސަޢޫދީ އަރަބިއްޔާއަށް ގެންދިޔުމަށް މޯލްޑިވިއަންއާއެކު ސޮއިކޮށްފި

14 ސެޕްޓެމްބަރު 2025
ގުބާ ހައްޖު އެންޑް އުމުރާ މޯލްޑިވްސްގެ ހަވާލުގައި އުމުރާއަށްދާ އުމުރާވެރިން ސަޢޫދީ އަރަބިއްޔާއަށް ގެންދިޔުމަށް މޯލްޑިވިއަންއާއެކު ސޮއިކޮށްފި
03 ސެޕްޓެމްބަރު 2025

އަމިއްލަ ދަތުރުތަކަށް އެންމެ ގިނައިން ވީއައިޕީ ބޭނުންކުރީ މަޖިލިސް ނައިބްރައީސް ނާޒިމް

03 ސެޕްޓެމްބަރު 2025
އަމިއްލަ ދަތުރުތަކަށް އެންމެ ގިނައިން ވީއައިޕީ ބޭނުންކުރީ މަޖިލިސް ނައިބްރައީސް ނާޒިމް
03 ސެޕްޓެމްބަރު 2025

ފަޔަރ ޓްރަކު ހަލާކުވެގެން ބަންދުކުރި ފުވައްމުލަކު އެއަރޕޯޓު 48 ގަޑިއިރު ފަހުން ހުޅުވައިފި

03 ސެޕްޓެމްބަރު 2025
ފަޔަރ ޓްރަކު ހަލާކުވެގެން ބަންދުކުރި ފުވައްމުލަކު އެއަރޕޯޓު 48 ގަޑިއިރު ފަހުން ހުޅުވައިފި
02 ސެޕްޓެމްބަރު 2025

ފަޔަރ ޓްރަކު ހަލާކުވެގެން ފުވައްމުލަކު އެއަރޕޯޓް ބަންދު ކޮށްފައި އޮންނަތާ 24 ގަޑިއިރު ވަނީ!

02 ސެޕްޓެމްބަރު 2025
ފަޔަރ ޓްރަކު ހަލާކުވެގެން ފުވައްމުލަކު އެއަރޕޯޓް ބަންދު ކޮށްފައި އޮންނަތާ 24 ގަޑިއިރު ވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް