Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
މޯލްޑިވިއަން

މޯލްޑިވިއަން އިން ޗައިނާއަށް ކުރާ ދަތުރުތަށް މުއްދަތެއް ނެތްގޮތަށް ހުއްޓާލައިފި

ޗައިނާގެ މީޑިއާތަކުގައިވެސް މިވާހަކަތައް ޖެހި ނަމަވެސް، މިކަމުގެ މާބޮޑު ތަފްސީލެއް މޯލްޑިއަނުން ހާމަކޮށްފައެއް ނުވޭ

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު, ރާއްޖެ އެމްވީ | 23 ސެޕްޓެމްބަރު 2025 | އަންގާރަ 18:49
މޯލްޑިވިއަންގެ ފްލައިޓެއް ވީއައީއޭ އެއާޕޯޓުގައި

މޯލްޑިވިއަންގެ ފްލައިޓެއް ވީއައީއޭ އެއާޕޯޓުގައި

ގައުމީ އެއާލައިން މޯލްޑިވިއަން އިން ޗައިނާއަށް ކުރާ ދަތުރުތަށް މުއްދަތެއް ނެތް ގޮތަށް ހުއްޓާލާފި އެވެ.

ރާއްޖެއެމްވީއަށް އިތުބާރު ހުރި މަސްދަރަކުން މައުލޫމާތުދިން ގޮތުގައި، ގައުމީ އެއާލައިން މޯލްޑިވިއަންގެ އޭ330ގެ މަތިންދާ ބޯޓަށް ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން އެބޯޓް ގްރައުންޑް ވުމާއި ގުޅިގެން މިހާރު ޗައިނާއަށް ދަތުރުކުރަމުން ދަނީ އޭ320 ގެ ބޯޓު ގައެވެ. އަދި ކުރިން ކުރަމުން އައި ދަތުރުތައް ހުއްޓާލީ ޗައިނާ އާއި ރާއްޖެއާއި ދެމެދު ޓްރާންސިޓް ފްލައިޓްތައް އަޅާތީ އެކަމާއި ޗައިނާގެ އެޖެންޓް ހިތްހަމަ ނުޖެހިގެން ކަމަށް ވަނީ މައުލޫމާތުލިބިފަ އެވެ.

Advertisement - newsAdvertisement

ޗައިނާގެ މީޑިއާތަކުގައިވެސް މިވާހަކަތައް ޖެހި ނަމަވެސް، މިކަމުގެ މާބޮޑު ތަފްސީލެއް މޯލްޑިއަނުން ހާމަކޮށްފައެއް ނުވެއެވެ.

އެއާބަސް އޭ330 އަށް ދިމާވި ޓެކްނިކަލް މައްސަލައާއި ގުޅިގެން މޯލްޑިވިއަނުން ކުރާ އިންޓަރނޭޝަނަލް ފްލައިޓް އޮޕަރޭޝަންސްއަށް ވަނީ ބޮޑެތި ބުރޫތަކެއް އަރާފައެވެ. އެގޮތުން އިންޑިއާގެ ބެންގަލޯރަށް ބޮޑެތި ޑިމާންޑްތަކެއް އޮތް އިރު މިވަގުތު ބެންގަލޯރަށް ދަތުރު ކުރަނީ އޭޓީއާރު 72 މަރުކާގެ ބޯޓުގައެވެ. މިކަމަކާއި ގުޅިގެން ގިނަ އަދަދެއްގެ ފަސިންޖަރުންގެ ނުރުހުން މޯލްޑިވިއަންއަށް އޮތް ކަމަށް މައުލޫމާތުލިބެ އެވެ.

މޯލްޑިވިއަންގެ އޭޓީއާރު 72 މަރުކާގެ ބޯޓަކީ 70 ފަސިންޖަރުންގެ ޖާގައިގެ ބޯޓަށްވާއިރު، އެއާބަސް އޭ320 މަރުކާގެ ބޯޓަކީ 164 ފަސިންޖަރުންގެ ޖާގައިގެ ބޯޓެކެވެ.

އެއާބަސް އޭ330 ބޯޓުން 260 މީހުން އުފުލެ އެވެ. ބިޒްނަސް، ޕްރިމިއަމް އިކޮނޮމީ އަދި އިކޮނޮމީ ކްލާހަށް ވެސް ހާއްސަ ކޮށްފައިވާ އެ ބޯޓުން ދުރުރާސްތާގެ ދަތުރުތައް ކުރެވޭއިރު ދަތުރުކުރާ ކޮންމެ ފަސިންޖަރަކަށް ވެސް 40 ކިލޯގެ ބެގޭޖު އުފުލޭނެ އެވެ.

އެއާބަސް އޭ330 ގެ އިތުރު ބޯޓެއް ހޯދަން 2025 ވަނަ އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައި އިއުލާންކޮށްފައިވާއިރު، މޯލްޑިވިއަނަށް އިތުރު އެއާބަސްއެއް ގެނެސް މިއަހަރުގެ އޮކްޓޫބަރު މަހު އޭގެ ދަތުރުތައް ފެށޭނެ ކަމަށް މީގެ ކުރިން ރައީސް މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.

ނަމަވެސް މިބޯޓް ގެނައުންވެސް ލަސްވެފައިވާކަން މިނޫހަށް ވަނީ އިތުބާރު ހުރި ގޮތަކަށް މައުލޫމާތުލިބިފަ އެވެ. އަދި އަލަށް ގެންނަ އޭ330 ގެ ބޯޓް ގެނެވޭނެ ކަމަށް މިހާރު ލަފާކޮށްފައިވަނީ 2026 ވަނަ އަހަރުގެ ޖެނުއަރީ މަހުގަ އެވެ.

މޯލްޑިވިއަންޗައިނާ-ރާއްޖެއެއާބަސް އޭ330ރައީސް މުއިއްޒުބެންގަލޫރުވައިގެ ދަތުރުފަތުރު

ކޮމެންޓް

އިތުރަށް ކިޔާލަން

ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު

ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު

12 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު

މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު

11 ޑިސެމްބަރު 2025
ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް

ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް

10 ޑިސެމްބަރު 2025
ރައީސް މުޢިއްޒު އާއި މިނިސްޓަރު، މަސްވެރިންނާ ބައްދަލުކޮށް ޑިމާންޑް ތަކަށް ހައްލު ހޯދައިދެން ދެން މުޒާހަރާ ކުރިއަށް ގެންދަން ނިންމައިފި

ރައީސް މުޢިއްޒު އާއި މިނިސްޓަރު، މަސްވެރިންނާ ބައްދަލުކޮށް ޑިމާންޑް ތަކަށް ހައްލު ހޯދައިދެން ދެން މުޒާހަރާ ކުރިއަށް ގެންދަން ނިންމައިފި

10 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

6 ޖޫން
އޮސްޓްރޭލިއާ އިން ރާއްޖެ އަންނަ ފަތުރުވެރިންނަށް އިންޒާރެއް
20251 އަހަރު ކުރިން
ރާއްޖެ

އޮސްޓްރޭލިއާ އިން ރާއްޖެ އަންނަ ފަތުރުވެރިންނަށް އިންޒާރެއް

ޕާޓޭން ވަންނަ ކަމަށް ބުނެ، ސަލްމާން މިސްކިތް ރޭގަނޑު 9:00ގައި ބަންދުކުރަން ފަށައިފި
20242 އަހަރު ކުރިން
ރާއްޖެ

ޕާޓޭން ވަންނަ ކަމަށް ބުނެ، ސަލްމާން މިސްކިތް ރޭގަނޑު 9:00ގައި ބަންދުކުރަން ފަށައިފި

މަރުގެ ތުންފަތް މައްޗަށް ދެ ފަހަރު، ހިބައިން ނަގާފައި ދިނީ ކިޑްނީ
20233 އަހަރު ކުރިން
ރިޕޯޓު

މަރުގެ ތުންފަތް މައްޗަށް ދެ ފަހަރު، ހިބައިން ނަގާފައި ދިނީ ކިޑްނީ

ކެންސަރަށް ދެވުނު ފަރުވާއަކުން ޑޮކްޓަރުން ހައިރާންވާފަދަ ނަތީޖާއެއް
20224 އަހަރު ކުރިން
ސިއްހަތު

ކެންސަރަށް ދެވުނު ފަރުވާއަކުން ޑޮކްޓަރުން ހައިރާންވާފަދަ ނަތީޖާއެއް

ފިޔާތޮށި އަހުމަދު މަނިކުގެ ޚުލްގާއި ގައުމީ ޚިދުމަތަށް ބަލައިލުމެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިޔާތޮށި އަހުމަދު މަނިކުގެ ޚުލްގާއި ގައުމީ ޚިދުމަތަށް ބަލައިލުމެއް

ހުކުރު ނަމާދުގައި ހުއްޓަ އަނބުރައިގަނެގެން ވެއްޓުނު މީހާ ނިޔާވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ހުކުރު ނަމާދުގައި ހުއްޓަ އަނބުރައިގަނެގެން ވެއްޓުނު މީހާ ނިޔާވެއްޖެ

ފައިސަލްގެ ލޮލަށް ނުރައްކާތެރި ބައްޔެއް ޖެހިފައިވާއިރު ޕާސްޕޯޓު ނުދިނުމަކީ ކަންބޮޑުވާ މައްސަލައެއް: އިދިކޮޅު ފަރާތްތައް
20188 އަހަރު ކުރިން
ރާއްޖެ

ފައިސަލްގެ ލޮލަށް ނުރައްކާތެރި ބައްޔެއް ޖެހިފައިވާއިރު ޕާސްޕޯޓު ނުދިނުމަކީ ކަންބޮޑުވާ މައްސަލައެއް: އިދިކޮޅު ފަރާތްތައް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު