Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ފުވައްމުލަކު އެއަރޕޯޓް

ފަޔަރ ޓްރަކު ހަލާކުވެގެން ފުވައްމުލަކު އެއަރޕޯޓް ބަންދު ކޮށްފައި އޮންނަތާ 24 ގަޑިއިރު ވަނީ!

ފަޔަރ ޓްރަކު ހަލާކުވުމާ ގުޅިގެން ފުވައްމުލަކަށް އަންނަން އޮތް ފްލައިޓުތައް ކެންސަލްވެއްޖެ

އަލީ ޝާހީން
އަލީ ޝާހީން, ރާއްޖެ އެމްވީ | 2 ސެޕްޓެމްބަރު 2025 | އަންގާރަ 11:27
ފުވައްމުލަކު އެއަރޕޯޓު

ފުވައްމުލަކު އެއަރޕޯޓު

ފަޔަރ ޓްރަކަށް ދިމާވި މައްސަލައެއް ހައްލު ނުކުރެވިގެން ފުވައްމުލަކު އެއަރޕޯޓު ވަގުތީގޮތުން ބަންދު ކޮށްފި އެވެ.

ރާއްޖެ އެމްވީ އަށް އެނގިފައިވާ ގޮތުގައި އެ އެއަރޕޯޓުުގައި ބޭނުންކުރާ ފަޔަރ ޓްރަކު ހަލާކުވެ ހޯމަ ދުވަހުގެ ހަވީރުން ފެށިގެން މި ވަގުތާ ހަމައަށްވެސް މައްސަލަ ހައްލު ކުރެވިފައެއް ނުވެ އެވެ. މިކަމުގެ ސަބަބުން ހޯމަ ދުވަހުގެ ހަވީރުން ފެށިގެން ފުވައްމުލަކަށް އަންނަން އޮތް ފްލައިޓުތައް ވަނީ ކެންސަލްވެފަ އެވެ.

Advertisement - newsAdvertisement

މިކަމާއި ގުޅިގެން ފުވައްމުލައް ސިޓީގެ މޭޔަރު އިސްމާއިލް ރަފީގު ރާއްޖެ އެމްވިއާއި ވާހަކަ ދައްކަވަމުން ވިދާޅުވީ، މި އީ ވަރަށް ކަންބޮޑުވާ މައްސަލައެއް ކަމަށައި އާމުންގެ ފަރާތުންނާއި ގެސްޓުން ގެންގުޅޭ ފަރާތްތަކުގެ ޝަކުވާތައްވެސް އަންނަކަމަށެވެ. އަދި ކައުންސިލްއާއި މޯލްޑިވިއަން އަދި އެއަރޕޯޓް ގުޅިގެން މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ރަފީގު ވިދާޅުވި އެވެ.

ރަފީގު ވިދާޅުވި އެއަރޕޯޓުގައި އޮންނަނީ އެންމެ ފަޔަރ ޓްރަކެއް ކަމަށެވެ. އަދި މިވަގުތު މޯލްޑިވިއަންއާއި ގޫޅިގެން ފަސެންޖަރުން ލޯންޗެއްގައި އައްޑޫއަށް ގޮސް ގަން އިންޓަނޭޝަނަލް އެއަރޕޯޓުން ފުރޭނެ ގޮތް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން ދާކަމަށް ރަފީގު ވިދާޅުވި އެވެ.

ދެން އަޅުގަނޑުމެން ބެލިން މި ފަޔަރ ސާވިސްގަ އިން ފަަރ ޓްރަކު ބޭނުންކޮށްގެންވެސް ހައްލެއް ލިބޭތޯ. ވާގޮތަކީ މި އެއަރޕޯތުގައި ބޭނުންވާ ކެޓަގަރީއަށް އެ މިންގަނޑަކަށް ފަޔަރުގެ ސިވިލް ފަޔަރ ގަ އިންނަ ވެހިކަލް ނުވެސް ފެތޭ. އެހެންވީމަ ހުއްދައެއް ނުލިބެ.
ފުވައްމުލައް ސިޓީގެ މޭޔަރު އިސްމާއިލް ރަފީގު

ރަފީގު ވިދާޅުވީ މީގެ ކުރިން ވެސް މިކަހަލަ މައްސަލައެއް ދިމާވި ކަމަށާއި އެހެން ނަމަވެސް އޭރު ވަރަށް އަވަހަށް އެ މައްސަލަ ހުއްލު ކުރެވުނު ކަމަށެވެ. އަދި މިފަހަރު ދިމާވި މައްސަލަ އަކީ އަވަހައް ހައްލު ކުރެވޭނެ މައްސަލައެއް ނޫންކަން އޭނާ ފާހަގަ ކުރި އެވެ.

މީގެ އިތުރުން ރާއްޖެ އެމްވީ އަށް މިކަމުގެ މައުލުމާތު ހިއްސާ ކުރެއްވި މޯލްޑިވިއަންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މިކަމުގެ ސަބަބުން އާމުންގެ ޝަކުވާ އަންނަ ކަމަށައި އަދި ފްލައިޓް ތައްވެސް އޮޕަރޭޓު ނުކުރެވޭ ކަމަށެވެ.

އަދި މޯލްޑވިއަން އިން އެކްސަ ގައި ކުރި ޕޯސްޓެއްގައި ބުނީ އެއަރޕޯޓް ބަންދުކުރުމާ ގުޅިގެން ދަތުރުކުރުމަށް ހަމަޖެހިފައިވާ ފަސިންޖަރުންނަށް އެހީތެރިވުމަށްޓަކައި ކުންފުނީގެ ފަރާތުން ޚާއްސަ ޓީމެއް މަސައްކަތްކުރަމުންދާ ކަމަށެވެ. އަދި މިކަމާ ގުޅިގެން ދިމާވެދާނެ އުނދަގޫތަކަށް މަޢާފަށް އެދޭ ކަމަށާއި، ދަތުރުވެރިންނަށް ވީހާވެސް އަވަހަކަށް ޚިދުމަތް ފޯރުކޮށްދިނުމަށް މަސައްކަތްކުރަމުންދާ ކަމަށްވެސް ބުނެފައިވެއެވެ.

ފުވައްމުލަކު އެއަރޕޯޓްފަޔަރ ޓްރަކްޑރ. އިސްމާއީލް ޝަފީއުފުވައްމުލައް ސިޓީމޯލްޑިވިއަންއައްޑޫ އެއާޕޯޓް

ކޮމެންޓް

އިތުރަށް ކިޔާލަން

މޯލްޑިވިއަން އާއި އެއާ އިންޑިއާ އިން ދަތުރުފަތުރުގެ ގުޅުން ފުޅާ ކުރުމަށް އެއްބަސްވުމެއް ގައި ސޮއި ކޮށްފި

މޯލްޑިވިއަން އާއި އެއާ އިންޑިއާ އިން ދަތުރުފަތުރުގެ ގުޅުން ފުޅާ ކުރުމަށް އެއްބަސްވުމެއް ގައި ސޮއި ކޮށްފި

06 ޑިސެމްބަރު 2025
ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން

ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން

23 ނޮވެމްބަރު 2025
ބަހާލި ޕްރޮޖެކްޓްތަކުގެ މައްސަލަ އާއި ފުވައްމުލައް ސިޓީގެ ފެނުގެ މައްސަލަ ބަލައިދޭން އިދާރާތަކަށް ހުށަހެޅުމުން ރައީސް ރުޅިގަދަވެއްޖެ

ބަހާލި ޕްރޮޖެކްޓްތަކުގެ މައްސަލަ އާއި ފުވައްމުލައް ސިޓީގެ ފެނުގެ މައްސަލަ ބަލައިދޭން އިދާރާތަކަށް ހުށަހެޅުމުން ރައީސް ރުޅިގަދަވެއްޖެ

18 ނޮވެމްބަރު 2025
"ރައީސް ބޭކާރު ކަންތައްތައް ކުރައްވާއިރު ޅިޔަނުން ނަސޭހަތް ނުދެއްވަނީތޯ؟": ޑރ އިޔާޒް

"ރައީސް ބޭކާރު ކަންތައްތައް ކުރައްވާއިރު ޅިޔަނުން ނަސޭހަތް ނުދެއްވަނީތޯ؟": ޑރ އިޔާޒް

14 ނޮވެމްބަރު 2025
ފެނުގެ މައްސަލަ ވީހާ ވެސް އަވަހަކަށް ހައްލުކޮށް ދޭން އެމްޑީޕީ އިން ސަރުކާރަށް ގޮވާލައިފި

ފެނުގެ މައްސަލަ ވީހާ ވެސް އަވަހަކަށް ހައްލުކޮށް ދޭން އެމްޑީޕީ އިން ސަރުކާރަށް ގޮވާލައިފި

13 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

8 ޖޫން
"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް
20251 އަހަރު ކުރިން
ރާއްޖެ

"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!
20242 އަހަރު ކުރިން
ރާއްޖެ

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް
20233 އަހަރު ކުރިން
ދުނިޔެ

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން
20224 އަހަރު ކުރިން
ސިއްހަތު

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟
20197 އަހަރު ކުރިން
ރިޕޯޓު

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟

ދަމު ނަމާދު. (تهجد ނަމާދު)
20188 އަހަރު ކުރިން
އިސްލާމް

ދަމު ނަމާދު. (تهجد ނަމާދު)

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު