Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެއަރޕޯޓް

ލާމުގައި ދެވަނަ އެއާޕޯޓް އަޅާނެ ކަމަށް މުއިއްޒު ވިދާޅުވި ނަމަވެސް، އަޅާނެ ތަނެއް ކަނޑަނޭޅުނު

ކައުންސިލް އިންތިޚާބާއި ދިމާކޮށް ރައީސް މުއިއްޒު ރަށްރަށަށް ކުރައްވާ މިފަދަ ދަތުރުފުޅުގެ ތެރެއިން ވައުދުތައް ފުއްދުގެ ނަމުގައި ކިނަ މަޝްރޫއުތަކެއް އަންނަނީ އިއުލާނު ކުރައްވަމުން

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް, ރާއްޖެ އެމްވީ | 21 އޮކްޓޯބަރު 2025 | އަންގާރަ 14:16
ރައީސް ޑރ މުހައްމަދު މުއިއްޒު ލ. މާވަށު ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަދައްކަވަނީ: ލ. އަތޮޅުގައި ދެވަނަ އެއާޕޯޓެއް އަޅާނެ ކަމަށް ވިދާޅުވި

ރައީސް ޑރ މުހައްމަދު މުއިއްޒު ލ. މާވަށު ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަދައްކަވަނީ: ލ. އަތޮޅުގައި ދެވަނަ އެއާޕޯޓެއް އަޅާނެ ކަމަށް ވިދާޅުވި

ލ. އަތޮޅަށް ދެވަނަ އެއާޕޯޓެއް ބޭނުންވާ ކަމަށާއި އެހެން ނަމަވެސް އެ އެއާޕޯޓު އަޅާނެ ވަކިތަނެއް އަދި ކަނޑަނޭޅޭ ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ހައްދުންމައްޗަށް ރައީސް މުއިއްޒު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު މާވަށަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ލ އަތޮޅުގައި ދެވަނަ އެއާޕޯޓެއް އެޅުމަކީ މި ސަރުކާރުގެ ވެސް ވިސްނުމެއް ކަމަށެވެ. އެހެން ނަމަވެސް ކުރިން އިސްކަން ދެއްވާނީ ފުރަތަމަ ވެވަޑައިގެންފައިވާ ވައުދުތަކަށް ކަމަށާއި އެއާޕޯޓުގެ ވައުދު ވާނީ އެ ވައުދުތައް ފުއްދަވާފައި ކަމަށް ރައީސް ވިދާޅުވި އެވެ.

Advertisement - newsAdvertisement

ރައީސް މުއިއްޒު ވިދާޅުވެފައިވަނީ އެއާޕޯޓު އަޅާނެ ތަނެއް ކަނޑައެޅުމުގައި ދުރު ރާސްތާގެ ވިސްނުމަކާއި އިގްތިސާދީ ދެމެހެއްޓެނިވި ކުރިއެރުމަށް އިސްކަންދެއްވާނެ ކަމަށެވެ.

މިއަދު އަޅުގަނޑު ދޭނެ ޔަގީންކަމަކީ، އެއީ ވަރަށް މުހިންމު ޔަގީންކަމެއް. މި އަތޮޅަށް ދެން އަންނަން ޖެހޭ އެއާޕޯޓް އަންނަން ޖެހޭނީ ދުރު ރާސްތާއަށް ވެސް ވިސްނާއިރު އިގްތިސާދީ ގޮތުން ވެސް ދެމެހެއްޓިނިވި ތަރައްގީއެއް ހާސިލުވާނެ ގޮތަކަށް
ރައީސް ޑރ މުހައްމަދު މުއިއްޒު

އެއާޕޯޓު އެޅުމުގައި އެންމެ އިސްކަމެއް ދެއްވާނީ ގިނަ ރިސޯޓުތަކެއް ތަރައްގީކުރެވޭނެ ސަރަހައްދަކާ ގާތުން ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ޖިއޮގްރަފިކަލް ގޮތުން ވެސް އެންމެ އެކަށީގެންވާ ތަނެއްގައި އެއާޕޯޓު އެޅުމަށް ވިސްނާވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ.

ފާއިތުވި އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި ވެސް މާވަށު ރައްޔިތުންނާ ބައްދަލުކުރެއްވި އިރު، ލ. އަތޮޅުގައި ނުނިންމާ އޮތް ހަމައެކަނި ކަމަކީ ދެވަނަ އެއާޕޯޓެއް އަޅާނެ ތަން ކަނޑައެޅުން ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވެއެވެ. އަދި މި ނިންމުން ނިންމަވާނީ އިގްތިސާދީ ގޮތުން ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަކަށް ކަމުގައި ވެސް އޭރު ވިދާޅުވިއެވެ.

ލޯކަލް ކައުންސިލް އިންތިޚާބާއި ދިމާކޮށް ރައީސް މުއިއްޒު ރަށްރަށަށް ކުރައްވާ މިފަދަ ދަތުރުފުޅުގެ ތެރެއިން ވައުދުތައް ފުއްދުގެ ނަމުގައި ގިނަ މަޝްރޫއުތަކެއް އަންނަނީ އިއުލާނު ކުރައްވަމުންނެވެ. އިދިކޮޅު ފަރާތްތަކުން ބުނާގޮތުގައި ރައީސް މުއިއްޒުގެ އަމާޒަކީ ރަށްރަށަށް ފައިދާހުރި ތަރައްގީގެ މަޝްރޫއުތައް ހިންގުމެއް ނޫން ކަމާއި ބޭނުމަކީ ވޯޓު ހޯދުމެވެ.

ލ އަތޮޅުއެއަރޕޯޓްލ.މާވަށްރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު

ކޮމެންޓް

އިތުރަށް ކިޔާލަން

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025
ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

08 ޑިސެމްބަރު 2025
ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!

ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!

08 ޑިސެމްބަރު 2025
ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ

ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

26 އެޕްރީލު
ތިން އެއްވުމާ އެކު، ރަޔަޓް ސިފައިން ވެސް ނެރެފި
20251 އަހަރު ކުރިން
ރާއްޖެ

ތިން އެއްވުމާ އެކު، ރަޔަޓް ސިފައިން ވެސް ނެރެފި

ކަރަންޓު ބިލު ވަރަށް ބޮޑުވެ، ރައްޔިތުން ރުޅިގަދަވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ކަރަންޓު ބިލު ވަރަށް ބޮޑުވެ، ރައްޔިތުން ރުޅިގަދަވެއްޖެ

އަރީން - މުސްތަގްބަލުގައި ޑޮކްޓަރެއް، އެހެނަސް މަށި ފިލައިން ފެށުނު ޤުރުއާނުގެ ހަޔާތް ދޫކޮށްލާކަށް ބޭނުމެއްނުވޭ!
20233 އަހަރު ކުރިން
ރިޕޯޓު

އަރީން - މުސްތަގްބަލުގައި ޑޮކްޓަރެއް، އެހެނަސް މަށި ފިލައިން ފެށުނު ޤުރުއާނުގެ ހަޔާތް ދޫކޮށްލާކަށް ބޭނުމެއްނުވޭ!

ޕީއެސްޖީން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލަނީ!
20224 އަހަރު ކުރިން
ކުޅިވަރު

ޕީއެސްޖީން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލަނީ!

ގަޑިއިރެއް ވަންދެން ވައިގެ ތެރޭގައި ހަރުލާފައި ހުންނަ ކޮވިޑް ވޭރިއަންޓެއް ލަންކާއިން ފެނިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ގަޑިއިރެއް ވަންދެން ވައިގެ ތެރޭގައި ހަރުލާފައި ހުންނަ ކޮވިޑް ވޭރިއަންޓެއް ލަންކާއިން ފެނިއްޖެ

ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ
20197 އަހަރު ކުރިން
ރިޕޯޓު

ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ

ބައްޕާފުޅު ފަސްދާނުލާފައިވާ ސަހަރާގައި މަރިޔަމް ސަޢީދު ފަސްދާނުލައިފި
20188 އަހަރު ކުރިން
ރާއްޖެ

ބައްޕާފުޅު ފަސްދާނުލާފައިވާ ސަހަރާގައި މަރިޔަމް ސަޢީދު ފަސްދާނުލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު