Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ރަޝިޔާ-ޔުކްރެއިން ހަނގުރާމަ

ޔުކްރެއިން އަށް އިތުރު ވައިގެ ދިފާއީ ވަސީލަތްތައް ހޯދުމަށް ޖަރުމަނުން މަސައްކަތް ފަށައިފި

އެ މަސައްކަތުގެ ދަށުން އެމެރިކާ އާއި ބައެއް އެހެނިހެން ޤައުމުތަކުން ޕެޓްރިއޮޓް މިސައިލް ސިސްޓަމް އަދި އެފަދަ އެހެނިހެން ވައިފެ ދިފާއީ ވަސީލަތްތައް ޔުކްރެއިން އަށް ހަދިޔާ ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް ޖަރުމަނުގެ ޑިފެންސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 5 ޖޫން 2025 | ބުރާސްފަތި 07:13
ޖަރުމަނުގެ ޑިފެންސް މިނިސްޓަރު ބޮރިސް ޕިސްޓޯރިއަސް

ޖަރުމަނުގެ ޑިފެންސް މިނިސްޓަރު ބޮރިސް ޕިސްޓޯރިއަސް

ރަޝިޔާ އާއި ޔުކްރެއިންއާ ދެމެދު ހިނގަމުން އަންނަ ހަނގުރާމައިގައި، ޔުކްރެއިން އަށް އިތުރު ވައިގެ ދިފާއީ ވަސީލަތްތައް ހޯދުމުގެ މަސައްކަތް ޖަރުމަނުން ފަށައިފި އެވެ.

އެކަން ހާމަ ކުރައްވާފައި ވަނީ ބުދަ ދުވަހު ޖަރުމަނުގެ ޑިފެންސް މިނިސްޓަރު ބޯރިސް ޕިސްޓޯރިއަސް އެވެ. ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ، ޔުކްރެއިންގެ ސަލާމަތާއި ރައްކާތެރިކަމަށް ހޯދަން ޖެހޭ ވަސީލަތްތައް ހޯދުމުގެ މަސައްކަތް ޖަރުމަނުން ކުރަމުން އަންނަ ކަމަށެވެ.

އެ މަސައްކަތުގެ ދަށުން އެމެރިކާ އާއި ބައެއް އެހެނިހެން ޤައުމުތަކުން ޕެޓްރިއޮޓް މިސައިލް ސިސްޓަމް އަދި އެފަދަ އެހެނިހެން ވައިފެ ދިފާއީ ވަސީލަތްތައް ޔުކްރެއިން އަށް ހަދިޔާ ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް ޖަރުމަނުގެ ޑިފެންސް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

ޖަރުމަނުގެ ޑިފެންސް މިނިސްޓަރު ޕިސްޓޯރިއަސް ފާހަގަ ކުރެއްވި ގޮތުގައި އެ މަސައްކަތަކީ ރަޝިޔާގެ ހަމަލާތަކުން ޔުކްރެއިންގެ ވައިގެ މަގާއި، އާންމު ރައްޔިތުން ދިރިއުޅޭ ސަރަހަައްދުތައް ރައްކާތެރި ކުރުމަށް ކުރެވޭ ވަރަށް މުހިންމު މަސައްކަތެކެވެ. 

ޔުކްރެއިންގެ ވައިގެ ދިފާއީ ނިޒާމު ވަރުގަދަ ކުރުމަށް ބޭރުގެ ގައުމުތަކުގެ އެހީތެރިކަން ހޯދުމުގައި، ޖަރުމަނުން މިހާރު ވެސް އިސް ދައުރެއް އަދާ ކުރަމުންދެ އެވެ. އަދި މި އައު މަސައްކަތާ އެކު، އިތުރު ގައުމުތަކުގެ އެއްބާރުލުން ލިބޭނެ ކަމަށް މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

ޖަރުމަނުގެ ޑިފެންސް މިނިސްޓަރު މިހެން ވިދާޅުވެފައިވާއިރު، ރަޝިޔާ އާއި ޔުކްރެއިންއާ ދެމެދު ހިނގަމުން އަންނަ ހަނގުރާމަ ނިމުމަކަށް ގެނައުމަށްޓަކައި ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. އަދި އެކަމުގައި އެންމެ ބޮޑަށް ބާރު އަޅާ އެއް ޤައުމަކީ ވެސް އެމެރިކާ އެވެ. 

މީގެ އިތުރުން ފްރާންސް، އިނގިރޭސިވިލާތް އަދި ޕޮލެންޑުން ވެސް އަންނަނީ އެކަމުގައި ގިނަ މަސައްކަތްތަކެއްކޮށް، މަޝްވަރާތަކެއް ކުރަމުންނެވެ. މި ޤައުމުތަކުގެ އިސް ލީޑަރުން ވަނީ މިދިޔަ މަހު ޔުކްރެއިން އަށް ވަޑައިގެން، އެ ޤައުމުގެ އިސްވެެރިންނާ އެކު ބައްދަލުވުންތަކެއް ވެސް ކުރިއަށް ގެންގޮސްފަ އެވެ. އިނގިރޭސިވިލާތާއި، ފްރާންސް ވެސް އޮތީ އަސްކަރީ ގޮތުން ޔުކްރެއިން އަށް އެހީތެރިކަން ދިނުމަށް ތައްޔާރަށެވެ.

ރަޝިޔާ އާއި ޔުކްރެއިންއާ ދެމެދު ހިނގަމުން އަންނަ ހަނގުރާމަ ނިންމުމާ ގުޅޭ ގޮތުން، ދެ ޤައުމުގެ އިސް ވެރިންގެ ދެމުދުގައި ވަނީ މިހާތަނަށް ދެެ ބައްދަލުވުމެއް ބާއްވައިފަ އެވެ. ތުރުކީގެ އިސްތަންބޫލުގައި ކުރިއަށް ދިޔަ އެ ބައްދަލުވުމުގައި ހަނގުރާމަ ހުއްޓާލުމަށް ރަޝިޔާ އިން އެއްބަސް ނުވި ނަމަވެސް، އަސީރުން މިނިވަން ކުރުމުގައި ދެ ޤައުމުން ވެސް ވަނީ އެއްބަސްވުމަކަށް އައިސްފަ އެވެ. 

ޔުކްރެއިންރަޝިއާޖަރުމަނުބޯރިސް ޕިސްޓޯރިއަސްއެމެރިކާފްރާންސްއިނގިރޭސިވިލާތްޕޮލެންޑުރަޝިޔާ-ޔޫކްރެއިން ހަނގުރާމަ

ކޮމެންޓް

އިތުރަށް ކިޔާލަން

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

12 ޑިސެމްބަރު 2025
ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
އިސްތިއުފާ ދެއްވި ރޭނާ އެނބުރި ކެބިނެޓަށް އަންނާނެ ކަމަށް ބޮޑު ވަޒީރު ސްޓާމާ ވިދާޅުވެއްޖެ

އިސްތިއުފާ ދެއްވި ރޭނާ އެނބުރި ކެބިނެޓަށް އަންނާނެ ކަމަށް ބޮޑު ވަޒީރު ސްޓާމާ ވިދާޅުވެއްޖެ

10 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

17 މެއި
ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި
20224 އަހަރު ކުރިން
ދުނިޔެ

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި
20215 އަހަރު ކުރިން
ދުނިޔެ

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!
20197 އަހަރު ކުރިން
ރާއްޖެ

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު
20188 އަހަރު ކުރިން
ދިވެހި ބަސް

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު