Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ ހަނގުރާމަ

އަރަބި މިނިސްޓަރުންގެ ވަފުދަށް އިސްރާއީލް އިން ހުރަސްއެޅުން ކުށްވެރިކޮށްފި

އެ ދަތުުރުފުޅުގައި މިޞްރު، ޖޯޑަން، ޤަތަރު އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ޚާރިޖީ ވަޒީރުން ވެސް ބައިވެރިވެ ވަޑައިގަންނަވާ ގޮތަށް އޮތީ ހަމަ ޖެހިފައި. އަދި ތުރުކީގެ ވަފުދަކާއި، އަރަބި ލީގުގެ ސެކްރެޓަރީ ޖެނަރަލް ވެސް މި ދަތުރުފުޅުގައި ބައިވެރިވާ ގޮތަށް އޮތީ ހަމަޖެހިފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 1 ޖޫން 2025 | އާދީއްތަ 06:46
އިސްރާއީލް އިން ހިފާފައިވާ ހުޅަނގު އައްސޭރީގައި އޮންނަ ނަބްލޫސްގެ ދެކުނުގައި އޮންނަ ހުވަރާ ޓައުން ފެންނަ ޑްރޯން ފޮޓޯއެެއް

އިސްރާއީލް އިން ހިފާފައިވާ ހުޅަނގު އައްސޭރީގައި އޮންނަ ނަބްލޫސްގެ ދެކުނުގައި އޮންނަ ހުވަރާ ޓައުން ފެންނަ ޑްރޯން ފޮޓޯއެެއް

ހުޅަނޑު އައްސޭރި އަށް، އަރަބި ޤައުމު ތަކުގެ ޚާރިޖީ ވަޒީރުން ކުރައްވަން އޮތް ދަތުރުފުޅަށް އިސްރާއީލް އިން ހުރަސް އެޅުމުން ޤައުމުތަކުން އެކަން ކުށްވެރިކޮށްފި އެވެ.

ސައުދީ އަރަބިއްޔާގެ ޚާރިޖީ ވަޒީރު ޕްރިންސް ފައިސަލް ބިން ފަރުޙާން އިސްވެ ހުންނަަވައި ކުރިއަށް އޮތް ހަފުތާާ ބަންދުގައި ހުޅަނގު އައްސޭރި އަށް ދަތުރުފުޅެއް ކުރެއްވުމަށް އޮތީ ހަމަޖެހިފަ އެވެ.

އެ ދަތުުރުފުޅުގައި މިޞްރު، ޖޯޑަން، ޤަތަރު އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ޚާރިޖީ ވަޒީރުން ވެސް ބައިވެރިވެ ވަޑައިގަންނަވާ ގޮތަށް އޮތީ ހަމަ ޖެހިފަ އެވެ. އަދި ތުރުކީގެ ވަފުދަކާއި، އަރަބި ލީގުގެ ސެކްރެޓަރީ ޖެނަރަލް ވެސް މި ދަތުރުފުޅުގައި ބައިވެރިވާ ގޮތަށް އޮތީ ހަމަޖެހިފަ އެވެ.

އިސްރާއީލް އިން ބުނެފައިވާ ގޮތުގައި ރާމަﷲ ގައި ފަލަސްތީނުގެ ސަރުކާރުގެ ވެރިންނާއި އަރަބި ގައުމުތަކުގެ ވަފުދު ބައްދަލު ކުރުމަކީ އިސްރާއީލު "ރުޅިއަރުވަން" ކުރާ ކަމެއް ކަމަށެވެ. އެ ބައްދަލުވުމުގައި މަޝްވަރާ ކުރަން ހަމަ ޖެހިފައި ވަނީ ފަލަސްތީނުގެ ދައުލަތެއް ގާއިމު ކުރުމާ ބެހޭ ގޮތުން ކަމަށާއި، "އިސްރާއީލަށް ގެއްލުން ދިނުމަށާއި އެ ގައުމުގެ ސަލާމަތަށް ނުރައްކާވާ ފަދަ ކަންކަމުގައި އިސްރާއީލުން އެއްބާރުލުން ނުދޭނެ" ކަމަށް ވެސް އެ ޤައުމުން ވަނީ ބުނެފަ އެވެ.

އެކަމާ ގުޅިގެން ޖޯޑަންގެ ޚާރިޖީ ވުޒާރާ އިން ބުނެފައި ވަނީ އިސްރާއީލް އިން މި ޒިޔާރަތް ހުއްޓުވުމަކީ އެކަމުގެ ކަންބޮޑުވުން އިންތިހާ އަށް ފާޅު ކުރަން ޖެހޭ ކަމެއް ކަމަށެވެ. 

މިދިޔަ ހުކުރު ދުވަހު އިސްރާއީލް އިން ވަނީ ޤައުމު ތަކުގެ ޚާރިޖީ ވަޒީރުންގެ އެ ޒިޔާރަތަށް އެއްވެސް އެއްބާރުލުމެއް ނުދޭނެ ކަމަށް ބުނެފަ އެވެ. އަދި ޚާއްސަކޮށް ފަލަސްޠީނުގެ ދައުލަތެއް ޤާއިމު ކުރުމަށް ކުރާ މަސައްކަތަށް އެއްބާރުލުން ނުދޭނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ. 

ހުޅަނގު އައްސޭރީގައި އިސްރާއީލްގެ ދައުލަތެއް ޤާއިމު ކުރާނެ ކަމަށް އިސްރާއީލްގެ ޑިފެންސް މިނިސްޓަރު އިސްރާއީލް ކާޓްޒް މި ފަހުން ވިދާޅުވެފައިވެ އެެވެ. އޭނާ މިހެން ވާހަކަ ދައްކާފައި ވަނީ ފަލަސްޠީނުގެ ބިމުގައި އައު 22 އާބާދީއެއް ޤާއިމު ކުރާނެ ކަމަށް އެ ޤައުމުގެ ސަރުކާރުން ހާމަ ކުރި ފަހުންނެވެ. 

ހުޅަނގު އައްސޭރީގައި އިސްރާއީލް އިން އާބާދުވުމަކީ ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފު ކަމެއްގެ ގޮތުގައި އދ އިން ދެކެ އެވެ. އަދި އެއީ ދެމެހެއްޓެނިވި ސުލްޙަ އަށް ހުރަސް އެޅޭނެ ކަމެއްގެ ގޮތުގައި ވެސް ވަނީ ފާހަގަ ކޮށްފަ އެވެ.

ޖޫން މަހުގެ ތެރޭގައި ފަލަސްޠީނާއި އިސްރާއީލްގެ ދެ ދައުލަތުގެ ޙައްލަށް މަޝްވަރާ ކުރުމަށް އދ ގައި ބައިނަލްއަޤުވާމީ ބައްދަލުވުމެއް ބޭއްވުމަށް ވަނީ ހަަމަޖެހިފަ އެވެ. ފްރާންސް ސަރުކާރުގެ އިސް އޮފިޝަލުން ބުނެފައިވާ ގޮތުގައި އެ ބައްދަލުވުމުގެ ސަބަބުން، އިތުރު ޤައުމުތަކަކުން ފަލަސްޠީނުގެ މިނިވަން ދައުލަތް ބަލައި ގަތުމުގެ ފުރުސަތު އެބަ އޮތެވެ. 

އިސްރާއީލް އިން އައު ސެޓްލްމަންޓްތައް އިޢުލާން ކުރުމާ ގުޅިގެން، ބްރިޓަން އިން ވަނީ، އެއީ ފަލަސްޠީނު ދައުލަތެއް ގާއިމު ކުރުމަށް ގަސްދުގައި އެޅޭ ހުރަހެއް ކަމަށް ބުނެފަ އެވެ. އަދި އދ ގެ ސެކްރެޓަރީ ޖެނެރަލްގެ ތަރުޖަމާނު ވިދާޅުވެފައި ވަނީ، އެއީ ދެ ދައުލަތުގެ ހައްލާ "ދުރަށް ގެންދާ" ފިޔަވަޅެއް ކަމަށެވެ.

އިތުރަށް ކިޔާލަން

06 ނޮވެމްބަރު 2017

ވާރޭ ވެހޭހެން ސައުދީ އަރަބިއްޔާއިން ޔަމަނަށް ބޮން އަޅާލައިފި

06 ނޮވެމްބަރު 2017
ވާރޭ ވެހޭހެން ސައުދީ އަރަބިއްޔާއިން ޔަމަނަށް ބޮން އަޅާލައިފި
30 އޮކްޓޯބަރު 2017

ސައުދީ އަރަބިއްޔާގެ އަންހެނުނަށް ސްޓޭޑިއަމްތަކަށް ވަންނަން ހުއްދަކުރަނީ

30 އޮކްޓޯބަރު 2017
ސައުދީ އަރަބިއްޔާގެ އަންހެނުނަށް ސްޓޭޑިއަމްތަކަށް ވަންނަން ހުއްދަކުރަނީ
25 އޮކްޓޯބަރު 2017

ސައުދީ އަރަބިއާ ހުރިހާ ދީންތަކަށް ހުޅުވާލަނީ

25 އޮކްޓޯބަރު 2017
ސައުދީ އަރަބިއާ ހުރިހާ ދީންތަކަށް ހުޅުވާލަނީ
19 އޮކްޓޯބަރު 2017

ސައުދީ އަރަބިއްޔާއިން ގަތަރުގެ ވެރިކަން ބަދަލުކުރަން އުޅުނު:ގަތަރު

19 އޮކްޓޯބަރު 2017
ސައުދީ އަރަބިއްޔާއިން ގަތަރުގެ ވެރިކަން ބަދަލުކުރަން އުޅުނު:ގަތަރު
20 އޯގަސްޓު 2017

އަލް އަރަބިއާއިން ދެއްކި ރިޕޯޓްގެ މައްސަލަ ޤަތަރުން އައިކާއޯއަށް ހުށަހަޅައިފި

20 އޯގަސްޓު 2017
އަލް އަރަބިއާއިން ދެއްކި ރިޕޯޓްގެ މައްސަލަ ޤަތަރުން އައިކާއޯއަށް ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު