Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ-ހަނގުރާމަ

އެމެރިކާގެ ހުށަހެޅުމަށް ހަމާސް އިން އިޖާބަ ދީފި

އެކަމާ ގުޅިގެން ހަމާސް އިން ނެރުނު ބަޔާނެއްގަިއ ބުނެފައި ވަނީ، އެއްބަސްވުމުގެ ދަށުން ރަހީނުންގެ ތެރެއިން ދިރި ތިބި 10 މީހެއް ހަވާލު ކުރެވޭނެ ކަމަށް. އަދި މަރުވެފައިވާ 18 މީހެއްގެ ހަށިގަނޑު ވެސް ހަވާލު ކުރެވޭނެ ކަމަށް ވަނީ ބުނެފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 1 ޖޫން 2025 | އާދީއްތަ 06:49
އިސްރާއީލް-ޣައްޒާ ބޯޑަރު ކައިރީގައި އެހީ ބަރުކޮށްފައިވާ ޓްރަކެއް ޣައްޒާއަށް ވަންނަން ދުއްވާފައި ދަނީ

އިސްރާއީލް-ޣައްޒާ ބޯޑަރު ކައިރީގައި އެހީ ބަރުކޮށްފައިވާ ޓްރަކެއް ޣައްޒާއަށް ވަންނަން ދުއްވާފައި ދަނީ

އިސްރާއީލާއި، ހަމާސްއާ ދެމެދު ހިނގަމުން އަންނަ ޣައްޒާ ހަނގުރާމަ ނިމުމަކަށް ގެނައުމަށްޓަކައި އެމެރިކާގެ ފަރާތުން ހުށަހަޅާފައިވާ ހުށަހެޅުމަށް ހަމާސް ޖަމާއަތުން އިޖާބަ ދީފި އެވެ. 

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޚާއްސަ މަންދޫނު ސްޓީވް ވިކްޓޮފް ދާދި ފަހުން ވިދާޅުވެފައި ވަނީ، ހަނގުރާމަ ނިމުމަކަށް ގެނައުމަށް ޓަަކައި އެެމެރިކާގެ ފަރާތުން އައު ހުށަހެޅުމެއް ހުށަހަޅާފައި ވާނެ ކަމަށެވެ. 

ވިކްޓޮފްގެ ފަރާތުން ހުށަހަޅާފައިވާ މި ހުށަހެޅުމަށް ހަމާސް އިން ވަނީ އިޖާބަ ދީފަ އެވެ. އެ ހުށަހެޅުމުގައި ޣައްޒާގައި ހިނގަމުން އަންނަ ހަނގުރާމަ ނިންމުމަށް ކުރެވޭ ކަންކަން ވަނީ ހިމަނާފައި ކަމަށް ރިޕޯޓުތައް ބުނެ އެވެ.

އެކަމާ ގުޅިގެން ހަމާސް އިން ނެރުނު ބަޔާނެއްގަިއ ބުނެފައި ވަނީ، އެއްބަސްވުމުގެ ދަށުން ރަހީނުންގެ ތެރެއިން ދިރި ތިބި 10 މީހެއް ހަވާލު ކުރެވޭނެ ކަމަށެވެ. އަދި މަރުވެފައިވާ 18 މީހެއްގެ ހަށިގަނޑު ވެސް ހަވާލު ކުރެވޭނެ ކަމަށް ވަނީ ބުނެފަ އެވެ. 

އޭގެ ބަދަލެއްގެ ގޮތުން އިސްރާއީލް އިން ރަހީނުކޮށްފައިވާ ފަލަސްޠީނުގެ ރައްޔިތުން ދޫކޮށްލުމަށް ވެސް ހުށަހެޅުމުގައި ވަނީ ހިމަނައިފަ އެވެ. މި ހުށަހެޅުމުގެ މައިގަނޑު މަޤުސަދަކީ ދާއިމީ ގޮތެއްގައި ހަނގުރާމަ ހުއްޓާލައި، ޣައްޒާގައި ތިބި އިސްރާއީލްގެ ސިފައިން އަނބުރާ ގެންދިޔުމުގެ އިތުރުން، ޣައްޒާގެ ރައްޔިތުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް މަގު ތަނަވަސް ކުރުމެވެ. 

މިކަމާ ގުޅޭ ގޮތުން އިސްރާއީލް އަދި އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫގެ އޮފީހުން މިހާތަނަށް ވަކި އެއްޗެއް ބުނެފައި ނުވާ ކަމަށް ރިޕޯޓުތަކުގައި ވަނީ ފާހަގަ ކޮށްފަ އެވެ.

އެހެން ނަމަވެސް، އިސްރާއީލްގެ ބައެއް މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން އެމެރިކާގެ އެ ހުށަހެޅުމަށް، އިސްރާއީލް އިން އެއްބަސްވާނެ ކަމަށް މީގެ ކުރިން  އެ ޤައުމުގެ ބޮޑު ވަޒީރު ނަތަންޔާހޫ ވިދާޅުވެފައިވާ ކަމަށެވެ. އެހެން އޭނާ ވިދާޅުވީ ރަހީނުންގެ އާއިލާ މެމްބަރުން ގާތު ކަމަށް ބުނެފައިވީ ނަމަވެސް، އޭރު އިސްރާއީލް އިން ވަނީ އެކަމާ ގުޅިގެން ރަސްމީ ގޮތުން އެއްޗެއް ބުނުމަށް ވެސް ދެކޮޅު ހަދައިފަ އެވެ. 

އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމައިގައި މިހާތަނަށް ޣައްޒާ އިން ވަނީ 54000 އަށް ވުރެ ގިނަ ރައްޔިތުން ޝަހީދުވެފަ އެވެ. އަދި މީގެ އިތުރުން އެތައް ހާސް ރައްޔިިތުންނަށް ވަނީ އެކި ވަރުގެ ޒަޚަމުތައް ލިބިފަ އެވެ. 

މީގެ ކުރިން ވެސް އިސްރާއީލާއި ހަމާސްއާ ދެމެދު ވަނީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް ޤާއިމު ކޮށްފަ އެވެ. އެ އެއްބަސްވުމުގެ ދަށުން މިއަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި ހަނގުރާމަ ހުއްޓާލި ނަމަވެސް، މާޗު ފަހު އިސްރާއީލް އިން ވަނީ އެއްބަސްވުމާ ޚިލާފުވެ އަލުން ހަމަލާތައް ދޭން ފަށައިފަ އެވެ.  

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި

02 ފެބުރުއަރީ 2017
އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި
02 ފެބުރުއަރީ 2017

އެމެރިކާއިން އިރާނަށް "ނޯޓިސް" ދީފި!

02 ފެބުރުއަރީ 2017
އެމެރިކާއިން އިރާނަށް "ނޯޓިސް" ދީފި!
01 ފެބުރުއަރީ 2017

ސީރިއާގެ ހަނގުރާމަވެރިންނަށް ޓްރަމްޕްގެ ސަރުކާރުން ހަތިޔާރު ފޯރުކޮށްދީފި

01 ފެބުރުއަރީ 2017
ސީރިއާގެ ހަނގުރާމަވެރިންނަށް ޓްރަމްޕްގެ ސަރުކާރުން ހަތިޔާރު ފޯރުކޮށްދީފި
29 ޖެނުއަރީ 2017

އެމެރިކާގެ މިސްކިތެއްގައި ރޯކޮށްލައިފި

29 ޖެނުއަރީ 2017
އެމެރިކާގެ މިސްކިތެއްގައި ރޯކޮށްލައިފި
27 ޖެނުއަރީ 2017

ސްޓޭޓް ޑިޕާޓްމަންޓްގެ އިސް އޮފިޝަލުން އިސްތިއުފާ ދީފި

27 ޖެނުއަރީ 2017
ސްޓޭޓް ޑިޕާޓްމަންޓްގެ އިސް އޮފިޝަލުން އިސްތިއުފާ ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު