Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެތޫފާން ހާވީ

ތޫފާން ހާވީ:ފެންބޮޑުވުމުގައި ހާލުގައި ޖެހިގެން 2،000 މީހުން ސަލާމަތް ކޮށްފި

މަރުވި މީހުންގެ އަދަދަކީ ދޭއްކަމަށް އިދާރާތަކުން ބުނޭ

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 28 އޯގަސްޓު 2017 | ހޯމަ 05:29
 ޓެކްސަސްގެ 250 އެއްހާ ހައިވޭއާއި މަގުތައް ބަންދުކޮށްފައިވޭ

ޓެކްސަސްގެ 250 އެއްހާ ހައިވޭއާއި މަގުތައް ބަންދުކޮށްފައިވޭ

މޫސުމީ ކޮޅިގަނޑަކަށް މިހާރު ކެޓަގަރައިޒް ކުރެވިފައިވާ ހާވީގައި ޓެކްސަސްއަށް އަދިވެސް ބޯކޮށް ވާރޭ ވެހެމުން ދާއިރު ހިއުސްޓަންގެ އެކި ކަންކޮޅުތަކުން ފެންބޮޑުވެ ހާލުގައި ޖެހުނު 2،000 މީހުން ސަލާމަތް ކޮށްފިއެވެ.

ހެރިސް ކައުންޓީގެ ޝެރިފް އޮފީހުން ބުނީ ފެނުއަޑީގައިވާ ވެހިކަލްތަކުގެ ތެރޭގައި މީހުން މަރުވެފައި ވެދާނެ ކަމަށް ރިޕޯޓްތައް ލިބިފައިވާ ކަމަށާއި އެކަން ބަލަމުން އަންނަ ކަމަށެވެ.

ޓެކްސަސްގެ ގަވަރނަރ ގްރެގް އެބޮޓް މީޑިއާއަށް ވިދާޅުވީ ވިއްސާރައިގައި މަރުވި މީހުންގެ އަދަދު ކަށަވަރުކޮށް ނުދެއްވިދާނެ ކަމަށެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފައިވަނީ ހާލަތު "އާދަޔާ ޚިލާފް"ކަމަށެވެ.

ކޮންވެންޝަން ސެންޓަރާއެކު އެތައް ތަނެއް ވަނީ ބޯހިޔާވަހިކަމަށް ހުޅުވާލެވިފައެވެ.

ގަވަރނަރ އެބޮޓް ވިދާޅުވީ ޓެކްސަސްގެ 250 އެއްހާ ހައިވޭއާއި މަގުތައް ބަންދު ކޮށްފައިވާ ކަމަށެވެ. އަދި ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވި ހުއްދައާ އެއްގޮތަށް ސްޓޭޓްގެ 19 ކައުންޓީއެއްގައި ކާރިސާގެ ހާލަތު އިއުލާނު ކޮށްފައިވާ ކަމަށެވެ.

ވާރޭ ވެހެމުން ދިއުމުގެ ސަބަބުން ހިއުސްޓަންއާއި،ވިކްޓޯރިއާ އަދި ކޯޕަސް ކްރިސްޓީއާ ތިން ސިޓީއަށް އެހީ ފޯރުކޮށްދޭން ޖެހިފައިވަނީ އެކުއެކީގައި ކަމަށް އެބޮޓް ވިދާޅުވިއެވެ.

"އަދިވެސް އިންތިހާއަށް ބޯކޮށް ވާރޭ ވެހޭނެ"

ފަސްމީހަކު މަރުވި ކަމަށް ރިޕޯޓްތައް ބުނަމުން ދިޔަކަން ނޭޝަނަލް ވެދަރ ސަރވިސަސްއަށް ކުރިން ފާހަގަ ކުރެވިފައިވީ ނަމަވެސް ހިއުސްޓަންއިން މަރުވި ކަމަށް ކަށަވަރު ކޮށްދީފައިވާ މީހުންގެ އަދަދަކީ އެކެކެވެ.

ހޮނިހިރު ދުވަހު ކުރަންފެށި މި ވިއްސާރައިގައި މިހާތަނަށް މަރުވި މީހުންގެ އަދަދުކަމަށް ކަށަވަރު ކުރެވިފައިވަނީ ދޭކެވެ.

އިތުރަށް ކިޔާލަން

29 އޯގަސްޓު 2017

ތޫފާން ހާވީ: ޓެކްސަސް ސިޓީގެ ހާލަތު ބެއްލެވުމަށް ރައީސް ޓްރަމްޕް ވަޑައިގަންނަވަނީ

29 އޯގަސްޓު 2017
ތޫފާން ހާވީ: ޓެކްސަސް ސިޓީގެ ހާލަތު ބެއްލެވުމަށް ރައީސް ޓްރަމްޕް ވަޑައިގަންނަވަނީ
29 އޯގަސްޓު 2017

ތޫފާން ހާވީ:ޓެކްސަސްގެ ވަގުތީ ހިޔާތަކުގައި އެ ސްޓޭޓުގެ 30،000 ރައްޔިތުން ބައިތިއްބަން ޖެހޭނެ

29 އޯގަސްޓު 2017
ތޫފާން ހާވީ:ޓެކްސަސްގެ ވަގުތީ ހިޔާތަކުގައި އެ ސްޓޭޓުގެ 30،000 ރައްޔިތުން ބައިތިއްބަން ޖެހޭނެ
27 އޯގަސްޓު 2017

ތޫފާން ހާވީގައި އިންތިހާއަށް ފެންބޮޑުވުމުގެ ބިރު ބޮޑުކަމަށް ގަވަރނަރ ވިދާޅުވެއްޖެ

27 އޯގަސްޓު 2017
ތޫފާން ހާވީގައި އިންތިހާއަށް ފެންބޮޑުވުމުގެ ބިރު ބޮޑުކަމަށް ގަވަރނަރ ވިދާޅުވެއްޖެ
26 އޯގަސްޓު 2017

ޓެކްސަސް އަށް އަރާފައިވާ ތޫފާން ހާވީގެ ބާރު މިހާރު ދަށްވެއްޖެ

26 އޯގަސްޓު 2017
ޓެކްސަސް އަށް އަރާފައިވާ ތޫފާން ހާވީގެ ބާރު މިހާރު ދަށްވެއްޖެ
26 އޯގަސްޓު 2017

އެމެރިކާގެ ޓެކްސަސްއަށް ތޫފާން ހާވީ އަރައިފި

26 އޯގަސްޓު 2017
އެމެރިކާގެ ޓެކްސަސްއަށް ތޫފާން ހާވީ އަރައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު