Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓު ދޫކުރުން

ފްލެޓުތައް ދޫކުރުމުގެ ޝަރުތުތައް ވަނީ ބަދަލުކޮށްފައި، މުއިއްޒުގެ މޭޔަރުކަމުގައި ކައުންސިލުން ވެސް ލިޔުން ދޫކޮށްފައިވޭ: އަލީ ހުސެއިން

29 މެއި 2025 | ބުރާސްފަތި 08:46

15 އަހަރުތެރޭގައި މާލޭގެ ސްކޫލު، ކޮލެޖެއްގައި ކިޔެވިކަން އަންގައިދޭ ލިޔެކިއުންތައް އެ ޕޮއެންޓް ވަނީ އުނިކޮށްފައި

އަމްނާ އިމާދު
އަމްނާ އިމާދު | 29 މެއި 2025 | ބުރާސްފަތި 08:46
ކުރީގެ ހައުސިންގ މިނިސްޓަރ ޑރ އަލީ ހައިދަރު އަދި މިހާރުގެ މިނިސްޓަރ ޑރ އަބްދުﷲ މުއްތަލިބު

ކުރީގެ ހައުސިންގ މިނިސްޓަރ ޑރ އަލީ ހައިދަރު އަދި މިހާރުގެ މިނިސްޓަރ ޑރ އަބްދުﷲ މުއްތަލިބު

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރާ ފްލެޓުތައް ދޫކުރުމުގައި އޮޅުވާލުމަށް މި ސަރުކާރުން އުސޫލުގައިވާ ޝަރުތުތައް ބަދަލުކޮށްފައިވާ ކަމަށް މަޝްހޫރު ގާނޫނީ ވަކީލް އަލީ ހުސެއިން ވިދާޅުވެއްޖެ އެވެ.

ބުރާސްފަތި ދުވަހު ފަހި ޔޫނިއަންގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަލީ ހުސެއިން ވިދާޅުވީ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓުތައް ދޫކޮށްފައިވަނީ ވަކި ޚާއްސަ އުސޫލެއްގެ ދަށުން ކަމަށާއި، އެ އުސޫލު ގެޒެޓްކޮށްފައިވާ ކަމަށެވެ.

Advertisement - newsAdvertisement

ނަމަވެސް މި ސަރުކާރުން ފްލެޓު ދިނުމާ ގުޅޭގޮތުން އެކުލަވާލާފައިވާ އުސޫލުގައިވާ ޝަރުތުތައް ބަދަލުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އަލީ ހުސެއިން ވިދާޅުވީ ކުރީ ސަރުކާރުން ޕޯޓަލްގައި ބަޔާންކުރި ޝަރުތުގެ ބައިގައި ހުށަހަޅާ ފަރާތުގެ ދަރިން ވޭތުވެދިޔަ 15 އަހަރުތެރޭގައި މާލޭގެ ސްކޫލު، ކޮލެޖް އަދި ޔުނިވާސިޓީ އެއްގައި ކިޔެވިކަން ނުވަތަ ކިޔަވަމުންގެންދާކަން އަންގައިދޭ ލިޔެކިއުންތައް އެ ޕޮއެންޓް އުނިކޮށްފައިވާ ކަމަށެވެ. އަދި އެބަޔަށްވީ ގޮތް ނޭނގޭ ކަމަށާއި، ނަމަވެސް ''އެޕްލިކެންޓްގެ ރަށްވެހިކަމުގެ މައުލޫމާތު'' މިސަރުކާރުން އިތުރުކޮށްފައިވާ ކަމަށެވެ. މިއީ ކުރީ ސަރުކާރުގެ އުސޫލުގައި ހިމެނޭ ޕޮއެންޓެއް ނޫން ކަމަށް އަލީ ހުސެއިން ވިދާޅުވިއެވެ.

އަލީ ހުސެއިން ވިދާޅުވީ އެމީހަކު މާލޭގައި 15 އަހަރު ދިރިއުޅުނުކަން ސާބިތުކޮށް ދިނުމަށް ދަރިން ސްކޫލުތަކާއި، ޔުނިވާސިޓީތަކުގައި ކިޔަމުންދާ ކަމުގެ ލިޔުން ހުށަހަޅާފައިވާ ކަަމަށެވެ. އެއީ ހޯދަން ވެސް ފަސޭހަ ލިޔުމަކަށްވާތީ ގިނަ ބަޔަކު އެލިޔުން ހުށަހަޅާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ މި ސަރުކާރުން އެބައި އުނިކުރީ ރަނގަޅު މަގުސަދެއްގައި ނޫން ކަމަށާއި، އެއީ ގިނަ ބަޔަކު ލިސްޓުން އުނިކުރުމަށް ކަމަށެވެ.

އަލީ ހުސެއިން ވިދާޅުވީ މިއީ ގާނޫނީ ގޮތުން އުފެދިފައި އޮންނަ ސަރުކާރަކުން ކުރާވަރު ދަށު ދަރަޖާގެ އަމަލެއް ކަމަށެވެ. މިކަންކަން ހާމަވަމުންދާއިރު، ޝަރުތެއް ބަދަލުކޮށްފައިނުވާ ކަމަށް ބުނެ، ހައުސިން މިނިސްޓްރީ އަދި ސަރުކާރުން ދޮގު ހަދަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން އަލީ ހުސެއިން ވިދާޅުވީ ގެދޮރުވެރިޔާ ސްކީމުން ފްލެޓު ލިބުނު މީހުންނަށް މާލެސިޓީ ކައުންސިލްގައި މޭޔަރަކަށް ޑރ.މުހައްމަދު މުއިއްޒު ހުންނަވައި، މާލޭގައި 15 އަހަރު ދުވަހު ދިރިއުޅުނު ކަމަށް އަންގައިދޭން ލިޔުން ސިޓީ ކައުންސިލުން ދޫކޮށްފައިވާ ކަމަށެވެ.

ނަމަވެސް މިކަން ވެސް ސަރުކާރުން ދޮގު ކުރަމުންދާ ކަމަށާއި، 4 އޮކްޓޫބަރު 2023 ގައި ދޫކޮށްފައިވާ ލިޔުންތައް އެބަހުރި ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ މާލެސިޓީ ކައުންސިލުން ދޫކޮށްފައިވާ ލިޔުމެއް ނެތް ކަމަށް ބުނެ ހައުސިން މިނިސްޓްރީން ވެސް މިކަމުގައި ދޮގު ބަޔާނެއް ނެރިފައިވާ ކަމަށެވެ.

ކައުންސިލްތަކުން ދީފައިވާ ލިޔުންތަކުގެ ތެރޭގައި ފާހަގަކުރެވިފައިވަނީ މާލެސިޓީ ފިޔަވައި އެހެން ސިޓީތަކާ ރަށްތަކުގެ ރަށު ކައުންސިލްތަކުން ދީފައިވާ ލިއުންތަކެވެ. ވުމާއެކު ލިޔުންތަކުގެ ތެރޭގައި މާލޭ ސިޓީ ކައުންސިލުން ރައީސް ޑރ.މުހައްމަދު މުއިއްޒު މޭޔަރުކަމުގައި ލިޔުން ދީފައި ހުރި ވާހަކައަކީ ހަގީގަތެއް ނެތް ވާހަކަތަކެއް.
މަޝްހޫރު ގާނޫނީ ވަކީލް އަލީ ހުސެއިން

އަލީ ހުސެއިން ވިދާޅުވީ ރައީސް ޑރ.މުހައްމަދު މުއިއްޒަކީ ދޮގު ހައްދަވާ ބޭފުޅެއް ކަމަށާއި، އެމަނިކުފާނުގެ ދަށުން މިނިސްޓަރުން އަދި މިނިސްޓްރީތަކުން ވެސް ދޮގު ބަޔާންތައް ނެރި ރައްޔިތުންނަށް އޮޅުވާލުން އާއްމު ކަމަކަށް ހަދާފައިވާ ކަމަށެވެ. އަދި މިއީ ކަންބޮޑުވާ މައްސަލައެއް ކަމަށް އަލީ ހުސެއިން ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

4

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

15 އޮކްޓޯބަރު 2018

ދެވަނަ ފިޔަވަހީގެ ގޯތި ދޫކުރުމުގެ ޕްރޮސެސްއާ މެދު އަދި ވެސް ގޮތެއް ނުނިމޭ: އެޗްޑީސީ

15 އޮކްޓޯބަރު 2018
ދެވަނަ ފިޔަވަހީގެ ގޯތި ދޫކުރުމުގެ ޕްރޮސެސްއާ މެދު އަދި ވެސް ގޮތެއް ނުނިމޭ: އެޗްޑީސީ
20 ޖޫން 2018

އެމްޑީޕީ ސަރުކާރުން ދޭން އުޅުނު ގޯތިތައް ނުދީ އޮތީ މުއިއްޒުގެ އިހުމާލުން: ސޯބެ

20 ޖޫން 2018
އެމްޑީޕީ ސަރުކާރުން ދޭން އުޅުނު ގޯތިތައް ނުދީ އޮތީ މުއިއްޒުގެ އިހުމާލުން: ސޯބެ
20 މެއި 2018

ޕްރައިމަރީގައި ވާދަކުރާ ކެނޑިޑޭޓުންނަކީ ރައީސުލްޖުމްހޫރިއްޔާގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތައް ފުރިހަމަވެފައިވާ މީހަކަށް ވާންޖެހޭ: އީސީ

20 މެއި 2018
ޕްރައިމަރީގައި ވާދަކުރާ ކެނޑިޑޭޓުންނަކީ ރައީސުލްޖުމްހޫރިއްޔާގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތައް ފުރިހަމަވެފައިވާ މީހަކަށް ވާންޖެހޭ: އީސީ
03 މެއި 2018

ބަންޑާރަ ގޯތި ދޫކުރުމުގެ ޝަރުތުތައް ލުއިކޮށްފި

03 މެއި 2018
ބަންޑާރަ ގޯތި ދޫކުރުމުގެ ޝަރުތުތައް ލުއިކޮށްފި
03 ޑިސެމްބަރު 2017

މުއިއްޒުގެ ޓްވީޓާއި އެކު ރައްޔިތުން ރަތަށް

03 ޑިސެމްބަރު 2017
މުއިއްޒުގެ ޓްވީޓާއި އެކު ރައްޔިތުން ރަތަށް
20 ސެޕްޓެމްބަރު 2017

ހައުސިން މިނިސްޓަރ މުއިއްޒުގެ ސަބަބުން ދައުލަތަށް އެއް ބިލިއަން ރުފިޔާގެ ގެއްލުމެއްވެއްޖެ: އަލީ ހުސެއިން

20 ސެޕްޓެމްބަރު 2017
ހައުސިން މިނިސްޓަރ މުއިއްޒުގެ ސަބަބުން ދައުލަތަށް އެއް ބިލިއަން ރުފިޔާގެ ގެއްލުމެއްވެއްޖެ: އަލީ ހުސެއިން
17 މެއި 2017

ޝަރުތުތައް އުވާލުމާއެކު އެމްޑީޕީ ހަރުގެ ޖަލްސާގައި މިރޭ ޤާސިމް ބައިވެރިވަނީ

17 މެއި 2017
ޝަރުތުތައް އުވާލުމާއެކު އެމްޑީޕީ ހަރުގެ ޖަލްސާގައި މިރޭ ޤާސިމް ބައިވެރިވަނީ
17 މެއި 2017

ޤާސިމް އިބްރާހިމަށް ކްރިމިނަލް ކޯޓުން ކުރި ޝަރުތުތައް އުވާލައިފި

17 މެއި 2017
ޤާސިމް އިބްރާހިމަށް ކްރިމިނަލް ކޯޓުން ކުރި ޝަރުތުތައް އުވާލައިފި
15 މެއި 2017

ފުލުހުން ވަނީ ކަނޑައެޅިގެން ދޮގު ހަދާފައި. ޤާސިމްގެ މައްޗަށް ކުރި ޝަރުތުތައް ބާތިލް ކުރުން އެދެން:ވަކީލުން

15 މެއި 2017
ފުލުހުން ވަނީ ކަނޑައެޅިގެން ދޮގު ހަދާފައި. ޤާސިމްގެ މައްޗަށް ކުރި ޝަރުތުތައް ބާތިލް ކުރުން އެދެން:ވަކީލުން
14 ފެބުރުއަރީ 2017

ފުލުހުންނަށް ވަގުތީ ހިޔާވަހިކަން ދޭނެ ޝަރުތުތައް ޢާއްމުކޮށްފި

14 ފެބުރުއަރީ 2017
ފުލުހުންނަށް ވަގުތީ ހިޔާވަހިކަން ދޭނެ ޝަރުތުތައް ޢާއްމުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް