Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޤާސިމް އިބްރާހިމް

ޤާސިމް އިބްރާހިމަށް ކްރިމިނަލް ކޯޓުން ކުރި ޝަރުތުތައް އުވާލައިފި

ޤާސިމްގެ މައްޗަށް 7 ޝަރުތު ކޮށްފައިވޭ

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު, ރާއްޖެ އެމްވީ | 17 މެއި 2017 | ބުދަ 16:15
ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް

ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް

ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމްގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ޝަރުތުތައް އެ ކޯޓުން އުވާލައިފިއެވެ.

ކްރިމިނަލް ކޯޓުން ކޮށްފައިވާ ޝަރުތު އުވާލިކަން ހާމަކޮށް، ޤާސިމް އިބްރާހިމްއަށް ފޮނުވާފައިވާ ލިޔުމުގައި ބުނެފައިވަނީ، ރިޝްވަތު ދިނުމާއި، ޤާނޫނާއި ޚިލާފަށް ސަރުކާރު ވައްޓާލަން މަސައްކަތް ކުރުމުގެ ތުޙުމަތުގައި ޤާސިމް ބަންދުކޮށް، ބަންދާމެދު ގޮތެއް ނިންމުމަށް މި ހިނގާ މޭ މަހުގެ 10 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، އެ ކޯޓުން ޝަރުތު ތަކާކާއި އެކު ޤާސިމް ދޫކޮށްލާފައި ހުއްޓާ، އެދުވަހުގެ މުއްދަތު މަޖިލީހުގައި މައްސަލަ މިހާރު ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވޭތޯ ޤާޟީ ކުރެއްވި ސުވާލަށް، މައްސަލަ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވިފައި ނުވާކަމަށް ދެންނެވިފައިވަނީ މަޢުލޫމާތުގެ ކުށަކުން ކަމަށާ، އެކަމަށް މަޢާފަށް އެދޭކަމަށްބުނެ، މޯލްޑިވްސް ޕޮލިސް ސަރވިސްއިން 16 މޭ 2017 ގައި ކްރިމިނަލް ކޯޓަށް ސިޓީއެއް ފޮނުވާފައިވާތީ، މޭ 10 ވަނަ ދުވަހު ޤާސިމްގެ މައްޗަށް ކުރި ޝަރުތުތައް އުވާލާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

މޭ 10 ވަނަ ދުވަހު، މާމިގިލީ ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ ޤާސިމް ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން އަމުރުކުރީ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ހަތް ޝަރުތެއް ކުރުމަށް ފަހުއެވެ. އެ ޝަރުތުތައް ކޮށްފައިވަނީ 60 ދުވަހުގެ މުއްދަތަކަށެވެ. އެ މުއްދަތުގެ ތެރޭގައި އޭގެން ޝަރުތަކާ ގާސިމް ޚިލާފްވެއްޖެނަމަ ހައްޔަރުކުރާނެ ކަމަށް އޭރު ވަނީ ނިންމާފައެވެ.

ޤާސިމަށް ކުރި ޝަރުތުތަކަކީ:

  • ތަހުގީގަށް އެއްބާރުލުން ދެއްވުން
  • ފުލުހުންގެ ހުއްދަ ލިބިގެން މެނުވީ ރަށުން ބޭރަށް ވަޑައިނުގަތުން
  • ފިތުނަ އުފެދޭ ކަހަލަ ވާހަކަތައް ދައްކާ މީހުންނާއެކު ބައްދަލުވުންތައް ނުބޭއްވުން
  • ހެކި ގެއްލިދާނެ ފަދަ ނުވަތަ ހެއްކަށް ނުފޫޒު ފޯރަފާނެ ފަދަ އެއްވެސް ކަމެއް ނުކުރެއްވުން
  • ފިތުނަ އުފެދޭ ފަދަ ވާހަކަތައް ނުދެއްކެވުން
  • ފިތުނަ އުފެދޭ ފަދަ ވާހަކަތައް ދެއްކުމަށް ޤާސިމްގެ ގޯތި ގެދޮރު ބޭނުން ނުކުރެއްވުމާއި އެފަދަ ކަންކަމަށް މީހުންނަށް ތަންތަން ދޫނުކުރެއްވުން
  • ދައުލަތުގެ ތިން ބާރާއި، އެ ބާރުތަކުގެ ވެރިންނާ މެދު ނުތަނަވަސްކަން އުފެދޭ ކަހަލަ ވާހަކަ ނުދެއްކެވުން

ކޯޓު އަމުރެއްގެ ދަށުން ޤާސިމް ހައްޔަރުކޮށްފައިވަނީ މިދިޔަ މަހުގެ 20 ވަނަ ދުވަހުއެވެ. ޕްރޮސެކިއުޓާ ޖެނެރަލްގެ އެދިވަޑައިގަތުމުގެ މަތިން ޤާސިމް ހައްޔަރުކުރަން ކްރިމިނަލް ކޯޓުގެ އިސް ޤާޟީ ނެރުއްވި އަމުރުގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލިހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމަށް ހުށަހެޅޭނީ 42 މެމްބަރުންގެ ސޮޔާއެކު ކަމަށް މިދިޔަ މަހުގެ 10 ގައި ފާސްކުރުމާ ގުޅިގެން، މަޖިލިހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތްކަމަށް ހުށަހެޅުމަށްޓަކައި 42 މެމްބަރުންގެ ސޮއި ހޯއްދެވުމަށް މެމްބަރުންނަށް ޤާސިމް އެކި ގޮތްގޮތުން ނުފޫޒު ފޯރުވަމުންދާ ކަމަށެވެ. އަދި ސަލާމަތީ ބާރުތަކުގައި މަސައްކަތް ކުރާ ފަރާތްތަކާއި ފަނޑިޔާރުންނަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރެއްވުމާއި ރައްޔިތުންގެ މެދުގައި ފިތުނަ އާއި ބިރުވެރިކަން އުފެއްދެވުމަށް ޤާސިމް މަސައްކަތް ކުރައްވާ ކަމުގެ ތުހުމަތު ވެސް ކޯޓު އަމުރުގައި ކޮށްފައިވެ އެވެ.

ޤާސިމް އިބްރާހިމް އިސްވެ ހުންނަވައިގެން މ. ކުނޫޒްގައި ސިލްސިލާކޮށް ބާއްވަމުންދާ ޖަލްސާތަކުގައި އެ ކަންކަމަށް ބާރު ލިބޭ ފަދަ މޭރުމަކުން ވާހަކަ ދައްކަމުން ދާތީ އާއި މި ކަންތައްތަކަކީ މިހާރު ތަހުގީގު ކުރަމުންދާ ކަންތައްތަކެއް ކަމަށް ވާތީ، ޤާސިމް މުޖުތަމައު އަށް ދޫކޮށްފައި ބެހެއްޓުމަކީ މައްސަލައިގެ ތަހުގީގަށް ބޮޑެތި ހުރަސްތަކެއް އެޅި އަދި މި ކަންކަމާ ގުޅޭ ގޮތުން ލިބެން ހުރި ހެކި ފޮރުވާ އަދި ހެކިބަސް ދޭން ތިބި ފަރާތްތަކަށް ނުފޫޒު ފޯރުވާ، އެ ހެކި ނައްތާލުމަށް ފުރުސަތު ތަނަވަސް ވެގެން ދާނެ ކަމެއް ކަމެއް ކަމަށާއި، އަދި ޤާސިމް މުޖުތަމައު އަށް ދޫކޮށްފައި ބެހެއްޓުމަކީ މުޖުތަމައުގެ ސަލާމަތަށް ހުރި ނުރައްކަލެއް ކަމުގައި ފެނުމަކީ ވެސް އެމަނިކުފާނު ހައްޔަރު ކުރަންޖެހޭ ސަބަބެއް ކަމަށް ކޯޓް އަމުރުގައިވެއެވެ.

ޤާސިމްގެ މައްޗަށް ކޮށްފައިވާ ޝަރުތުތައް އުވާލާފައިވާއިރު، ކްރިމިނަލް ކޯޓުން ޤާސިމް ޝަރުތުތަކަކާއިއެކު ބަންދުން ވީއްލުމަށް ކުރި އަމުރު ބިނާކުރައްވާފައިވަނީ ފުލުހުން މާތް ﷲ ގަންދީ ހުވައިކޮށްގެން ތިބެ ޝަރީއަތުގެ މަޖިލީހުގައި ދީފައިވާ ދޮގު މައުލޫމާތު ތަކެއްގެ މައްޗަށްކަން ކަށަވަރުވާތީ، އެ އަމުރު ނެރުނު އިރުވެސް އެ މައްސަލައިގައި ދައުވާއެއް ކުރެވެން ނެތްކަން ޕީޖީ ދީފައިވާ ލިއުމުން އެނގެން އޮންނާތީ، 10 މެއިގައި ޤާސިމް ބަންދުން ދޫކޮށްލުމަށް ކުރިމިނަލް ކޯޓުން ކުރައްވާފައިވާ ޝަރުތުތައް ބާތިލްކުރުމަށް ޤާސިމްގެ ވަކީލުން މީގެ ކުރިން ވަނީ ކްރިމިނަލް ކޯޓުގައި އެދިފައެވެ.

މިކަމާއި ގުޅިގެން، ޤާސިމް ގެ ވަކީލުން ހޯމަދުވަހު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ޤާސިމްގެ މައްޗަށް ތުހުމަތު ކުރާ މައްސަލައިގައި، ދައުވާ ކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވޭތޯ ޤާސިމްގެ ފަރާތުން ސުވާލު ކުރުމުން ޤާސިމް އިބްރާހިމް ބަންދުގައި ބަހައްޓާފައި ހުރި މައްސަލަ ޕްރޮސެކިއުޓާރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައި ނުވާކަމަށް ފުލުހުން ބުނެފައިވާކަމަށެވެ. އެހެންނަމަވެސް އެ މައްސަލައިގައި ޖިނާއީ ދައުވާކޮށްދިނުމަށް އެދި ފުލުހުން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް 9 މެއި 2017 ދުވަހު ފޮނުވާފައިވާކަމަށާއި، އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރެވޭވަރަށް ހެއްކާއި ގަރީނާ ނެތަތީ އެމައްސަލަ 10 މެއިގައި އަނބުރާ ފުލުހުންނަށް ފޮނުވާފައިވާކަމަށް ޕީޖީ އޮފީހުން ލިޔުމުން ވަކީލުންނަށް މައުލޫމާތު ދިންކަމަށެވެ.

ޤާސިމްގެ މައްޗަށް ތިން ދައުވާއެއް އުފުލައި އެމަނިކުފާނުގެ މައްޗަށް ޝަރީއަތް ދަނީ ހިންގަމުންނެވެ. އެ ޝަރީއަތްތައް ނިމެންދެން ޤާސިމް ބަންދުކުރުމަށް ވެސް ދައުލަތުން ކޯޓުގައި އެދުނެވެ. ނަމަވެސް ކޯޓުން ނިންމާފައިވަނީ ޝަރީއަތް ނިމެންދެން ޤާސިމް ބަންދުކުރަން ޖެހޭ ސަބަބެއް އަދި ނެތް ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފުލުހުންނަށް ވަގުތީ ހިޔާވަހިކަން ދޭނެ ޝަރުތުތައް ޢާއްމުކޮށްފި

ފުލުހުންނަށް ވަގުތީ ހިޔާވަހިކަން ދޭނެ ޝަރުތުތައް ޢާއްމުކޮށްފި

14 ފެބުރުއަރީ 2017
ލީވާނާއި ވިސާމުގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށްފި!

ލީވާނާއި ވިސާމުގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށްފި!

08 ފެބުރުއަރީ 2017
ވިލާ ކުންފުނީގެ އަތުން ކާޑެއްދޫ އެއާޕޯޓް ނެގުން ފަސްކުރުމުށް ކޯޓުން އަމުރުކޮށްފި

ވިލާ ކުންފުނީގެ އަތުން ކާޑެއްދޫ އެއާޕޯޓް ނެގުން ފަސްކުރުމުށް ކޯޓުން އަމުރުކޮށްފި

01 ފެބުރުއަރީ 2017
އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި

އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި

30 ޖެނުއަރީ 2017
އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި

އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި

30 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު