Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހުޅުމާލެ ދެވަނަ ފިޔަވަހި

ދެވަނަ ފިޔަވަހީގެ ގޯތި ދޫކުރުމުގެ ޕްރޮސެސްއާ މެދު އަދި ވެސް ގޮތެއް ނުނިމޭ: އެޗްޑީސީ

15 އޮކްޓޯބަރު 2018 | ހޯމަ 06:19

400 ގޯތި ދޫކުރުން ހުއްޓުވާނެ ކަމުގެ އިންޒާރު އޭސީސީން ވަނީ ދީފައި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 15 އޮކްޓޯބަރު 2018 | ހޯމަ 06:19
ހުޅުމާލެ ދެވަނަ ފިޔަވަހި

ހުޅުމާލެ ދެވަނަ ފިޔަވަހި

ދެވަނަ ފިޔަވަހިން ދޫކުރުމަށް ހަމަޖެހިފައިވާ 400 ގޯތި ދޫކުރުމުގެ ޕްރޮސެސްއާ މެދު އަދިވެސް ގޮތެއް ނުނިމޭ ކަމަށް ބުރާސްފަތިދުވަހު ހައުސިން މިނިސްޓްރީން ގޯތިދޫކުރުމަށް ހަވާލުކުރި ހުޅުމާލެ ޑިވެލޮޕްމެންޓަ ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.

އެޗްޑީސީގެ މީޑިއާ އޮފިޝަލް ރާއްޖެއެމްވީއަށް ވިދާޅުވީ ހައުސިން މިނިސްޓްރީން އެ ކޯޕަރޭޝަނާ ހަވާލުކުރި ހިސާބުން ގޯއްޗަށް އެދި ފޯމު ނަންބަރު ދޫކުރުމާއި ފޯމު ބަލައިގަތުމާ ގުޅޭ ގޮތުން މިނިސްޓްރީއާ އެކު މަޝްވަރާތައް ފަށާފައިވާ ކަމަށެވެ.

Advertisement - newsAdvertisement
"އަދި ވަކި ގޮތަކަށް ނުނިމޭ. ނިމުނުހާ އަވަހަކަށް މައުލޫމާތު ހިއްސާކުރާނަން،" އެޗްޑީސީގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ދެވަނަ ފިޔަވަހިން ނުއަގުގައި 400،000ރ. އަށް ގޯއްޗެއްގެ މަގުން 400 ގޯތި ވިއްކަން ހުޅުވާލުމުން އެ މަޝްރޫއު ހުއްޓުވުމަށް ފަހު އެންޓި ކަރަޕްޝަން ކަމިޝަން (އޭސީސީ) އިން ވަނީ ގާނޫނީ ގޮތުން ސުވާލު އުފެދޭ ކަންތައްތަކާއި ކަރަޕްޝަނަށް މަގުފަހިވާ މައްސަލަތަކެއް ތަހުގީގުކުރަން ފަށާފައެވެ. އެކަމާ ގުޅިގެން ވަކި ކަންތައްތަކެއް އިސްލާހުކޮށް އަލުން ގޯތި ދޫކުރުމަށް ހުޅުވާލުމަށް ވަނީ އަންގާފައެވެ. އޭސީސީން ހައުސިން މިނިސްޓްރީއަށް އިސްލާހު ކުރަން އެންގި ކަންތައްތައް އިސްލާހުނުކޮށް އެ އެންގުމާ ޚިލާފަށް އެމިނިސްޓްރީން ވަނީ މިމަހުގެ 9 ވަނަ ދުވަހު ގޯއްޗަށް އެދޭ ފޯމާއި ފޯމު ބަލައިގަންނަން ފަށާފައެވެ.

މިމަހުގެ 11 ވަނަ ދުވަހު އޭސީސީން ވަނީ ހައުސިން މިނިސްޓްރީން އެމަސައްކަތް އަލުން ފެށީ އެންގުމާ ޚިލާފަށް ކަމަށާއި އެކަން ކޯޓު އަމުރެއްގެ ދަށުން ހުއްޓުވާނެ ކަމަށް ބުނެފައެވެ.

ހައުސިން މިނިސްޓަރ މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ ދެވަނަ ފިޔަވަހީގެ ގޯތީގެ ހުރިހާ ކަމެއް ކުރާނީ އެޗްޑީސީން ކަމަށާއި ގޯއްޗަށް ދައްކާ ފައިސާ ބަލައިގަތުމާއި ގުރުއަތުލުން ކުރިއަށް ގެންދާނީ ވެސް އެކޯޕަރޭޝަނުން ކަމަށެވެ. އަދި އެޗްޑީސީއާ އެމަސައްކަތް ހަވާލުކުރިއިރު އެދުވަހާ ހަމައަށް 5،100 ފޯމު ހައުސިން މިނިސްޓްރީން ބަލައިގެންފައިވާ ކަމަށާއި އެއިން އެއްވެސް ފޯމެއް ބާތިލް ނުވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

20 މެއި 2017

ކޮމަންޑޫ ދެވަނަ ބުރު ކާމިޔާބު ކުރީ އެމްޑީޕީ ކެންޑިޑޭޓު އާރިފު!

20 މެއި 2017
ކޮމަންޑޫ ދެވަނަ ބުރު ކާމިޔާބު ކުރީ އެމްޑީޕީ ކެންޑިޑޭޓު އާރިފު!
20 މެއި 2017

ށ. ކޮމަންޑޫ އާއި ތ. މަޑިފުށި ކައުންސިލްގެ އިންތިހާބުގެ ދެވަނަ ބުރު މިއަދު

20 މެއި 2017
ށ. ކޮމަންޑޫ އާއި ތ. މަޑިފުށި ކައުންސިލްގެ އިންތިހާބުގެ ދެވަނަ ބުރު މިއަދު
22 އެޕްރީލު 2017

އެމްޕީއެލް ޕޯޓް ކޮމްޕްލެކްސް ގޯތި ތެރޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

22 އެޕްރީލު 2017
އެމްޕީއެލް ޕޯޓް ކޮމްޕްލެކްސް ގޯތި ތެރޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
20 އެޕްރީލު 2017

ގަބުރު ފެނިފައިވާތީ ބިހުރޯޒު މިސްކިތުގެ ގޯތިތެރޭ ނަމާދު ކުރުން މަނާކޮށްފި

20 އެޕްރީލު 2017
ގަބުރު ފެނިފައިވާތީ ބިހުރޯޒު މިސްކިތުގެ ގޯތިތެރޭ ނަމާދު ކުރުން މަނާކޮށްފި
18 އެޕްރީލު 2017

ރައުދާގެ ދެވަނަ އޮޓޯޕްސީ ހެދުމަށް ކޯޓުން ހުއްދަ ދީފި

18 އެޕްރީލު 2017
ރައުދާގެ ދެވަނަ އޮޓޯޕްސީ ހެދުމަށް ކޯޓުން ހުއްދަ ދީފި
08 މާރިޗު 2017

ވިސާމްގެ ދެވަނަ ދައުވާގެ ހުކުމް އިއްވުން މާދަމާ!

08 މާރިޗު 2017
ވިސާމްގެ ދެވަނަ ދައުވާގެ ހުކުމް އިއްވުން މާދަމާ!
05 މާރިޗު 2017

ވިސާމްގެ ދެވަނަ ދައުވާގެ ހުކުމް އިއްވުން ބުރާސްފަތި ދުވަހު!

05 މާރިޗު 2017
ވިސާމްގެ ދެވަނަ ދައުވާގެ ހުކުމް އިއްވުން ބުރާސްފަތި ދުވަހު!
20 ފެބުރުއަރީ 2017

ރަށްވެހިވެފައިވާ ރަށް ނޫން ރަށެއްގައި ވޯޓުލުމަށް ރަޖިސްޓަރީވުމަށް ދެވަނަ ފަހަރަށް ހުޅުވާލައިފި

20 ފެބުރުއަރީ 2017
ރަށްވެހިވެފައިވާ ރަށް ނޫން ރަށެއްގައި ވޯޓުލުމަށް ރަޖިސްޓަރީވުމަށް ދެވަނަ ފަހަރަށް ހުޅުވާލައިފި
01 ފެބުރުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ދެވަނަ ފަހަރަށް ފަސްކޮށްފި

01 ފެބުރުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ދެވަނަ ފަހަރަށް ފަސްކޮށްފި
30 ޖެނުއަރީ 2017

ވިސާމްގެ ދެވަނަ ޝަރީއަތުގެ އަޑުއެހުން މާދަމާ!

30 ޖެނުއަރީ 2017
ވިސާމްގެ ދެވަނަ ޝަރީއަތުގެ އަޑުއެހުން މާދަމާ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް