Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފްލެޓްތަކުގެ މައްސަލަ

ހައުސިން މިނިސްޓަރ މުއިއްޒުގެ ސަބަބުން ދައުލަތަށް އެއް ބިލިއަން ރުފިޔާގެ ގެއްލުމެއްވެއްޖެ: އަލީ ހުސެއިން

ޑރ. މުއިއްޒު ރޯ ހައުސިން ޔުނިޓް ބައްލަވާ ގަތީ ގާނޫނާ ހިލާފަށް

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް, ރާއްޖެ އެމްވީ | 20 ސެޕްޓެމްބަރު 2017 | ބުދަ 00:01
 ކެންދޫ ދާއިރާގެ މެމްބަރު އަލީ މިރޭ ބޭއްވި ޕެނަލް ޑިސްކަޝަންގައި ވަހަކަ ދައްކަވަނީ

ކެންދޫ ދާއިރާގެ މެމްބަރު އަލީ މިރޭ ބޭއްވި ޕެނަލް ޑިސްކަޝަންގައި ވަހަކަ ދައްކަވަނީ

ހައުސިން މިނިސްޓަރު ޑރ މުހައްމަދު މުއިއްޒުގެ ސަބަބުން ދައުލަތައް އެއް ބިލިއަން ރުފިޔާގެ ގެއްލުމެއް ވެފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވެއްޖެ އެވެ.

"ފްލެޓްތަކުގެ ތަފްސީލް ހާމަކުރޭ" މި ނަމުގައި އަންގާރަ ދުވަހުގެ ރޭ ބޭއްވި ޕެނަލް ޑިސްކަޝަންގައި ވާހަކަ ދައްކަވަމުން އަލީ ހުސެއިން ވިދާޅުވީ ހައުސިން މިނިސްޓްރީން ގެންގުޅޭ ސިޔާސަތުތަކުގެ ސަބަބުން ދިރާސާކޮށް ބަލާއިރު ގިނަ އަދަދެއްގެ ފައިސާގެ ގެއްލުން މިހާތަނަށްވެފައިވާ ކަމަށެވެ.

Advertisement - newsAdvertisement

"ޓާޓާ ފެލްޓްތަކުގެ އެއްބަސްވުމަށް އޮނާ ނުކުރުމުގެ ސަބަބުންނާއި ރަސްފަންނުގެ ބައެއް ކަންކަން ފަސް ހަފަހަރަށް ކުރަން ޖެހުމުގެ ސަބަބުންނާއި، ތަނެއް ދޮރެއް ބަލާލުމެއް ނެތި މާސިންގާ ކަނޑުން ނެރެއް ކަނޑައިގެން އެތަނަށް އެރި ބޯޓުތަކުންނާއި އުޅަނދުތަކަށް ލިބުނު ގެއްލުމަށް ބަލާއިރު މިއީ ވަރަށް ބޮޑެތި ގެއްލުން." އަލީ ހުސެއިން ވިދާޅުވި އެވެ.

ޑރ. މުއިއްޒު ހުޅުމާލެ ރޯހައުސް އެއް ބައްލަވާގެންފައިވާ މައްސަލައާ ގުޅޭ ގޮތުން އަލީ ހުސެއިން ވިދާޅުވީ ދައުލަތުގެ ބިމެއް ގަނެއް ނުވަތަ ކުއްޔަށް ދިނުމަކީ ވަޒީރަކަށް ހުރެ ކުރެއްވޭނެ ކަމެއް ނޫން ކަމަށެވެ.

" މުއިއްޒު ވިދާޅުވެދާނެ ކަންނޭނގެ ފްލެޓްތަތަކީ ނުވަތަ ހުޅުމާލެ ބިމަކީ އެއީ ސަރުކާރުގެ ކުންފުންޏެއްގެ ބިމެކޭ. ކީއްވެގެންތޯ ހައުސިން މިނިސްޓްރީން މި ދޫކުރައްވަނީ. އެހެންވީމަ މުއިއްޒުވެސް އެބަ ގަބޫލު ކުރައްވާ މިއީ ދައުލަތުގެ ބިންކަން. އަދި ދައުލަތުގެ މާނައިގަ އޮންނާނެ ދައުލަތުގެ ހިއްސާ އޮންނަ ކުންފުނިތަކާ ދައުލަތުން ކޮންޓްރޯލްކުރާ މި ހުރިހާ އެއްޗެއް. އެހެންވީމަ ދައުލަތުގެ ބިމެއް މިނިސްޓަރަކަށް ބައްލަވައެއް ނުގަނެވޭނެ،" އޭނާ ވިދާޅުވި އެވެ.

އޭގެ އިތުރަށް ފްލެޓް ލިބުނު ފަރާތްތަކަށް ލިބުނު މާކްހާއި ލިބުނު މީހުންގެ ނަންތައް ހާމަ ނުކުރުމަށް ޑރ. މުއިއްޒު ދައްކަވަނީ ހަމަޖެހޭ ވާހަކައެއް ނޫން ކަމަށްވެސް އަލީ ހުސެއިން ވިދާޅުވި އެވެ. ޑރ. މުއިއްޒުގެ ގާނޫނާ ހިލާފު އެތައް ކަމެއް ކުރައްވި ނަމަވެސް މި ވަގުތު ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ކުރެވޭނެ ކަމެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ ރައްޔިތުންގެ މަޖިލިސް އޮތީ ރާއްޖޭގެ ސިފައިން ހައިޖެކް ކޮށްފައި ކަމަށެވެ.

އަލީ ހުސެއިން ވިދާޅުވީ، ރާއްޖޭގެ އާބާދީގެ 70 ޕަސެންޓް މާލެއަށް ގެނައުމަށް ރައީސް އަބްދުﷲ ޔާމިން ބޭނުންފުޅުވާއިރު ސަރުކާރުގެ ބޭނުމަކީ ފްލެޓްތައް އަގު ބޮޑުކޮށް އެއިންވެސް ފައިދާ ހޯދުން ކަމަށެވެ. ނަމަވެސް ގާނޫނު އަސާސީގައި އޮތީ ސޯޝަލް ހައުސިންގެ ވާހަކަ ކަމަށާއި ކޮމާޝަނަލް ހައުސިންގެ ވާހަކަ ނޫންކަންވެސް އޭނާ ފާހަގަ ކުރެއްވި އެވެ.

"ގާނޫނު އަސާސީގެ 23 ވަނަ މާއްދާގައި މި ބަޔާންކުރާ މި ބޯހިޔާވާހިކަމުގެ ހައްގަށް މި އުޅޭނީ، ކޮމާޝަލައިޒް ކޮށްލާ، ބޮޑު ވިޔަފާރިއަކަށް ބަދަލުކޮށްލަން. އެކަން އެ ގޮތަކަށް ނުކުރެވޭނެ." އަލީ ހުސެއިން ވިދާޅުވި އެވެ.

އަލީ ހުސެއިން ވަނީ، ފްލެޓް ދިނުމުގައި ގެން ގުޅޭ ހަމަ ނުޖެހޭ ސިޔާސަތާ ގުޅޭ ގޮތުން އޭނާ ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފަ އެވެ.

" އަޅުގަނޑާ ދިމާވެއްޖެ، މާލޭގައި ކުއްޔަށް 45 އަހަރު ކުލި ދައްކާލަ ދައްކާލާ އުޅޭ މީހަކާ. މިފަހަރުވެސް އޭނާއަކަށް ފްލެޓެއް ނުލިބޭ. އެހެންވީމަ އަޅުގަނޑުމެން އެބަ ޖެހޭ މި ހައުސިން ޕޮލިސީއާމެދު އަލުން ވިސްނާލަން،" އޭނާ ވިދާޅުވި އެވެ.

ފްލެޓް ލިބޭ މީހުން ކަނޑައެޅުމުގެ ކުރިން އެމީހުން ގޭގެ ގޮސް ގޭގެ ކުއްޔަށްދެނީ ކިހާވަރެއްތޯ ބަލާއި އެމީހުންގެ ދިރިއުޅުމުގެ ހާލަތްތަކާމެދު ވިސްނާފައިނެތް ކަމަށް ވެސް އަލީ ހުސެއިން ވިދާޅުވި އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ

އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ

25 ޖެނުއަރީ 2017
މިނިސްޓަރު މުއިއްޒާ ދެކޮޅަށް ނޮޅިވަރަންފަރުގައި މުޒާހަރާކޮށްފި

މިނިސްޓަރު މުއިއްޒާ ދެކޮޅަށް ނޮޅިވަރަންފަރުގައި މުޒާހަރާކޮށްފި

22 ޖެނުއަރީ 2017
ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

20 ޖެނުއަރީ 2017
އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް

އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް

11 ޖެނުއަރީ 2017
ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ

ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ

10 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

7 ޖެނުއަރީ
އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ
20251 އަހަރު ކުރިން
ދުނިޔެ

އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި
20242 އަހަރު ކުރިން
ރިޕޯޓު

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ
20233 އަހަރު ކުރިން
ރާއްޖެ

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން
20224 އަހަރު ކުރިން
ރިޕޯޓު

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!
20197 އަހަރު ކުރިން
ރިޕޯޓު

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟
20188 އަހަރު ކުރިން
އިސްލާމް

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު