Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ޤާސިމް އިބްރާހީމް

ޝަރުތުތައް އުވާލުމާއެކު އެމްޑީޕީ ހަރުގެ ޖަލްސާގައި މިރޭ ޤާސިމް ބައިވެރިވަނީ

މާދަމާރޭ ކުނޫޒްގައި ޖަލްސާ ބާއްވާނެ

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 17 މެއި 2017 | ބުދަ 19:18
ޤާސިމް އިބްރާހީމް: ކުނޫޒްގައި ހަދާފައިވާ ޖަލުގޮޅީގައި

ޤާސިމް އިބްރާހީމް: ކުނޫޒްގައި ހަދާފައިވާ ޖަލުގޮޅީގައި

ހައްޔަރުކޮށްފައި ބެހެއްޓުމަށްފަހު ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމް ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ކުރި ޝަރުތުތައް އުވާލުމާއެކު، ގުޅިފައިވާ ޕާޓީތަކުން އެމްޑީޕީގެ ހަރުގޭގައި މިރޭ ބާއްވާ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ޤާސިމް ނިންމަވައިފިއެވެ.

ޖޭޕީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ވަނީ ރާއްޖެ އެމްވީއަށް އެކަން ކަށަވަރުކޮށް ދެއްވާފައެވެ.

Advertisement - newsAdvertisement

ސަމީރު އެކަން ޓްވީޓް ކުރެއްވުމުގެ އިތުރުން ރާއްޖެ އެމްވީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުން އިސްލާހަށް ކުރާ މަސައްކަތުގެ ތެރެއިން ބުދަ ދުވަހުގެރޭ އެމްޑީޕީ ހަރުގޭގައި ބާއްވާ ޖަލްސާގައި ޖޭޕީގެ ލީޑަރ ޤާސިމް އިބްރާހީމް ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.

ސަމީރު ވިދާޅުވީ ބުދަދުވަހުގެރޭގެ ހަރުގޭގެ ޖަލްސާގައި ޤާސިމް ބައިވެރިވެވަޑައިގަންނަވާއިރު ބުރާސްފަތިދުވަހުގެ ރެއިން ފެށިގެން އަނެއްކާވެސް ކުނޫޒްގައި އެ ޖަލްސާތައް ބާއްވަން ފައްޓަވާނެ ކަމަށެވެ. އަދި ޤާސިމް އިބްރާހީމްވެސް އެޖަލްސާތަކުގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.

މިމަހުގެ 10 ވަނަ ދުވަހު ޤާސިމް ބަންދުން ދޫކޮށްލަމުން ކްރިމިނަލް ކޯޓުން ވަނީ ވަރުގަދަ ޝަރުތުތަކެއް ޤާސިމްގެ މައްޗަށް ކޮށްފައެވެ.

ޤާސިމަށް ކުރި ޝަރުތުތަކަކީ:

  • ތަހުގީގަށް އެއްބާރުލުން ދެއްވުން
  • ފުލުހުންގެ ހުއްދަ ލިބިގެން މެނުވީ ރަށުން ބޭރަށް ވަޑައިނުގަތުން
  • ފިތުނަ އުފެދޭ ކަހަލަ ވާހަކަތައް ދައްކާ މީހުންނާއެކު ބައްދަލުވުންތައް ނުބޭއްވުން
  • ހެކި ގެއްލިދާނެ ފަދަ ނުވަތަ ހެއްކަށް ނުފޫޒު ފޯރަފާނެ ފަދަ އެއްވެސް ކަމެއް ނުކުރެއްވުން
  • ފިތުނަ އުފެދޭ ފަދަ ވާހަކަތައް ނުދެއްކެވުން
  • ފިތުނަ އުފެދޭ ފަދަ ވާހަކަތައް ދެއްކުމަށް ޤާސިމްގެ ގޯތި ގެދޮރު ބޭނުން ނުކުރެއްވުމާއި އެފަދަ ކަންކަމަށް މީހުންނަށް ތަންތަން ދޫނުކުރެއްވުން
  • ދައުލަތުގެ ތިން ބާރާއި، އެ ބާރުތަކުގެ ވެރިންނާ މެދު ނުތަނަވަސްކަން އުފެދޭ ކަހަލަ ވާހަކަ ނުދެއްކެވުން

މިޝަރުތުތަކަށް ތަބާވުމުގެ ގޮތުން ޤާސިމް ވަނީ ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ، މ.ކުނޫޒްގައި ގުޅިފައިވާ ޕާޓީތަކުން ބާއްވަމުންދިޔަ ސިލްސިލާ ޖަލްސާތައް މެދުކަނޑާލާ އެމްޑީޕީ ހަރުގެއަށް ޖަލްސާތައް ބަދަލުކޮށްފައެވެ. އަދި އެޖަލްސާތަކުގައި ބައިވެރިވެވަޑައިގަތުންވެސް ޤާސިމް ވަނީ ހުއްޓަވާލައްވާފައެވެ.

ނަމަވެސް ބުދަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ އެޝަރުތުތައް އުވާލާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!

އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!

20 ޖެނުއަރީ 2017
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

17 ޖެނުއަރީ 2017
އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

15 ޖެނުއަރީ 2017
"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"

"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

5 ޖޫން
ޢީދު ކުޅިވަރުތައް ބައްލަވާލެއްވުމަށް އުއްޗު ކަމަދޫއަށް
20251 އަހަރު ކުރިން
ރާއްޖެ

ޢީދު ކުޅިވަރުތައް ބައްލަވާލެއްވުމަށް އުއްޗު ކަމަދޫއަށް

އުމުރުން ދުވަސްވީ ދިވެހިން ލަންކާގައި ދެމި ތިބެވޭނެ ހުއްދަ ލިބޭތޯ ރާއްޖޭން މަސައްކަތް ކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

އުމުރުން ދުވަސްވީ ދިވެހިން ލަންކާގައި ދެމި ތިބެވޭނެ ހުއްދަ ލިބޭތޯ ރާއްޖޭން މަސައްކަތް ކުރަނީ

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން އެމްޑީޕީ ޕީޖީން ފާސްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން އެމްޑީޕީ ޕީޖީން ފާސްކޮށްފި

ކީރިތި ރަސޫލާއަށާއި އިސްލާމްދީނަށް ފުރައްސާރަކުރުމަކީ ދިވެހި ސަރުކާރުން އެންމެ ހަރުކަށިއިބާރާތުން ކުށްވެރިކުރާކަމެއް
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ރަސޫލާއަށާއި އިސްލާމްދީނަށް ފުރައްސާރަކުރުމަކީ ދިވެހި ސަރުކާރުން އެންމެ ހަރުކަށިއިބާރާތުން ކުށްވެރިކުރާކަމެއް

މައްސަރު ދުވަސްވަރު ބައިތިއްބަނީ ވަކި ޖިފުޓިތަކެއްގައި
20215 އަހަރު ކުރިން
ދުނިޔެ

މައްސަރު ދުވަސްވަރު ބައިތިއްބަނީ ވަކި ޖިފުޓިތަކެއްގައި

އުމުރު ތަފާތު މައްސަލަ އަށް ރައްދުވާ ފާޑުކިޔުންތަކަށް ޕްރިޔަންކާ ޖަވާބު ދީފި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

އުމުރު ތަފާތު މައްސަލަ އަށް ރައްދުވާ ފާޑުކިޔުންތަކަށް ޕްރިޔަންކާ ޖަވާބު ދީފި

ޓެރަރިސްޓަކާއި ބައްދަލު ނުކުރާނަން: އެމެރިކާ އެމްބެސެޑަރ
20188 އަހަރު ކުރިން
ރާއްޖެ

ޓެރަރިސްޓަކާއި ބައްދަލު ނުކުރާނަން: އެމެރިކާ އެމްބެސެޑަރ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު