Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގެދޮރުވެރިޔާގެ ފްލެޓުތައް

މި ސަރުކާރަށް ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓު ލިބިފައިވާ އެއްވެސް މީހެއްގެ އަތުން ފްލެޓު އަތެއް ނުލެވޭނެ: އަލީ ހުސެއިން

29 މެއި 2025 | ބުރާސްފަތި 08:45

މި ސަރުކާރުން ވެސް އަމަލު ކުރަމުންދަނީ ކުރީ ސަރުކާރުގެ އުސޫލަށް

އަމްނާ އިމާދު
އަމްނާ އިމާދު | 29 މެއި 2025 | ބުރާސްފަތި 08:45
ފަހީ ޔޫނިއަންއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަޝްހޫރު ގާނޫނީ ވަކީލް އަލީ ހުސެއިން ވާހަކަދައްކަވަނީ

ފަހީ ޔޫނިއަންއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަޝްހޫރު ގާނޫނީ ވަކީލް އަލީ ހުސެއިން ވާހަކަދައްކަވަނީ

މި ސަރުކާރަށް ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓު ލިބިފައިވާ އެއްވެސް މީހެއްގެ އަތުން ފްލެޓު އަތުނުލެވޭނެ ކަމަށާއި، އެއީ ނިމިފައިވާ މުއާމަލާތެއް ކަމަށް މަޝްހޫރު ގާނޫނީ ވަކީލް އަލީ ހުސެއިން ވިދާޅުވެއްޖެ އެވެ.

ބުރާސްފަތި ދުވަހު ފަހި ޔޫނިއަންގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަލީ ހުސެއިން ވިދާޅުވީ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓުތައް ދޫކޮށްފައިވަނީ ވަކި ޚާއްސަ އުސޫލެއްގެ ދަށުން ކަމަށާއި، އުސޫލާއި، ލިސްޓް ގެޒެޓްކޮށްފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އެ އުސޫލުގެ 6 ވަނަ ނަންބަރުގައި ފްލެޓު ހަވާލުކުރުމުގެ ބަޔަށް އިޝާރާތް ކުރައްވައި އަލީ ހުސެއިން ވިދާޅުވީ ހަވަނަ ނަންބަރުގައި، ފްލެޓު ލިބޭ ފަރާތާއި، ފްލެޓު ރަސްމީކޮށް ހަވާލުކުރާނީ މި ސްކީމުން ހިންގާ ފަރާތުން ކަނޑައަޅާ ފަރާތަކާ ފްލެޓު ލިބޭ ފަރާތާ ދެމެދުގައި ވެވޭ އެގްރީމަންޓުން ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.

އަލީ ހުސެއިން ވިދާޅުވީ މި މުއާމަލާތަކީ ހަގީގަތުގައި ނިމިފައިވާ މުއާމަލާތެއް ކަމަށާއި، 4000 ފްލެޓު އެވަނީ 4000 މީހުންނަށް ނުވަތަ 4000 ފަރާތާ ހަވާލުކުރެވި ނިމިފައިވާ ކަމަށެވެ. އެއީ އުސޫލުގައި ބުނާ ގޮތުން އެގްރިމެންޓް ވެވޭ ހިސާބުން ފްލެޓު އެއޮތީ ހަވާލުކުރެވިފައި ކަމަށާއި، އެހެންކަމުން ލިޔެކިއުމުން ފްލެޓު އެއޮތީ ހަވާލުކުރެވިފައި ކަމަށް އޭނާ ވިދާޅުވިއެވެ.

މި ސަރުކާރުން ވެސް އަމަލު ކުރަމުންދަނީ އެ އުސޫލަށްކަން ފާހަގަކުރައްވައި އަލީ ހުސެއިން ވިދާޅުވީ މި އުސޫލުގެ 6 ވަނަ މާއްދާ ބާތިލު ނުކުރާ ކަމަށާއި، މިސަރުކާރުން ވެސް މަސައްކަތްތައް ކުރަމުންދިޔައީ މިއުސޫލުގެ 6 ވަނަ މާއްދާ އޮތްތާގައި ބާއްވާގެން ކަމަށެވެ. އަދި 6 ވަނަ މާއްދާ ބާތިލް ކަމަށް ނުވަތަ އަމަލު ނުކުރާނެ ކަމަށް އެއްވެސް އިރެއްގައި މިސަރުކާރުން ބުނެފައިނުވާ ކަމަށް އަލީ ހުސެއިން ވިދާޅުވިއެވެ.

ދެން ފަހަރެއްގައި އަޅުގަނޑުމެން މި ނޫސްކޮންފަރެންސް ބާއްވާ ފަހުން މާދަމާ ނޫނިއްޔާ އާދިއްތަ ދުވަހު ސަރުކާރުން ތެޅިގަނެފައި ބުނެފައިވާނެ މިހާރު 6 ވަނަ މާއްދާއަށް ތިމަންނަމެން އަމަލެއް ނުކުރަމޭ. އެހެންނަމަވެސް ދަންނަވަން މިއުޅޭ ވާހަކައަކީ 6 ވަނަ މާއްދާ މިހެން އޮވެ 6 ވަނަ މާއްދާގެ ދަށުން އެގްރިމެންޓެއް އެކުލަވާލާ އެގްރިމެންޓްގައި ސޮއިކުރުމަށްފަހު ފްލެޓު އެއޮތީ ހަވާލުކޮށް ނިމިފައި. އެއަށްފަހު އެއާ ނުކުޅެވޭނެއޭ. އެއާ ކުޅޭ ކަމަށްވަންޏާ ދާންޖެހޭނީ ކޯޓަށްށޭ. އެހެންވީމަ ކޯޓަށް ހަމައެކަނި ގޮސްގެން ވެސް ނޫން. ފުރަތަމަ ދަށު ކޯޓު. އެއަށްފަހު މައްސަލާގައި ހިމެނޭ އެއްވެސް ފަރާތަކުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކޮށްފި ކަމަށްވާނަމަ އިސްތިއުނާފުގެ މަރުހަލާ ވެސް ނިންމަންޖެހޭ. އަދި ހަމައެއާއެކު އެ މައްސަލަ ސުޕްރީމްކޯޓަށް އިސްތިއުނާފު ކޮށްފި ކަމަށްވާނަމަ ސުޕްރީމް ކޯޓުން އެމައްސަލަ ނިންމާނެ. މާނައަކީ ތިން މަރުހަލާގެ ކޯޓުން ރާއްޖޭގެ މިހުރި ތިން މަރުހަލާގެ ކޯޓުތަކުން މައްސަލަތައް ނިންމައި ނިހާއީ ހުކުމެއް އައުމަށްފަހު މެނުވީ މިއިން އެއްވެސް ފްލެޓެއްގައި ސަރުކާރަކަށް އަތެއް ނުލެވޭނެ. އެއީ 6 ވަނަ މާއްދާގައި މިހެން ބަޔާންކުރާތީ. އެއީ މިއީ ނިމިފައިވާ މުއާމަލާތަކަށްވާތީ.
މަޝްހޫރު ގާނޫނީ ވަކީލް އަލީ ހުސެއިން

އަލީ ހުސެއިން ވިދާޅުވީ ސަރުކާރުން ބޭނުންވުމުން ފްލެޓުތައް އަތުނުލެވޭނެ ކަމަށާއި، ފްލެޓުގެ ވެރިންނަށް ދައުލަތާ ދެކޮޅަށް ގެއްލުމުގެ ބަދަލު ހޯދުމަށް ދައުވާ ކުރެވޭނެ ކަމަށެވެ.

އަލީ ހުސެއިން މިމޭރުމުން ވާހަކަ ދެއްކެވި ނަމަވެސް މިސަރުކާރުން ވަނީ ފްލެޓު ލިސްޓުން ގިނަ ބަޔަކު އުނިކުރުމަށްފަހު އައު ލިސްޓެއް އާއްމުކޮށްފައެވެ. ފްލެޓު ޝަރުތު ހަމަވެގެން ފްލެޓު ލިބެނީ 1820 މީހުންނަށެވެ. އަދި 3119 މީހުންނަށް ފްލެޓު ނުލިބޭ ކަމަށް ހައުސިން އަދި ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވަނީ ވިދާޅުވެފައެވެ.

ގެދޮރުވެރިޔާ ސްކީމްގެ 4000 ޔުނިޓް ލިބޭ މީހުންގެ ލިސްޓާ ގުޅިގެން ހުށަހެޅި ޝަކުވާތައް، މިމަހުގެ ނިޔަލަށް ބަލައި ނިންމަށް މަސައްކަތް ކުރަމުންދާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފައިވެއެވެ. ޝަކުވާ ހުށައެޅުމުގެ މުއްދަތު ހަމަވެފައިވަނީ މިދިޔަ އޭޕްރިލް މަހުގެ 15ވަނަ ދުވަހުގެ ނިޔަލަށެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

4

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

20 މާރިޗު 2017

އެކްސިޑެންޓްތައް ހިނގުން އިންތިހާއަށް ގިނަވެފައި ވާތީ ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިދިނުމަށް ސަރުކާރަށް ގޮވާލައިފި

20 މާރިޗު 2017
އެކްސިޑެންޓްތައް ހިނގުން އިންތިހާއަށް ގިނަވެފައި ވާތީ ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިދިނުމަށް ސަރުކާރަށް ގޮވާލައިފި
08 މާރިޗު 2017

އަބުރުގެ ގާނޫނުގެ ދަށުން ޖޫރިމަނާކުރިއިރު ޖަވާބްދާރީވުމުގެ ފުރުސަތު ދީފައެއް ނުވޭ: އާލާ

08 މާރިޗު 2017
އަބުރުގެ ގާނޫނުގެ ދަށުން ޖޫރިމަނާކުރިއިރު ޖަވާބްދާރީވުމުގެ ފުރުސަތު ދީފައެއް ނުވޭ: އާލާ
07 މާރިޗު 2017

އަބުރު ޤާނޫނުގެ ދަށުން ރާއްޖެޓީވީ ދެ ލައްކަ ރުފިޔާއިން، ނޫސްވެރިއަކު 50،000ރ. އިން ޖޫރިމަނާ ކުރަން ނިންމައިފި

07 މާރިޗު 2017
އަބުރު ޤާނޫނުގެ ދަށުން ރާއްޖެޓީވީ ދެ ލައްކަ ރުފިޔާއިން، ނޫސްވެރިއަކު 50،000ރ. އިން ޖޫރިމަނާ ކުރަން ނިންމައިފި
25 ފެބުރުއަރީ 2017

މި ސަރުކާރުގެ ސިޔާސަތުގެ ދަށުން ހިންގާ އާ ޕްރޮޖެކްޓެއް ނެތް: މަޑަވެލި ދާއިރާގެ ކުރީގެ މެންބަރު ނާޒިމް

25 ފެބުރުއަރީ 2017
މި ސަރުކާރުގެ ސިޔާސަތުގެ ދަށުން ހިންގާ އާ ޕްރޮޖެކްޓެއް ނެތް: މަޑަވެލި ދާއިރާގެ ކުރީގެ މެންބަރު ނާޒިމް
22 ފެބުރުއަރީ 2017

މައުމޫނާއި، ނަޝީދު މަސައްކަތްކުރައްވަނީ ނުލަފާ ރޭވުމެއްގެ ދަށުން ޤައުމުގެ އިޤްތިސާދު ހަލާކުކޮށްލަން: ޑރ. ޝައިނީ

22 ފެބުރުއަރީ 2017
މައުމޫނާއި، ނަޝީދު މަސައްކަތްކުރައްވަނީ ނުލަފާ ރޭވުމެއްގެ ދަށުން ޤައުމުގެ އިޤްތިސާދު ހަލާކުކޮށްލަން: ޑރ. ޝައިނީ
19 ފެބުރުއަރީ 2017

ތާކުންތާކު ނުޖެހޭ ވާހަކަ ދައްކަމުންގޮސް ސަރުކާރަށް ގޮވެނީ ހުސް ކޮސް: އަހުމަދު ޢަބްދުﷲ

19 ފެބުރުއަރީ 2017
ތާކުންތާކު ނުޖެހޭ ވާހަކަ ދައްކަމުންގޮސް ސަރުކާރަށް ގޮވެނީ ހުސް ކޮސް: އަހުމަދު ޢަބްދުﷲ
05 ފެބުރުއަރީ 2017

ކޯޓް އަމުރެއްގެ ދަށުން އއ. ކައުންސިލްގެ ނައިބް ރައީސްގެ އިތުރުން 5 މީހުން ހައްޔަރުކޮށްފި

05 ފެބުރުއަރީ 2017
ކޯޓް އަމުރެއްގެ ދަށުން އއ. ކައުންސިލްގެ ނައިބް ރައީސްގެ އިތުރުން 5 މީހުން ހައްޔަރުކޮށްފި
26 ޖެނުއަރީ 2017

ނާޒިމް މިނިވަންކޮށް ބަދަލުދޭން އދ. އިން ސަރުކާރަށް އަންގައިިފި

26 ޖެނުއަރީ 2017
ނާޒިމް މިނިވަންކޮށް ބަދަލުދޭން އދ. އިން ސަރުކާރަށް އަންގައިިފި
22 ޖެނުއަރީ 2017

ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު

22 ޖެނުއަރީ 2017
ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު
07 ޖެނުއަރީ 2017

މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން

07 ޖެނުއަރީ 2017
މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް