Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފުލުހުންގެ މައްސަލަ

ގޭންގުތަކާ ގުޅުން އޮތް ކަމަށް ތުހުމަތުކުރެވޭ ފުލުހުންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ނަވީން

26 މެއި 2025 | ހޯމަ 07:50

ތަހުގީގުތައް ވެސް އިތުރަށް ހަރުދަނާ ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ދަނީ ކުރަމުން

އަމްނާ އިމާދު
އަމްނާ އިމާދު | 26 މެއި 2025 | ހޯމަ 07:50
އާދިއްތަ ދުވަހު ގޭންގުތަކާ ބެހޭ ބިލު ތަސްދީގު ކުރެއްވުމަށް ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީން ވާހަކަދައްކަވަނީ

އާދިއްތަ ދުވަހު ގޭންގުތަކާ ބެހޭ ބިލު ތަސްދީގު ކުރެއްވުމަށް ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީން ވާހަކަދައްކަވަނީ

ގޭންގުތަކާ ގުޅުން އޮތް ކަމަށް ތުހުމަތުކުރެވޭ ފުލުހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީން ވިދާޅުވެއްޖެއެވެ.

އާދިއްތަ ދުވަހު ގޭންގުތަކާ ބެހޭ ބިލު ތަސްދީގު ކުރެއްވުމަށް ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ނަވީން ވިދާޅުވީ ގޭންގުތަކާ ބިލު ތަސްތީގު ކޮށްފައިވާއިރު، ތަންފީޒު ކުރުމަށް ތިން މަހު މުހުލަތެއް ލިބޭ ކަމަށާއި، އެ ކަމަށް ތައްޔާރުވުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ.

Advertisement - newsAdvertisement

ނަވީން ވިދާޅުވީ ގޭންގް ކްރައިމް އެންފޯސްމަންޓެއް އުފެއްދިތާ ދުވަސްތަކެއް ވެފައިވާ ކަމަށާއި، އެމީހުން ތަމްރީން ކުރުމާއި، ތަހުގީގުތައް ވެސް އިތުރަށް ހަރުދަނާ ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް މިހާރު ވެސް ކުރިއަށްދާ ކަމަށެވެ.

މީގެ އިތުރުން ނަވީން ވިދާޅުވީ ބައެއް ފުލުހުންގެ މައްޗަށް ބައެއް ތުހުމަތުތައް ކުރެވެމުންދާއިރު، ކުށްކުރާ މީހުންނާ ގުޅުން އޮންނަ ކަމަށް ވެސް ތުހުމަތުކުރެވޭ ކަމަށެވެ. އެހެންކަމުން ޕްރޮފެޝަނަލް ސްޓޭންޑް ކޮމާންޑްގެ ފަރާތުން އަދި ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަންގެ ފަރާތުން މިފަދަ ފުލުހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ނަވީން ވިދާޅުވިއެވެ.

ދެން އެންމެ ބޮޑު ކަމެއްގެ ގޮތުގައި ދެންމެ ފާހަގަކުރެއްވީ ފުލުހުންގެ މައްޗަށްވެސް ބައެއް ތުހުމަތުތައް އެބަ ހުއްޓޭ މިކަހަލަ ކުށްކުރާ މީހުންނަށް ގުޅުން އޮންނަ. އަޅުގަނޑު ހަމަ ޔަގީންކަން ދެން ބައެއް ފަރާތްތަކުގެ ބައެއް ތުހުމަތުތައް މިހާރު ވެސް އެދަނީ ބެލެމުން. ޕްރޮފެޝަނަލް ސްޓޭންޑް ކޮމާންޑްގެ ފަރާތުން އަދި ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަންގެ ފަރާތުން ވެސް ދަނީ ބަލަމުން. މިގާނޫނު ތަންފީޒު ކުރާ ހިސާބުން ފެށިގެން ޔުނީފޯމް އެޅި އެއްވެސް ފުލުހަކު މި ކަހަލަ އެއްވެސް ކުށެއްގައި ނޫޅޭނެ ކަމުގެ ޔަގީންކަމާއި، ހަމައަށް ދިއުމަށްޓަކައި އަޅުގަނޑުމެން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ހަމަ ހުރިހާ އެގްޒެކްޓިވް އޮފިސަރުން ވެސް އެމަސައްކަތް ކުރައްވާނެ. އެ ޔަގީންކަން ހަމަ އަޅުގަނޑު ރައްޔިތުންނަށް ދޭން ބޭނުންވޭ.
ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީން

ނަވީން ވިދާޅުވީ ރައްޔިތުންގެ އިތުބާރު ދެމެހެއްޓުމަށް މަސައްކަތް ކުރާނެ ކަމަށެވެ. އަދި ވިދާޅުވީ ގޭންގުތަކުން ހިންގާ ކުށްތަކާއި، އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ހުރިހާ މަސައްކަތެއް ކުރާނެ ކަމަށެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

އައިޖީއެމްއެޗަށް ލިބެން ޖެހޭ 360 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބައޮތް: އޮޑިޓަރ ޖެނެރަލް

01 ފެބުރުއަރީ 2017
އައިޖީއެމްއެޗަށް ލިބެން ޖެހޭ 360 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބައޮތް: އޮޑިޓަރ ޖެނެރަލް
31 ޖެނުއަރީ 2017

ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު

31 ޖެނުއަރީ 2017
 ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު
27 ޖެނުއަރީ 2017

ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

27 ޖެނުއަރީ 2017
ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ
25 ޖެނުއަރީ 2017

ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް

25 ޖެނުއަރީ 2017
ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް
24 ޖެނުއަރީ 2017

ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ

24 ޖެނުއަރީ 2017
ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ
23 ޖެނުއަރީ 2017

ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި

23 ޖެނުއަރީ 2017
ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި
20 ޖެނުއަރީ 2017

ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި

20 ޖެނުއަރީ 2017
 ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި
14 ޖެނުއަރީ 2017

"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"

14 ޖެނުއަރީ 2017
"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"
09 ޖެނުއަރީ 2017

ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ

09 ޖެނުއަރީ 2017
ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް