Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިޔާ-ޔުކްރެއިން ހަނގުރާމަ

ޕުޓިން ކުޑަކޮށް "މޮޔަވެއްޖެ" ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

ޓްރަމްޕް ވިދާޅުވެފައި ވަނީ، ރަޝިޔާގެ ރައީސް ޕުޓިންއާ އަބަދު ވެސް ވަރަށް ގާތް ގުޅުމެއް އޮންނަ ކަމަށް. އެހެން ނަމަވެސް، މި ފަހުން ޕުޓިން އަށް ކޮންމެ ވެސް ކަމެއް ވެފައިވާ ކަމަށާއި، އޭނާ އަށް ބަދަލުތަކެއް އައިސްފައިވާ ކަމަށް ވެސް ޓްރަމްޕް ވިދާޅުވިއެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 26 މެއި 2025 | ހޯމަ 06:40
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އޭނާ ވިދާޅުވީ މި ފަހުން އައިސް ޕުޓިން އަށް ބަދަލުތަކެއް އައިސްފައިވާ ކަމަށް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އޭނާ ވިދާޅުވީ މި ފަހުން އައިސް ޕުޓިން އަށް ބަދަލުތަކެއް އައިސްފައިވާ ކަމަށް

ރަޝިޔާ އާއި ޔުކްރެއިންއާ ދެމެދު ހިނގަމުން އަންނަ ހަނގުރާމައިގައި ދާދި ފަހުން ޔުކްރެއިން އަށް އަމާޒުކޮށް ރަޝިޔާ އިން ޑްރޯން ހަމަލާތަކެއް ދީފައިވާއިރު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެކަމަށް ފާޑު ވިދާޅުވެއްޖެ އެވެ.

ޔުކްރެއިން އަށް އަމާޒުކޮށް ރަޝިޔާ އިން މި ފަހުން ދިން ޑްރޯން ހަމަލާގައި، ޔުކްރެއިން އިން 13 މީހަކު މަރުވެފައިވާ ކަމަށް، އެކި އެކި މަސްދަރުތަކުން ވަނީ ހާމަކޮށްފަ އެވެ. 

އާދީއްތަ ދުވަހު، ޓްރަމްޕް އޭނާގެ ޓްރުތު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ، ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕުޓިންއާ އަބަދު ވެސް ވަރަށް ގާތް ގުޅުމެއް އޮންނަ ކަމަށެވެ. އެހެން ނަމަވެސް، މި ފަހުން ޕުޓިން އަށް ކޮންމެ ވެސް ކަމެއް ވެފައިވާ ކަމަށާއި، އޭނާ އަށް ބަދަލުތަކެއް އައިސްފައިވާ ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ.

ޓްރަމްޕް ވިދާޅުވީ ޕުޓިން ވަނީ "ކުޑަކޮށް މޮޔެވެފައި" ކަމަށެވެ. އަދި ޕުޓިން ބޭނުން ވަނީ މީހުންތަކެއް މަރަން ކަމަށް ޓްރަމްްޕް ވިދާޅުވި އެވެ. އަދި އެ އިޝާރާތް ކުރަނީ ހަނގުރާމަ ވެރިންނަށް ނޫން ކަމަށް ވެސް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ.

މީގެ އިތުރުން ޓްރަމްޕް ވިދާޅުވީ އެއްވެސް ސަބަބެއްގެ ނެތި ޔުކްރެއިންގެ ސިޓީ ތަކަށް ޑްރޯން އަދި މިސައިލް ހަމަލާތައް ދެމުން އަންނަ ކަމަށެވެ. އަދި އަބަދު ވެސް ޕުޓިން ބޭނުން ވަނީ "މުޅި ޔުކްރެއިން" ކަމަށާއި، ބޭނުން ވަނީ ވެސް ކުޑަ ބައެއް ނޫން ކަމަށް ވެސް ޓްރަމްޕް ވިދާޅުވެފައިވެ އެވެ. ޓްރަމްޕް ފާހަގަ ކުރެއްވި ގޮތުގައި އެކަމުގެ ގެއްްލުން ކުރާނީ ރަޝިޔާ އަށެވެ.

މީގެ އިތުރުން ޓްރަމްޕް ވިދާޅުވެފައި ވަނީ ޔުކްރެއިންގެ ރައީސް ވުލެޑިމިއަރ ޒެލެންސްކީ ވާހަކަ ދައްކަވާ ގޮތުން، އެ ޤައުމަށް ވެސް ފައިދާ ކުރާނެ މަގެއް ނެތް ކަމަށެވެ. އަދި ޒެލެންސްކީ ދައްކަވާ ކޮންމެ ވާހަކަ އަކުން އިތުރު މައްސަލަތަކެއް ކުރިމަތިވަމުން އަންނަ ކަމަށާއި، އެކަމާ ގަޔާ ނުވާ ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ. އަދި އެންމެ ރަނގަޅު ގޮތަކީ އެކަން ހުއްޓާލުން ކަމަށް ވެސް ވިދާޅުވި އެވެ.

ރަޝިޔާ އާއި ޔުކްރެއިންގެ ހަނގުރާމަ އަށް އިޝާރާތް ކުރައްވައި ޓްރަމްޕް ވިދާޅުވީ، އެމެރިކާގެ ރައީސް ކަމުގައި އޭރު އޭނާ ހުންނެވި ނަމަ، އެ ހަނގުރާމަ ނުފެށުނީސް ކަމަށެވެ. 

އިތުރަށް އޭނާ ވިދާޅުވީ މިހާރު ކުރިއަށްދާ ހަނގުރާމަ އަކީ ރަޝިޔާގެ ރައީސް ޕުޓިން، ޔުކްރެއިންގެ ރައީސް ޒެލެންސްކީ އަދި އެމެރިކާގެ ކުރީގެ ރައީސް ޖޯ ބައިޑަންގެ ހަނގުރާމައެއް ކަމަށެވެ. އަދި މިއީ "ޓްރަމްޕް"ގެ ހަނގުރާމައެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

އެކަން ފާހަގަ ކުރައްވަމުން ޓްރަމްޕް ވިދާޅުވެފައި ވަނީ، އޭނާ މަސައްކަތް ކުރައްވަމުން އަންނަނީ ނާޤާބިލުކަމާއި، ދެކޮޅުވެރި ކަމުގެ ސަބަބުން އުފެދިފައިވާ މުހިންމު އަދި ހިތާމަވެރި މައްސަލަ ނިންމުމަށް ކަމަށެވެ.

މިއަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި، އެމެރިކާގެ ރިޔާސީ ދެ ވަނަ ދައުރުގެ ހުވާ ކުރެއްވި ފަހުން ޓްރަމްޕް އަންނަނީ ރަޝިޔާ އާއި ޔުކްރެއިންއާ ދެމެދު ހިނގަމުން އަންނަ ހަނގުރާމަ ހުއްޓުވުމަށް ވަރަށް ބޮޑަށް ބާރު އަޅަމުންނެވެ. ޓްރަމްޕް ވަނީ އެކި ފަހަރު މަތިން އެ ވާހަކަ ވެސް ދައްކަވައިފަ އެވެ.

މިފަހަކަށް އައިސް ޓްރަމްޕް އަންނަނީ ރަޝިޔާގެ ރައީސް ޕުޓިން އަށް ފާޑު ވިދާޅުވެ ވާހަކަ ވެސް ދައްކަވަމުންނެވެ. ޔުކްރެއިންގެ ރައީސް ޒެލެންސްކީ ވައިޓް ހައުސް އަށް ވަޑައިގެންނެވި ދަތުރުގައި ޓްރަމްޕާއި ޒެލެންސްކީއާ ދެމެދު ދެބަސްވުންތަކެއް ހިނގި ނަމަވެސް، މިފަހަކަށް އައިސް ޓްރަމްޕާއި ޒެލެންސްކީގެ ގުޅުން ރަނގަޅުވެފައިވާ ކަމަށް ދިރާސާ ކުރާ ފަރާތްތަކުން ވަނީ ބުނެފަ އެވެ.

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން

26 ޖެނުއަރީ 2017
އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން
26 ޖެނުއަރީ 2017

ފަލަސްތީނަށް ދޭން ފާސްކުރި ފައިސާ ޓްރަމްޕް ސަރުކާޜުން ހިފަހައްޓައިފި

26 ޖެނުއަރީ 2017
 ފަލަސްތީނަށް ދޭން ފާސްކުރި ފައިސާ ޓްރަމްޕް ސަރުކާޜުން ހިފަހައްޓައިފި
26 ޖެނުއަރީ 2017

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

26 ޖެނުއަރީ 2017
މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި
25 ޖެނުއަރީ 2017

މުސްލިމް ހަތް ގައުމަކަށް ވިސާ ދިނުން ހުއްޓާލަން ޓްރަމްޕް ނިންމަވަނީ

25 ޖެނުއަރީ 2017
މުސްލިމް ހަތް ގައުމަކަށް ވިސާ ދިނުން ހުއްޓާލަން ޓްރަމްޕް ނިންމަވަނީ
25 ޖެނުއަރީ 2017

ކީސްޓޯން ތެޔޮހޮޅީގެ މަސައްކަތް ކުރިޔަށް ގެންދަން ޓްރަމްޕް ނިންމަވައިފި

25 ޖެނުއަރީ 2017
ކީސްޓޯން ތެޔޮހޮޅީގެ މަސައްކަތް ކުރިޔަށް ގެންދަން ޓްރަމްޕް ނިންމަވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު