Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

އުއްތަމަ ފަނޑިޔާރަށް: އަދުރޭހެން ނުހުންނަވާ ހައްގުބަސް ވިދާޅުވޭ

ޖުޑިޝަރީއަށް ނުފޫޒު ފޯރުވައި އިންސާފުން ބޭރުން ފަނޑިޔާރުން ވަނީ ވަކިކުރެވިފައެވެ. އުއްތަމަ ފަނޑިޔާރުގެ ބަސް މިކަމުގައި އިއްވާން ޖެހެއެވެ.

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 25 މެއި 2025 | އާދީއްތަ 13:05
އުއްތަމަ ފަނޑިޔާރު، އަހުމަދު މުއުތަސިމް އަދުނާން

އުއްތަމަ ފަނޑިޔާރު، އަހުމަދު މުއުތަސިމް އަދުނާން

އެއީ ގިނަ ބަޔަކު ގަބޫލު ކުރާ ހަގީގަތެކެވެ. އާ ގާނޫން އަސާސީގެ ދަށުން ތިންބާރު ވަކިކުރިކަމަށް ލިޔުނުފަހުން އުފެއްދި ސުޕްރީމް ކޯޓުގެ އެންމެ ގިނަ ބަޔަކު އިތުބާރުކުރި ބެންޗަކީ މިހާރު އޮތް ބެންޗެވެ. ދައުލަތުގެ ވަކީލުންނަށްވެސް ވަރުގަދަ ސުވާލުތައް ކުރިމަތި ކުރުވާ ޝަރީއަތުގައި ހަމަ ހުންނަން ޖެހޭނެކަން އެ ބެންޗުން އަންގައިދެމުން ދިޔައެވެ. ވަކީލުން ތައްޔާރު ވުމަށާއި ދައުލަތުގެ ވަކީލުންވެސް އެކަމުގައި އިސްތިސްނާ ނުވާނެކަން ހަނދާންކޮށްދެމުން ގެންދެވިއެވެ.

އެކަމަކު ޅަ ބުޅާގަނޑެއްހެން އެއެއްލާލީ ސުޕްރީމް ކޯޓުގެ ދެފަނޑިޔާރުންނެވެ. އަނެއް ފަނޑިޔާރު، ކުރިމަތިވި ކުރުވި މަޖްބޫރަށް އިސްތިއުފާ ދެއްވައި ޖުޑިޝަރީއަށް ސަރުކާރުން ފޯރުވާ ނުފޫޒު ފާޅުކަން ބޮޑުގޮތެއްގައި އެހާމަކޮށްދެއްވީއެވެ. ރީތިކޮށް އިންސާފުން ހަމައިން ހިނގަމުންއައި ސުޕްރީމް ކޯޓެއްގައި މަރުތަޅުއަޅުވާ ޖުޑިޝަރީ ފުންޑާލީއެވެ.

އުއްތަމަ ފަނޑިޔާރު ޑރ މުއުތަސިމް އަދުނާނެވެ. މަނިކުފާނަކީ މި ގައުމުދުށް އެންމެ ހަމަ ހިފެހެއްޓި އެންމެ އިންސާފްވެރި އެއް އުއްތަމަ ފަނޑިޔާރެވެ. ގިނަބަޔަކު އިތުބާރުކުރި އުއްތަމަ ފަނޑިޔާރެވެ.

މަނިކުފާނެވެ. މަނިކުފާނުފަދަ ހަރު އަދި އެހާމެ ކަމުވޮށިގެންވާ ބޭފުޅެއްގެގާތު މިމޭރުމުން އެއްޗެކޭ ބުނަން ވަރަށް ޖެހިލުންވެއެވެ. އެހާމެ ލަދުވެސް ގަނެއެވެ. އެކަމަކު އަޅުގަނޑަކީ އެހާ ހިމޭނުން ހުންނަހިތްވާ މީހެއް ނޫނީމުއެވެ. މަގޭ ޚިޔާލާ މަގޭ ނަސޭހަތް އަދި ކަންކަމުގައި މަގޭ ދެކޭ ގޮތް ހިފެހެއްޓުމެއްނެތި ބުނެވޭތޯ ހިތްމަތް ކުރާ މީހަކީމެވެ. އެއްޗެކޭ ހީފުޅު ނުކުރައްވާނެ ކަމަށް އުއްމީދު ކުރަމެވެ.

އުއްތަމަ ފަނޑިޔާރެވެ. އާރާއި ބާރުގެ ބޭނުންކޮށްގެން ސަރުކާރުން ޖުޑީޝަރީއަތް އެބޭނި އަތާފައިގާ ނަގާ އެއްލާލި ތިޔަތަނުގެ އެއްފަނޑިޔާރުން އެވިދާޅުވީކީ އާދައިގެ ވާހަކަފުޅެއް ނޫނެވެ. ހުސްނުއް ސުއޫދު ވަރަށް ސާފު ސަރީހަކޮށް އެ ނުފޫޒުގެ ވާހަކަ ތިލަކޮށްދެއްވިއެވެ. ދިވެހިންނަށް އެކަންޏެއް ނޫނެވެ. މުޅި ދުނިޔެއަށެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ދުނިޔޭގެ އެތައް އިދާރާއަކާއި ވަކީލުންގެ އެސޯސިއޭޝަން ތަކުން ލައްކަ ވާހަކަ ބުންޏެވެ. ސަރުކާރަށް ތަފާތު ކަންކަން އަންގައިދިނެވެ. ރާއްޖޭގެ ގާނޫނީ ވަކީލުން އެވާހަކަ ދެއްކެވިއެވެ. ބާ އެސޯސިއޭޝަނުން އެމީހުންގެ ބަސް ވިދާޅުވިއެވެ. ފުންނާބު އުސް ގާނޫނީ ވަކީލުން އެމީހުންގެ ކަންބޮޑުވުމާއި ރައުޔު ހާމަކުރެއްވިއެވެ.

އެކަމަކު ސަރުކާރަށް ކަހާތަން ހިރުވާވެސް ނުލިއެވެ. ތަށަށް ކިޔަނީ މަރިޔަނބުހޭވެސް އަހާނުލައި ހަދާނެ އެއްޗެއް އެހަދާ ނިންމާލީއެވެ.

އުއްތަމަ ފަނޑިޔާރެވެ. ޑރ އަޒްމިރަލްދާ އެވިދާޅުވީވެސް އާދައިގެ ވާހަކަފުޅެއް ނޫނެވެ. ދެއްކި ބިރާ، ފޯރުވި ނުފޫޒުގެ ވާހަކަ އެ ފަނޑިޔާރުވެސް އެވިދާޅުވީ އެއްވެސް ފޮރުވުމެއްނެތިއެވެ.

އުއްތަމަ ފަނޑިޔާރެވެ. އަޒްމިރަލްދާ އެ ނެރުއްވި ބަޔާނުގައި ހާދަ އަސަރުގަދަ އެހާމެ މާނަފުން ވާހަކައެއް ވިދާޅުވިއެވެ. އެ ފަނޑިޔާރުން ސަސްޕެންޑް ކުރި ދުވަހު މަނިކުފާނު ވިދާޅުވި ވާހަކަފުޅެއްކަމަށް ވިދާޅުވެއެވެ. ޝަރީއަތެއް ފަށަން އިށީނދެ އިށީނދެ އޮއްވާ އެކަން ހުއްޓުވައި ސަސްޕެންޑް ކުރި ދުވަހު މަނިކުފާނު ވިދާޅުވި ވާހަކަފުޅެވެ. " ދެން ތިޔަބޭފުޅުން މިކޯޓަށް އާދެވޭނޭ ކަމަށް ގަބޫލު ނުކުރައްވައްޗޭ" މަނިކުފާނު ވިދާޅުވި ވިދާޅުވުމެވެ. އެވާހަކަ މަނިކުފާނު ވިދާޅުވީ އާއްމުންގެ ގާތަކު ނޫނެވެ. އެފަނޑިޔާރުންގެ ގާތުގައެވެ. އެކުގައި މަސައްކަތްކުރި ބަޔަކާ ވަކިވާން ޖެހޭތީ އެކަމުގެ ހިތާމަފުޅުގައެވެ. ފަހުފަހަރަށް އެކުގައި ފަރިއްކުޅުވާ، ހަނދާނީ ފޮޓޯ ނަންގަވަމުންނެވެ.

އުއްތަމަ ފަނޑިޔާރެވެ. އަނެއްކާވެސް ފަށްފަށްކޮށްލާނަމެވެ. މަނިކުފާނު އެވިދާޅުވީ އާދައިގެ ވާހަކަފުޅެއް ނޫނެވެ. އެކަމުން އެނގެނީ ރާއްޖޭގެ ޖުޑީޝަރީގެ ހާލަތު ވެއްޓުނު ހިސާބެވެ. އޮތް ބިރުވެރިކަމެވެ. ބާރުހުރި ފަރާތުގެ ބާރަށް ހޭހަންކުރަން ޖެހިފައިއޮތް ވަރެވެ. އެނޫން ގޮތެއް ނެތޭ ބުނާފަދަ ބީދައަކަށެވެ.

މަނިކުފާނެވެ. ކަންވީވެސް އެހެން ނޫންތޯއެވެ. އެއިން ފަނޑިޔާރަކު ތިޔަ ކޯޓުގެ ހަތަރުފާރު ތެރެއަކަށް އެކޯޓު ތުރުކުރައްވައިގެން ވަނުމުގެ ފުރުސަތެއް ނުދިނެވެ. ނަގާ އެއްލާލީއެވެ.

މަނިކުފާނެވެ. އަޅުގަނޑުގެ ބަސް ފެށެނީ މިހާހިސާބުންނެވެ. މަނިކުފާނަކީ އަޅުގަނޑުވެސް އަދި ހަމަގަބޫލުކުރާ ގިނަ ރައްޔިތުންވެސް ނުހަނު ގަދަރު ކުރާ ބޭފުޅެކެވެ. މިވާހަކަ މިހެން ދެއްކެނީވެސް އެހެން ވެގެންނެވެ.

މަނިކުފާނެވެ. ހައްގުބަސް ވިދާޅުވާށެވެ. މަނިކުފާނު ތިޔަވަނީ ތިޔަތަނުން އެކަހެރިވެ ރިޓަޔަރ ކުރައްވަން ނިންމަވާފައެވެ. ވިދާޅު ނުވިއަސް އެއީ މަނިކުފާނު އަދި އެންމެ ބޭނުންފުޅުވާނެ ގޮތް ހެނެއް ހީއެއް ނުވެއެވެ.

މަނިކުފާނެވެ. ރިޓަޔަރ ކުރެއްވުމަކުން އަދި ނިމުނީ ހެނެއް ހީއެއް ނުވެއެވެ. ހައްގުބަސް ވިދާޅުވާށެވެ. ދަރިންނާ ދަރިންގެ ހައްގުގައެވެ. އަންނާން އޮތް ޖީލުތަކަށެވެ. އަދުގެ ކިޔަވާކުދިންނާ ކުރިއަށް އޮތްތަނުގައި ދިރާސާ ކުރާނެ ކިޔަވާ ކުދިންނަށްޓަކައެވެ. ކަންވީ ގޮތާ ކަންކުރިގޮތް މަނިކުފާނުގެ ދޫފުޅުން ވިދާޅުވުން މުހިއްމުވާނެއެވެ.

މަނިކުފާނެވެ. މަނިކުފާނަކީ އެފަދަ ހައްގުބަސްފުޅެއް ވިދާޅުވެގެން މަގުމަތިވާނޭ ބޭފުޅެއް ނޫނެވެ. ވަންނާނެ ގެދޮރެއްނެތި އިހުއޮތްތަނުގައި ނާށިގަނޑު ހިފައިގެން އުޅެންޖެހޭނޭ ބޭފުޅެއް ނޫނެވެ. އެއަށްވުރެ ފޯރާ، މާލޭގެ ގަދަރުވެރި އާއިލާއެއްގެ ގަދަރުވެރި ބޭފުޅެކެވެ. ރިޓަޔަރމަންޓް ސްކީމްގެ ދަށުން ލިބޭ ޕެކޭޖާ ނުލާވެސް އަބުރުވެރި ދިރިއުޅުމެއް އުޅުއްވޭނޭ ބޭފުޅެކެވެ. އެހެންކަމުން މަނިކުފާނަކީ މިދަނޑިވަޅުގައި އެއްޗެއް ވިދާޅުވާން އެންމެ ލާއިގު ބޭފުޅާއެވެ.

މަނިކުފާނެވެ. އެހެންކަމުން މަނިކުފާނަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއް ރަހީމުހެން ހުރިހާ ބާރެއް ނެގީމާވެސް އަދި ހެދިއްޔާ ހެދިހާ ހާގޮތެއް ވަރިހަމަވެ ހުންނަން ޖެހޭވަރުގެ ބޭފުޅެއް ނޫނެވެ. އެޅިހާ ބަތަކަށް ރިހަވެ، ބާރެއް ނެތް ކަތީބު ހެދިފައި ހުންނަން ޖެހޭވަރުގެ ބޭފުޅެއް ނޫނެވެ. އަދި ސިޔާސީގޮތުން ފިތިބާރުވެ ދިރިއުޅުން ކޮމްޕްރޮމައިޒް ކުރައްވަން ޖެހޭވަރުގެ ބޭފުޅެއްވެސް ނުމެ ނޫންމެއެވެ.

އެހެންކަމުން އަޅުގަނޑުގެ ނަސޭހަތް ނިންމާލާނީ ކުކުޅަށްވުރެ ބިސްދޮށިނުވެ ހަރުމީހުންނަށް އެއްޗެހި ބުނެދޭ މީހަކަށް ނުވަމުންނެވެ. އެކަމަކުވެސް އިހުބަހަކާ ފަހު ބަހަކަށްވެސް ބުނާނަމެވެ. މަނިކުފާނުގެ ލައްގަނޑެއް ނެތް އަދި ކިލަނބު ކަމެއްނެތް ތިޔަ ރީތި ފަސްބައި ސަލާމަތް ކުރުމަށް އެކަނިވެސް އިހުވިދާޅުވިހެން ހައްގުބަސް ވިދާޅުވުމަށެވެ. ވަރަށް އާދޭހާ އަދަބު އިހުތިރާމާއެކު ނިންމާލަމެވެ. ވަރަށް ސަލާމެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފްލެޓާއި ގޯތީގައި ބަގުޑި ބައްދަވައިގެން ނުހުންނަވާށެވެ.

ފްލެޓާއި ގޯތީގައި ބަގުޑި ބައްދަވައިގެން ނުހުންނަވާށެވެ.

08 ޖުލައި 2025
މުހައްމަދު ސަލީމް - އުއްތަމަ ފަނޑިޔާރު ކަމަށް!

މުހައްމަދު ސަލީމް - އުއްތަމަ ފަނޑިޔާރު ކަމަށް!

08 ޖޫން 2025
އެމެރިކާ ގައި ވެސް އުއްތަމަ ފަނޑިޔާރެކެވެ. ރާއްޖޭ ގައި ވެސް އުއްތަމަ ފަނޑިޔާރެކެވެ.

އެމެރިކާ ގައި ވެސް އުއްތަމަ ފަނޑިޔާރެކެވެ. ރާއްޖޭ ގައި ވެސް އުއްތަމަ ފަނޑިޔާރެކެވެ.

07 މެއި 2025
ހެޔޮވެރިކަމެއް ކުރައްވަން މިވަރުގެ ރައީސަކު ނުހުންނަވާނެ!

ހެޔޮވެރިކަމެއް ކުރައްވަން މިވަރުގެ ރައީސަކު ނުހުންނަވާނެ!

22 އޮކްޓޯބަރު 2021
އުއްތަމަ ފަނޑިޔާރަށް ނާންގާ ސުޕްރީމް ކޯޓުގެ ނަމުގައި ފަނޑިޔާރުންތަކެއް އަމުރެއް ނެރުނު!

އުއްތަމަ ފަނޑިޔާރަށް ނާންގާ ސުޕްރީމް ކޯޓުގެ ނަމުގައި ފަނޑިޔާރުންތަކެއް އަމުރެއް ނެރުނު!

21 ނޮވެމްބަރު 2019

އަހަރުތަކުން މިއަދު

11 ޖޫން
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް
20242 އަހަރު ކުރިން
ރާއްޖެ

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި
20233 އަހަރު ކުރިން
ރިޕޯޓު

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!
20215 އަހަރު ކުރިން
ރިޕޯޓު

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް
20188 އަހަރު ކުރިން
ސިއްހަތު

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު