Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ފްލެޓާއި ގޯތީގައި ބަގުޑި ބައްދަވައިގެން ނުހުންނަވާށެވެ.

އަބަދަކު އެއްގޮތަކަށް ކަންކަމެއް ނުހިނގާނެއެވެ. ރައްޔިތުންގެ ކެތްތެރިކަންވެސް ކޮޅުންލާނެވެ. ތިޔަ ޖައްސަވާހާ ބެރަކަށް ރައްޔިތުން އަބަދަކު ނުވެސް ނަށާނެވެ.

އާމިރު ސަލީމް
އާމިރު ސަލީމް, ރާއްޖެ އެމްވީ | 8 ޖުލައި 2025 | އަންގާރަ 13:25
ރައީސް ޑރ. މުހައްމަދު މުއިއްޒު

ރައީސް ޑރ. މުހައްމަދު މުއިއްޒު

ރައްޔިތުންނަށް ތުރާލަކަށްނުވާ އެއްވެސް ކަމެއް އަމުދުން ނެތެވެ. ހާއްސަކޮށް ދިވެހި ރައްޔިތުންގެ ބޯހިޔާވަހިކަމާއި ގުޅުން ހުރި ކަންކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އަމަލު ކުރަމުންދާ އިހާނެތި ގޮތުގެ ވާހަކަ އަޑު އެހި މީހަކުވެސް ހިތްފަޅައިގެންދާހާވެއެވެ. އެތައް ޒަމާނެއްވަންދެން މާލޭގެ ރައްޔިތުންނަށް ސަރުކާރަކުން ގޯއްޗެއް ކަނޑާފައި ނުދީ އޮތުމަށްފަހު، ލިބުނު ގޯތި ތަކާއި އެތައް އިންތިޒާރަކަށްފަހު، އެތައް ބަޔަކަށް ލިބުނު ފްލެޓްތަކާއި ،ދޭތެރޭގައި ސަރުކާރުން ކަންކަން ކުރަމުން މިއަންނަނީ، ހާދަހާ އިހާނެތި ގޮތަކަށެއެވެ.

އެމީހަކަށް ލިބިފައި އޮތް އެއްޗެއް، ލިބިފައި އޮތް ތަނަކުން، ލިބިފައި އޮތް ގޮތަކަށް، ދެއްވާނެ ކަމުގެ ވައުދާއިއެކު، ވެރިކަމަށް ވަޑައިގެންނެވި، ރައީސް މުއިއްޒު ރައްޔިތުންނަށް ކެމްޕެއިންގައި ދެއްވި އުއްމީދާއި، ވެވަޑައިގެންނެވި ވައުދުތަކުގެ މަތިން އެމަނިކުފާނު ހަނދުމަފުޅު ނެތެއް ކަމަކު، އެހެން މީހުންގެ ހަނދާނަކުން އެކަމެއް ފިލައިގެން ނުދެއެވެ. ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމަށްފަހު މަޖިލިސް އިންތިހާބު ކާމިޔާބު ކުރައްވަންވެސް ޖެއްސެވި އެންމެ ބޮޑު ސްޓަންޓަކީ ގޯތި ގެދޮރުގެ ސްޓަންޓެއެވެ. އެއީ އެނގިވަޑައިނުގެން ކުރެއްވި ކަމެއް ނޫނެއެވެ. މާލޭގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާއި، މާލޭގެ ރަށްވެހިންނަށްވެސް އެންމެ ބޮޑު އަސަރެއް ކުރުވާނެ، އެމީހުންގެ ވިންދާއި އެންމެ ބޮޑަށް ގުޅޭނެ އެމީހުން އެންމެ ބޮޑަށް ޖަޒުބާތުގައި ޖެއްސޭނެ އަދި އެމީހުންގެ އިހްސާސްތަކާއި އެންމެ ބޮޑަށް ކުޅެވޭނެ ވާހަކައަކީ، ގޯތި ގެދޮރުގެ ވާހަކަ ކަން ރައީސް މުއިއްޒުއަށްވުރެ ބޮޑަށް އެނގިވަޑައިގަންނަވާނެ މީހަކު، ނުހުންނާނެ ކަމަށް އެމަނިކުފާނު އަމިއްލަފުޅަށްވެސް ޤަބޫލުފުޅު ކުރައްވަނީ ކަންނޭނގެއެވެ.

ކޮންމެއަކަސް، މިޖަޒުބާތުގައި ޖެހި މަޖިލީހުގެ މެޖޯރިޓީވެސް އެމަނިކުފާނަށް ރައްޔިތުން ދިނީއެވެ. ގޯތި ގެދޮރު އަވަހަށް ލިބޭނެ ކަމުގެ ފޮނި އުއްމީދުގައެވެ. އެދުވަހުން ފެށިގެން މިއަދާއި ހަމައަށް، އެކި ފަހަރު އެކި ވާހަކަ ދައްކަވަމުން، އެކި ވާހަކަ ބަދަލު ކުރައްވަމުން، އެކި ބަހަނާ ދައްކަވަމުން، އެކި އުސޫލު ހައްދަވަމުން، އެކި ގަވާއިދުތައް ނެރުއްވަމުން، އެކި ގޮތްގޮތަށް އެލްޔޫޕީތައް ހައްދަވަމުން، އާއްމު ރައްޔިތުންގެ ގޯއްޗާއި ފްލެޓްގެ ކަންތައްތައް ފަސްކުރައްވަމުން، ލަސްކުރައްވަމުން، އެގެންދެވަނީ ރައްޔިތުންނަށް ކިހިނެއް ހައްދަވަންބާވައޭ ހިތައް އަރައެވެ. ކުރީގެ ސަރުކާރުން ހަދާފައިވާ އެއްބަސްވުންތައް އުވާލާ، ރަޖިސްޓްރީތައް ބާތިލްކޮށް ލިސްޓްތައް ގަޑުބަޑުކޮށް، އެކިފަހަރު އެކި ތާރީހު ދެއްވާ، އެކި ގޮތައް ވާހަކަ ބަދަލުކުރައްވާ އެއުޅުއްވަނީ، ދިވެހި ރައްޔިތުންނާއި މެދު ކޮންފަދަ ހަސަދަވެރިކަމެއް، އެމަނިކުފާނުގެ ހިތްޕުޅުގައި އޮވެގެންބާވައޭ ވެސް ހިތައް އަރައެވެ.

ބޯހިޔާވަހިކަމެއްނެތި، ގޯތި ގެދޮރުގެ ތަނަސްވަކަމެއް ނެތި، ނުހަނު ދަތި ހާލުގައި އުޅެމުންދާ އެތައްހާސް ރައްޔިތަކު ގަނަ ތަޅުވާ، ގަން ހިންގުވާ، ތަންތަނގާގައި ކިޔު ޖައްސުވާ އެތައް ދިގު އިންތިޒާރެއްގައި ބައިތިއްބަމުން ގެންދާއިރު، ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން ވިޔަސް ނުވަތަ އިންސާނެއްގެ ހައިސިޔަތުން ވިޔަސް، އެމަނިކުފާނުގެ ހިތް ޕުޅަށް އަސަރެއްވެސް ނުކުރަނީ ބާވައޭ ހިތައް އަރައެވެ.

ވެރިކަމަށް ދެ އަހަރު ވެގެންދާއިރު، ކުރީގެ ސަރުކާރުން ދީ ނިންމާފައި ހުރި ފްލެޓްތަކާއި ގޯތިތައް، ހަވާލު ނުކުރައްވާ، ދީފައިހުރި ގޯތިތައް އަތުލާ އެގޮތް މިގޮތް ހަދާ، ރައްޔިތުންނަށް އަނިޔާވެރިވަމުން އެގެންދަވަނީ ރައްޔިތުން ކުރި ކޮން ކުށެއްގެ ސަބަބުން ބާވައޭ ހިތައް އަރައެވެ. އެކި ފަހަރު އެކި ވަޒީރުން ލައްވާ، އެކި އުނދަގޫ ރައްޔިތުންނަށް ޖައްސަވަމުން ގެންދަވާއިރު، އެއީ ސީދާ އެމަނިކުފާނުގެ ލަފާފުޅާއި އިރުޝާދުގެ މަތިން ނޫނީ ނުކުރެވޭނެ ކަމެއް ކަން ނޭނގޭ މީހަކު މިއުޑުދަށަކު ނުހުންނާނެއެވެ. އެއް ވަޒީރު ދޮޅު އަހަރު ވަންދެން ރައްޔިތުންގެ ގޯއްޗާއި ފްލެޓްގެ ހައްގުތައް ހިފެހެއްޓެވީ ހަފްތާ ފެށޭ ދުވަހާއި ނިމޭ ދުވަސް ނޭނގޭ ކަމަށް ހައްދަވައިގެންނެއެވެ. އަނެއް ވަޒީރު ހަމަ އެހައްގުތަކުގެ މަތީގައި އިށީނދެވަޑައިގެން އެއިންނަވަނީ މަސް ފެށޭދުވަހާއި މަސް ނިމޭ ދުވަސް ނޭނގޭ ކަމަށް ހައްދަވައިގެންނެއެވެ.

ޤަބޫލުފުޅުކުރައްވާށެއެވެ. ދިވެހި ރައްޔިތުން އެވަރުގެ ކުށެއް ކުރިއްޔާ ކޮށްފައި އޮތީ މަނިކުފާނަށް އިތުބާރުކޮށް ވެރިކަން ދީގެންނެވެ. ދެއްކެވިހާ ވާހަކަތައް ގަބޫލުކޮށް މަޖިލިސްވެސް ދީގެންނެވެ. ކިޔަމަންތެރި ރައްޔިތެއްގެ ގޮތުގައި މިއަދާއި ހަމައަށްވެސް މަޑުން ތިބެގެންނެވެ.

އެކަމަކު ޤަބޫލުފުޅުކުރައްވާށެއެވެ. އަބަދަކު އެއްގޮތަކަށް ކަންކަމެއް ނުހިނގާނެއެވެ. ރައްޔިތުންގެ ކެތްތެރިކަންވެސް ކޮޅުންލާނެވެ. ތިޔަ ޖައްސަވާހާ ބެރަކަށް ރައްޔިތުން އަބަދަކު ނުވެސް ނަށާނެވެ.

މަނިކުފާނު ވެރިކަމާއި ހަވާލުވެވަޑައިގަތީ ރައްޔިތުންގެ ހައްގުތައް އަދާކޮށްދޭން މާތްﷲ ގަންދީ ހުވާކޮށްގެންނެވެ. އިސްލާމްދީނުގައިވެސް އެންމެ ބޮޑަށް ހުރުމަތްތެރިވެގެންވާ އެކައްޗަކީ ގޯތި ގެދޮރެވެ. އެތަންތަނުގެ ހުރުމަތް ކަނޑާނުލައްވާށެއެވެ. ރައްޔިތުންގެ ހައްގުތަކަށް އަރާވަޑައިނުގަންނަވާށެވެ. މީހުންނަށް ދަތި އުނދަގޫ ޖައްސަވަން ނޫޅުއްވާށެއެވެ. ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބު ކާމިޔާބުކުރައްވަން ހައްދަވާނެ ސްޓަންޓަކަށް މިފަހަރުވެސް ގޯތި ގެދޮރު ހައްދަވަން ނޫޅުއްވާށެވެ. ރައްޔިތުންގެ ހައްގުތަކަށް އަރަވާޑައިނުގެން ވައުދުވެވަޑައިގެންނެވި ގޮތަށް ދީފައި އޮތް އެއްޗެއް، ދީފައި އޮތް ތަނަކުން، ދީފައި އޮތް މިންވަރަކަށް ދެއްވާ ނިންމަވާށެއެވެ. ތިޔަ އުޅުއްވެވެނީ އަމިއްލަފުޅު ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން އަށްމަސްތެރޭގައި ހިއްކަވަން ވިދާޅުވި، ރަސްމާލެ ދެއަހަރުވާއިރުވެސް ނުހިއްކިގެން ނޫންތޯއެވެ. އަޅުއްވަން ވިދާޅުވި، ފަސްދޮޅަސް ފަސްހާސް ހައުސިން ޔުނިޓްގެ އެންމެ ޔުނިޓެއްގެ އެންމެ ފާރެއްގެ އެންމެ ގާބުރިއެއްވެސް އަދި ނުބޭއްވިގެން ނޫންތޯއެވެ. ވީއިރު، އެހެން ސަރުކާރަކުން އަޅާ ނިންމާފައި ރައްޔިތުންނަށް ދީފައި ހުރި ފްލެޓްތަކާއި ހިއްކާފައި ދީފައި ހުރި ގޯތި ތަކުގައި ބަގުޑި ބައްދަވައިގެން، ލޮބާޑި ލައްވައިގެން، ނުހުންނަވާ އެތަންތަން އޭގެ ހައްގުވެރިންނަށް ދެއްވާށެއެވެ. މިދުނިޔޭގައި ނުވިޔަސް، މަނިކުފާނު ޖަވާބުދާރީވެވަޑައިގެން ޖެހޭ ދުވަހެއް އޮތްކަން ހަނދުމަފުޅު ބަހައްޓަވާށެއެވެ.

ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުމާލޭގެ ރައްޔިތުންގޯތި ގެދޮރުފްލެޓް

ކޮމެންޓް

އިތުރަށް ކިޔާލަން

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025
ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

08 ޑިސެމްބަރު 2025
ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!

ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!

08 ޑިސެމްބަރު 2025
ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ

ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު