Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓް

އުއްތަމަ ފަނޑިޔާރު މަޤާމުން ވަކިކުރަން މާލަސްވެސް ވެއްޖެ!

ޑރ. އަހުމަދު އަބްދުﷲ ދީދީ މަޤާމުން ވަކިކުރުމަށް ނިންމީ ބުދަ ދުވަހު

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 13 ނޮވެމްބަރު 2019 | ބުދަ 14:22
އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ

އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ

ރާއްޖޭގެ އަދަލު އިންސާފުގެ ނިޒާމަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ނަޒާހަތްތެރިކަން ގެއްލިފައިވާ ފަނޑިޔާރުތަކެއް ފަނޑިޔާރު ގެތަކުގައި ތިބުމެވެ. އެ ފަނޑިޔާރުންގެ ނިންމެވުންތަކާއި، އަމަލުތަކުގެ ސަބަބުން މުޅި ފަނޑިޔާރުގޭގެ އަގު ވެއްޓި، ނިޒާމަށް ކުރާ އިތުބާރު ގެއްލިގެންދެ އެވެ. ރާއްޖޭގެ ފަނޑިޔާރު ގެތަކުގެ ހާލަތަކީ މި ދެންނެވި ޒާތުގެ ފަނޑިޔާރުންތަކެއްގެ ސަބަބުން މުޅި ފަނޑިޔާރު ގެޔަށް ކުރާ އިތުބާރާއި، އިހުތިރާމް ގެއްލިގެންގޮސްފައިވުމެވެ. ފަނޑިޔާރު ގެތަކުގެ އަގު އޮތީ ބޮޑު ވަޅުގަނޑަކަށް ވެއްޓި، ވެއްޔާ މޮޑެވިފަ އެވެ.

އެ ފަނޑިޔާރު ގެތަކަށް ކުރާ އިތުބާރު އަލުން ނެގެހެޓުމުގެ މަސައްކަތް، ޤާނޫނުން އެ މަސައްކަތް ލާޒިމްކޮށްފައިވާ ޖުޑީޝަލް ސާރވިސް ކޮމިޝަނާއި، ރައްޔިތުންގެ މަޖިލީހން ގުޅިގެން ފެށުމާއެކުވެސް ފެނިގެންދިޔައީ، ނަޒަހަތްތެރިކަން ގެއްލިފައިވާ ފަނޑިޔާރުންތަކެއްގެ ނުރުހުއްޕާން އެ މަސައްކަތަށް ކުރިމަތިވާން ފެށި މަންޒަރު އެވެ. އެ މަސައްކަތް ހުއްޓުވައި، މުޅި ނިޒާމް ހުއްޓުމަކަށް ގެނެސް، ޤާނޫނު އަސާސީން ބާރުތައްކެއްދީ ފަނޑިޔާރުންގެ މައްސަލަތައް ބަލައި، ފިޔަވަޅު އެޅުމަށް މަސައްކަތްކުރާ މުއައްސަސާތަކުގެ ބާރު ކަނޑުވާލުމަށް މި ދެންނެވި ފަނޑިޔާރުންތައް މަސައްކަތް ކުރައްވަމުންގެންދެވި މަންޒަރު އެވެ.

އޭގެތެރެއިން އެއް ބޭފުޅަކީ އުއްތަމަ ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރުމަށް ނިންމާފައިވާ ޑރ. އަހުމަދު އަބްދުﷲ ދީދީ އެވެ.

ޑރ. އަހުމަދު އަބްދުﷲ ދީދީގެ މައްސަލައެއް ޖޭއެސްސީން ބަލަން ފެށުމާއެކު، އެއީ ޖޭއެސްސީއަށް ކުރެއްވޭނެކަމެއް ނޫންކަމަށް ވިދާޅުވެ، ބަޔާންތައް ނެރުއްވަމުންގެންދެވިއިރު، ނޯޓިހެއް ހިފައިގެން ވަޑައިގަންނަވާ ސިވިލް ސަރވިސް މުވައްޒިފުންނަށްވެސް އަދަބު އިހްތިރާމެއް ކުރެއްވުމެއް ނެތި، މޫނު މައްޗަށް ދޮރުޖެއްސެވުން ފަދަ ހުތުރު އަމަލުތައް އުއްތަމަ ފަނޑިޔާރަކަށް ހުންނަވާ އަހުމަދު އަބްދުﷲ ދީދީ ގެންދެވީ ހިންގަމުންނެވެ. ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ސުޕްރީމް ކޯޓުގެ އިދާރީ މަސައްކަތްތައް ކުރަން ފެށުމާއެކު، ކޯޓުގެ އިދާރީ އިސް މުވައްޒިފަށް ބިރު ދެއްކުން ފަދަ ހުތުރުވެގެންވާ އަމަލުތައްވެސް ޑރ. އަހުމަދު އަބްދުﷲ ދީދީ ހިންގަމުން ގެންދެވިއިރު، އެކަންކަން މިހާރުވެސް ލިޔެކިޔުންތަކުން އެ ހުރީ ފެންނަނާށެވެ.

ފަހަރުގައި ލިބިވަޑައިގެން ހުންނެވި ބާރުވެރިކަމުގައި، އެމަނިކުފާނުގެ މައްސަލައެއް ބެލުމަކީ އެއްވެސް ފަރާތަކަށް ކުރެއްވޭނެކަމެއް ނޫންކަމަށް ރައްޔިތުންނަށް ހާމަކޮށްދޭން ބޭނުންފުޅުވީކަމަށްވެދާނެ އެވެ. ނުވަތަ ކޮންމެކަމެއް ކޮންމެ ގޮތަކަށް ކުރެއްވިނަމަވެސް އެއީ ޤާނޫނުގެ ދިގު އަތް ނުފޯރާނެ ބޭފުޅެއްކަމަށް އަމިއްލަފުޅަށް ހީފުޅުވެވަޑައިގެންނަވަނީކަމަށްވެދާނެ އެވެ. ނަމަވެސް އެ ބޮޑާކަމާއި، ބާރުވެރިކަމުގައި ހުންނެވި ފަނޑިޔާރުންނަށް ޖޭއެސްސީން ބުދަ ދުވަހު ދިނީ ވަރުގަދަ މެސެޖެކެވެ.

އުއްތަމަ ފަނޑިޔާރާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު މަޤާމުން ވަކިކުރުމަށް ނިންމި ނިންމުމާއެކު، ޖޭއެސްސީން ދިން ވަރުގަދަ މެސެޖަކީ ޤާނޫނުގެ ކުރިމަތީގައި ހަމަ އެންމެންނަކީ ހަމަހަމަ ބައެއްކަމެވެ. ކިތަންމެ ބޮޑު މަޤާމެއް ލިބިވަޑައިގެން އިންނެވިނަމަވެސް، ޤާނޫނުގެ ދިގު އަތް އެ ފަނޑިޔާރުންނަށް ފޯރާނެކަމެވެ. އެކަމުގައި އެ މީހަކު ހުރީ ކޮން މަޤާމެއްގައިކަމެއް، ކިހާ ބޮޑު ބާރެއްގައިކަމެއް ނުބަލާނެކަމުގެ ވަރުގަދަ މެސެޖު އެވެ.

ދެން އޮތީ އުއްތަމަ ފަނޑިޔާރާއި، ސުޕްރީމް ކޯޓުގެ އިތުރު ބައެއް ފަނޑިޔާރުންނާއި ގުޅޭގޮތުން ޖޭއެސްސީން ބަލަން ނިންމި މައްސަލަތަކެވެ. އޭގެ ތެރޭގައި އުއްތަމަ ފަނޑިޔާރު ދެ ދުވަހު ދެގޮތަށް ހުކުމް ކުރައްވަމުން ވަޑައިގެންނެވި މައްސަލަތައް ހިމެނެ އެވެ.

އެއް ދުވަހު އިރު އަރާއިރު، އޭރުގައި ސިޔާސީގޮތުން އެންމެ މަންފާކުރަވަނިވި ގޮތަށް ހުކުމެއް ކުރެއްވުމަށްފަހު، ޖެހިގެން އަންނަ ދުވަހު ސިޔާސީގޮތުން ވައި ހުރި މިސްރާބަށް ބެއްލެވުމަށްފަހު ނިންމެވި މައްސަލަތައް ހިމެނެ އެވެ. ބައެއް މައްސަލަތަކުގައި މި ދެންނެވި ފަނޑިޔަރުން 3 ދުވަހު 3 ގޮތަށް ހުކުމް ކުރައްވާފައި އެބަ ހުންނެވި އެވެ. އެ ފަނޑިޔާރުން ދެކިވަޑައިގަންނަވަގޮތުގައި އެ ބޭފުޅުން އެއް މައްސަލައެއްގައި ދުވާލަކު ގޮތަކަށް ހުކުމްތައް ނެރުއްވިނަމަވެސް އެކަމާއި ގުޅޭ މައްސަލައެއް ނުބެލޭނެ އެވެ. އެއިން ފަނޑިޔާރަކާ ނުކުޅެވޭނެ އެވެ. އެބޭފުޅުން ހަމަ ހުކުމްތައް ކުރައްވާނެގޮތަކަށް ކުރައްވަން ދޫކޮށްލައިގެން، ރައްޔިތުންނާއި، މުއައްސަސާތަކުން ތިބެންޖެހޭނީ އަތް އުރާލައިގެންނެވެ. އެއީ އެބޭފުޅުންގެ ބޮޑާކަމާއެކު ދެކިވަޑައިގަންނަވާ ގޮތްތަކެވެ.

ގޮތް ނުދޫކުރެއްވުމުގައި ހުންނެވި ފަނޑިޔާރެއްގެ ނިމުމުގެ ރަތް ސިގްނަލް ލިބުނުއިރު މިއަދުގެ ހަޤީޤަތަކީ ޑރ. އަހުމަދު އަބްދުﷲ ދީދީއަކީ ރާއްޖޭގެ ސުޕްރީމް ކޯޓުގެ ހަޔާތުގައި އެންމެ ކުރު މުއްދަތެއްގައި އުއްތަމ ފަނޑިޔާރުކަން ކުރައްވާ، އެންމެ ހުތުރުގޮތަކަށް ނިމުން އަންނަ އުއްތަމަ ފަނޑިޔާރަށް ވެވަޑައިގަތުމެވެ. މުޅި ނިޒާމް އެ އުއްތަމަ ފަނޑިޔާރަކަށް މަލާމަތް ކުރައްވާ ފަނޑިޔާރެއްގެ ގޮތުގައި ޑރ. އަހުމަދު އަބްދުﷲ ދީދީގެ ފަނޑިޔާރުކަމަށް ނިމުން އަންނަކަމެވެ. ހަމައެހެންމެ ޑރ. އަހުމަދު އަބްދުﷲ ދީދީގެ ފަނޑިޔާރުކަމުގެ ނިމުން އައިސްފައިމިވަނީ ދެންވެސް ތިއްބެވި ފަނޑިޔާރުން އެތަށް ބައިވަރު އިބުރަތުން ފުރިގެންވާ މެސެޖުތަކެއްވެސް ދެމުންނެވެ.

އިތުރަށް ކިޔާލަން

03 މެއި 2018

ހޯދަންވީ ބަޔާންތައް ލީކުކޮށްލި މީހުންނެއް ނޫނެވެ، ފަނޑިޔާރުގެތަކުން ބޭރުކުރަންވީ ހުތުރު ގާޒީންނެވެ.

03 މެއި 2018
ހޯދަންވީ ބަޔާންތައް ލީކުކޮށްލި މީހުންނެއް ނޫނެވެ، ފަނޑިޔާރުގެތަކުން ބޭރުކުރަންވީ ހުތުރު ގާޒީންނެވެ.
17 އެޕްރީލު 2018

ފަސް ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރަކަށް ރިޝްވަތުދީގެން އަމުރު ނެރުން، ބޮޑު ޖޯކެއް؟

17 އެޕްރީލު 2018
ފަސް ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރަކަށް ރިޝްވަތުދީގެން އަމުރު ނެރުން، ބޮޑު ޖޯކެއް؟
19 ފެބުރުއަރީ 2018

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!

19 ފެބުރުއަރީ 2018
އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!
06 ފެބުރުއަރީ 2018

ކުއްލި ހާލަތު އިއުލާނުކުރީ އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދު ޖަވާބުދާރީ ނުކުރެވިގެން: ރައީސް ޔާމީން

06 ފެބުރުއަރީ 2018
ކުއްލި ހާލަތު އިއުލާނުކުރީ އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދު ޖަވާބުދާރީ ނުކުރެވިގެން: ރައީސް ޔާމީން
02 ފެބުރުއަރީ 2018

ފަސް ފަނޑިޔާރުންގެ ހިތްވަރުގަދަ ފިޔަވަޅު

02 ފެބުރުއަރީ 2018
ފަސް ފަނޑިޔާރުންގެ ހިތްވަރުގަދަ ފިޔަވަޅު
13 ޖެނުއަރީ 2018

އިންޑިޔާގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ކިބައިން ހިތްވަރު ލިބިގަތުން

13 ޖެނުއަރީ 2018
އިންޑިޔާގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ކިބައިން ހިތްވަރު ލިބިގަތުން
19 ނޮވެމްބަރު 2017

ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު މަޤާމުން އަޒުލުކުރަންޖެހޭ!

19 ނޮވެމްބަރު 2017
ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު މަޤާމުން އަޒުލުކުރަންޖެހޭ!
24 މެއި 2017

ފަސް ފަނޑިޔާރުންގެ އަތްޕުޅަށް މުޅި ދައުލަތް، "ޖުޑިޝަލް ޑިކްޓޭޓާޝިޕް" އަކަށް؟!

24 މެއި 2017
ފަސް ފަނޑިޔާރުންގެ އަތްޕުޅަށް މުޅި ދައުލަތް، "ޖުޑިޝަލް ޑިކްޓޭޓާޝިޕް" އަކަށް؟!
13 އެޕްރީލު 2017

ފުޓްސަލް އާއި ފުޓުބޯޅަ ވަކިކުރަންވީތަ؟ ނުވަތަ ފުޓްސަލް މުބާރާތްތައް އޮފް ސީޒަނަށް ބަދަލުކުރަންވީތަ؟

13 އެޕްރީލު 2017
ފުޓްސަލް އާއި ފުޓުބޯޅަ ވަކިކުރަންވީތަ؟ ނުވަތަ ފުޓްސަލް މުބާރާތްތައް އޮފް ސީޒަނަށް ބަދަލުކުރަންވީތަ؟
26 މާރިޗު 2017

މަސީޙު މަޤާމުން ދުރުކުރުމަކީ ޤައުމީ ވާޖިބެއް!

26 މާރިޗު 2017
މަސީޙު މަޤާމުން ދުރުކުރުމަކީ ޤައުމީ ވާޖިބެއް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު