Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓު

އެމެރިކާ ގައި ވެސް އުއްތަމަ ފަނޑިޔާރެކެވެ. ރާއްޖޭ ގައި ވެސް އުއްތަމަ ފަނޑިޔާރެކެވެ.

މިހާރު ގިނަ ދިވެހިންގެ މެދުގައި އުފެދޭ ސުވާލަކީ، އަދުލު އިންސާފުގެ ވެރިޔާ ނުވަތަ އެ ބޭރުގެ ވެރިޔާ، އުއްތަމަ ފަނޑިޔާރު ކޮބައި ހެއްޔެވެ؟

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 7 މެއި 2025 | ބުދަ 06:36
ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު އަދި ދިވެހި ރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛް އަޙުމަދު މުއުތަސިމް އަދުނާން

ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު އަދި ދިވެހި ރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛް އަޙުމަދު މުއުތަސިމް އަދުނާން

މި ވާހަކަ ދައްކާލަން ވެއްޖެ ކަމަށް އަޅުގަނޑުގެ ޟަމީރު ޤަބޫލު ކޮށްފި އެވެ. ރާއްޖޭ ގައި މިހާރު ހިނގަމުން މި އަންނަ ކަންތައްތަކުގެ ސަބަބުން، ލައްކަ އެއްޗެހި ހިތަށް އަރައި، ފައިބަމުން ދެ އެވެ.

ޚާއްސަކޮށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒުގެ ސަރުކާރުން، ރާއްޖޭގެ ޝަރުއީ ދާއިރާ އަށް އިންތިހާ އަށް ނުފޫޒު ފޯރުވަމުން ދާއިރު، މިއީ ހުސް އިއްތިފާގު ކަމަށް އަޅުގަނޑު އަދި ގިނަ ދިވެހިން ވެސް ޤަބޫލެއް ނުކުރެ އެވެ.

އަޅުގަނޑުމެން ރާއްޖެ ވެސް މިއޮތީ ޑިމޮކްރަސީ ގައި ދޮންވެ ފައްކާވެފަ އެވެ. މި ނިޒާމުގެ ތެރޭގައި ހުރި ހުރިހާ ސިފަތަކެއް އަޅުގަނޑުމެން ވެސް މި ތިބީ ޤަބޫލު ކޮށްގެންނެވެ. އެހެނީ، ތިން ބާރު ވަކިވެފައިވާ ނިޒާމެއް އަޅުގަނޑުމެން ޤަބޫލު ކުރީ މެވެ. ވެރިކަން ކުރާ ބާރާއި، ޤާނޫނު ހަދާ ބާރު އަދި އަދުލު އިންސާފުގެ ބާރު މިއީ، ދުވަހަކު އެއް ކޮށްގެން ނުވާނެ ތިން ބާރެވެ.

ކޮންމެ ބާރެއްގައި ވެސް ވެރިޔަކު ހުންނަނީ، ނަމަކަށް ނޫނެވެ. އަޅުގަނޑުމެންގެ ޤާނޫނު އަސާސީން އެ ބޭފުޅުންނަށް ބާރުތަކެއް ދީފައިވެ އެވެ. މަސްއޫލިއްޔަތު ތަކެއް ހަވާލުކޮށްފައިވެ އެވެ. އިމްތިޔާޒު ތަކެއް ވެސް ލިބިދީފައި އޮވެ އެވެ. ވެރިކަމުގައި ބާރުގައި ރައީސުލްޖުމްހޫރިއްޔާ އެވެ. ޤާނޫނު ހަދާ ބާރުގައި މަޖިލީހުގެ ރައީސެވެ. އަދުލު އިންސާފުގެ ބާރުގައި އުއްތަމަ ފަނޑިޔާރެވެ.

މިއީ ނިޒާމު އެތުރިފައި އޮތް ގޮތެވެ. މިހާރު ގިނަ ދިވެހިންގެ މެދުގައި އުފެދޭ ސުވާލަކީ، އަދުލު އިންސާފުގެ ވެރިޔާ ނުވަތަ އެ ބާރުގެ ވެރިޔާ، އުއްތަމަ ފަނޑިޔާރު ކޮބައި ހެއްޔެވެ؟

އޭގެ ކުރިން ކުޑަ ވާހަކައެއް ފާހަގަ ކޮށްލާނަމެވެ.

އެމެރިކާގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ޑީޕޯޓު ކުރުމުގެ މައްސަލައިގައި އެ ޤައުމުގެ ފަނޑިޔާރު ޖޭމްސް ބާސްބާގު އަމުރެއް ނެރުއްވި އެވެ. އެއާއެކު ޑީޕޯޓު ކުރާ މީހުން އުފުލަން ޝެޑިއުލް ކޮށްފައިވާ ފްލައިޓުތައް ސަސްޕެންޑު ކުރުމަށް އަމުރު ކުރެއްވި އެވެ.

އެއާއެކު، އެ ފަނޑިޔާރާ ދެކޮޅަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވާހަކަ ދެއްކެވި އެވެ. އެ ފަނޑިޔާރު މަގާމުން ވަކި ކުރަން ޖެހޭ ކަމަށް، ޓްރަމްޕާއި، އޭނާގެ ސަރުކާރު އަދި ޕާޓީގެ މެމްބަރުން ވެސް ގޮވާލަމުން ދިޔަ އެވެ.

އެހެން ނަމަވެސް، ޓްރަމްޕާ ދެކޮޅަށް އެމެރިކާގެ އުއްތަމަ ފަނޑިޔާރު ޖޯން ރޮބާޓްސް ނިކުންނަވައި، ފަނޑިޔާރުން އަދި ޝަރުއީ ދާއިރާގެ ދިފާއުގައި ވާހަކަ ދެއްކެވި އެވެ.

އުއްތަމަ ފަނޑިޔާރު ރޮބާޓްސްގެ ބަޔާނު ގައި ވިދާޅުވީ، ޝަރުއީ ދާއިރާ ނުވަތަ ޖުޑިޝަރީ އިން ނިންމާ ނިންމުންތަކާ މެދު އުފެދޭ ޚިޔާލު ތަފާތުވުން ތަކުގައި، ފަނޑިޔާރުން ވަކި ކުރުމަކީ ރަނގަޅު ގޮތް ނޫން ކަމަށެވެ. އަދި އެކަން އެގޮތަށް ކަނޑައަޅާފައި އޮންނަތާ 200 އަހަރަށް ވުރެ ގިނަ ވެފައިވާ ކަމަށް ވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވެފައިވެއެވެ.

ދެން ރާއްޖޭގައި މިހާރު މި ހިނގަމުން އަންނަ ކަންތައްތަކަށް ބަލާލާނަމެވެ. ސަރުކާރުގެ ނުފޫޒު ޝަރުއީ ދާއިރާ އަށް ފޯރުވަމުން އެ ދަނީ އެއްވެސް އިމެއް، އަދި މިނެއް ނެތި އެވެ.

ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓަކީ އެންމެ މަތީ ކޯޓު ކަމަށްވާ އިރު، އެއީ އެންމެ ފަހު ބަސް ބުނަން އޮތް ކޯޓެވެ. އެ ކޯޓުގެ މަސައްކަތް ހުއްޓުވާލައި، ކޯޓުގައި ތަޅު އަޅުވާފައި ބާއްވައިގެން، ޝަރުއީ ނިޒާމު ޕެރަލައިޒް ކޮށްލުމަށް ވުރެ ބޮޑު ކަމެއް ރާއްޖޭގެ ޝަރުއީ ޙަޔާތުގައި ވެސް ހިނގާނެ ހެއްޔެވެ؟

ސަރުކާރުން ޤާނޫނަށް ގެނައި އިސްލާޙެއް ބާތިލު ކުރުމަށް ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅާފައި ވަނިކޮށް، ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ކުއްލި ގޮތަކަށް ސަސްޕެންޑު ކުރި އެވެ.

ސަރުކާރުން ބޭނުންވާހާ ގޮތަކަށް، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ މެމްބަރުން ބަދަލުކޮށް، ޖޭއެސްސީ އަތުރާލަމުން ގެންދިޔައީ އެވެ. ސީދާ ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާފައި ހުންނެވި ބަންޑާރު ނައިބު، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރައްވައިފި އެވެ.

އެކަމާ ދެކޮޅު ހެއްދެވުމުގެ ގޮތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރަކު އިސްތިއުފާ ދެއްވައިފި އެވެ. އެ ބޭފުޅާގެ އިސްތިއުފާގެ ސިޓީގައި އޮތީ ކުޑަ ވާހަކައެއް ނޫނެވެ. އަމުދުން އާދައިގެ ވާހަކަ އެއް ވެސް ނޫނެވެ. ސީދާ ރައީސުލްޖުމްހޫރިއްޔާ އާއި ސަރުކާރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރި ކަމަށް ވިދާޅުވެ، އެކަމާ އިހުތިޖާޖު ކުރެއްވުމުގެ ގޮތުން އިސްތިއުފާ ދެއްވީ އެވެ.

މި ހުރިހާ ކަމެއް ހިނގަމުންދާއިރު، ޝަރުއީ ދާއިރާގެ އެކި އެކި ބޭބޭފުޅުން ގެންދަވަނީ މިކަމުގެ ކަންބޮޑުވުން ފާޅު ކުރައްވަމުންނެވެ. ރާއްޖޭގައި މިހާރު އަމަލު ކުރަމުން އަންނަ ފެހި ޤާނޫނު އަސާސީ އެކުލަވާލައި، ޑްރާފްޓު ކުރެއްވި ބޭފުޅުންނާއި، ކުރީގެ އުއްތަމަ ފަނޑިޔާރުންނާއި، ކުރީގެ ޕްރޮސިކިއުޓަރ ޖެނަރަލުންނާއި، ކުރީގެ ފަނޑިޔާރުން އަދި ގާޒީން ވެސް ގެންދަވަނީ ސަރުކާރުގެ މި އަމަލުތަކަށް ފާޑު ވިދާޅު ވަމުންނެވެ.

އެކަމަކު، އަދި ވެސް މި ކަމުގައި ބަސް ވިދާޅުވާން ޖެހޭ ބޭފުޅާ ހުންނެވީ ހަނު އެވެ. އަދުލު އިންސާފުގެ ވެރިޔާ އެވެ. އުއްތަމަ ފަނޑިޔާރެވެ. ޝަރުއީ ދާއިރާ އަށް ލިބޭ ކޮންމެ ގެއްލުމެއްގައި އެ ބޭފުޅާ ބަސް ވިދާޅުވާން ޖެހޭނެ އެވެ.

ހަމައެކަނި މިއަދަކު ނޫނެވެ. އަބަދު ވެސް އެކަން އޮންނަން ވާނީ އެހެންނެވެ. ކުއްލި އަކަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ތަކެއްގެ މައްސަލަ ބަލައި، ސަސްޕެންޑު ކޮށްފައި ތިބޭތާ އެތައް ދުވަހެއް ވެއްޖެ އެވެ. ކުޑަ މިނުން އެ މައްސަލައިގެ ތަހުގީގު ގޮސްފައި އޮތީ ކިހާ ހިސާބަކަށްތޯ، ނުވަތަ އެ ތަހުގީގު ކުރިއަށްދޭތޯ އުއްތަމަ ފަނޑިޔާރަށް ބެއްލެވޭނެ ކަމަށް ޤާނޫނީ ބޭފުޅުން ވިދާޅުވެއެވެ.

އެހެނީ އެ ފަނޑިޔާރުންގެ މަސްލަހަތަށް ވުރެ، އެ ފަނޑިޔާރުން ނެތުމުގެ ސަބަބުން ގެއްލިގެންދާ ރައްޔިތުންގެ ޙައްޤުތައް ގިނަ އެވެ. އެންމެ މަތީ ކޯޓުން ދުސްތޫރީ މައްސަލައެއް ބެލޭނެ ގޮތެއް ނެތެވެ. މަރުގެ މައްސަލައެއް ބެލޭނެ ގޮތެއް ނެތެވެ. އެންމެ ބޮޑެތި މައްސަލަތައް އެ ވަނީ މަތި މައްޗަށް ފުނިޖެހިފަ އެވެ.

ޤާނޫނީ ގޮތުން އުއްތަމަ ފަނޑިޔާރަކީ، ޝަރުޢީ ނިޒާމުގެ މިނިވަންކަމާއި މުސްތަޤިއްލުކަން ހިފެހެއްޓުމުގެ މަސްއޫލިއްޔަތު، ފަނޑިޔާރުންގެ ޤާނޫނުން މަތިކޮށްފައިވާ ފަރާތެވެ. ޤާނޫނުގެ ވެރިކަން ނަގަހައްޓައި، ހިމާޔަތްކޮށް، ކުރިއެރުވުމަށާއި ރައްޔިތުންގެ ސަލާމަތާއި، ރައްޔިތުންގެ މަންފާ އާއި، ޢާންމު މަޞްލަޙަތު ދިފާޢު ކުރަން މަސައްކަތް ކުރުމަކީ ވެސް ޤާނޫނު އެމަނިކުފާނާ ޙަވާލު ކުރައްވާފައިވާ މަސްއޫލިއްޔަތެކެވެ.

ވަކިން ޚާއްސަކޮށް، މިހާ ހާމަކަން ބޮޑު ގޮތެއްގައި ސުޕްރީމް ކޯޓު އަދި މުޅި ޝަރުއީ ނިޒާމަށް ސަރުކާރުން ނުފޫޒޯ ފޯރުވައި، އެންމެ މަތީ ކޯޓުގެ މަސައްކަތް ހުއްޓުވާލާފައި އޮތްއިރު، ޝަރުއީ ދާއިރާގެ ޙައްގުގައި އުއްތަމަ ފަނޑިޔާރަށް ބަސް ވިދާޅު ނުވެވެނީ ކީއްވެ ހެއްޔެވެ؟

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ރާއްޖޭގައި މޫނު ބުރުގާ އެޅުން މަނާ ކުރެވިދާނެތަ!

ރާއްޖޭގައި މޫނު ބުރުގާ އެޅުން މަނާ ކުރެވިދާނެތަ!

31 ޖެނުއަރީ 2017
ސަރުކާރުގެ ތެރޭގައި ކޮރަޕްޝަނަށް ޖަގާ އެބައޮތް ހެއްޔެވެ؟

ސަރުކާރުގެ ތެރޭގައި ކޮރަޕްޝަނަށް ޖަގާ އެބައޮތް ހެއްޔެވެ؟

29 ޖެނުއަރީ 2017
ޖެނުއަރީގައި ހިނގަފާނެ ކަމަށް ބެލެވޭ އެންމެ ހައިރާންކުރަނިވި ފަސް ޓްރާންސްފާ!

ޖެނުއަރީގައި ހިނގަފާނެ ކަމަށް ބެލެވޭ އެންމެ ހައިރާންކުރަނިވި ފަސް ޓްރާންސްފާ!

28 ޖެނުއަރީ 2017
މާލެއެއް ނޫން، އެކަމަކު ދިރިއުޅެނީ ކުދި ގޮޅިތަކުގައި

މާލެއެއް ނޫން، އެކަމަކު ދިރިއުޅެނީ ކުދި ގޮޅިތަކުގައި

25 ޖެނުއަރީ 2017
ކިތަންމެ އަނިޔާއެއް ކުރިނަމަވެސް ރާއްޖޭޓީވީގެ ނޫސްވެރިން ފަހަތަކަށް ނުޖެހޭނެ

ކިތަންމެ އަނިޔާއެއް ކުރިނަމަވެސް ރާއްޖޭޓީވީގެ ނޫސްވެރިން ފަހަތަކަށް ނުޖެހޭނެ

23 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

20 މާރިޗު
ވިލާ ގުރޫޕް ރިސޯޓް ތަކުގެ މަސައްކަތްތެރިންނަށް ސާވިސްޗާޖު ނުދޭނަމަ މުޒާހަރާއަށް ނުކުތުމަށް ގޮވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ވިލާ ގުރޫޕް ރިސޯޓް ތަކުގެ މަސައްކަތްތެރިންނަށް ސާވިސްޗާޖު ނުދޭނަމަ މުޒާހަރާއަށް ނުކުތުމަށް ގޮވާލައިފި

އެމެރިކާ ކޯޗުގެ ދެމަފިރިންގެ ހިތް ދެވުނީ ހުރަޔަށް، ރާއްޖޭގެ އެހެން ޓީމަކަށް ނުދާނެ
20242 އަހަރު ކުރިން
މީހުން

އެމެރިކާ ކޯޗުގެ ދެމަފިރިންގެ ހިތް ދެވުނީ ހުރަޔަށް، ރާއްޖޭގެ އެހެން ޓީމަކަށް ނުދާނެ

މީހުން ގެއްލުން: ހީކުރާ ވަރަށްވުރެ ސީރިއަސް!
20233 އަހަރު ކުރިން
ރިޕޯޓު

މީހުން ގެއްލުން: ހީކުރާ ވަރަށްވުރެ ސީރިއަސް!

100 ކިލޯ ޑްރަގް މައްސަލަ: މިއަދު ކުރިއަށް ގެންދެވުނީ ދައުވާ ލިބޭ 2 ބިދޭސީންގެ ބައި އެކަނި
20224 އަހަރު ކުރިން
ރާއްޖެ

100 ކިލޯ ޑްރަގް މައްސަލަ: މިއަދު ކުރިއަށް ގެންދެވުނީ ދައުވާ ލިބޭ 2 ބިދޭސީންގެ ބައި އެކަނި

ނަޝީގެ އުފަންދުވަހާ ދިމާކޮށް ބޮޑު ސަޕްރައިޒެއް!
20215 އަހަރު ކުރިން
ރިޕޯޓު

ނަޝީގެ އުފަންދުވަހާ ދިމާކޮށް ބޮޑު ސަޕްރައިޒެއް!

އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން
20197 އަހަރު ކުރިން
ރާއްޖެ

އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން

ރައީސް މައުމޫންގެ ވަކީލް ފައިސަލް މިއަދު ކޯޓަށް ހާޒިރު ކުރަނީ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް މައުމޫންގެ ވަކީލް ފައިސަލް މިއަދު ކޯޓަށް ހާޒިރު ކުރަނީ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު