Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

މުހައްމަދު ސަލީމް - އުއްތަމަ ފަނޑިޔާރު ކަމަށް!

އެކި އެކި މަސްދަރުތަކުން އެނގިފައިވާ ގޮތުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަލީމް އައްޔަން ކުރެއްވުމަށް ރައީސް މުޢިއްޒު ކޮންމެހެން ވެސް ބޭނުންފުޅުވެ އެވެ. އަދި އުއްތަމަ ފަނޑިޔާރު ރިޓަޔާ ކުރެއްވުމާ އެކު، އުއްތަމަ ފަނޑިޔާރު ކަމަށް ވެސް ސަލީމް ގެންނަން ރައީސް މުޢިއްޒު މިހާރު ބޭނުންފުޅުވާ ކަމަށް އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ލިބިފައިވެއެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 8 ޖޫން 2025 | އާދީއްތަ 08:03
ހައި ކޯޓުގެ ފަނޑިޔާރު މުޙައްމަދު ސަލީމް، ސުޕްރީމް ކޯޓަށް އައްޔަން ކުރުމަށް އޭނާގެ ނަން ވަނީ މަޖިލީހަށް ފޮނުވާފައި

ހައި ކޯޓުގެ ފަނޑިޔާރު މުޙައްމަދު ސަލީމް، ސުޕްރީމް ކޯޓަށް އައްޔަން ކުރުމަށް އޭނާގެ ނަން ވަނީ މަޖިލީހަށް ފޮނުވާފައި

ދިވެހި ރާއްޖޭގެ އެންމެ މަތީ ކޯޓަކީ ސުޕްރީމް ކޯޓެވެ. އެއީ އަދުލު އިންސާފު ޤާއިމު ކުރުމުގެ އެންމެ ފަހު ބަސް ބުނުމުގެ ޙައްގު އޮތް ކޯޓެވެ. ތިން ބާރު ވަކިވެފައިވާ ނިޒާމުގެ އެއް ބާރެވެ. ސުޕްރީމް ކޯޓުގައި އޮތީ ހަތް ފަނޑިޔާރުންގެ ބެންޗެކެވެ. އެއީ އުއްތަމަ ފަނޑިޔާރުގެ އިތުރުން ހަ ފަނޑިޔާރުންނެވެ.

މިވަގުތު ދިވެހި ރާއްޖޭގެ އުއްތަމަ ފަނޑިޔާރު ކަމުގެ މަގާމުގައި ހުންނެވީ އަޙުމަދު މުއުތަސިމް އަދުނާން އެވެ. އެ މަޤާމަށް މުއުތަސިމް އައްޔަން ކުރެއްވީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ އަށް ވަނަ ދުވަހު، އޭރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު އެވެ.

ނަމަވެސް، ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކާ މެދު އަމަލު ކުރެވެމުން ދިޔަ ގޮތާ މެދު އަދި އަދުލު އިންސާފުގެ ތެރެއަށް ސަރުކާރުން ނުފޫޒު ފޯރުވަމުން ގެންދާ ކަމުގެ އެތައް ތުހުމަތެއް ކުރެވެމުންދާ އިރު އެކަމާ ހަނު ހުންނެވުމާ ގުޅިގެން އާންމުންގެ ފާޑުކިޔުން އަމާޒުވެފައިވާ މިހާރުގެ އުއްތަމަ ފަނޑިޔާރު މުއުތަސިމް ވަނީ މަގާމުން ރިޓަޔާ ކުރެއްވުމަށް އަމިއްލަ އަށް ހުށަހަޅުއްވާފައި އެވެ. ނަމަވެސް މިހާތަނަށް އެކަމާ މެދު އޮތީ ވަކި ގޮތެއް ނުނިމި އެވެ. އެއާއެކު، ދެން އޮތް ސުވާލަކީ މުއުތަސިމް ރިޓަޔާ ކުރެއްވުމާ އެކު، ދެން އުއްތަމަ ފަނޑިޔާރު ކަމަށް ވަޑައިގަންނަވާނީ ކޮން ބޭފުޅެއްތޯ އެވެ؟

އެކި އެކި މަސްދަރުތަކުން ލިބިފައިވާ މައުލޫމާތުގެ އަލީގައި މިހާތަނަށް އެނގެން ހުރި ވާހަކަތައް ހިއްސާކޮށްލާނަމެވެ.

ރައީސް މުޢިއްޒު އެންމެ ފުރަތަމަ ބޭނުންފުޅުވީ އައްބާސް!

އެނގިފައިވާ ގޮތުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް، އަދި އުއްތަމަ ފަނޑިޔާރު ކަމަށް ގެންނަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު ބޭނުންފުޅުވީ، މިހާރު ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ)ގެ މަޤާމުގައި ހުންނެވި އައްބާސް ޝަރީފް އެވެ. ޕީޖީ ކަމުގެ މަޤާމަށް ރައީސް މުޢިއްޒު، އައްބާސް އައްޔަން ކުރެއްވީ 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހު އެވެ. އޭގެ ކުރިން އައްބާސް ހުންނެވީ ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ލީގަލް ސެކްރެޓަރީގެ މަގާމުގަ އެވެ. އެ މަޤާމަށް ވެސް އައްބާސް އައްޔަން ކުރެއްވީ ރައީސް މުޢިއްޒު އެވެ.

އިތުބާރު ހުރި މަސްދަރުތަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި، އުއްތަމަ ފަނޑިޔާރު ކަން އައްބާސް އަށް ހުށަހެޅުއްވުމުން، އައްބާސް ވަނީ އެކަން ޤަބޫލު ނުކުރައްވަން ނިންމަވައިފަ އެވެ. އެކަމާ ގުޅިގެން ކޮންމެ ވެސް ވަރެއްގެ ޚިޔާލު ތަފާތުވުންތަކެއް އުފެދި، "ކުންޏެއް" ޖެހުނު ކަމަށް ވެސް މައުލޫމާތު ލިބިފައިވެ އެވެ.

މީގެ ކުރިން ވެސް އެކި ފަހަރު މަތިން ވަނީ އުއްތަމަ ފަނޑިޔާރު ކަމުގެ މަޤާމަށް އައްބާސް ވަޑައިގަންނަވަން އުޅުއްވާ ވާހަކަ ދެކެވިފަ އެވެ. ނަމަވެސް އައްބާސް ވަނީ އެ ވާހަކަތައް ދޮގު ކުރައްވައިފަ އެވެ.

އައްބާސް ވަނީ މީގެ ކުރިން ދިވެހި ރާއްޖޭގެ ހައި ކޯޓުގެ ފަނޑިޔާރުކަން ވެސް ކުރައްވައިފަ އެވެ. ފަނޑިޔާރު ކަމުން އައްބާސް ރިޓަޔާ ކުރައްވާފައި ވަނީ 2015 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ އެއް ވަނަ ދުވަހު އެވެ.

އުއްތަމަ ފަނޑިޔާރަކަށް ސަލީމް؟

ހައި ކޯޓުގެ ފަނޑިޔާރު ކަމުގައި މިހާރު ހުންނެވި މުޙައްމަދު ސަލީމް ވަނީ ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަޤާމަށް ކުރިމަތިލައްވައިފަ އެެވެ. ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ އިންޓަވިއު އިން ވެސް އެންމެ ކުރި ހޯއްދެވީ ސަލީމް އެވެ. އަދި ޖޭއެސްސީ އިން ވަނީ ސުޕްރީމް ކޯޓަށް ސަލީމް އައްޔަން ކުރުމަށް ރައީސް މުޢިއްޒު އަށް ލަފާ އަރުވައިފަ އެވެ.

އެއާއެކު، ސުޕްރީމް ކޯޓަށް އައްޔަން ކުރުމަށް ރައީސް މުޢިއްޒު، ރައްޔިތުންގެ މަޖިލީހަށް ނަން ފޮނުއްވި ބޭފުޅުންގެ ތެރޭގައި ވެސް އިސްކަމެއް ދެއްވީ ސަލީމް އަށެވެ. އެ މައްސަލަ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީ އަށް ފޮނުވި އިރު، މިދިޔަ ބުދަ ދުވަހު ވަނީ ސަލީމް ސުޕްރީމް ކޯޓަށް އައްޔަން ކުުރެއްވުމަށް ކޮމެޓީ އިން ފާާސްކޮށްފަ އެވެ.

ދިވެހި ރާއްޖޭގެ ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ސަލީމް އައްޔަން ކުރެއްވީ 2022 ވަނަ އަހަރުގެ އޭގެ ކުރިން ސަލީމް ވަނީ ހައި ކޯޓުގެ ލީގަލް އޮފިސަރުގެ މަގާމުގައި 12 އަހަރު ހޭދަ ކުރައްވައިފަ އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަލީމްގެ ޝަރުތު ހަމަ ނުވާ ކަަމަށް ބުނެ ޖޭއެސްސީ ގައި ހޫނު ބަހުސެއް ކުރިއަށް ދިޔަ އެވެ. ގާނޫނު އަސާސީގެ 149 ވަނަ މާއްދާގެ (ނ) ގައި ބަޔާން ކޮށްފައި ވަނީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރާ މީހަކީ އުމުރުން 30 އަހަރުވެފައިވާ މީހަކަށް ވާން ޖެހޭ ކަމަށެވެ. އަދި ހަމަ އެެހެންމެ ފަނޑިޔާރު ކަމުގައި ނުވަތަ ޤާނޫނީ ވަކީލު ކަމުގައި ނުވަތަ މި ދެ ކަމުގައި މަދުވެގެން ހަތް އަހަރު ދުވަހުގެ ތަޖުރިބާ ހުރި މީހަކަށް ވާން ޖެހޭ ކަމަށެވެ.

ނަމަވެސް، ސަލީމް ފަނޑިޔާރުކަން ކުރައްވާތާ މިއީ ތިން ވަނަ އަހަރެވެ. އަދި މިހާތަނަށް އެއްވެސް ކޯޓަކަށް ވަޑައިގެން ސަލީމް ވަކާލާތު ކުރައްވާފައި ނެތެވެ. އެކަން އޭނާ ވަނީ ޖޭއެސްސީގެ އިންޓަވިޔުގައި ވެސް ބުނެފަ އެވެ. ނަމަވެސް ޖޭއެސްސީ އިން ނިންމީ ވަކީލު ކަމުގެ ހުއްދަ އަށް ހަތް އަހަރުވެއްޖެ ނަމަ، ފަނޑިޔާރު ކަމަށް ޝަރުތު ހަމަވާނެ ކަމަށެވެ.

އެކި އެކި މަސްދަރުތަކުން އެނގިފައިވާ ގޮތުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަލީމް އައްޔަން ކުރެއްވުމަށް ރައީސް މުޢިއްޒު ކޮންމެހެން ވެސް ބޭނުންފުޅުވެ އެވެ. އަދި އުއްތަމަ ފަނޑިޔާރު ރިޓަޔާ ކުރެއްވުމާ އެކު، އުއްތަމަ ފަނޑިޔާރު ކަމަށް ވެސް ސަލީމް ގެންނަން ރައީސް މުޢިއްޒު މިހާރު ބޭނުންފުޅުވާ ކަމަށް ބުނާ އަޑު އިވެ އެވެ.

އެގޮތުން ސަލީމް އަކީ ރައީސް މުޢިއްޒު އަށް "ލޯޔަލް" ބޭފުޅެއް ކަމަށާއި، އެ މަގާމަށް ސަލީމް ގެންނަން ކޮންމެހެން ވެސް ރައީސް މުޢިއްޒު ބޭނުންފުޅުވާ ކަމަށް، މިކަމުގެ މައުލޫމާތު އިނގޭ މީހަކު ބުންޏެވެ. އަދި އެއީ ސަލީމް އާއި ރައީސް މުޢިއްޒުއާ ދެމެދު ހެދުނު ވަރުގަދަ "ޑީލެއް"ގެ ދަށުން ކުރިއަށްދާ ކަމެއް ކަމަށް ވެސް އޭނާ ބުންޏެވެ.

އެހެންކަމުން އުއްތަމަ ފަނޑިޔާރު ކަމަށް ވެސް ސަލީމް ވަޑައިގެންެނެވުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށް އޭނާ ވަނީ ފާހަގަ ކޮށްފަ އެވެ.

އިތުރު ޑީލްތަކެއް ވެސް އޮތް!

މިއީ ކުޑަ ޑީލެއް ނޫން ކަމަށް ބުނެ އެވެ. އެއީ ހަމައެކަނި ސުޕްރީމް ކޯޓަށް ސަލީމް އައްޔަން ކުރުމާ ހަމައިން ނިމެން އޮތް ކަމެއް ވެސް ނޫނެވެ. މީގެ ފުރަތަމަ "ޑީލް" މިހާރު އޮތީ ފުރިހަމަވެ ނިމިފައި ކަމަށް އޭނާ ބުންޏެވެ.

އެއީ ސަލީމްގެ އެއްބަނޑުއެއްބަފާ ބޭބެ ރައްޔިތުންގެ މަޖިލީހަށް އިންތިޚާބު ކޮށްދިނުމެވެ. ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ ބިލެތްދޫ ދާއިރާގެ މެމްބަރު އަޙުމަދު އަސްލަމް އަކީ، ފަނޑިޔާރު ސަލީމްގެ ބޭބެ އެވެ.

މައުލޫމާތު ހިއްސާ ކުރި މީހާ ބުނު ގޮތުގައި ހައި ކޯޓުގައި އޮތް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމްގެ މައްސަލަ މަޑު ޖައްސާލުމަށް ބޭނުން ކުރެއްވި "ހަތިޔާރަކީ" ފަނޑިޔާރު ސަލީމް އެވެ. އެކަމުގެ ތެރެއިން ފަނޑިޔާރު ސަލީމް ދޮޅު މަސް ދުވަހަށް ވުރެ ގިނަ ދުވަސް ވަންދެން ޗުއްޓީގައި ހުންނެވި އެވެ. ޗުއްޓީ އާއި ސަލާމުގައި ފަނޑިޔާރު ސަލީމް އުޅުއްވީ ބެންކޮކުގައި ކަމަށް ބުނެ އެވެ. މިއީ ރަށު ތެރޭގައި މާ ކުރިން ވެސް ދެކެވޭ ވާހަކަ އެކެވެ.

ބިލެތްދޫ ދާއިރާ އަށް ޕިއެންސީގެ ޓިކެޓުގައި ވާދަ ކުރަން އެންމެ ފުރަތަމަ އޮތީ އަސްލަމެއް ނޫނެވެ. މުޅިން އެހެން "ކެންޑިޑޭޓް" އެކެވެ. ނަމަވެސް، ރައީސް މުޢިއްޒުގެ ކެންޑިޑޭޓުގެ ގޮތުގައި އަސްލަމް ޕީއެންސީގެ ޕްރައިމަރީ އަށް ވަޑައިގެންނެވީ "ސުން ގަޑީ" ގައެވެ. އެއީ މާ ކުރިން ހެދިފައި އޮތް ޑީލެއް ކަމަށް މައުލޫމާތު ހިއްސާ ކުރި މީހާ ބުންޏެވެ.

އެ ޑީލުގައި ވަޑައިގެން ބިލެތްދޫ ދާއިރާގެ ގޮނޑި އަސްލަމް ކާމިޔާބު ކުރެއްވާ އެކު، ޑީލުގެ ފުރަތަމަ މަރުޙަލާ ފުރިހަމަވީ އެވެ. ދެެން އޮތީ ދެން އޮތް ބައެވެ. އެއީ ސުޕްރީމް ކޯޓަށް ސަލީމް އައްޔަން ކުރައްވައި، އުއްތަމަ ފަނޑިޔާރު ރިޓަޔާ ކުރެއްވުމުން އެ މަގާމަށް ވެސް ސަލީމް ގެންނެވުމެވެ.

ސިޔާސީ ކަންކަން އަބަދުމެ އެނބުރޭ ކަމަށްވާއިރު، މިކަން ވެސް އެނބުރުމުގެ ކުޑަ ފުރުސަތެއް އެބަ އޮތެެވެ. ނަމަވެސް ފުރުސަތު ބޮޑީ ޑީލާ އެއް ގޮތަށް ސަލީމް އުއްތަމަ ފަނޑިޔާރު ކަމަށް ވަޑައިގެންނެވުމެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ބާކީ ތިއްބެވި ބޮޑު ތިންފަނޑިޔާރުންގެ އަޖަލު

ބާކީ ތިއްބެވި ބޮޑު ތިންފަނޑިޔާރުންގެ އަޖަލު

07 މެއި 2018
ހޯދަންވީ ބަޔާންތައް ލީކުކޮށްލި މީހުންނެއް ނޫނެވެ، ފަނޑިޔާރުގެތަކުން ބޭރުކުރަންވީ ހުތުރު ގާޒީންނެވެ.

ހޯދަންވީ ބަޔާންތައް ލީކުކޮށްލި މީހުންނެއް ނޫނެވެ، ފަނޑިޔާރުގެތަކުން ބޭރުކުރަންވީ ހުތުރު ގާޒީންނެވެ.

03 މެއި 2018
ފަސް ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރަކަށް ރިޝްވަތުދީގެން އަމުރު ނެރުން، ބޮޑު ޖޯކެއް؟

ފަސް ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރަކަށް ރިޝްވަތުދީގެން އަމުރު ނެރުން، ބޮޑު ޖޯކެއް؟

17 އެޕްރީލު 2018
އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!

19 ފެބުރުއަރީ 2018
ކުއްލި ހާލަތު އިއުލާނުކުރީ އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދު ޖަވާބުދާރީ ނުކުރެވިގެން: ރައީސް ޔާމީން

ކުއްލި ހާލަތު އިއުލާނުކުރީ އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދު ޖަވާބުދާރީ ނުކުރެވިގެން: ރައީސް ޔާމީން

06 ފެބުރުއަރީ 2018

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު