Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޒާވް މެނޭޖްނުކުރެވުން

މި ސަރުކާރަށް މިހާތަނަށް ބޭރުން އެންމެ ޑޮލަރެއް ވެސް ހޯދިފައެއްނުވޭ، ރިޒާވް މެނޭޖްނުކުރެވޭ: ކުރީގެ ފިނޭންސް މިނިސްޓަރު

22 މެއި 2025 | ބުރާސްފަތި 12:36

ވިޔަފާރިތައް ދަށްވެ، ބްލެކް މާކެޓްގައި ޑޮލަރުގެ ރޭޓް ދަނީ މަތިވަމުން

އަމްނާ އިމާދު
އަމްނާ އިމާދު | 22 މެއި 2025 | ބުރާސްފަތި 12:36
ނޫސްވެރިންގެ ބައްދަލުވުމެއްގައި ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވާހަކަދައްކަވަނީ

ނޫސްވެރިންގެ ބައްދަލުވުމެއްގައި ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވާހަކަދައްކަވަނީ

މި ސަރުކާރަށް މިހާތަނަށް ރާއްޖެއިން ބޭރުން އެންމެ ޑޮލަރެއް ވެސް ހޯދިފައިނުވާ ކަމަށާއި، ރިޒާވް މެނޭޖްނުކުރެވޭ ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ޓީވީޓޯކް ޕްރޮގްރާމްގައި އަމީރު ވިދާޅުވީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ޑޮލަރު މާރުކުރުމުގެ ސިޔާސަތުގެ ސަބަބުން އޭގެ ނޭދެވޭ އަސަރު ހުރިހާ ވިޔަފާރިއަކަށް ކުރާނެ ކަމަށާއި، އެކަން މިއަދު ފެންނަމުންދާ ކަމަށެވެ. ވިޔަފާރިތައް ދަށްވެ، ބްލެކް މާކެޓްގައި ޑޮލަރުގެ ރޭޓް މަތިވަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

އަމީރު ވިދާޅުވީ މިސަރުކާރުގައި ޑޮލަރުގެ ރޭޓް ދަށް ނުވާ ކަމަށާއި، ރޭޓް ހުރީ 19.40 ނުވަތަ 19.30 ގައި ކަމަށެވެ. އަދި ދުވަހަކުން ދުވަހެއް ދަނީ މަތިވަމުން ކަމަށާއި، ހާލަތު ދަނީ ގޯހުން ގޯހަށް ކަމަށެވެ. ޓޫރިޒަމް ވިޔަފާރިތަކާއި ޑޮލަރުން އާމްދަނީ ލިބޭ ބޮޑެތި ވިޔަފާރިތަކުގެ އާމްދަނީން ބައެއް މާރުކުރަން މަޖުބޫރުކުރި ފަހުން މިހާތަަނަށް 5 މަސްވެގެންދާއިރު، ރަނގަޅު ނަތީޖާއެއް ނުފެންނަކަމަށް އޭނާ ވިދާޅުވިއެވެ.

މި ސަރުކާރަށް މިހާތަނަށް ރާއްޖެއިން ބޭރުން އެއްވެސް ޑޮލަރެއް ހޯދިފައިނުވާކަން ފާހަގަކުރައްވައި އަމީރު ވިދާޅުވީ ރިޒާވް މެނޭޖްނުކުރެވޭ ކަމަށާއި، ރިޒާވް މެނޭޖުކުރުމަށް ބޭރުގެ އެހީތެރިކަން ބޭނުންވާ ކަމަށެވެ. ޑޮލަރު މާރުގެ ކުރުމުގެ ސިޔާސަތު ބަދަލު ކޮށްފައިވަނީ ސަރުކާރުގެ ބޭނުމަށް ކަމަށާއި، ސަރުކާރުން ކުރިއަށް އޮތްތަނުގައި ރިޒާވްގެ ފައިސާ ބޭނުންކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ ސަރުކާރުގެ ކުންފުނިތަކުން ދަރަނި އަދާކުރުމަށާއި، ސަރުކާރު ކުންފުނިތަކުން ބޭނުންވާ ކަންކަމަށް އެފައިސާ ބޭނުންކުރާނެ ކަމަށެވެ.

އެމްއެމްއޭއިން ކުރިން މާރުކުރަމުން އައީ 60 ޕަސެންޓް. މިހާރު އިތުރަށް 30 ޕަސެންޓް. 90 ޕަސެންޓަށް މާރުކުރާ ގޮތަށް ބަދަލުކުރީ. އެހެންވީމަ އަޅުގަނޑަށް ގަބޫލުކުރެވެނީ އަސްލު އެއްކަމަކަށް ސަރުކާރަށް ބޭރުން ފަންޑިންގ ނުލިބިގެން ރިޒާވް މެނޭޖްކުރަން ދަތިތަކެއް ހުރީމަ އެމްއެމްއޭއިން ގެނެވުނު ބަދަލެއް. އެންމެ ފުރަތަމަ އެންމެ މުހިންމު ކަމަކީ މިހާތަނަށް 2 އަހަރުވެގެންދާއިރު ސަރުކާރަށް ބޭރުން އެންމެ ޑޮލަރެއް ވެސް ގެނެވިފައިނުވޭ ރިޒާވް މެނޭޖްކުރަން. މިދިޔަ ހުރިހާ އަހަރުތަކެއްގައި ވެސް ރާއްޖޭގެ ރިޒާވް މެނޭޖްކުރަން އެންމެ މުހިންމު އެއްކަމަކަށްވޭ ސަރުކާރުތަކުން ބޭރުން ގެންނަ ފައިސާ ހަމަ އަޅުގަނޑުމެންގެ ސަރުކާރުގައި ވެސް ރައީސް ޔަމީންގެ ސަރުކާރުގައި ވެސް އަދި އޭގެ ކުރީ ސަރުކާރުތަކުގައި ވެސް ރިޒާވް މެނޭޖްކުރަން ބޭރުން ސަރުކާރުން ގެންނަ ފައިސާއަކީ ވަރަށް މުހިންމު ފައިސާއަކަށްވެގެންދޭ. އެކަމަކު މިހާތަނަށް މިސަރުކާރުން އެންމެ ޑޮލަރެއް ވެސް ނުގެނެވޭ.
ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު

އަމީރު ވިދާޅުވީ މިސަރުކާރުގައި ކުރިއަށް އޮތްތަނުގައި ވިޔަފާރިތަކަށް ވަރަށް ދަތިވާނެ ކަމަށާއި، އާއްމު ފަރުދުންނަށް ޑޮލަރުގެ ދަތިކަން ކުރިމަތިވާނެ ކަމަށެވެ. އަދި ވިޔަފާރިވެރިން ބޭރުން މުދާ ގަތުމަށް ބޭރަށް ޓީޓީ މެދުވެރިކޮށް ފޮނުވަންޖެހޭ ފައިސާ ފޮނުވުމަށް ވެސް މި 90% ނަގަން ފެށުމުން އުދަނގޫވެ ދަތިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

20 މާރިޗު 2017

އެކްސިޑެންޓްތައް ހިނގުން އިންތިހާއަށް ގިނަވެފައި ވާތީ ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިދިނުމަށް ސަރުކާރަށް ގޮވާލައިފި

20 މާރިޗު 2017
އެކްސިޑެންޓްތައް ހިނގުން އިންތިހާއަށް ގިނަވެފައި ވާތީ ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިދިނުމަށް ސަރުކާރަށް ގޮވާލައިފި
15 މާރިޗު 2017

ނަރުހުންނަށް ވެކްސިން ދިނުމުގެ އުސޫލުން ބޭރުން އެއްވެސް ކަމެއް ނުކުރޭ: އައިޖީއެމްއެޗް

15 މާރިޗު 2017
ނަރުހުންނަށް ވެކްސިން ދިނުމުގެ އުސޫލުން ބޭރުން އެއްވެސް ކަމެއް ނުކުރޭ: އައިޖީއެމްއެޗް
14 މާރިޗު 2017

ނަރުހުންނަށް ވެކްސިން ދިނުމުގެ އުސޫލުން ބޭރުން ކަންކުރުމުން މައްސަލަ ހޫނުވެއްޖެ

14 މާރިޗު 2017
ނަރުހުންނަށް ވެކްސިން ދިނުމުގެ އުސޫލުން ބޭރުން ކަންކުރުމުން މައްސަލަ ހޫނުވެއްޖެ
19 ފެބުރުއަރީ 2017

ތާކުންތާކު ނުޖެހޭ ވާހަކަ ދައްކަމުންގޮސް ސަރުކާރަށް ގޮވެނީ ހުސް ކޮސް: އަހުމަދު ޢަބްދުﷲ

19 ފެބުރުއަރީ 2017
ތާކުންތާކު ނުޖެހޭ ވާހަކަ ދައްކަމުންގޮސް ސަރުކާރަށް ގޮވެނީ ހުސް ކޮސް: އަހުމަދު ޢަބްދުﷲ
11 ފެބުރުއަރީ 2017

މިސަރުކާރު އައި ފަހުން ބޭރުން އައި އިންވެސްޓްމަންޓެއް ނެތް، ކުރެވުނު އާ ކަމެއް ނެތް: ނިޒާރު

11 ފެބުރުއަރީ 2017
މިސަރުކާރު އައި ފަހުން ބޭރުން އައި އިންވެސްޓްމަންޓެއް ނެތް، ކުރެވުނު އާ ކަމެއް ނެތް: ނިޒާރު
04 ފެބުރުއަރީ 2017

ފާޓިލިޓީ ސެންޓަރުން 49 މީހުންނަށް މިހާތަނަށް ވަނީ ޚިދުމަތްދީފަ- އައިޖީއެމްއެޗް

04 ފެބުރުއަރީ 2017
ފާޓިލިޓީ ސެންޓަރުން 49 މީހުންނަށް މިހާތަނަށް ވަނީ ޚިދުމަތްދީފަ- އައިޖީއެމްއެޗް
31 ޖެނުއަރީ 2017

މިހާތަނަށް ބޭއްވި ސިވިލް ސަރވިސް އެންޓްރޭންސް އެގްޒާމްގައި 352 ބައިވެރިވެފައިވޭ

31 ޖެނުއަރީ 2017
މިހާތަނަށް ބޭއްވި ސިވިލް ސަރވިސް އެންޓްރޭންސް އެގްޒާމްގައި 352 ބައިވެރިވެފައިވޭ
26 ޖެނުއަރީ 2017

ނާޒިމް މިނިވަންކޮށް ބަދަލުދޭން އދ. އިން ސަރުކާރަށް އަންގައިިފި

26 ޖެނުއަރީ 2017
ނާޒިމް މިނިވަންކޮށް ބަދަލުދޭން އދ. އިން ސަރުކާރަށް އަންގައިިފި
22 ޖެނުއަރީ 2017

ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު

22 ޖެނުއަރީ 2017
ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު
07 ޖެނުއަރީ 2017

މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން

07 ޖެނުއަރީ 2017
މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް