Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ ހަނގުރާމަ

ނާސިރު ހޮސްޕިޓަލް އަށް އިސްރާއީލުން ބޮން އަޅައިފި

13 މެއި 2025 | އަންގާރަ 12:04

ޣައްޒާގެ ސިއްހީ ވުޒާރާއިން ބުނާ ގޮތުގައި އިސްރާއީލުން ޣައްޒާ ގައި ކުރަމުންދާ ހަނގުރާމައިގައި މަދުވެގެން 52,908 ފަލަސްތީނު މީހުން މަރުވެ، 119,721 މީހުންނަށް އަނިޔާވެފައިވެއެވެ.

ރާއްޖެ އެމްވީ | 13 މެއި 2025 | އަންގާރަ 12:04
ޣައްޒާގެ ޚާން ޔޫނިސްގައި އިސްރާއީލުން ދިން ވައިގެ ހަމަލާއަށް ފަހު ހަލާކުވެފައިވާ ނާސިރު ހޮސްޕިޓަލުގެ އެތެރޭގެ މަންޒަރެއް - 13 މެއި 2025

ޣައްޒާގެ ޚާން ޔޫނިސްގައި އިސްރާއީލުން ދިން ވައިގެ ހަމަލާއަށް ފަހު ހަލާކުވެފައިވާ ނާސިރު ހޮސްޕިޓަލުގެ އެތެރޭގެ މަންޒަރެއް - 13 މެއި 2025

އިސްރާއީލީ ބާރުތަކުން ޚާން ޔޫނިސްގައި ހުންނަ ނާސިރު މެޑިކަލް ކޮމްޕްލެކްސް އަށް ބޮން އަޅައި، ދެ މީހަކު ޝަހީދު ކޮށްލައިފިއެވެ. އޭގެ ތެރޭގައި ނޫސްވެރިޔަކު ހިމެނޭ ކަމަށް އަލް ޖަޒީރާ އިން ބުނެފައިވެއެވެ. މިހަމަލާގެ ސަބަބުން ހޮސްޕިޓަލަށް ބޮޑެތި ގެއްލުންތަކެއް ލިބުމުގެ އިތުރުން އެތައް ބަލިމީހުންނާއި މުވައްޒަފުންނަށް އަނިޔާވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އަނެއްކޮޅުން އިސްރާއީލުގެ ފިއްތުންތަކުގެ ސަބަބުން ޣައްޒާގެ މުޅި އާބާދީ އަށް ބަނޑުހައިހޫނުކަމުގެ ނުރައްކާ ކުރިމަތިވެފައިވާ ކަމަށް ކަމާ ބެހޭ ބައިނަލް އަގްވާމީ ޖަމާއަތްތަކުން ވަނީ ބުނެފައެވެ. ބަނޑުހައިހޫނުކަން އިތުރުވަމުން ދިއުމާއެކު އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރެސް ވަނީ އިސްރާއީލުން ޣައްޒާއަށް އަޅާފައިވާ ބްލޮކޭޑް ނިމުމަކަށް ގެނައުމަށް ގޮވާލައްވާފައެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ ވިދާޅުވެފައިވަނީ ހަމާސްގެ ބަންދުގައި ތިބި މީހުންގެ ތެރެއިން އެމެރިކާ-އިސްރާއީލު ސިފައިންގެ މީހަކު ދޫކޮށްލުމާ ގުޅިގެން، ހަމަލާތައް ހުއްޓުމަކަށް ގެނައުމާ ބެހޭ މަޝްވަރާތަކަށް މެދުވެރިއެއްގެ ދައުރު އަދާ ކުރާ ޤަތަރަށް އިސްރާއީލުގެ މަންދޫބުން ފޮނުވާނެ ކަމަށެވެ. އޭގެ އިތުރުން އޭނާގެ އޮފީހުން ބުނެފައިވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މެދުއިރުމަތީގެ ދަތުރުފުޅު ނިމެންދެން ޣައްޒާ ގައި ހަނގުރާމަ ފުޅާކުރުމުގެ ރޭވުންތައް ފަސްކުރާނެ ކަމަށެވެ.

ޣައްޒާގެ ސިއްހީ ވުޒާރާއިން ބުނާ ގޮތުގައި އިސްރާއީލުން ޣައްޒާ ގައި ކުރަމުންދާ ހަނގުރާމައިގައި މަދުވެގެން 52,908 ފަލަސްތީނު މީހުން މަރުވެ، 119,721 މީހުންނަށް އަނިޔާވެފައިވެއެވެ. ސަރުކާރުގެ މީޑިއާ އޮފީހުން މަރުވި މީހުންގެ އަދަދު އަޕްޑޭޓްކޮށް 61,700 އަށްވުރެ ގިނަ ކަމަށް ބުނެފައިވެއެވެ. އެއީ ފުނޑުވެފައިވާ އިމާރާތްތަކުގެ ދަށުވެފައިވާ މީހުން މަރުވެފައިވާނެ ކަމަށް ބެލޭތީ ކަމަށް ބުނެފައިވެއެވެ.

ޣައްޒާޣައްޒާ ހަނގުރާމައިޒްރޭލް

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި
10 ޑިސެމްބަރު 2025

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!
09 ޑިސެމްބަރު 2025

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި
08 ޑިސެމްބަރު 2025

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް
08 ޑިސެމްބަރު 2025

ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025
ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ
07 ޑިސެމްބަރު 2025

ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

07 ޑިސެމްބަރު 2025
ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި
06 ޑިސެމްބަރު 2025

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025
ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި
05 ޑިސެމްބަރު 2025

ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި

05 ޑިސެމްބަރު 2025
ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި
01 ޑިސެމްބަރު 2025

ކޮރަޕްޝަންގެ ދައުވާ ތަކަށް ނަތަންޔާހޫ މާފު ދޭން އެދުމުން، އިސްރާއީލް ގައި މުޒާހަރާ ކޮށްފި

01 ޑިސެމްބަރު 2025
ކޮރަޕްޝަންގެ ދައުވާ ތަކަށް ނަތަންޔާހޫ މާފު ދޭން އެދުމުން، އިސްރާއީލް ގައި މުޒާހަރާ ކޮށްފި
30 ނޮވެމްބަރު 2025

ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް

30 ނޮވެމްބަރު 2025
ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް