Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާޒް އެންޑީއޭއަށް

އޭސީޕީ ރިޔާޒު ޑްރަގް އެޖެންސީއަށް ބަދަލުކުރަން ނިންމައިފި

13 މެއި 2025 | އަންގާރަ 12:33

ރިޔާޒް ނެޝަނަލް ޑްރަގް އެޖެންސީ އަށް ބަދަލުކުރީ މިހާރު ލިބޭ މުސާރައާއި އިނާޔަތް ލިބޭގޮތަށް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 13 މެއި 2025 | އަންގާރަ 12:33
އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒް

އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒް

އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒް ނެޝަނަލް ޑްރަގް އެޖެންސީ އަށް މިހާރު ލިބޭ މުސާރައާއި އިނާޔަތް ލިބޭގޮތަށް ބަދަލު ކުރަން ނިންމައިފި އެވެ.

މިކަން ރާއްޖެއެމްވީއަށް ވަނީ ކަށަވަރުވެފައެވެ. ރިޔާޒް އެންޑީއޭއަށް ބަދަލުކުރަން ނިންމާފައިވީނަމަވެސް މިހާތަނަށް އައި އިރު އޭނާ ފުލުހުންގެ ވަޒީފާއިން ވަކިކޮށްފައި ނުވެއެވެ. ރިޔާޒް އެންޑީއޭއަށް ބަދަލުކުރަން ނިންމި އިރު، އޭނާ ހުރީ ފުލުހުންގެ މުހިންމު މަސައްކަތްތަކުން ދުރުކޮށްފައެވެ. މި ސަރުކާރު ވެރިކަމަށް އައި އިރު އޭނާ ހުރީ ކްރިމިނަލް އިންވެސްޓިގޭޝަންސް ޑިޕާޓްމަންޓުގެ އިސް ވެރިޔާގެ ގޮތުގައެވެ.

Advertisement - newsAdvertisement

މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ އެންޑީއޭއަށް ބަދަލުކުރަން ނިންމީ ސެކަންޑްމަންޓް އުސޫލުގެ ދަށުންނެވެ. އަދި އެއީ 2 އަހަރުގެ މުއްދަތަކަށެވެ. އެންޑީއޭއަކީ ވެސް ހޯމްލޭންޑްގެ ދަށުން ހިންގަމުން އަންނަ ތަނެކެވެ.

ފުލުހުންގެ ގާނޫނުގެ 31 ވަނަ މާއްދާގައި ބުނާ ގޮތުން ފުލުހުންގެ ވަޒީފާގައި ހުރި މީހަކު ކަނޑައެޅޭ ވަކި މުއްދަތަކަށް ސެކަންޑްމަންޓްގެ އުސޫލުން އެހެން ތަނެއްގައި މަސައްކަތްކުރުމަށް ކޮމިޝަނަރ އޮފް ޕޮލިސްއަށް ކަނޑައެޅިދާނެއެވެ. އަދި އެހެން ތަނެއްގައި ހުރި މީހަކު ފުލުހުންގެ ޚިދުމަތުގެ ތެރޭގައި މަސައްކަތްކުރަން ހުއްދަކުރުމަށް ކޮމިޝަނަރ އޮފް ޕޮލިސްއަށް ފެނިއްޖެނަމަ، މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން އެކަމަށް ހުއްދަ ދެވިދާނެއެވެ.

އެންޑީއޭއަށް ރިޔާޒް ބަދަލުކުރި އިރު، މަސްތުވާތަކެތީގެ މައްސަލަތައް ހައްލުކުރުމަށް ސަރުކާރަށް އެކަށީގެންވާ މަސައްކަތެއް ނުކުރެވޭ ކަމުގެ ޝަކުވާތަކެއް އަންނަނީ ކުރަމުންނެވެ.

އެސިސްޓަންޓު ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަށް ރިޔާޒް އައްޔަންކޮށްފައި ވަނީ މާޗް، 2019، ގަ އެވެ. އެ މަގާމަށް ރިޔާޒް އައްޔަން ކުރީ ފުލުހުންގެ ވަޒީފާ އިއާދަކޮށްދިނުމަށްފަހެވެ. އޭނާ ފުލުހުންގެ ވަޒީފާއިން ވަކި ކުރީ ސެޕްޓެމްބަރު، 2017، ގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ.

މުހައްމަދު ރިޔާޒްނޭޝަނަލް ޑްރަގް އޭޖެންސީފުލުހުންގެ ހިދުމަތްސެކަންޑްމަންޓް

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

2

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

3

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

4

އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން ހަމަލާތަކުގައި އެއްވެސް ގެއްލުމެއް ނުވާކަމަށް އެމެރިކާއިން ދައްކަމުންދާ ވާހަކަތައް ދޮގުކުރާ ފޮޓޯތަކެއް އީރާނުން އާންމުކޮށްފި

5

ބިޔަ ރާޅުތަކުގެ ތެރެއިން ކުޑަ ކުއްޖަކު ސަލާމަތް ކުރި 16 އަހަރުގެ ޒުވާނަކަށް ވައިޓް ހައުސްގައި އިނާމު ދެއްވަން ޓްރަމްޕް ނިންމަވައިފި

އިތުރަށް ކިޔާލަން

22 އޮކްޓޯބަރު 2025

އެމްއޭސީއެލް އިން ބިންހިއްކަން ނިންމި ހިސާބުން އެއީ ބުއްދި ގަބޫލު ކުރެވޭ ކަމެއް ނޫންކަމަށް ބުނެ ފާޑުކިޔާފައި ވަނިކޮށް ރިޔާޒް ކުންފުނީގެ ބޯޑުން ވަކި ކޮށްފި

22 އޮކްޓޯބަރު 2025
އެމްއޭސީއެލް އިން ބިންހިއްކަން ނިންމި ހިސާބުން އެއީ ބުއްދި ގަބޫލު ކުރެވޭ ކަމެއް ނޫންކަމަށް ބުނެ ފާޑުކިޔާފައި ވަނިކޮށް ރިޔާޒް ކުންފުނީގެ ބޯޑުން ވަކި ކޮށްފި
22 އޮކްޓޯބަރު 2025

މީހުން ދިރިއުޅޭ ހުރިހައި ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމުކޮށްފި ކަން މުއިއްޒު އިޢުލާން ކުރައްވައިފި

22 އޮކްޓޯބަރު 2025
މީހުން ދިރިއުޅޭ ހުރިހައި ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމުކޮށްފި ކަން މުއިއްޒު އިޢުލާން ކުރައްވައިފި
07 އޮކްޓޯބަރު 2025

3 އަހަރުގެ މުއްދަތަކަށް އެންޑީއޭއަށް ސީއީއޯ އެއް ހޯދަނީ

07 އޮކްޓޯބަރު 2025
3 އަހަރުގެ މުއްދަތަކަށް އެންޑީއޭއަށް ސީއީއޯ އެއް ހޯދަނީ
06 އޮކްޓޯބަރު 2025

އަންގާރަ ދުވަހުގެ މަޖިލިސް ގައިވެސް ފެނަކަ އޮޑިޓް ރިޕޯޓުގައިވާ ކޮރަޕްޝަންގެ އަމަލުތައް ތަހުގީގުކޮށް ފިޔަވަޅުއެޅުން އަވަސްކުރުމަށް ބަހުސްކުރުން

06 އޮކްޓޯބަރު 2025
އަންގާރަ ދުވަހުގެ މަޖިލިސް ގައިވެސް ފެނަކަ އޮޑިޓް ރިޕޯޓުގައިވާ ކޮރަޕްޝަންގެ އަމަލުތައް ތަހުގީގުކޮށް ފިޔަވަޅުއެޅުން އަވަސްކުރުމަށް ބަހުސްކުރުން
22 ސެޕްޓެމްބަރު 2025

ނޭޝަނަލް ޑްރަގް އެޖެންސީން ޔޫރިން ކިޓް ހުސްވެ، މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ދޭ ފަރުވާ ހުއްޓުމަކަށް!

22 ސެޕްޓެމްބަރު 2025
ނޭޝަނަލް ޑްރަގް އެޖެންސީން ޔޫރިން ކިޓް ހުސްވެ، މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ދޭ ފަރުވާ ހުއްޓުމަކަށް!
11 ސެޕްޓެމްބަރު 2025

ކުއްލި ގޮތަކަށް މަރުވި އަދީލްގެ އޮޓޮޕްސީ ރިޕޯޓު އަދިވެސް ނުލިބޭ: ފުލުހުން

11 ސެޕްޓެމްބަރު 2025
ކުއްލި ގޮތަކަށް މަރުވި އަދީލްގެ އޮޓޮޕްސީ ރިޕޯޓު އަދިވެސް ނުލިބޭ: ފުލުހުން
01 ސެޕްޓެމްބަރު 2025

އޭވިއޭޝަންގެ ލައިސަންސް އޮންނަ މުވައްޒަފުންނަށް އެންޑީއޭއިން ޑްރަގް ޓެސްޓް ހަދަނީ

01 ސެޕްޓެމްބަރު 2025
އޭވިއޭޝަންގެ ލައިސަންސް އޮންނަ މުވައްޒަފުންނަށް އެންޑީއޭއިން ޑްރަގް ޓެސްޓް ހަދަނީ
19 އޯގަސްޓު 2025

18 އަހަރު ނުވާ ކުޑަ ފިރިހެން ކުދިންގެ ގްރޫޕުތައް ކުށް ހިންގާ ތަންތަނުގައި އެއްވެ ތިބޭ މިންވަރު އިތުރުވާތީ ސަމާލުވާން އެދިއްޖެ

19 އޯގަސްޓު 2025
18 އަހަރު ނުވާ ކުޑަ ފިރިހެން ކުދިންގެ ގްރޫޕުތައް ކުށް ހިންގާ ތަންތަނުގައި އެއްވެ ތިބޭ މިންވަރު އިތުރުވާތީ ސަމާލުވާން އެދިއްޖެ
17 ޖުލައި 2025

މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުންނަށް ފަރުވާދޭނެ ފަރުވާގެ ނިޒާމެއް ނެތް - ކޭޑީ

17 ޖުލައި 2025
މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުންނަށް ފަރުވާދޭނެ ފަރުވާގެ ނިޒާމެއް ނެތް - ކޭޑީ
08 ޖުލައި 2025

1 ހަފްތާ ތެރޭގައި 4 ލައްކަައަށްވުރެ ގިނަ ރުފިޔާ ހިމެނޭ ސްކޭމުގެ މައްސަލަތައް

08 ޖުލައި 2025
1 ހަފްތާ ތެރޭގައި 4 ލައްކަައަށްވުރެ ގިނަ ރުފިޔާ ހިމެނޭ ސްކޭމުގެ މައްސަލަތައް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް