Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކުޑަކުޑިން ކުށުގެ މާހައުލަށް ހުށަހެޅުން

18 އަހަރު ނުވާ ކުޑަ ފިރިހެން ކުދިންގެ ގްރޫޕުތައް ކުށް ހިންގާ ތަންތަނުގައި އެއްވެ ތިބޭ މިންވަރު އިތުރުވާތީ ސަމާލުވާން އެދިއްޖެ

19 އޯގަސްޓު 2025 | އަންގާރަ 09:11

ކުށުގެ މާހައުލުތަކަށް ކުޑަކުދިން ހުށަހެޅުމުން އެކި ބާވަތުގެ ނޭދެވޭ ކަންކަމަށް ހުށަހެޅުމުގެ ފުރުސަތު އިތުރުވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 19 އޯގަސްޓު 2025 | އަންގާރަ 09:11
ފުލުހުން މަގުމަތި ބަލަހައްޓަނީ - ކުޑަކުދިން ކުށްކުރާ ސަރަހައްދުތަކުގައި ހަރަކާތްތެރިވާ މިންވަރު ވަނީ އިތުރުވެފައި

ފުލުހުން މަގުމަތި ބަލަހައްޓަނީ - ކުޑަކުދިން ކުށްކުރާ ސަރަހައްދުތަކުގައި ހަރަކާތްތެރިވާ މިންވަރު ވަނީ އިތުރުވެފައި

18 އަހަރު ނުވާ ކުޑަ ފިރިހެން ކުދިންގެ ގްރޫޕުތައް ކުށް ހިންގާ ތަންތަނުގައި އެއްވެ ތިބޭ މިންވަރު އިތުރުވާތީ ސަމާލުވާން ފުލުހުން އެދިއްޖެ އެވެ.

ފުލުހުން ބުނީ ދިވެހި ފުލުހުންގެ ޚިދުމަތުން ދުވަހުން ދުވަހަށް ކުރެވޭ އާންމު ޕެޓްރޯލިން އާއި ތަފާސް ހިސާބު ތަކުން ދައްކާ ގޮތުން، ކުށް ހިންގާ ކަމަށް ފާހަގަކުރެވޭ ބައެއް ސަރަހައްދުތަކުގައި އުމުރުން 18 އަހަރު ނުފުރޭ ފިރިހެން ކުދިންގެ ގްރޫޕްތައް އެއްވެ ތިބޭ މިންވަރު އިތުރުވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އަދި ކުށުގެ މާހައުލުތަކަށް ކުޑަކުދިން ހުށަހެޅުމަކީ ކަންބޮޑުވާ ކަމެއް ކަމަށާއި، މިކަމުގެ ސަބަބުން ކުޑަކުދިން ގުރޫމިންގެ ޝިކާރައަކަށްވެ، ރައްކާތެރިނޫން ހާލަތްތަކާ ކުރިމަތިލާން ޖެހުމުގެ ފުރުސަތު އިތުރުވެ، ގާނޫނާ ހިލާފަށް އެއްގަމު އުޅަނދު ދުއްވުމަށް ހިތްވަރު ލިބި، މައިންބަފައިންނާ ނުރުހުންވެ ފިލައިގެން ގެއިން ނުކުމެ، މަސްތުވާތަކެތީގެ ވަބާއަށް ހުށަހެޅި، އަދި އެހެނިހެން ޤާނޫނާ ހިލާފު އަމަލުތަކުގައި ބައިވެރިވުމުގެ ފުރުސަތު އިތުރުވެގެންދާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

ފުލުހުން ބުނީ މިފަދަ ކަންކަމަށް މައިންބަފައިންނާއި ބެލެނިވެރިން އިތުރަށް ސަމާލުވެ، ކުދިން ހަރަކާތްތެރިވާ ތަންތަން ބެލުމަށާއި، އަދި ރައްކާތެރިކަމާއި ޒިންމާދާރު އުޅުމާ ބެހޭގޮތުން އެ ކުދިންނާއެކު ވާހަކަދައްކައި މަޝްވަރާތައް ކުރުމަށް އިލްތިމާސްކޮށްފައިވެއެވެ.

ފުލުހުން މި ސަރަހައްދުތަކަށް އަމާޒުކޮށް ސްޕޮޓް ޗެކް ކުރުމާއި، ދުވަހުން ދުވަހަށް ކުރާ ޕެޓްރޯލިންގެ ތެރެއިން ގާތުން މޮނިޓަރކޮށް ބަލަހައްޓަމުން ގެންދާނެ ކަމަށް ވެސް ބުނެފައިވެއެވެ. އަދި ކުޑަ ކުދިންގެ ރައްކާތެރިކަމާއި ދުޅަހެޔޮކަން ކަށަވަރުކުރުމަށްޓަކައި މައިންބަފައިންނާއި، ތައުލީމީ ވުޒާރާއާއި، އަދި ދައުލަތާއި މުޖުތަމައުގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ ކުޑަ ކުދިން ހެޔޮ ގޮތުގައި ތަރުބިއްޔަތުކޮށް، އެ ކުދިންނަކީ ޒިންމާދާރު، ހެޔޮލަފާ، ހުލްގުހެޔޮ ބައެއްގެ ގޮތުގައި މުޖުތަމައަށް ނެރެދެއްވުމަށްޓަކައި، އެންމެހައި މައިންބަފައިންނާއި ބެލެނިވެރިންގެ އިތުރުން، ކަމާގުޅުންހުރި ދައުލަތުގެ އެންމެހައި މުއައްސަސާތަކުން ވެސް ދެމެހެއްޓެނިވި ގޮތެއްގައި މަސައްކަތްކުރުމަށް ގޮވާލާ ކަމަށެވެ.

މިފަދަ ކަމަކާ ގުޅިގެން އެއްވެސް އެހީތެރިކަމެއް ބޭނުންނަމަ، ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަންގެ ނަންބަރު 9790163، ނުވަތަ ވިކްޓިމް ސަޕޯޓް ޔުނިޓް ގެ ނަންބަރު 9770640 އަށް ގުޅުމަށް އެދިފައިވެއެވެ. އަދި ކުއްލި ހާލަތެއްގައި 911 އަށް ގުޅުއްވުމަށް އެދިފައިވެއެވެ.

ފުލުހުންގެ ހިދުމަތްކުޑަކުދިންގެ ރައްކާތެރިކަންކުށް ކުރުންމަސްތުވާތަކެތިޕެޓްރޯލިންގބެލެނިވެރިން

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

3

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

08 ޑިސެމްބަރު 2025

ކުނިވެފައި އޮތުމުގެ ސަބަބުން، ހޮސްޕިޓަލަށް ނުގެންގޮސް ފެޅި ކަމަށް ބުނި ހަށިގަނޑު، ސީޓީ ސްކޭން ހެއްދީ ހޮސްޕިޓަލު ގައި!

08 ޑިސެމްބަރު 2025
ކުނިވެފައި އޮތުމުގެ ސަބަބުން، ހޮސްޕިޓަލަށް ނުގެންގޮސް ފެޅި ކަމަށް ބުނި ހަށިގަނޑު، ސީޓީ ސްކޭން ހެއްދީ ހޮސްޕިޓަލު ގައި!
06 ޑިސެމްބަރު 2025

އައްޑޫ ޑްރަގް ނެޓްވޯކުގައި ހިމެނޭ 10 މީހަކު ހައްޔަރުކޮށްފި

06 ޑިސެމްބަރު 2025
އައްޑޫ ޑްރަގް ނެޓްވޯކުގައި ހިމެނޭ 10 މީހަކު ހައްޔަރުކޮށްފި
30 ނޮވެމްބަރު 2025

މަސްތުވާތަކެތި ފޮރުވައި، ފިލަން މަސައްކަތް ކުރުމުގެ ތުހުމަތުގައި ހައްޔަރުކުރި ޒުވާނާގެ ބަންދަށް 5 ދުވަސް

30 ނޮވެމްބަރު 2025
މަސްތުވާތަކެތި ފޮރުވައި، ފިލަން މަސައްކަތް ކުރުމުގެ ތުހުމަތުގައި ހައްޔަރުކުރި ޒުވާނާގެ ބަންދަށް 5 ދުވަސް
25 ނޮވެމްބަރު 2025

ޑްރަގުގެ ބޮޑު އޮޕަރޭޝަންގައި މުޅި ރާއްޖެއިން އަތުލައިގަތީ 29 ކިލޯ ގެ މަސްތުވާތަކެއްޗާއި 188،000 ރުފިޔާ

25 ނޮވެމްބަރު 2025
ޑްރަގުގެ ބޮޑު އޮޕަރޭޝަންގައި މުޅި ރާއްޖެއިން އަތުލައިގަތީ 29 ކިލޯ ގެ މަސްތުވާތަކެއްޗާއި 188،000 ރުފިޔާ
25 ނޮވެމްބަރު 2025

މަސްތުވާތަކެތީގެ މައްސަލަ އެއްގައި، އަނެއްކާ ވެސް އެންޑީއޭ ގެ މުވައްޒަފަކު ހައްޔަރުކޮށްފި

25 ނޮވެމްބަރު 2025
މަސްތުވާތަކެތީގެ މައްސަލަ އެއްގައި، އަނެއްކާ ވެސް އެންޑީއޭ ގެ މުވައްޒަފަކު ހައްޔަރުކޮށްފި
24 ނޮވެމްބަރު 2025

މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ޒުވާނެއްގެ ފޮޓޯ އާންމު ކުރުމަށްފަހު އެ ނެގީ ތަހުގީގު ބޭނުމަށް: ފުލުހުން

24 ނޮވެމްބަރު 2025
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ޒުވާނެއްގެ ފޮޓޯ އާންމު ކުރުމަށްފަހު އެ ނެގީ ތަހުގީގު ބޭނުމަށް: ފުލުހުން
20 ނޮވެމްބަރު 2025

މަސްތުވާތަކެތި ވިއްކާ މީހޫން ހޯދުމުގެ ބޮޑު އޮޕަރޭޝަންގެ ހިލަމެއްނެތް. ޖަލްސާއަށް ކުޅުނު ޑްރާމާއެއްތަ؟

20 ނޮވެމްބަރު 2025
މަސްތުވާތަކެތި ވިއްކާ މީހޫން ހޯދުމުގެ ބޮޑު އޮޕަރޭޝަންގެ ހިލަމެއްނެތް. ޖަލްސާއަށް ކުޅުނު ޑްރާމާއެއްތަ؟
14 ނޮވެމްބަރު 2025

ކަނޑުމަގުން މަސްތުވާތަކެތި އެތެރެކުރަން އުޅުނުކަމުގެ ތުހުމަތުގައި ހުވަދޫ އިން 16 މީހުން ހައްޔަރު ކޮށްފި

14 ނޮވެމްބަރު 2025
ކަނޑުމަގުން މަސްތުވާތަކެތި އެތެރެކުރަން އުޅުނުކަމުގެ ތުހުމަތުގައި ހުވަދޫ އިން 16 މީހުން ހައްޔަރު ކޮށްފި
13 ނޮވެމްބަރު 2025

މަސްތުވާތަކެތީގެ ޑީލަރުންގެ ފަހަތުން ފުލުހުން ދާނެކަން ރައީސް އިއުލާން ކުރައްވައިފި

13 ނޮވެމްބަރު 2025
މަސްތުވާތަކެތީގެ ޑީލަރުންގެ ފަހަތުން ފުލުހުން ދާނެކަން ރައީސް އިއުލާން ކުރައްވައިފި
12 ނޮވެމްބަރު 2025

ހުޅުމާލޭގެ ފޭސް 2 އެމްޕީއެލް އެޕާޓްމަންޓަކުން 17 ކިލޯގެ މަސްތުވާތަކެތި ފެނިއްޖެ

12 ނޮވެމްބަރު 2025
ހުޅުމާލޭގެ ފޭސް 2 އެމްޕީއެލް އެޕާޓްމަންޓަކުން 17 ކިލޯގެ މަސްތުވާތަކެތި ފެނިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް