Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސްކޭމުގެ މައްސަލަތައް

1 ހަފްތާ ތެރޭގައި 4 ލައްކަައަށްވުރެ ގިނަ ރުފިޔާ ހިމެނޭ ސްކޭމުގެ މައްސަލަތައް

މި މުއްދަތުގެ ތެރޭގައި 416،879.42 ފައިސާ ގެއްލިފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 8 ޖުލައި 2025 | އަންގާރަ 14:09
ހަފްތާއެއްގެ ތެރޭގައި ސްކޭމުގެ 50 މައްސަލަ ވަނީ ރިޕޯޓްކުރެވިފައި

ހަފްތާއެއްގެ ތެރޭގައި ސްކޭމުގެ 50 މައްސަލަ ވަނީ ރިޕޯޓްކުރެވިފައި

ފާއިތުވި ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ސްކޭމްގެ 50 މައްސަލަ ފުލުހުންގެ އެންޓި ސްކޭމް ސެންޓަރަށް ހުށަހެޅިފައިވާކަން އެ ސެންޓަރުން ހާމަކޮށްފިއެވެ.

ޖޫން މަހުގެ 29 ވަނަ ދުވަހުން ފެށިގެން ޖުލައި މަހުގެ 05ވަނަ ދުވަހާ ހަމައަށް އެންޓި ސްކޭމް ސެންޓަރަަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ތަފާސްހިސާބުތައް އެ ސެންޓަރުން ވަނީ އާންމުކޮށްފައެވެ.

Advertisement - newsAdvertisement

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި މުއްދަތުގެ ތެރޭގައި 416،879.42 ފައިސާ ގެއްލި އަދި މީގެ ތެރެއިން 114،276.42 ރުފިޔާ ވަނީ އަނބުރާ ހޯދާފައެވެ. އެއީ ގެއްލުނު ފައިސާގެ 27 އިންސަތައެވެ.

ސްކޭމްގެ ބާވައްތަކުގެ ތެރޭގައި އީކޮމާސްގެ 29 މައްސަލަ، ކަރަންސީ އެކްސްޗޭންޗްގެ 09 މައްސަލަ، އިންޕަރސަނޭޝަންގެ 03 މައްސަލަ، ފިޝިންގ، ވިޝިންގ އަދި ޖޮބް ސްކޭމްގެ 06 މައްސަލަ، އަދި އެހެނިހެން މައްސަލައިގެ ގޮތުގައި 03 މައްސަލަ ހުށަހަޅާފައިވެއެވެ.

ސްކޭމް ކުރުމަށް ބޭނުންކޮށްފައިވާ މަންސަތަކުގެ ތެރޭގައި ފޯންކޯލް އާއި އައި ބޭ، އޮންލައިން މެސެޖިން ޕްލެޓްފޯމްތައް އަދި ފިޝިންގ ލިންކްގެ އިތުރުން ފޭސްބުން މާކެޓްޕްލޭސް ހިމެނެއެވެ.

އެންޓި ސްކޭމް ސެންޓަރުން ބުނީ މިފަދަ މައްސަލަތަކުން ރައްކާތެރިވުމުގެ ގޮތުން އިތުބާރުކޮށް ފައިސާ ދިނުމުގެ ކުރިން އަބަދުވެސް ސައްޚަ މައުލޫމާތު ހޯދުމާއި ޒާތީ މައުލޫމާތު އެއްވެސް ގޮތަކަށް ހިއްސާނުކުރުމާއި އެޕްލިކޭޝަންތަކުގެ ޓޫ-ފެކްޓަރ އޮތެންޓިކޭޝަން އަންނަ ގޮތަށް ހެދުމަކީ ކުރެވިދާނެ ކަންތައްތައް ކަމަށެވެ.

ސްކޭމް މައްސަލަތައް ރިޕޯޓްކުރުމަށް ޚާއްސަ ކޯލް ސެންޓަރެއްވެސް ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ ގާއިމްކޮށްފައެވެ.

އެގޮތުން ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ހިނގާ ސްކޭމް މައްސަލަތަކާ ގުޅިގެން އަޅަންޖެހޭ ހުރިހާ ފިޔަވަޅުތައް އެޅުމާއި އެހެން އިދާރާތާކާއެކު ކުރަންޖެހޭ މުޢާމަލާތްތައް މަރުކަޒީ ގޮތެއްގައި ބަލަހައްޓާނީ އެންޓި ސްކޭމް ސެންޓަރުންނެވެ. އެ ކޯލް ސެންޓަރަށް މައްސަލައެއް ރިޕޯޓްކުރާ ހިސާބުން ފެށިގެން މާލީ އިދާރާތަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި އެއިދާރާތަކުން ލިބެންޖެހޭ މަޢުލޫމާތު ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދާނީ އެންޓި ސްކޭމް ސެންޓަރުންނެވެ.

ނޭޝަނަލް އިމަރޖެންސީ ނަމްބަރު 911 އާއި އެންޓި ސްކޭމް ހޮޓްލައިން 125 އެކްސްޓެންޝަން 2020 އަދި އެންޓި ސްކޭމް ސެންޓަރުގެ އީމެއިލް މެދުވެރިކޮށް ރާއްޖެއާއި ރާއްޖެއިން ބޭރުންވެސް ސްކޭމްއާ ގުޅުންހުރި މައްސަލަތައް ރިޕޯޓްކުރުމުގެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށް ފުލުހުންގެ ޚިދުމަތުން ބުނެއެވެ. އަދި މިހާރެކޭވެސް އެއްގޮތަށް މާލެއާއި އަތޮޅުތަކުގައި ގާއިމްކޮށްފައިވާ ސެންޓަރުތަކަށްވެސް މިފަދަ މައްސަލަތައް ހުށަހެޅޭނެއެވެ.

މިގޮތަށް ހިންގާ ސްކޭމެއްގެ ޝިކާރައަކަށްވެއްޖެނަމަ އެންމެހައި މުއާމަލާތުގެ ތަފްސީލާއެކު ކަމާބެހޭ އިދާރާތަކަށް ރިޕޯޓުކުރުމަށްވެސް ފުލުހުން ވަނީ ނަސޭހަތްތެރިވެފައެވެ.

އެންޓި ސްކޭމް ސެންޓަރސްކޭމް މައްސަލަތައްފުލުހުންގެ ހިދުމަތްއީ-ކޮމާސްކަރަންސީ އެކްސްޗޭންޖްއިންޕަރސަނޭޝަން ސްކޭމްތައްފިޝިންގ ސްކޭމްތައްޖޮބް ސްކޭމްތައް

ކޮމެންޓް

އިތުރަށް ކިޔާލަން

ސްކޭމް ކޮށްގެން 1200ށް ވުރެ ގިނަ ޑޮލަރު ހޯދި ކަމަށް ތުހުމަތުކޮށް ހައްޔަރު ކުރި ޒުވާނާ ގެ ބަންދަށް 10 ދުވަސް

ސްކޭމް ކޮށްގެން 1200ށް ވުރެ ގިނަ ޑޮލަރު ހޯދި ކަމަށް ތުހުމަތުކޮށް ހައްޔަރު ކުރި ޒުވާނާ ގެ ބަންދަށް 10 ދުވަސް

30 ނޮވެމްބަރު 2025
މީހުން ދިރިއުޅޭ ހުރިހައި ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމުކޮށްފި ކަން މުއިއްޒު އިޢުލާން ކުރައްވައިފި

މީހުން ދިރިއުޅޭ ހުރިހައި ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމުކޮށްފި ކަން މުއިއްޒު އިޢުލާން ކުރައްވައިފި

22 އޮކްޓޯބަރު 2025
ސްކޭމްގެ މައްސަލަ: ފާއިތުވި ހަ މަސްދުވަހު 11.4 މިލިއަނަށް ވުރެ ގިނަ ފައިސާއާއި، 138،000ށް ވުރެ ގިނަ ޑޮލަރުގެ ގެއްލުން!

ސްކޭމްގެ މައްސަލަ: ފާއިތުވި ހަ މަސްދުވަހު 11.4 މިލިއަނަށް ވުރެ ގިނަ ފައިސާއާއި، 138،000ށް ވުރެ ގިނަ ޑޮލަރުގެ ގެއްލުން!

18 ސެޕްޓެމްބަރު 2025
އެއާޕޯޓުގައި ގަވާއިދާ ހިލާފަށް ޑޮލަރު މާރުކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި

އެއާޕޯޓުގައި ގަވާއިދާ ހިލާފަށް ޑޮލަރު މާރުކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި

17 ސެޕްޓެމްބަރު 2025
ކުއްލި ގޮތަކަށް މަރުވި އަދީލްގެ އޮޓޮޕްސީ ރިޕޯޓު އަދިވެސް ނުލިބޭ: ފުލުހުން

ކުއްލި ގޮތަކަށް މަރުވި އަދީލްގެ އޮޓޮޕްސީ ރިޕޯޓު އަދިވެސް ނުލިބޭ: ފުލުހުން

11 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

8 ޖެނުއަރީ
ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ
20242 އަހަރު ކުރިން
މީހުން

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ
20233 އަހަރު ކުރިން
ރާއްޖެ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް
20224 އަހަރު ކުރިން
ރާއްޖެ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު