Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން-އެމެރިކާ

އީރާނާއި އެމެރިކާގެ މަޝްވަރާތައް އޮމާންގައި ކުރިއަށް ގެންގޮސްފި، އިތުރު ބައްދަލުވުމެއް ބާއްވާނެ

12 މެއި 2025 | ހޯމަ 03:56

އިތުރު މަޝްވަރާ ބައްދަލުވުމެއް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. އަދި ދެން މަޝްވަރާ ބައްދަލުވުން އޮންނާނެ ތާރީޚަކާއި ވަގުތެއް އޮމާންގެ ސަރުކާރުން ހާމަ ކުރާނެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 12 މެއި 2025 | ހޯމަ 03:56
އޮމާންގައި އޮތް މަޝްވަރާ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތުމަށް އީރާންގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ ވަޑައިގަންނަވަނީ

އޮމާންގައި އޮތް މަޝްވަރާ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތުމަށް އީރާންގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ ވަޑައިގަންނަވަނީ

އީރާނާއި އެމެރިކާގެ ނިއުކްލިއާ މަޝްވަރާތަައް އޮމާންގައި ކުރިއަށް ގެންގޮސްފި އެވެ.

އާދީއްތަ ދުވަހު އޮމާންގައި ކުރިއަށް ގެންދިޔަ މަޝްވަރާ ބައްދަލުވުން ނިންމާލާފައި ވަނީ، އިތުރު މަޝްވަރާ ބައްދަލުވުންތަކެއް ބޭއްވުމަށް ދެ ޤައުމުގެ ދެ މެދުގައި އެބަސްވުމަށް ފަހު އެވެ. 

އީރާންގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާއީލް ބަޣާއީ ވިދާޅުވި ގޮތުގައި، ދަތިތަކާ އެކު ވެސް ނުސީދާ މަޝްވަރާތަކުން ދެ ފަރާތުގެ ވެސް ބޭނުންތައް ދެނެގަނެވިފައިވާ ކަމަށެވެ. އަދި އެކަމަށްޓަކައި މަޝްވަރާތައް ބޭނުންތެރި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ އިތުރު މަޝްވަރާ ބައްދަލުވުމެއް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. އަދި ދެން މަޝްވަރާ ބައްދަލުވުން އޮންނާނެ ތާރީޚަކާއި ވަގުތެއް އޮމާންގެ ސަރުކާރުން ހާމަ ކުރާނެ ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ. 

އެމެރިކާ ސަރުކާރުގެ އިސް އޮފިޝަަލަކާ ހަވާލާދީ މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން، އާދީއްތަ ދުވަހު ކުރިއަށް ދިޔަ ސީދާ އަދި ނުސީދާ މަޝްވަރާ ބައްދަލުވުން ގާތް ގަނޑަކަށް ތިން ގަޑި އިރަށް ވުރެ ދިގު މިނަކަށް ދެމިގެން ދިޔަ އެވެ. 

މި މަޝްވަރާތަކުގައި ބައިވެރިވެ ވަޑައިގެންފައި ވަނީ އީރާންގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީގެ އިތުރުން، އެމެރިކާގެ ޚާއްސަ މަންދޫބު ސްޓީވް ވިކްޓޮފްގެ އިތުރުން އޮމާން ސަރުކާރުގެ ފަރާތުން މެދުވެރިންގެ ގޮތުގައި ތިއްބަވާ ބޭފުޅުންނެވެ. 

އީރާނާއި އެމެރިކާއާ ދެމެދު މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވާއިރު، މީގެ ކުރިން ބާއްވަން މަސައްކަތް ކުރި މަޝްވަރާ ބައްދަލުވުން ވަނީ ކެންސަލްކޮށްފަ އެވެ. މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން އެއީ އެމެރިކާ އިން މަޝްވަރާތަކުގައި ބައިވެރިވާން އެއްބަސްވެފައި ނުވާތީ އެވެ.

އާދީއްތަ ދުވަހު އޮތް މަޝްވަރާ ބައްދަލުވުމުގެ ކުރިން އީރާންގެ ޚާރިޖީ ވަޒީރު އަރާގްޗީ ވިދާޅުވެފައި ވަނީ އެމެރިކާގެ މަޤުސަދަކީ އީރާންގެ ނިއުކްލިއާ ހައްގުތައް ނިގުޅައި ގަތުން ކަމަށް ވާ ނަމަ، އީރާނުން އެއްވެސް ހައްގަކުން ފަހަތަށް ނުޖެހޭނެ ކަމަށެވެ. 

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

07 ފެބުރުއަރީ 2017

އެމެރިކާގެ ނައިބް ރައީސް ވެސް އިރާނަށް އިންޒާރު ދެއްވައިފި

07 ފެބުރުއަރީ 2017
އެމެރިކާގެ ނައިބް ރައީސް ވެސް އިރާނަށް އިންޒާރު ދެއްވައިފި
04 ފެބުރުއަރީ 2017

ރަށްތަކުގެ މިލްކުވެރިކަމާ މެދު ޖަޕާނާއި ޗައިނާއާ ދެމެދު އުފެދިފައިވާ މައްސަލާގައި ޖަޕާން ދިފާއު ކުރާނަން: އެމެރިކާގެ ޑިފެންސް ސެކްރެޓަރީ

04 ފެބުރުއަރީ 2017
ރަށްތަކުގެ މިލްކުވެރިކަމާ މެދު ޖަޕާނާއި ޗައިނާއާ ދެމެދު އުފެދިފައިވާ މައްސަލާގައި ޖަޕާން ދިފާއު ކުރާނަން: އެމެރިކާގެ ޑިފެންސް ސެކްރެޓަރީ
02 ފެބުރުއަރީ 2017

އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި

02 ފެބުރުއަރީ 2017
އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި
31 ޖެނުއަރީ 2017

ޓްރަމްޕާ ދެކޮޅަށް އިނގިރޭސިވިލާތުގައި މުޒާހަރާތައް ކުރިއަށް ދަނީ

31 ޖެނުއަރީ 2017
ޓްރަމްޕާ ދެކޮޅަށް އިނގިރޭސިވިލާތުގައި މުޒާހަރާތައް ކުރިއަށް ދަނީ
29 ޖެނުއަރީ 2017

އެމެރިކާގެ މިސްކިތެއްގައި ރޯކޮށްލައިފި

29 ޖެނުއަރީ 2017
އެމެރިކާގެ މިސްކިތެއްގައި ރޯކޮށްލައިފި
26 ޖެނުއަރީ 2017

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

26 ޖެނުއަރީ 2017
މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި
25 ޖެނުއަރީ 2017

ސީރިޔާގެ ސުލްހައިގެ މަޝްވަރާތައް ފެށިއްޖެ

25 ޖެނުއަރީ 2017
ސީރިޔާގެ ސުލްހައިގެ މަޝްވަރާތައް ފެށިއްޖެ
25 ޖެނުއަރީ 2017

ސީރިޔާ ހަނގުރާމައިގެ ސުލްހައިގެ މަޝްވަރާތައް: ފުރަތަމަ ދުވަސް ކޮޅެއްގައި ނުޖެހުނު

25 ޖެނުއަރީ 2017
ސީރިޔާ ހަނގުރާމައިގެ ސުލްހައިގެ މަޝްވަރާތައް: ފުރަތަމަ ދުވަސް ކޮޅެއްގައި ނުޖެހުނު
23 ޖެނުއަރީ 2017

ސީރިއާގެ ހަނގުރާމައަށް ސުލްހަ ގެނައުމަށް މަޝްވަރާތައް ބާއްވަނީ

23 ޖެނުއަރީ 2017
ސީރިއާގެ ހަނގުރާމައަށް ސުލްހަ ގެނައުމަށް މަޝްވަރާތައް ބާއްވަނީ
12 ޖެނުއަރީ 2017

އެމެރިކާގެ ޖާސޫސީ އިދާރަތައް ޓްރަމްޕް ކުށްވެރިކުރައްވައިފި

12 ޖެނުއަރީ 2017
އެމެރިކާގެ ޖާސޫސީ އިދާރަތައް ޓްރަމްޕް ކުށްވެރިކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް