Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ކޮމަންވެލްތުން މުއިއްޒަށް ފޮނުވަފާނެކަމަށް ބެލެވޭ ސިޓީގެ ދިވެހި ތަރުޖަމާ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރާއިރު އެބޭފުޅުން އެދުނުގޮތައް މަޖިލީހަށް ގެންގޮސް އެބޭފުޅުންގެ ބަހެއް ހޯދާލަންވެސް ސަރުކާރުން ވަނީ ދެކޮޅު ހަދާފައެވެ. އެންމެ ބޮޑު ކޯޓުގެ ފަނޑިޔާރުން ވަކިކުރާގޮތާމެދު ގާނޫނީ ވަކީލުން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށެވެ.

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 11 މެއި 2025 | އާދީއްތަ 14:04
ރައީސް މުއިއްޒުއަށް ކޮމަންވެލްތުން ފޮނުވިކަމަށް ބެލެވޭ ސިޓީ

ރައީސް މުއިއްޒުއަށް ކޮމަންވެލްތުން ފޮނުވިކަމަށް ބެލެވޭ ސިޓީ

ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒަށް

ވެދުން ސަލާމަށްފަހު ދަންނަވަމެވެ.

ސިޓީގެ މައިގަނޑަށް ދިއުމުގެ ކުރިން އެއްކަމެއް ހަނދާންކޮށްލަދޭނަމެވެ. މި ޖަމްއިއްޔާއިން މިފަދަ މޭރުމަކުން މިސިޓީ މިފޮނުވާ ސަބަބު ކޮންމެވެސް ވަރަކަށް ތިލަކޮށްލަ ދިނުމަށެވެ.

ރައީސް މުއިއްޒުއެވެ. އަހަރެމެންނީ ތިޔަ ގައުމުންވެސް ބައިވެރިވެފައިވާ ޖަމްއިއްޔާއަކީމެވެ. އަހަރެމެންނާއެކު ވެފައިވާ އެއްބަސްވުންތަކުގައި ތިޔަ ގައުމުންވެސް އަމަލުކުރާން ޖެހޭނޭ ކަންކަމަކާއި ހިފަހައްޓާން ޖެހޭ އުސޫލުތަކެއް ހުރެއެވެ. ތިޔަގައުމުގެ ސަރުކާރުން އެއްބަސްވެ ސޮއި އެޅީ އެކަންކަމަށް ރިޢާޔަތްކޮށް އެއިން އުނިކުރާންވީ ކަންކަން އުނިކޮށް ކުރާން ބޭނުންވި ކަންކަން މުތުލަގަށް ސާފުވެގެންނެވެ. މައިގަނޑު އެއް އަސާސަކީ ތިޔަ ގައުމުގެ ރައްޔިތުން ގަބޫލުކޮށްގެންތިބި ދީނާ ނުބެހުމާއި އެތެރޭގެ ދާޚިލީ ކަންކަމުގެ ތެރެއަށް ނުވަނުމެވެ. އަހަރެމެން މިތިބީ އެތަރަހައިގެ ތެރޭގައެވެ. އެއާ ޚިލާފަށް ކުޑަބޭރުވެސް އަރާނުލައެވެ.

ރައީސް މުއިއްޒުއެވެ. ފަހަރުގައި ދައްކާން މިއުޅޭ ވާހަކައިން އެހެން ހިތްޕުޅަށް އަރާވަޑައިގެންފައިނެތީ ފަށްފަށްކޮށް ތަކުރާރުކޮށްލަމެވެ. އިންސާފާއި ހަމަހަމަކަން ގާއިމް ކުރުމާއި އަދްލު އިންސާފް ލިބުމަށް ބާރުއެޅުމަކީ ކުރިން މިބުނެވުނު ދީނީ މިނިވަންކަމާއި އެތެރޭގެ ދާޚިލީ ކަންކަމާ ބެހުން ނޫންކަން ރަސްމީ ސިފައެއްގައިވެސް އަންގަމެވެ. އެހެންކަމުން ތިޔަ ކުރަމުންދާ ކަންކަމާމެދު އަހަރެމެން ބަހެއް ބުނުމަކީ ދަލުބޭރުން ޖެހިގެން އުޅުންކަމަށް ނުބެއްލެވުން އެދެމެވެ. މިއީ މަނިކުފާނުގެ ސަރުކާރުތެރެއަށް އަތާ ފައިބޭނުން ނޫންކަމަށް ގަބޫލު ކުރެއްވުމަށްވެސް ދަންނަވަމެވެ.

ރައީސް މުއިއްޒުއެވެ. މަނިކުފާނު ކާމިޔާބު ކުރެއްވި ރިޔާސީ އިންތިހާބު ސައްހަ ކަމަށް އަހަރެމެންގެ ޓީމުން އޭރުވެސް ބުނީ އެހެންވެގެންނެވެ. ތިޔަ ސަރުކާރު އަހަރެމެން ގަބޫލުކުރީ ރައްޔިތުންގެ ވޯޓަކުން އިންތިހާބު ކުރީތީއެވެ. މަނިކުފާނުގެ ވެރިކަމާ ރުހިގެން މިތިބީ ރައްޔިތުންނަށްޓަކައި ކޮށްގެން ތިޔަހަރަ ހުވާގެ ސާފުކަމަށް ބަލައިގެންނެވެ.

ރައީސް މުއިއްޒުއެވެ. އެހެންނަމަވެސް ވައުދާއި އަހުދު އުވާލައި މަނިކުފާނު ތިޔަ ގަންނަގަނޑު އަހަރެމެން މިދަނީ ނުހަނު ގާތުން ބަލަމެވެ. ވަރަށް ފަރުވާތެރިކަމާއެކު އެކަމަށް ނަޒަރު ހިންގަމުންނެވެ. ކަމާ ގުޅުންހުރި އަމިއްލަ މިނިވަން މުއައްސަސާތަކާއި ޚަބަރުފަތުރާ ވަސީލަތްތަކުގެ ބަސްތައްވެސް އެހާމެ ގާތުން ދިރާސާ ކުރަމުންނެވެ. އެއްޗެކޭ މި ބުނަނީ އެކަންކަމަށް ބަލައި އަހަރެމެން އެއްޗެކޭ ބުނަންޖެހޭވަރަށް އެކަމުގެ އުންސުރުތަކާއި މަބްދައުތައް އަދި މަބާދައުތައް ހަމަވީމައެވެ. ދެންވާ ނުބުނެ ތިބެއްޖެނަމަ މަނިކުފާނުވެސް އަހަރެމެންނާ ރުހިގަބޫލުވެ ތިބި ބީދައިން ދެން ތބި އެހެންގައުމުތަކުންވެސް އަހުރަމެންނަށް ލައުނެއް ދޭނެތީއެވެ. ސީދަލަށް ސާފުކޮށް ބުނާނަމަ މިޖަމްއިއްޔާ އޮތުމުގެ ސަބަބުތަކާ އަރާ ހަމަކުރީމައެވެ.

ރައީސް މުއިއްޒުއެވެ. މަނިކުފާނުގެ ގައުމުގެ މީހުންގެ ބަހުންހެން، ކޮންމެ ދެބަހެއްގެ ދޭތެރެއިން ތިޔަވިދާޅުވަމުން ގެންދަވަނީ އަދްލު އިންސާފް ގާއިމް ކުރައްވާނޭ ކަމަށެވެ. ފަނޑިޔާރުގެއަކަށް ނުފޫޒެއް ނުފޯރުވާނެ ކަމަށެވެ. ޖުޑިޝަރީއަށް އަތެއް ނުބާނުއްވާނެ ކަމަށެވެ. ތިޔައީ މިހާރު ލަވަޔަކަށްވެސް ނުފުދެއެވެ. އެއަށްވުރެ މީހުން ފޫހިވާ އެއްޗަކަށް ތިޔަ ބަނދިވަރު މިހާރު ވެއްޖެއެވެ. އެހަމައިގެ މަތިން އަހަރެމެންނަށްވެސް މިހާރު އެއީ ބޮޑު ޖޯކަކަށް ވެއްޖެއެވެ. ތިޔަ ފޯރުވަނީ ނުފޫޒެއް ނޫނެވެ. ތިޔަ ބާނަނީ އަތް އެކަންޏެއްވެސް ނުމެ ނޫންމެއެވެ. އެއަށްވުރެ ބޮޑަށް އަތާ ފައިގެ ބަދަލުގައި ތިޔަ ބާނަނީ މުޅި ހަށިގަނޑެވެ. ނުފޫޒު ފޯރުވަނީ އެކަންޏެއް ނޫނެވެ. މުތުލަގަށް އަދްލު އިންސާފް ތިޔަ ފުނޑާލައްވަނީއެވެ.

ރައީސް މުއިއްޒެވެ. މިހެންބުނީމާ އަނެއްކާ އަހަރެމެންނާ ދިމާލަށް ދެލޯ އަޅައިގެންހުރެ ރަތްމަހަކަށް ނުގޮވާހާ ވަރަށް އެއްޗެހި ގޮވާނީކީ ނޫނެވެ. ނުބެހޭ ކަންކަމާ ނުބެހި އަނގަ ހިމޭނުން ލައިގެން ތިބޭށޭބުނެ ގަދަބަސް ބުނާނީކީއެއްވެސް ނުމެނޫންމެއެވެ.

ރައީސް މުއިއްޒުއެވެ. އަހަރެމެންނަށް ފެންނަ ބޮޑު މަންޒަރު ވަރަށް ސާފެވެ. ކުރާން އުޅޭ ކަންކަން ކުޑަކޮށްވެސް އޮޅިފައެއްނެތެވެ. ޑިމޮކްރަސީއޭ ރައްޔިތުންގެ ވެރިކަމޭ އެންމެންގެ ލާބައޭ ގޮވާނެ ކަމެއްނެތެވެ. ހާއުފާވެރިކަމާ ސިލްމާ ސަލާމޭ ދަރިންނާ ދަރިންގެ އުޖާލާ މުސްތަގްބަލޭ ވަތުއޮޑިއޭ ގޮވުމުގެ މާނައެއް ނެތެވެ. ތިޔަކުރާ ކަންކަމާއި ތިޔަހުރި މިސްރާބުގެ ސީދާ މަންޒިލަކީ ނަމުން ނުބުންޏަސް ސީދާ ރަސްކަމަކަށް ތިޔަގައުމު ބަދަލުކުރުމެވެ. އޭގެ އެންމެ ބޮޑު ހެއްކަކީ އަދުލު އިންސާފުގެ ބާރު ފުނޑާލުމެވެ.

ރައީސް މުއިއްޒުއެވެ. އަހަރެމެން މިތިބީ ވަރަށް ފަރުވާވެއެވެ. ކަމަކަށްފަހު ކަމެއް ކުރަމުންގޮސް ތިޔަ ނިންމާލަނީ ސުޕްރީމް ކޯޓުގެ ކަންތަކެވެ. ފަނޑިޔާރުންނަށް ދެއްކި ބިރު ނުހަނު ހާމަކޮށް ފެންނާންހުރި ހެކިތައް އަހަރެމެންގެ އަތުގައިވެސް އެބަހުއްޓެވެ. އެއީ ސިއްރުކުރާވަރަށްވުރެ ތިޔަގައުމުގެ ރައްޔިތުންނަށް ރޯމާ ދުވާލު ފެނިފައިހުރި މަންޒަރުތަކެކެވެ. ރީތިކޮށްލަން އޭސީސީ އާ ޖޭއެސްސީ ވެއްދިއަސް ތިޔައީ ރާވައި ހިސާބު ޖަހައިގެން ކުރާ ކަމެއްކަން ނޭނގޭ ހަމައެކަކުވެސް ތިޔަ ގައުމަކު އަދި މުޅި ދުނިޔެއަކުވެސްނެތެވެ.

ރައީސް މުއިއްޒުއެވެ. މި ގޮތައް އަހަރެމެން އަދި ސިޓީއެއް ފޮނުވިއަސް މަނިކުފާނަށް ކަހެރުވަކެކޭވެސް ހީނުވާނެކަން އެނގެއެވެ. މަނިކުފާނުގެ އާރާއި ބާރު ބޭނުންކޮށްގެން ކޮންމެ ކަމެއްވެސް ކުރާނެކަން ހަނދާނުން ކައްސާލީކީއެއްވެސް ނުމެ ނޫންމެއެވެ. އެކަމަކު އަހަރެމެންވެސް އަހަރެމެންގެ ދައުރު އަދާކޮށްލަނީއެވެ. އަހަރެމެންގެ އެހީތެރިކަމަށް އެދޭތީއާވެސް އެކުގައެވެ. ކުޅިވަރު މުބާރާތްތަކުގައި ބައިވެރިވާން ކުދިން ފޮނުވާނެކަންވެސް އެނގިތިބެއެވެ. އެކަމަކުވެސް ބުނަމެވެ.

ރައީސް މުއިއްޒުއެވެ. ކުރިއަކުން އަހަރެމެން ތިޔައީކީ ސޮހޮލެއްހާ ފިނޑިއެއް ކަމަކަށް ހީއެއް ނުކުރަމެވެ. އަހަރެމެން އެދުނީ ތިޔަބާރެއް ބޭނުންކޮށްގެން ފަނޑިޔާރުން ވަކިކުރުމުގެ ކުރިން އެމީހުންގެ ބަހެއްވެސް އަހާލަ ދިނުމަށެވެ. އެމީހުން އެބުނާގޮތައް ޑިއު ޕްރޮސެސް ވެސް ފުރިހަމަކޮށްފައި ނުވާތީ އެމީހުންގެ ވާހަކައެއްވެސް އަހާލުމަށެވެ. އެކަމަކު ތިޔަ ނިންމާލަނީ އެންމެފަހުން އެއިންމީހަކު ގެނެސް ތޯވެސް އަހާނުލައެވެ. މަޖިލީހުގެ ކޮމެޓީވެސް ހާމަކޮށްލައް ނުކެރި ވަރަށް ހަޑި އެހާމެ ފިނޑި ގޮތަކަށެވެ.

ކައްގަލަށް ދިގުކުރާކަށް ހާސަރުތަކެއް ދަމާކަށް ނެތީމެވެ. ތިޔަވާނީ ހަމަ ތިޔަޔަށެވެ. ހަތްފެނުލާ ކައްކާ ރާހުތުލިޔަސް ތިޔަކަށް އަންނާނޭ އިތުރު ބަދަލެއް ނޯންނާނެއެވެ. އެކަމަކު ނިންމާލަމުން އެއްވާހަކަ ބުނެލާނަމެވެ. އިންސާފޭ ހަމަހަމަކަމޭ އަދުލޭ ރައްޔިތުންނޭ، ފަޅޮލޭ ފަޅޮލޭ ދެން ނުކިޔައްޗެވެ. ފައިސާ ހޯދާނަމޭ ހިތައިވެސް ގައުމުތަކަށް ފޮނުވައިގެން ރީތި ވާހަކަވެސް ދެން ނުދައްކަވައްޗެވެ. އަހަރެމެންވެސް މިތިބީ ވަރަށް ހޭލައެވެ. ލޯހުޅުވައިގެންނެވެ. ނުހަނު ގާތުން ބަލަމުންނެވެ.

ރައީސް މުއިއްޒުއެވެ. ފަހުބަހަކާއި އިހުބަހަކަށްވެސް ބުނެލާނަމެވެ. އެއްވެސް ކަމަކީ ތާއަބަދު ދެމިއޮންނަ ކަންކަމެއް ނޫނެވެ. ދިވެހިންގެ ދީނުގައިވެސް އޮންނަ ގޮތައް އިންސާފް އަރާ ހަމަކުރާނެއެވެ. މަތިން ގަޑި ޖެހުނީމާ އެކަން ވާނެއެވެ. އަރާއިރުގޮސް ދުވާލުވަގުތު ނިމުނީމާ އޮއްސޭނެއެވެ. މިދުނިޔެއަކު ހަމަ އެންމެ ރައީސަކަށްވެސް އަދި ވާން ތިޔައުޅޭހެން ރަސްކަލަކަށްވެސް ތާއަބަދަކު ތިޔަހެނެއް ހުރެވިފައެއް ނެތެވެ. މިތިބީ ބަލާށެވެ. އަހަރެމެންވާ ސަލާމެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އައްޑޫ ސިޓީގެ ވިޔަފާރިތަކަށް ހުރި ހުރަހަކީ ކޮބާ؟

އައްޑޫ ސިޓީގެ ވިޔަފާރިތަކަށް ހުރި ހުރަހަކީ ކޮބާ؟

29 މެއި 2023
2024ގެ ރިޔާސީ ރޭސް: ބައިޑެންއާ ވާދަކުރައްވާނެކަމަށް ބެލެވޭ ޑިމޮކްރެޓުން

2024ގެ ރިޔާސީ ރޭސް: ބައިޑެންއާ ވާދަކުރައްވާނެކަމަށް ބެލެވޭ ޑިމޮކްރެޓުން

21 ނޮވެމްބަރު 2022
ދެން އިންޑިއާ އައުޓް ހަރަކާތް ކުރިއަށްގެންދެވޭނެ ކަމަކަށް ނުބެލެވޭ

ދެން އިންޑިއާ އައުޓް ހަރަކާތް ކުރިއަށްގެންދެވޭނެ ކަމަކަށް ނުބެލެވޭ

26 އެޕްރީލު 2022
ކުޅުދުއްފުށި ސިޓީގެ ރައްޔިތުން ތިބީ ރަނގަޅު ނިޒާމެއްގެ ދަށުން ކުނި މެނޭޖް ކުރެވޭނެ ދުވަހެއްގެ އިންތިޒާރުގައި!

ކުޅުދުއްފުށި ސިޓީގެ ރައްޔިތުން ތިބީ ރަނގަޅު ނިޒާމެއްގެ ދަށުން ކުނި މެނޭޖް ކުރެވޭނެ ދުވަހެއްގެ އިންތިޒާރުގައި!

11 ނޮވެމްބަރު 2021
ބަޖެޓް 2022: ކުޅުދުއްފުށި ސިޓީގެ ރައްޔިތުންނަށް އުންމީދީ ބަޖެޓެއް

ބަޖެޓް 2022: ކުޅުދުއްފުށި ސިޓީގެ ރައްޔިތުންނަށް އުންމީދީ ބަޖެޓެއް

05 ނޮވެމްބަރު 2021

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު