Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓް

ދެން އިންޑިއާ އައުޓް ހަރަކާތް ކުރިއަށްގެންދެވޭނެ ކަމަކަށް ނުބެލެވޭ

26 އެޕްރީލު 2022 | އަންގާރަ 14:41

ރާއްޖެއިން ބައިވެރިވެފައިވާ މުއާހަދާތަކާ ޚިލާފު ހަރަކާތެއް

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 26 އެޕްރީލު 2022 | އަންގާރަ 14:41
އިންޑިއާ އައުޓް ކެމްޕޭންގެ ތެރެއިން

އިންޑިއާ އައުޓް ކެމްޕޭންގެ ތެރެއިން

އިންޑިއާ އައުޓޭ ކިޔައިގެން އިދިކޮޅުން މަގުމަތީގައި އުޅޭތާ އަހަރަކަށްވުރެ ގިނަދުވަސްވީއެވެ. އެންމެ ފުރަތަމަ ހަރަކާތް ފެށިގެން އައީ ކުޑަކޮށް ނަމަވެސް، ރައީސް ޔާމީން ޖަލުން މިނިވަންވެވަޑައިގަތުމާއެކު ރާއްޖޭގެ ރަށްރަށަށް ވަޑައިގަންނަވަން ފެއްޓެވިއެވެ. އެންމެ ފުރަތަމަ އެމަނިކުފާނުގެ ސަޕޯޓަރުންނާ ބައްދަލުކުރައްވައިވެސް އެކަމަށް ހިތްވަރުދެއްވިއެވެ. އަދި އެއީ ސީދާ އެމަނިކުފާނުގެ އިރުޝާދުގެ ދަށުން ހިންގާ ހަރަކާތެއް ކަމަށް ވިދާޅުވިއެވެ.

މި ހަރަކާތް ހިންގަން ފެށުމުން ސަރުކާރުން މިކަމަށް އެހާ ބޮޑު ސަމާލުކަމެއް ނުދެއެވެ. ހަމައެކަނި އެކަން ކުށްވެރިކޮށް ބަޔާން ނެރެލީއެވެ. ދެންވެސް ބެލީ އަމިއްލައަށް ވިސްނިގެން އެކަން ހުއްޓާތޯއެވެ. އަވައްޓެރި ގައުމަކާ ދެކޮޅަށް ހިންގާ މިފަަދަ ހަރަކާތަކުން ރާއްޖެފަދަ ގައުމަކަށް ލިބޭނެ ގެއްލުން ޚުދު ރައީސް ޔާމީނަށްވެސް އެނގި ވަޑައިގަންނަވާނެއެވެ. އިންޑިއާ އަސްކަރިއްޔާއަށް ރާއްޖޭގައި ޖާގައެއް ނެތްކަމަށް ވިދާޅުވެ، އަތޮޅުތެރޭގެ ރަށްރަށުގައި އިހުތިޖާޖުތައް ކުރިއަށް ގެންދެވިއެވެ. މާލޭގައި ބާއްވަން އުޅުނު އެއްވުން ކުރިއަށް ގެންދިޔުމުގެ ފުރުސަތު ފުލުހުން ނުދިނީ އެ ހަރަކާތުގެ ތެެރެއިން ހަމަޖެހުން ނަގާލަން ރާވާފައިވާކަމަށްބުނެއެވެ. ދެންވެސް ސަރުކާރުން މާބޮޑު ސަމާލުކަމެއް އިދިކޮޅުގެ މިހަރަކާތަށް ނުދެއެވެ.

އެންމެ ފަހުން ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީއަށް ރައީސް ނަޝީދު ހުށައެޅުއްވީ މި ހަރަކާތުން ރާއްޖޭގެ ސަލާމަތަށް އޮތް ނުރައްކާ ދެނެގަތުމަށް ޚާއްސަ ދިރާސާއެއް ކުރުމަށެވެ. މި ދިރާސާއަށް މައުލޫމާތު ދެއްވުމަށް ވަޑައިގެންނެވި ސަލާމަތީ ޚިދުމަތްތަކާ ބެހޭ ހުރިހާ ބޭފުޅުންވެސް އިއްތިފާގުވާ އެއްކަމަކީ، މިއީ ނުރައްކާތެރި, ގައުމީ ސަލާމަތަށް ނުރައްކާ އޮތް ހަރަކާތެއް ކަމެވެ. މިކަން ހުއްޓުވަންޖެހޭކަމެވެ. އެހެންނަމަވެސް ހުއްޓުވަން ކުރާނެ ކަމެއް އޭރުވެސް ވިދާޅެއްނުވެއެވެ.

މިހެން ކަންތައް ހިނގަމުން އައިސް އެންމެ ފަހުން މާލޭގެ އެކި ހިސާބުތަކުގައި ބެނާ ދަމައި, ފާރުތަކުގައި ލިޔަން ފެށީއެވެ. މާލޭގެ މަލަމަތީގައި ބޮޑު ބެނާއެއް ދެމިއެވެ. ރާޅުގަނޑު ސަރަހައްދުގައި ހުންނަ ރައީސް ޔާމީންގެ އަމިއްލަފުޅު ގޭގައެވެ. މިފަދަ ބެނާތައް މާލޭގެ އެކި ސަރަހައްދުތަކުގައި ދެމުމަށް އިދިކޮޅުން އޮތީ ނިންމާފައެވެ. "އިންޑިއާ އައުޓް" ބެނާ ދެމި މައްސަލާގައި މަޖިލީހުގެ ޖަލްސާގައި ރައީސް ނަޝީދުވެސް ވާހަކަފުޅު ދެއްކިއެވެ. އެމަނިކުފާނު ވިދާޅުވީ އެއީ ކުރެއްވޭނެކަމެއް ނޫންކަމަށެވެ. އެ ކަމަށް ޖާގަ ދެއްވަައިގެން ނުވާނެކަމަށާއި, ސަލާމަތީ ބާރުތަކުން އެ ބެނާތައް ނަގައި، އެކަން ވަގުތުން ވަގުތަށް ހުއްޓުވަންޖެހޭ ކަމަށެވެ.

ބެނާ ދެމިތާ އެއްދުވަސް ފަހުން ފުލުހުންވަނީ އެ ބެނާ ނެގުމަށް ކޯޓު އަމުރު ހޯދާފައެވެ. އަދި އެ އަމުރުގެ ދަށުުން ބެނާ ނެގިއެވެ. ހަމަ އެރޭ ގައުމީ ސަލާމަތާބެހޭ މަޖިލީހުންވެސް ނިންމުމެއް ނިންމިއެވެ. އެއީ އިންޑިއާ އައުޓް ކެމްޕޭނުގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކާވާ ކަމަށެވެ. އެހެންކަމުން އެކަން ހުއްޓުވުމަށް ގަރާރެއް ނެރުއްވިއެވެ.

ގަރާރުގައި ބުނެފައިވަނީ, ދިވެހި ސަރުކާރުގެ ސިޔާސަތަކީ، ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި އެއްވެއުޅުމުގެ މިނިވަންކަމަށް ދެވޭނެ އެންމެ ފުޅާމިނެއްގައި ޖާގަދީ، ޑިމޮކްރެޓިކް މުޖުތަމައުތަކުގައި ޢަމަލުކުރަމުންދާ އަސާސްތައް ދެމެހެއްޓުން ކަމަށާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީން ލިބިދީފައިވާ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި އެއްވެއުޅުމުގެ މިނިވަންކަމުގެ ނާޖާއިޒު ފައިދާ ނަގައި، އިންޑިޔާއާ ދެކޮޅަށް ހިންގާ ކެމްޕޭނަކީ، ދިވެހިރާއްޖޭގެ ސުލްހަމަސަލަސްކަން ނަގައިލުމުގެ ނިޔަތުގައި، ދިވެހިރާއްޖެއާ އިންޑިޔާއާއެކު އޮތް ޒަމާންވީ ބަދަހި ގުޅުމަށާއި، ރާއްޖޭގެ ތަރައްގީއަށާއި މި ސަރަހައްދުގެ ސަލާމަތާއި ހަމަޖެހުމާއި އަމަންއަމާންކަން ދެމެހެއްޓުމަށް ބައިނަލްއަގުވާމީ ފެންވަރުގައި، ރާވައިގެން ހިންގަމުންގެންދާ ކެމްޕޭނެއްކަމަށް މިގަރާރުގައި ބުނެފައިވެއެވެ.

އެ ގަރާރުގައި ބަޔާން ކުރައްވާފައިވާ ގޮތުގައި، މިއީ އެންމެހާ ބައިނަލްއަގުވާމީ މުއާހަދާތަކާ ވެސް ދެކޮޅު ހަރަކާތެކެވެ.

މި ކެމްޕޭނު ނުހުއްޓުވިއްޖެނަމަ ރާއްޖޭގެ ރައްޔިތުންނަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށާއި، ފޫނުބެއްދޭނެވަރުގެ ބޮޑު ގެއްލުމެއް ވެސް ލިބިދާނެކަމަށް މި ގަރާރުގައި ވެއެވެ.

އިދިކޮޅުން ބުނަމުން އަންނަނީ މިއީ ބާތިލް ގަރާރެއް ކަމަށެވެ. އަދި މިއީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް އެޅުން ކަމުގައެވެ. އެހެންކަމުން އިންޑިއާއައުޓްގެ ސްޕެލިންގ ބަދަލުކޮށް އަނެއްކާވެސް ބެނާ ދަމަން ފެށީއެވެ. "އިން ޑިއަރ އައުޓް" މިހެން ލިޔެ ދެމި ބެނާތައްވެސް ފުލުހުން ވަނީ ނަގާފައެވެ. އެހެންނަމަވެސް އިދިކޮޅުން ވަނީ "އިންޑިއާ އައުޓް" ހަރަކާތް ނުހުއްޓާނެކަމަށް ބުނެފައެވެ. މާލޭގައާއި އަތޮޅުތެރޭގައިވެސް އިތުރަށް ހަރަކާތް ކުރިއަށްގެންދާނެ ކަމަށް އިދިކޮޅުންވަނީ ބުނެފައެެވެ.

އަނެއްކޮޅުން ރައީސްގެ ގަރާރަކުން މިވަނީ މި ހަރަކާތް ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅާފައެވެ. މިކަމުން ރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކާއޮތްކަމަށް ކަނޑައަޅާފައެވެ. އެހެންކަމުން މިހަރަކާތަށް ދެން ސަރުކާރުން އެއްވެސް ޖާގައެއް ދޭނެކަމަކަށް ނުބެލެވެއެވެ.

އިންޑިއާ އައުޓްޕީ.ޕީ.އެމް-ޕީ.އެން.ސީ ކޯލިޝަން

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

3

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

ވޯލްޑް ކަޕް ތެރޭގައި މެސީ މަރާލަން ރޭވިކަމުގެ ތަފްސީލު ހާމަވެއްޖެ

އިތުރަށް ކިޔާލަން

18 އޯގަސްޓު 2025

މަޖިލިހުގައި ފޮރިން މިނިސްޓަރ ދޮގު ހެއްދެވި މައްސަލަ ހުށަހަޅައިފި

18 އޯގަސްޓު 2025
މަޖިލިހުގައި ފޮރިން މިނިސްޓަރ ދޮގު ހެއްދެވި މައްސަލަ ހުށަހަޅައިފި
17 ޖުލައި 2025

ތަކެތީގެ އަގު އިންތިހާއަށް މައްޗަށް ގޮސް ރައްޔިތުން ހަނާވާއިރު، ވަކި މީހަކު ރުއްސަން މޮޅު ވާހަކަ ދެއްކިޔަސް ރައްޔިތުން ގަބޫލެއް ނުކުރާނެ: އައްބާސް

17 ޖުލައި 2025
ތަކެތީގެ އަގު އިންތިހާއަށް މައްޗަށް ގޮސް ރައްޔިތުން ހަނާވާއިރު، ވަކި މީހަކު ރުއްސަން މޮޅު ވާހަކަ ދެއްކިޔަސް ރައްޔިތުން ގަބޫލެއް ނުކުރާނެ: އައްބާސް
29 ޖެނުއަރީ 2025

ފައިސަލްގެ މަޤާމު ގެއްލުވާލީ އަބްދުއްރަހީމް ނިކަމެތި ކޮށްލުމުގެ ބޭނުމުގައި: އަހުމަދު ހަލީމް

29 ޖެނުއަރީ 2025
ފައިސަލްގެ މަޤާމު ގެއްލުވާލީ އަބްދުއްރަހީމް ނިކަމެތި ކޮށްލުމުގެ ބޭނުމުގައި: އަހުމަދު ހަލީމް
24 ޑިސެމްބަރު 2024

އިންޑިއާގެ ލޭބަރުންތަކެއް ހާލުގައި ޖައްސައިފި

24 ޑިސެމްބަރު 2024
އިންޑިއާގެ ލޭބަރުންތަކެއް ހާލުގައި ޖައްސައިފި
24 ޑިސެމްބަރު 2024

ޓޫރިޒަމް އިންޑަސްޓްރީއަށް އަމާޒުކޮށް އެމްޑީޕީން ޓެރަރިސްޓް ހަމަލާއެއް ދޭން އުޅޭ ކަމަށް ވިދާޅުވި ނިހާދު ސަސްޕެންޑުކޮށްފި

24 ޑިސެމްބަރު 2024
ޓޫރިޒަމް އިންޑަސްޓްރީއަށް އަމާޒުކޮށް އެމްޑީޕީން ޓެރަރިސްޓް ހަމަލާއެއް ދޭން އުޅޭ ކަމަށް ވިދާޅުވި ނިހާދު ސަސްޕެންޑުކޮށްފި
24 ޑިސެމްބަރު 2024

އެމްޑީޕީން ރިސޯޓުތަކަށް އަރަން އުޅޭ ކަމަށް ތުހުމަތު ކޮށްފި

24 ޑިސެމްބަރު 2024
އެމްޑީޕީން ރިސޯޓުތަކަށް އަރަން އުޅޭ ކަމަށް ތުހުމަތު ކޮށްފި
22 ޑިސެމްބަރު 2024

އެޗްޑީސީގެ ބިޔަބޮޑު ވައްކަމަކީ މުޅި ގައުމުގެ މަސްލަހަތު އޭގައި ހިމެނޭ ކަމެއް: މީކައިލް

22 ޑިސެމްބަރު 2024
އެޗްޑީސީގެ ބިޔަބޮޑު ވައްކަމަކީ މުޅި ގައުމުގެ މަސްލަހަތު އޭގައި ހިމެނޭ ކަމެއް: މީކައިލް
23 ނޮވެމްބަރު 2024

އެހެން ރައީސުންނަށް އަތްލަން ނުކެރުނު ކަންކަމުގައި ރައީސް މުޢިއްޒު އަތްލައްވަން ފެއްޓެވި ފަހުން، ހުރިހާ ތަކުލީފެއް ނިކަމެތި ރައްޔިތު މީހާ އަށް!

23 ނޮވެމްބަރު 2024
އެހެން ރައީސުންނަށް އަތްލަން ނުކެރުނު ކަންކަމުގައި ރައީސް މުޢިއްޒު އަތްލައްވަން ފެއްޓެވި ފަހުން، ހުރިހާ ތަކުލީފެއް ނިކަމެތި ރައްޔިތު މީހާ އަށް!
21 ނޮވެމްބަރު 2024

ދައުލަތުގެ އެއްބާރުގެ ވެރިޔާ މިވަގުތު އެހުންނެވީ ޕީއެންސީގެ ސުލޫކީ ކޮމިޓީގެ ކޮންޓްރޯލްގެ ދަށުގައި

21 ނޮވެމްބަރު 2024
ދައުލަތުގެ އެއްބާރުގެ ވެރިޔާ މިވަގުތު އެހުންނެވީ ޕީއެންސީގެ ސުލޫކީ ކޮމިޓީގެ ކޮންޓްރޯލްގެ ދަށުގައި
02 ނޮވެމްބަރު 2024

ކައުންސިލް ތަކުގެ ބަޖެޓު މަދު ކުރުން، ލާމަރުކަޒީ ނިޒާމު ފުނޑާލަން ކުރާ މަސައްކަތުގެ ބައެއް!

02 ނޮވެމްބަރު 2024
ކައުންސިލް ތަކުގެ ބަޖެޓު މަދު ކުރުން، ލާމަރުކަޒީ ނިޒާމު ފުނޑާލަން ކުރާ މަސައްކަތުގެ ބައެއް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް