Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އައްޑޫ ސިޓީގެ ތަރައްޤީ

އައްޑޫސިޓީގެ ތަރައްޤީއަށާއި އިންޓަރނޭޝަނަލް އެއަރޕޯޓަށް ލިބެންފަށާ އައު ދިރުމަކީ ކޮބާ؟

މޯލްޑިވިއަންގެ ސީޕްލޭންގެ ޚިދުމަތް އައްޑޫ ސަރަޙައްދުގައި ފެށުމާބެހޭ އެއްބަސްވުމުގައި، މޯލްޑިވިއަނާއެކު ސޮއިކޮށްފައި

މުހައްމަދު އާދަމް ސަލީމް
މުހައްމަދު އާދަމް ސަލީމް, ރާއްޖެ އެމްވީ | 11 ނޮވެމްބަރު 2020 | ބުދަ 08:55
އެއަރޕޯޓަށް ދިރުން ގެނެސްދިނުމަށް މިހާރު ވަނީ، މޯލްޑިވިއަންގެ ސީޕްލޭންގެ ޚިދުމަތް އައްޑޫ ސަރަޙައްދުގައި ފެށުމާބެހޭ އެއްބަސްވުމުގައި، މޯލްޑިވިއަނާއެކު ސޮއިކޮށްފައި

އެއަރޕޯޓަށް ދިރުން ގެނެސްދިނުމަށް މިހާރު ވަނީ، މޯލްޑިވިއަންގެ ސީޕްލޭންގެ ޚިދުމަތް އައްޑޫ ސަރަޙައްދުގައި ފެށުމާބެހޭ އެއްބަސްވުމުގައި، މޯލްޑިވިއަނާއެކު ސޮއިކޮށްފައި

ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙުގެ ޒަޢާމަތުގެ ފެށުމާއި ހަމައަށްވެސް، އައްޑޫ ސިޓީގެ ތަރައްޤީގެ ހުވަފެންތަކުގައި ޖެހެމުން ދިޔައީ ޙަގީގީ ކުލަތަކެއް ނޫނެވެ. މި ކުލަތައް ފެންނާން އޮތީ، ވަޢުދުވެ، ނަމަވެސް ފުދިފައިނުވާ ވަޢުދުތަކެއްގެ ގޮތުގައެވެ. މިސާލަކަށް ދަންނަވާނަމަ، އެސިޓީގެ ގަމުގެ އެއަރޕޯރޓު 1 ކިލޯމީޓަރ ބޮޑުކުރުމުގެ މަޝްރޫޢުގެ ތެރޭގައި، ރަންވޭގެ ހުޅަނގު ފަރާތުން، ސީޕްލޭން ޖެއްސޭނެ ސަރަޙައްދެއް ކަނޑައަޅައި، ޓާމިނަލެއް ހަދާފައއި އޮތެއްކަމަކު، އެކަމެއް ނުހިނގައެވެ.

ސީޕްލޭންގެ ޚިދުމަތް ދިނުމަށްޓަކައި، އެ ޓާރމިނަލް ޓީ.އެމް.އޭއަށް ކުއްޔަށްދިނެވެ. ނަމަވެސް ދާދި ފަހަކާ ޖެހެންދެއްވެސް، ޓީ.އެމް.އޭއިން އޮޕަރޭޝަން ނުފަށައެވެ. ހަމައެކަނި ކުލި ދެއްކުން ނޫންކަމެއް ނުވެއެވެ. މި އޮޕަރޭޝަން ނުފަށާ އޮތުމުގެ ސަބަބުން، ގަމަށް އިންޓަރނޭޝަނަލްފްލައިޓުތައް ޝައުގުވެރިއެއް ނުވިއެވެ. ޗާޓަރުތަކުގައި އަންނަ ފަތުރުވެރިންގެ އަސްލު މަންޒިލްތަކަށް ވަގުތު ނުގެއްލި ދަތުރުކުރެވޭނެ މަގު ބަންދުވެފައި އޮތީތީ، އެތަން ހުރަސްކޮށް އަންނާނެ ފަތުރުވެރިން ފެންނަމުންނެއް ނުދެއެވެ.

އެންމެ ފަހުން ސީދާ ގަމުން ކޮޅުނބަށް، އަދި ކޮޅުނބުން ގަމަށް އެއާރލަންކާއިންފެށި ޗާޓަރުތައްވެސް ގެންދިޔައީ މަދުކުރަމުންނެވެ. އެހެންކަމުން، ހަމައެކަނި އިންޓަރނޭޝަނަލް އެއަރޕޯޓެއްގެ ނަން، އެ އެއަރޕޯޓަށް ދީފައިވަނީ "މޮހޮނަށް އޮޑި" ދިންގޮތަށެވެ. އެ އޮޑީގައި މޮހޮނުގެ ދައުރެއް ނެތްފަދައިން، މި އެއަރ ޕޯޓުގައިވެސް އިންޓަރނޭޝަނަލް ދަތުރުތައް ޝައުގުވެރި ކުރެވޭނެ ގޮތެއް ނެތެވެ. ފަތުރުވެރިން ގެނެސް ނިންދަވާނެހާ އެނދެއް ނެތެވެ. ޗާޓަރުތަކާއި ކަނެލްޓުވާނެ ފްލައިޓުތަކެއް މޯލްޑިވިއަންގެ ޝެޑިއުލަކުނެތެވެ. އަނެއްކޮޅުން އެ އެއަރޕޯޓުން ފަތުރުވެރިން ނަގައިގެން، ހުވަދޫ އަތޮޅަށާއި ހައްދުންމަތީގެ މަންޒިލްތަކަށް ދަތުރުކުރާނެ ސީޕްލޭން ޓާމިނަލް އޮތީ ޙަރަކާތެއް ނެތިއެވެ.

ރައީސް ސޯލިޙުގެ ސަރުކާރުން، މި އެއަރޕޯޓަށް ދިރުން ގެނެސްދިނުމަށް މިހާރު ވަނީ، މޯލްޑިވިއަންގެ ސީޕްލޭންގެ ޚިދުމަތް އައްޑޫ ސަރަޙައްދުގައި ފެށުމާބެހޭ އެއްބަސްވުމުގައި، މޯލްޑިވިއަނާއެކު ސޮއިކޮށް، ކުރިން ޓީއެމްއޭއަށް ކުއްޔަށްދިން ޓާމިނަލްގެ އެގްރިމަންޓަށް ނިމުން ގެނުވައި، މޯލްޑިވިއަނަށް މި ދެންނެވި ޓާމިނަލް ކުއްޔަށް ދީފައެވެ. އެހެންކަމުން ސީދާ އައްޑޫން އެ ސަރަޙައްދަށް ސީޕްލޭންގެ ދަތުރުތައް ފަށަން ނިންމި ނިންމުން ވެގެންދާނީ، އިންޓަރނޭޝަނަލް އެއަރޕޯޓަށް ޗާޓަރ އަދި ޝެޑިއުލް ފްލައިޓުތައް ޝައުގުވެރިވެގެން އަންނާނެ ކަމަކަށެވެ. އަދި މިކަމުގެ ސަބަބުން، އެ ސަރަޙައްދުގެ މަސްވެރިކަމުގެ އުފެއްދުންތަކާއި މިނޫންވެސް ބާވަތްތައް، ވައިގެމަގުން ބޭރަށް ފޮނުވުމުގެ ފުރުސަތާއި، ވައިގެމަގުން އެސަރަޙައްދަށް މުދާ އެތެރެ ކުރުމުގެ ފުރުސަތު ހުޅުވިގެން އަންނާނެއެވެ.

އައްޑޫ ސިޓީގެ ގޭން އިންޓަރނޭޝަނަލް އެއަރޕޯޓަށް، "ސްރީލަންކަން"ގެ ޗާޓަރ ގަމަށް ދަތުރުފެށީ 2016 ގައެވެ. ފުރަތަމަ ހަފްތާއަކު 5 ފްލައިޓު، ޖައްސަމުން ގޮސް، އެ އަދަދު މަދުކުރަމުން ގެންދިޔައެވެ. މި ފްލައިޓު ތަކުގެ އަދަދު މަދުވަމުންގޮސް، ކޮވިޑް19ގެ ލޮކްޑައުންގައި އެއަރޕޯޓު ބަންދުވިއިރު، ޖައްސަމުން ގެންދިޔައީ، ހަފްތާއަކު، 2 ފްލައިޓެވެ.

ސްރީލަންކަންގެ ޗާޓަރު ފްލައިޓުތައް ޖައްސަމުން ގެންދިޔައިރު، އެތަނަކީ މަގްބޫލު މަންޒިލަކަށް ހެދުމަށްޓަކައި، ސްރީލަންކަނުން މޯލްޑިވިއަންގައި އެދުނު އެއްކަމަކީ، އެ އެއަރލައިނުން ގަމަށް އަންނަ ފަސިންޖަރުން، ހުވަދޫ، ފުވައްމުލައް، އަދި ހައްދުންމައްޗަށް ގެންދަން ގަމުން، އޮފޕްރޭޓުކުރާ މޯލްޑިވިއަންގެ ކަނެކްޓިން ފްލައިޓެއް ބާއްވައި ދިނުމަށެވެ. ސަބަބަކީ އޭރުވެސް ދުވާލެއްގެ މައްޗަށް މޯލްޑިވިއަންގެ 5 ފްލައިޓެއް ގަމަށް ބާއްވަމުން ގެންދާތީ، އިތުރު ކަނެކްޓިން ފްލައިޓުތަކެއް ހަމަޖައްސައިފިނަމަ، ޝްރީލަންކަނުން އަންނަ ފަސިންޖަރުންނަށް ފަސޭހަވެގެން ދާނެއަތީއެވެ. އަދި އެ މަންޒިލަކީ އިންޓަރނޭޝަނަލް ޗާޓަރ ތަކަށް، މަގްބޫލު މަންޒިލަކަށް، މިކަމުގެ ސަބަބުން ވެގެން ދާނެއަތީއެވެ. ނަމަވެސް ރައީސް ޔާމީންގެ ސަރުކާރުގެ ދައުރުގައި މިކަމާމެދު ދެއްކިހާ ވާހަކަތަކުން އަނގައިގާ ލޭރަހަލުން ނޫން އެހެން ކަމެއް ނުވިއެވެ.

ގަމަށް ސްރީލަންކަން ޗާޓަރ ފްލައިޓުތައް އަޅަމުން ގެންދިޔައިރު، ހުވަދޫ އާއި ފުވައްމުލަކު ރައްޔިތުން، ގަމުން ލަންކާއަށް ދަތުރު ކުރަމުން ގެންދިޔައެވެ. އެއީ އެދުވަސްވަރު މާލެއިން ލަންކާއަށް ދަތުރު ކުރުމަށްވުރެ، އަގު ހެޔޮ ފެއަރ ތަކެއް، މި ސެކްޓަރަށް ސްރީލަންކަނުން ތަޢާރަފު ކުރަމުން ގެންދިއުމުންނެވެ. ގަމުންފުރާ ފަސިންޖަރުން އިތުރުވި އެއް ސަބަބަށް މިކަންވިއެވެ.

މިހާރުން މިހާރަށް ބަލާއިރު، ހުވަދޫ އަތޮޅުގަވެސް 10 ރިސޯޓެއް އެބައޮތެވެ. އައްޑޫ ސިޓީގަ 3 ރިސޯޓެއް އެބަ އޮތެވެ. މި 13 ރިސޯޓުގެ އިތުރުން، އައްޑޫ ސިޓީގައްޔާއި، ފުވައްމުލަކު ގައްޔާއި، ހުވަދޫއަތޮޅާއި އަދި ހައްދުންމަތީގައި ހިންގާ ގެސްޓު ހައުސްތައްވެސް މަދެއްނޫނެވެ.

އައްޑޫ ސިޓީއަށް އެކަނި ބަލާލާއިރުވެސް މިދިޔަ އަހަރު، "ސައުތް ޕާމް" ހުޅުވުމާ ހަމައަށް، އައްޑޫގެ ބެޑް ކެޕޭސިޓީ ނުވަތަ ފަތުރުވެރިންގެ އެނދުގެ ޖާގައަކީ، 1100އެވެ. އެއީ "ހެރެތެރެ" ރިސޯޓާއި "ޝަންގްރިއްލާ" ރިސޯޓުގެ އެނދުގެ ޖާގައެވެ. މިދިޔަ އަހަރު 130 އެނދުގެ ޖާގައާއިއެކު ހުޅުވުނު "ސައުތު ޕާމް" ގެ ސަބަބުން، ކުރިން އޮތް 1100 އެނދުގެ ނިސްބަތް 1250 އެނދަށް ބަދަލުވެގެން ދިޔައެވެ. މި ރިސޯޓު ތަކުގެ އިތުރުންވެސް އައްޑޫ ސިޓީގައި ހުރި ގެސްޓުހައުސް ތަކުގައިވެސް 90 އެނދު އެބަހުއްޓެވެ. އެހެން ކަމުން މިހިނދުން މިހިނދަށްވެސް އައްޑޫ ސިޓީއަކީ، 1300ށްވުރެން ގިނަ، އެނދުގެ ޖާގަ އޮތް ފަތުރުވެރިކަމުގެ މަންޒިލެކެވެ.

އައްޑޫ ސިޓީގެ އެނދުގެ ޖާގަ ނުވަތަ ބެޑް ކެޕޭސިޓީ 8000ށް އިތުރުކޮށް ދިނުމަކީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް ސޯލިހުގެ ސަރުކާރުގެ ވަޢުދެކެވެ. މި ވަޢުދު ފުއްދުމަށްޓަކައި، މިހާރު ޕްލޭންތަކެއް އޮތީ ކުރެވިފައެވެ. އޭގެ ތެރޭގައި ޝަންގްރިއްލާ ކައިރީގައި އޮތް "މުލިކެޑަ" ރަށް، ރިސޯޓަކަށް ހެދުމާއި، މަރަދުއާއި ހިތަދޫގެ ކޯޒްވޭއާއި ގުޅިފައި އޮތް "ހަންކެޑަ" ރިސޯޓަކަށް ހެދުމާއި، މީދޫއާއި ހިތަދޫގެ ފަޅުތެރެއިން 3 ރިސޯޓެއް ހިއްކައިގެންނާއި، ސިޓީ ހޮޓާ އަޅައިގެން، އެނދުގެ ޖާގަ އިތުރު ކުރަން އޮތީ ނިންމައިފައެވެ. މީގެ ތެރޭގައި ހިމެނޭ "މުލިކެޑަ" އާއި "ހަންކެޑަ" ރިސޯޓަކަށް ބަދަލުވެގެން ހިނގައްޖެނަމަ، އައްޑޫގެ ބެޑް ކެޕޭސިޓީއަށް، އަނެއްކައިވެސް އިތުރުވެގެން ދާނެއެވެ. އެހެން ކަމުން، ފަޅުތެރެއިން ބިންތައް ހިއްކައިގެން އަލަށް ހަދާ ރިސޯޓުތަކާއި އަދި، މިހާރު ރިސޯޓުތައް ހަދަން ކަނޑައަޅާފައި ހުރި ރަށްތައް، ކުރިއަށް އޮތް ދެތިން އަހަރެއްގެ ތެރޭގައި ރިސޯޓު ތަކަކަށް ބަދަލުވެގެން ދާއިރު، މިހާރުގެ ބެޑްކެޕޭސިޓީއަށް، ތިންހާހެއްހާ އެނދު، އަނެއްކައިވެސް އިތުރުވެގެން ދާނެއެވެ. އެހައިތަނުން މި މަންޒިލްގެ ބެޑްކެޕޭސިޓީ، ގާތްގަނޑަކަށް 4270ށް، ބަދަލުވާނެއެވެ.

"ހަންކެޑަ" ރިސޯޓަކަށް ހަދަން މިހާރުވަނީ، އަނެއްކާވެސް ބިޑުކޮށް، ހުށަހެޅި ބިޑުތައް އިވެލުއޭޓު ކުރުމަށްފަހު، އައްޑޫ ސިޓީން، ޓޫރިޒަމް މިނިސްޓްރީއަށް ފޮނުވާފައެވެ. އެ މިނިސްޓްރީގެ އެޕްރޫވަލަށްފަހު، "ހަންކެޑަ" ވާނީ، މިހާރު ހުރި ރިސޯޓުތަކުގެ ލިސްޓަށް އަލަށް އިތުރުވެގެންދާނެ ރިސޯޓަކަށެވެ.

މިހާރު އުދަރެހުން ފެންނާން އޮތް އައު އުންމީދަކީ، ކޮވިޑް19 އަށްފަހު، ގައުމު ތަކުގެ ބޯޑަރު ހުޅުވުމާއެކު، އައްޑޫ ގޭން އެއަރޕޯޓަށް ޔޫރަޕުން ޗާޓަރ ދަތުރު ފެށުމުގެ އުންމީދެވެ.

އައްޑޫގެ މަގުހެދުމުގެ މަޝްރޫއަށާއި، ޕޯޓު ޑިވެލޮޕްމަންޓުގެ އައު ތަސައްވުރަށާއި، ފަތުރުވެރިކަމަށާއި، ފެނާއި ނަރުދަމާގެ ހިޚުމަތަށާއި، ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ އިތުރުން، ވިޔަފާރިއާއި އިގްތިސާދަށް ބަލާއިރު، ފެންނާން އޮތީ، ހައްތާވެސް ދިރުންދިރުން ގެނުވާނެ މަޝްރޫޢު ތަކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ތަޖުރިބާ ބޮޑު ކޯޗެއްގެ އެހީ އާއި އިންޓަރނޭޝަނަލް ގިނަ ފުރުސަތުތަކާ އެކު ބެޑްމިންޓަން ޓީމަށް ކުރިއެރުމާއި އިތުބާރު

ތަޖުރިބާ ބޮޑު ކޯޗެއްގެ އެހީ އާއި އިންޓަރނޭޝަނަލް ގިނަ ފުރުސަތުތަކާ އެކު ބެޑްމިންޓަން ޓީމަށް ކުރިއެރުމާއި އިތުބާރު

24 އޯގަސްޓު 2023
ދެކުނުގެ އިގްތިސާދުގެ މައި ދޮރާށި: ގަން އިންޓަރނޭޝަނަލް އެއަރޕޯޓް

ދެކުނުގެ އިގްތިސާދުގެ މައި ދޮރާށި: ގަން އިންޓަރނޭޝަނަލް އެއަރޕޯޓް

05 މާރިޗު 2023
އައްޑޫސިޓީގެ މަލަމަތި ހަލަބޮލިވެ ކާރޫބާރޫ ބޮޑުވެއްޖެ

އައްޑޫސިޓީގެ މަލަމަތި ހަލަބޮލިވެ ކާރޫބާރޫ ބޮޑުވެއްޖެ

31 އޮކްޓޯބަރު 2021

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު