Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އައްޑޫ ސިޓީގެ އިޤްތިޞާދު

އައްޑޫ ސިޓީގެ ވިޔަފާރިތަކަށް ހުރި ހުރަހަކީ ކޮބާ؟

އައްޑުސިޓީއަކީ މާލެ ފިޔަވައި ދިވެހިރާއްޖޭގައި އޮތް އެންމެ އާބަދީ ބޮޑު ސިޓީ

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު, ރާއްޖެ އެމްވީ | 29 މެއި 2023 | ހޯމަ 17:17
އައްޑޫ ސިޓީ

އައްޑޫ ސިޓީ

އައްޑޫ ސިޓީއޭ ބުނުމުން ކޮންމެ މީހަކުވެސް މިސިޓީއާއި ދޭތެރޭ ކުރެވޭ ތަޞައްވުރު ވަރަށްވެސް ތަފާތުވެއެވެ. ވަކިން ޚާއްސަކޮށް އައްޑޫ ސިޓީއަށް ޒިޔާރަތްކޮށްފައިނުވާ މީހުން މިސިޓީއާއި މެދު ދެކޭގޮތް އަދި ވަކިންވެސް ތަފާތުވެފައި ފޮންޏެވެ. ސަބަބަކީ ޒަމާނުއްސުރެ އައްޑޫ ސިޓީއަކީ މުޅިރާއްޖޭގެ އެހެން ހިސާބުތަކާއި އަޅާބަލާއިރު މަޝްހޫރު ސަރަހައްދަކަށްވުމެވެ. ގިނަ މީހުން ދެކޭގޮތުގައި މިއީ ހުރިހާ ގޮތަކުންވެސް ވަރަށް ކުރިއަރާފައިވާ ސިޓީއެކެވެ. އެންމެ ގިނަ މީހުން ޤަބޫލުކުރާ ގޮތުގައި ފެންވަރު ރަނގަޅު މުދާ ލިބުމާއި އެކު ވިޔަފާރީގެ ގޮތުންވެސް މިސިޓީއަކީ ކުރީގައި އޮތް ތަނެއް ކަމަށް ގިނަ މީހުން ޤަބޫލުކުރެއެވެ.

އައްޑޫ ސިޓީއަކީ ދިވެހިރާއްޖެ އެންމެ ދެކުނަށް އޮތް ސިޓީއެވެ. އައްޑުސިޓީއަކީ މާލެ ފިޔަވައި ދިވެހިރާއްޖޭގައި އޮތް އެންމެ އާބަދީ ބޮޑު ސިޓީއެވެ. މީހުން ދިރިއުޅޭ ރަށުގެ އަދަދު މަދު ކަމުގައިވިއަސް، ރާއްޖޭގެ އެހެނިހެން އަތޮޅު ތަކާއި އަޅާ ބަލާއިރު ރަށްތައް ބޮޑެވެ.

ދިވެހިރާއްޖެއަށް މިނިވަންކަން ލިބުމާއި ހަމައަށް ސ.ގަން އޮތީ އިނގިރޭސިންގެ އިސްތިޢުމާރުގެ ދަށުގައެވެ. އިނގިރޭސީން އައްޑޫގައި ތިބި ދުވަސްވަރު ބޭސްފަރުވާގެ ޚިދުމަތް ހޯދުމަށް ރާއްޖޭގެ ކަންކޮޅުތަކުން އައްޑޫ އަށް އައި ވާހަކައަކީ މިއަދުވެސް ފަޚުރުވެރިކަމާޢި އެކު އައްޑޫގެ ރައްޔިތުން ދައްކަމުން ގެންދާ ވާހަކައެކެވެ. މިދެންނެވުނު ވާހަކައާއި އެކު އައްޑޫ ސިޓީއަކީ އެކި ގޮތްގޮތުން ނަން މަޝްހޫރުތަނެކެވެ. އެކަމަކު އިނގިރޭސިންގެ އެންމެ ފަހު ސިފައިން 29 މާޗު 1976 ގައި ފޭބި އިރު، ގަން ފިޔަވައި، އެހެން ރަށަކަށް ތަރައްގީގެ ސިފަތަކެއް ގެނެސްދީފައެއް ނުވެ އެވެ.

އައްޑޫގައި މީހުން އުޅޭ ރަށްރަށް ތަރައްގީކުރުމާއި ހިދުމަތްތައް ފުރިހަމަކުރުމަކީ ސަރުކާރުގެ މަސްއޫލިއްޔަތެކެވެ. އެކަން އެކި ސަރުކާރުތަކުން ކުރި މިންވަރާ މެދު އައްޑޫ ރައްޔިތުންގެ މެދުގައި އަބަދުވެސް ޝަކުވާ އޮވެ އެވެ. މިއަދާއި ހަމައަށްވެސް އެޝަކުވާ އޮވެއެވެ. ނަމަވެސް މިއަދުގެ ސަރުކާރުން އައްޑޫގެ ތަރައްޤީއަށް ގިނަ މަޝްރޫތައް އެއްފަހަރާ ބާރު ސްޕީޑުގައި ކުރިއަށް އެބަގެންދެއެވެ. މަގުތައް ރަނގަޅު ފެންވަރުގައި ހެދުމާއި 194 ހެކްޓަރުގެ ބިން ހިއްކުމާއި ރިސޯޓް ތަރައްޤީކުރުމާއި މިނޫންވެސް އައްޑޫގެ ތަރައްޤީއާއި ގުޅިފައިވާ އެންމެހާ ކަންކަމުގެ ބިޔަ ބޮޑު މަޝްރޫއުއެއް ކުރިއަށް އެބަދެއެވެ.

ތަރައްޤީގެ މިމަސައްތަކާއި އެކު، މިހާރު މިސިޓީގެ ވިޔަފާރިވެރިން ޝަކުވާއަކީ ސިޓީއަށް ތަރައްޤީ އައި ކަމުގައިވީ ނަމަވެސް އިޤްތިޞާދުގައި ފާއިސާ ދައުރުނުވާ މައްސަލައެވެ. އައްޑޫ ސިޓީގެ އާބާދީގެ ގިނަ ބަޔަކު ދިރިއުޅެމުންދަނީ ވެރިކަންކުރާ މާލޭގައެވެ. ތަފާތު ސަބަބުތަކާއި ހެދިއެވެ. އެގޮތުން ތައުލީމާއި ބޭސްފަރުވާއާއި ވަޒީފާއާއި މިނޫންވެސް އެހެނިހެން ޚިދުމަތްތައް އެއްތަނަކުން ލިބެނީ މާލެ ސަރަހައްދުން ކަމަށްވާތީއެވެ. މިއަދު ޒަމާން ބަދަލުވެ ޚިދުމަތްތަކަށް ބަދަލު އަންނަ އިރު އައްޑޫ ސިޓީ އަކީ ތަޢުލީމީ ގޮތުން ކުރިއަރާފައިވާ ތަނެކެވެ. އޯލެވެލް ގަދަ ދިހައެއްގަޔާއި ދުނިޔޭގެ އެއްވަނައިގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ސްކޮލާރޝިޕްވެސް މިސިޓީގައި ކިޔަވާ ދަރިވަރުން ދަނީ ހާސިލްކުރަމުންނެވެ. މީގެ އިތުރުން އައްޑޫ އިކިއުޓޯރިއަލް ހޮސްޕިޓަލަކީ ޒަމާނާއި އެއްގޮތަށް ބައްޓަންކޮށްފައިވާ އަދި ޚިދުމަތްތައްވެސް ދުވަހުން ދުވަހަށް ފުޅާކުރަމުން އަންނަ ހޮސްޕިޓަލަކަށްވާއިރު، ސިއްޚީ ޙިދުމަތްދޭ އަމިއްލަ ކްލިނިކްތައްވެސް މިހާރު އައްޑޫގައި މަދެއް ނޫނެވެ.

އެހެންކަމުން މިއަދު މިސިޓީގެ ތަރައްޤީ އިތުރަށް ކުރިއަށްގެންދިޔުމަށް އެންމެ މުހިއްމީ މިސިޓީގެ ރައްޔިތުން އެތަނުގައި ވަޒަންވެރިވުމެވެ. ކޮވިޑްގެ ހާލަތަށްފަހު ބައެއް އާއިލާތަށް ރަށުގައި ވަޒަންވެރިވެފައިވެއެވެ. ނަމަވެސް އެފަރާތްތަކުގެ ޝަކުވާއަކީ ބޭނުންވާ ބްރޭންޑެއްގެ ބޭނުންވާ ސާމާނެއް ނުލިބުމެވެ. މިސިޓީގައި އަދިވެސް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ވިޔަފާރިތައް ތަރައްޤީވެ ފުޅާވެގެން ނުދިޔުމެވެ. ސަބަބަކީ ކުރިންވެސް ދެންނެވި ފަދައިގެން ރަށު ތެރޭގައި ހިނގާ އިޤްތިޞާދީ ހަރަކާތްތައް މަދުވުމުގެ ސަބަބުން ފާއިސާ ދައުރުވާ ވަރު މަދުވުމެވެ.

އެހެންކަމުން ވިޔަފާރިތައްވެސް އެއް ހަމައެއްގައި ނުހިފެހެއްޓެއެވެ. ކިތަންމެ ފެންވަރު ރަނގަޅުކޮށް ރެސްޓޯރަންޓެއް ނުވަތަ ފިހާރައެއް ހުޅުވި ކަމުގައިވީ ނަމަވެސް ކަސްޓަމަރުން ޚިދުމަތް ހޯދާ މިންވަރު މަދުކަމާއި ހެދި އެތަނެއް ޖެހެނީ ބަންދު ބޯޑު އަޅުވާށެވެ. ހަމަ މިގޮތަށް ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނަށްވެސް އޮތް އެންމެ ބޮޑު ހުރަހަކީ ރަނގަޅު މާރކެޓެއް ނުލިބުމެވެ. ސިޓީގައި ދިރިއުޅޭ މީހުން މަދުވުމުގެ ސަބަބުން އެއްވައްތަރެއްގެ ވިޔަފާރިއެއް ކުރާ ނަމަ ވަކި ހިސާބަކުން އެވިޔަފާރިއެއް ޖެހެނީ ހުއްޓާލާށެވެ.  

އައްޑޫ ސިޓީގެ މައިގަނޑު ވަޒީފާ އަދާ ކުރާމީހުން ބެހިފައިވަނީ އޮފީސްތަކުގައި މަސައްކަތް ކުރާ މީހުންނާއި މަސްވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ މީހުންގެ އިތުރުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގައެވެ. މިސިޓީގެ މަސްކައްކާ ހިއްކާ ފަރާތަކުން ބުނި ގޮތުގައި ވިޔަފާރި ފުޅާކުރުމަށް ސަރުކާރުންނާއި އެހެނިހެން ގޮތްގޮތުން ލޯން ދިން ކަމުގައިވީ ނަމަވެސް، ވިޔަފާރި ފުޅާ ކުރުމަށް އޮތް އެންމެ ބޮޑު ހުރަހަކީ މާރކެޓެއް ނެތުން ކަމަށެވެ.

މިކަމާއި އެއްބަސްވާ ވަރަށް ގިނަ ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިން އުޅެއެވެ. ނަމަވެސް އައްޑޫ ސިޓީގައި ބިޔުޓީ ސެލޫން ހިންގާ ފަރާތަކުން ބުނި ގޮތުގައި މާލެ ސަރަހައްދުގައި ހިންގާ ސެލޫންތަކާއި އައްޑޫ ސިޓީގައި ހިންގާ މިފަދަ ވިޔަފާރިތައްވެސް ތަފާތުވާނެކަން ދަނެގެން މިޚިދުމަތް ފޯރުކޮށްދެމުންދާއިރު އަލަށް ފެއްޓި ވިޔަފާރިއަކާއި އަޅާ ބަލާއިރު ކަސްޓަމަރުން އެކަށީގެންވާ މިންވަރަށް ލިބޭ ކަމަށެވެ. މިކަމުންވެސް އެނގިގެންދިޔައީ ބައެއް ވިޔަފާރިތައް މަޑުމަޑު ކުރިއަރަމުންވެސް ދާކަމެވެ. މިއީ ރަނގަޅު ފާލެއް ކަމަށް ބަލަމާ ހިނގާށެވެ.

ރައްޔިތުންގެ މިފަދަ ޚިޔާލުތައް ހުރި އިރު ސަރުކާރުވެސް ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިން ކުރިއެރުވުމަށް ތަފާތު ނަންނަމުގައި ގްރާންތަކާއި ލޯންތައް ދޫކުރަމުން އެބަދެއެވެ. ސަބަބަކީ އާބާދީގެ 70 އިންސައްތައާއި ގާތްކުރާ އަދަދަކަށް ވަޒީފާތައް އުފެދިފައިހުރީ ކުދި އަދި މެދުފަންތީގެ ދާއިރާތަކުންނެވެ. އެހެންކަމުން މިއީ ސަރުކާރުން ވަރަށް އިސްކަމެއް ދޭ ދާއިރާއެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފައިތިލައިގައި އާދަޔާ ހިލާފު އައިބެއް ހުރި ކުއްޖާއަށް 18 އަހަރު ފަހުން ހިތްހަމަ ޖެހުމާއި އައު އުއްމީދެއް!

ފައިތިލައިގައި އާދަޔާ ހިލާފު އައިބެއް ހުރި ކުއްޖާއަށް 18 އަހަރު ފަހުން ހިތްހަމަ ޖެހުމާއި އައު އުއްމީދެއް!

25 ޖޫން 2017
ހުރިހާ ދިމާލަކުން ޖަރީމާ، ގާނޫނު ހަދާ މަޖިލީހުން ވެސް ހިންގަނީ ޖަރީމާ!

ހުރިހާ ދިމާލަކުން ޖަރީމާ، ގާނޫނު ހަދާ މަޖިލީހުން ވެސް ހިންގަނީ ޖަރީމާ!

14 ޖޫން 2017
އިދިކޮޅު ސިޔާސީ ހުރިހާ ލީޑަރުން ޖަލަށްލައިގެން ބޭއްވި ފުރަތަމަ އިންތިހާބު ބޮޑުތަނުންވީ ބަލި!

އިދިކޮޅު ސިޔާސީ ހުރިހާ ލީޑަރުން ޖަލަށްލައިގެން ބޭއްވި ފުރަތަމަ އިންތިހާބު ބޮޑުތަނުންވީ ބަލި!

10 މެއި 2017
އައްޑޫ އިންތިހާބް ގަދަ ހިފުމަކަށް، ކާމިޔާބްކެރާނެއި ކޮންބާކިން؟

އައްޑޫ އިންތިހާބް ގަދަ ހިފުމަކަށް، ކާމިޔާބްކެރާނެއި ކޮންބާކިން؟

05 މެއި 2017
"ލޯބިވާ، މިހާރު ވަރަށް ކަންބޮޑުވެއްޖެ، ހެޔޮނުވާނެ ސަލާމަތުން ހުރިއްޔާ އަންގާލަ ދީބަލަ"

"ލޯބިވާ، މިހާރު ވަރަށް ކަންބޮޑުވެއްޖެ، ހެޔޮނުވާނެ ސަލާމަތުން ހުރިއްޔާ އަންގާލަ ދީބަލަ"

29 އެޕްރީލު 2017

އަހަރުތަކުން މިއަދު

14 ޖެނުއަރީ
މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން
20251 އަހަރު ކުރިން
ރާއްޖެ

މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް
20242 އަހަރު ކުރިން
ރާއްޖެ

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް

ބަރަބޯ އޮށުގެ ފައިދާ
20233 އަހަރު ކުރިން
ރިޕޯޓު

ބަރަބޯ އޮށުގެ ފައިދާ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
20197 އަހަރު ކުރިން
ރިޕޯޓު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން
20188 އަހަރު ކުރިން
ރިޕޯޓު

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު