Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އެމެރިކާގެ ރިޔާސީ އިންތިޚާބު

2024ގެ ރިޔާސީ ރޭސް: ބައިޑެންއާ ވާދަކުރައްވާނެކަމަށް ބެލެވޭ ޑިމޮކްރެޓުން

ޖޯ ބައިޑެންގެ މަޤްބޫލުކަމާއި އެޕްރޫވަލް ރޭޓިންގްސް ވަނީ ނުހަނު ދަށްވެފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 21 ނޮވެމްބަރު 2022 | ހޯމަ 07:51
އެމެރިކާގެ ރައީސް ޖޯ ބައިޑެން

އެމެރިކާގެ ރައީސް ޖޯ ބައިޑެން

އެމެރިކާގެ ރިޔާސީ އިންތިޚާބު 2024 ވަނަ އަހަރު އޮންނައިރު، ދާދި ފަހުން އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިވަނީ ރިޔާސީ ރޭހަށް ނުކުންނަވާނެކަން އިއުލާނު ކުރައްވާފައެވެ. އަނެއްކޮޅުން މިހާރުގެ ރައީސް ޖޯ ބައިޑެންގެ މަޤްބޫލުކަމާއި އެޕްރޫވަލް ރޭޓިންގްސް ނުހަނު ދަށްވެފައިވާއިރު، ޑިމޮކްރެޓުންގެ ތެރެއިން ބައިޑެން ކުރިމަތިލައްވާނަމަ، އެ ޕާޓީން ނޮމިނީއެއް ހޮވުމަށް ބައިޑެންއާ ވާދަ ކުރައްވާނެކަމަށް ބެލެވެނީ ކޮން ބައެއްތޯ މިވަނީ އެކި ފަރާތްތަކުން އަންދާޒާކުރަން ފަށާފައެވެ.

ކަމަލާ ހެރިސް:

ބައިޑެން ރިޔާސީ ރޭހުން އެއްފަރާތްވެވަޑައިގެންފިނަމަ އެންމެ ބޮޑު އެއް ފައިދާއެއް ކުރާނެ އެއް ފަރާތަކީ ނައިބްރައީސް ކަމަލާ ހެރިސްއަށް ވާނެއެވެ.

2020 ވަނަ އަހަރު ނައިބްރައީސްކަމާ ޙަވާލުވެވަޑައިގެންނެވި ކަމަލާ ވަނީ ޕްރޮސެކިއުޓަރެއްގެ މަޤާމާއި، ކެލިފޯނިއާގެ އެޓަރނީ ޖެނެރަލްކަމުގެ މަޤާމުގެ އިތުރުން، ސެނެޓުގެ މަޤާމުވެސް ފުރުއްވާފައެވެ.

އޭނާއަކީ އެމެރިކާގެ ފުރަތަމަ އަންހެން ނައިބްރައީސްއެވެ. އަދި ކަޅު ނަސްލަށް ނިސްބަތްވާ ފުރަތަމަ ނައިބްރައީސް ވެސް މެއެވެ.

މިދިޔަ އަހަރު ކަމަލާ ވަނީ 85 މިނެޓު ވަންދެން ރައީސް ކަމުގެ މަޤާމާވެސް ޙަވާލުވެވަޑައިގެންފައެވެ. އެއީ ރައީސް ޖޯ ބައިޑެންގެ ކޮލޮނޯސްކޮޕީ އޮޕަރޭޝަނަކާއި ގުޅިގެން ވަގުތީ ގޮތުން މަޤާމުގެ މަސްއޫލިއްޔަތުތައް ނައިބްރައީސްއަށް ދޫކޮށްލެއްވުމާއި ގުޅިގެންނެވެ.

ގެވިން ނިއުސަމް:

2024 ގެ ރިޔާސީ ރޭހުގައި ޑިމޮކްރެޓުންގެ ތެރެއިން ނަން ކިޔޭ އަނެއް ބޭފުޅަކީ ކެލިފޯނިއާގެ ގަވަރުނަރު ގެވިން ނިއުސަމްއެވެ.

ގެވިން އެންމެ ފުރަތަމަ އާންމުންނަށް މަޝްހޫރުވެގެން ދިޔައީ 2004 ވަނަ އަހަރު ސެންފްރަސިސްކޯގެ މޭޔަރުކަން ފުރުއްވިއިރު، އެ ސްޓޭޓުގެ ޤާނޫނާއި ޚިލާފަށް ކައިވެންޏާއި ގުޅޭ ލައިސަންސްތަކެއް ދޫކުރެއްވުމާއި ގުޅިގެންނެވެ. އެއީ އެއް ޖިންސުގެ މީހުން ކައިވެނި ކުރުމާއި ގުޅޭ ލައިސަންސްއެވެ.

ވިޔަފާރީގެ ދާއިރާގެ ބެކްގްރައުންޑެއް އޮންނަ ގެވިން ނިއުސަމް ގަވަރުނަރުގެ މަޤާމާ ޙަވާލުވެވަޑައިގެންނެވީ 2018 ވަނަ އަހަރުއެވެ.

ޕީޓް ބުޓަޖޫޖް:

2020 ވަނަ އަހަރުގެ ޑިމްކޮރަޓިކް ޕާޓީގެ ނޮމިނީއަށް ވާދަކުރެއްވި ފަރާތްތަކުގެ ތެރެއިން ޕީޓް ބުޓަޖޫޖަކީވެސް ރިޔާސީ ރޭހުގައި ވާދަ ކުރައްވާނެކަމަށް ބެލެވޭ ޑިމޮކްރަޓުންގެ ލިސްޓުގައި ގުނޭ ފަރާތެކެވެ.

އޭނާގެ ތަައުލީމާއި ތަޖުރިބާގެ އިތުރުން، ޒުވާން އުމުރާއި ވާހަކަ ދެއްކުމުގެ ވައްޓަފާޅިއަކީ އޭރު ޑިމޮކްރަޓުންގެ ނޮމިނީ ހޮވުމަށް ނެގިގެން ދިޔަ ވޯޓުގައި ޕީޓްއާއި ގުޅޭގޮތުން ފާހަގަވެގެން ދިޔަ ކަންކަމެވެ.

ހާވަރޑުން ގްރެޖުއޭޓުވި ޕީޓް ވަނީ ރޯޑްސްގެ ސްކޮލަރޝިޕެއްގައި އޮކްސްފޯޑުގައި ތައުލީމު ޙާސިލުކޮށްފައެވެ. އޭގެ ފަހުން އެމެރިކާގެ ނޭވީގައި އަފްޣާނިސްތާނުގައި އޭނާ ވަނީ ޚިދުމަތް ކޮށްފައެވެ.

އޭގެ ފަހުން އޭނާ ވަނީ ލައްކައެއްހާ މީހުންގެ އާބާދީއެއް އޮންނަ ސައުތް ބެންޑުގެ މޭޔަރުކަމުގެ މަޤާމު ފުރުއްވާފައެވެ.

ބައިޑެންގެ ސަރުކާރުގައި އޭނާއާ ޙަވާލު ކުރެއްވީ ސެކްރެޓަރީ އޮފް ޓްރާންސްޕޮޓޭޝަންގެ މަޤާމެވެ.

ބާރނީ ސެންޑަރްސް:

އުމުރުން 81 އަހަރުގެ ބާނީ ސެންޑަރސްއަކީވެސް މި ލިސްޓުގައި ކިޔާއުޅޭ ފަރާތެއް ނަމަވެސް، އޭނާގެ އުމުރުގެ ސަަަބަބުން އެކަމަށް ސުވާލު އުފައްދަމުންދާ މީހުންވެސް މަދެއް ނޫނެވެ.

ސެންޑަރ އަކީ 2016 ވަނަ އަހަރު ހިލަރީ ކްލިންޓަންއަށްވެސް ހަނި ފުރުސަތަކުން ކުރިހޯއްދަވަން ޖެހުނު ކެނޑިޑޭޓެކެވެ.

2020 ވަނަ އަަހަރުވެސް ބައިޑެންއާ އެންމެ ވާދަވެރި ކެނޑިޑޭޓަކަށް ވެގެންދިޔައީ ސެންޑަރސްއެވެ.

އެމެރިކާޖޯ ބައިޑަންދުނިޔެ

ކޮމެންޓް

އިތުރަށް ކިޔާލަން

އެޕްސްޓީން އާއި ރައީސް ޓްރަމްޕް ގެ ގާތް ގުޅުން ހާމަވާ އިތުރު ފޮޓޯ ތަކެއް ރިލީޒްކޮށްފި

އެޕްސްޓީން އާއި ރައީސް ޓްރަމްޕް ގެ ގާތް ގުޅުން ހާމަވާ އިތުރު ފޮޓޯ ތަކެއް ރިލީޒްކޮށްފި

13 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް

އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް

07 ޑިސެމްބަރު 2025
އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަނީ

އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަނީ

03 ޑިސެމްބަރު 2025
ހޮންޑޫރަސްގެ ކުރީގެ ރައީސް ހާރނެންޑޭޒް އަށް އެމެރިކާގެ ރައީސް މައާފު ދެއްވާ ޖަލުން ދޫކޮށްލައިފި

ހޮންޑޫރަސްގެ ކުރީގެ ރައީސް ހާރނެންޑޭޒް އަށް އެމެރިކާގެ ރައީސް މައާފު ދެއްވާ ޖަލުން ދޫކޮށްލައިފި

03 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

2 ފެބުރުއަރީ
ސިފައިންގެ މީހަކު އެހެން ސިފައިންގެ ބައެއްގެ ގަޔަށް ބަޑިޖަހަން އުޅުނުކަމުގެ މައުލޫމާތު ލިބިއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ސިފައިންގެ މީހަކު އެހެން ސިފައިންގެ ބައެއްގެ ގަޔަށް ބަޑިޖަހަން އުޅުނުކަމުގެ މައުލޫމާތު ލިބިއްޖެ

އެމްޑީޕީ ޕްރައިމަރީ: ގިނަ މެމްބަރުންތަކަކަށް ޓިކެޓް ކަށަވަރުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ޕްރައިމަރީ: ގިނަ މެމްބަރުންތަކަކަށް ޓިކެޓް ކަށަވަރުވެއްޖެ

މަރުވިކަމަށް ނިންމާ އިންޑިއާގައި އަންދާލި މީހެއް 8 މަސް ފަހުން އެނބުރި ގެއަށް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

މަރުވިކަމަށް ނިންމާ އިންޑިއާގައި އަންދާލި މީހެއް 8 މަސް ފަހުން އެނބުރި ގެއަށް

އިންޑިއާ އައުޓް ކެމްޕެއިނާ ދެކޮޅަށް ގާނޫނު ހަދާ މައްސަލަ ބޭރު ދުނިޔޭގެ ސަމާލުކަމަށް
20224 އަހަރު ކުރިން
ރާއްޖެ

އިންޑިއާ އައުޓް ކެމްޕެއިނާ ދެކޮޅަށް ގާނޫނު ހަދާ މައްސަލަ ބޭރު ދުނިޔޭގެ ސަމާލުކަމަށް

ކުޅި، ފާ، ޗަސްބިން - އަގުނުކުރެވޭ ފަދަ މާހައުލުތަކެއް
20215 އަހަރު ކުރިން
ރިޕޯޓު

ކުޅި، ފާ، ޗަސްބިން - އަގުނުކުރެވޭ ފަދަ މާހައުލުތަކެއް

މަޖިލީހަށް ގެންނަންވާނީ ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ވިސްނުމާއި ޤާބިލުކަން ހުރި މެމްބަރުން: ނިޝާން
20197 އަހަރު ކުރިން
ރާއްޖެ

މަޖިލީހަށް ގެންނަންވާނީ ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ވިސްނުމާއި ޤާބިލުކަން ހުރި މެމްބަރުން: ނިޝާން

އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާ ގެކޮޅަށް އެސްޕީޖީގެ އިސް ބައެއް ފަރާތްތަކުން ގޮސްފި
20188 އަހަރު ކުރިން
ރާއްޖެ

އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާ ގެކޮޅަށް އެސްޕީޖީގެ އިސް ބައެއް ފަރާތްތަކުން ގޮސްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު