Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުކުޅުދުއްފުށި ސިޓީ ކުނީގެ މައްސަލަ

ކުޅުދުއްފުށި ސިޓީގެ ރައްޔިތުން ތިބީ ރަނގަޅު ނިޒާމެއްގެ ދަށުން ކުނި މެނޭޖް ކުރެވޭނެ ދުވަހެއްގެ އިންތިޒާރުގައި!

ކައުންސިލްގެ އަމާޒަކީ އަންނަ އަހަރު ވެމްކޯއާ ހަވާލުކޮށްގެން ކުނި މެނޭޖްކުރުމުގެ މަސައްކަތް ފެށުން

އުއްމު ކުލްސޫމް އިބްރާހިމް
އުއްމު ކުލްސޫމް އިބްރާހިމް | 11 ނޮވެމްބަރު 2021 | ބުރާސްފަތި 04:24
ކުޅުދުއްފުށި ކުނިކޮށި

ކުޅުދުއްފުށި ކުނިކޮށި

ރާއްޖޭގެ ގިނަ ރަށްރަށަށް ދިމާވެފައި އޮތް ތިމާވެށީގެ އެންމެ ބޮޑު މައްސަލައަކީ، ރައްކާތެރި ގޮތުގައި ކުނި ނައްތާލެވޭނެ އިންތިޒާމެއް ނެތުމެވެ. މި މައްސަލަ ރާއްޖޭގެ ގިނަ ރަށްރަށެކޭ އެއްފަދައިން ކުޅުދުއްފުށި ސިޓީއަށް ވެސް ވަނީ ކުރިމަތިވެފައެވެ. އެރަށުގައި ކުނިކޮއްޓެއް ހުރިނަމަވެސް ކުނި މެނޭޖުކުރުމަށް އެކަށީގެންވާ ވަސީލަތްތަކެއް ނުވަތަ ގޮތްތަކެއް މިހާތަނަށް އަދި ހޯދިފައެއް ނުވެއެވެ.

ކުނި މެނޭޖްކުރުމަށް ނުވަތަ ނައްތާލުމަށް އެރަށު ކުނިގޮނޑުގައި މިހާތަނަށް ކުރާ ހަމައެކަނި މަސައްކަތަކީ ކުނި އެންދުމެވެ. ނަމަވެސް ހުރިހާ ބާވަތެއްގެ ކުނި އެއްކޮށް އެންދުމުގެ ސަބަބުން އަރާ ދުން ރަށުތެރެއަށް ފެތުރި އާންމުންގެ ސިއްޙަތަށް އޭގެ ނޭދެވޭ އަސަރުކޮށް އާންމުންނަށް ދަތި އުނދަގޫތައް ދަނީ ދިމާވަމުންނެވެ. ޚާއްޞަކޮށް އިރުވައި މޫސުމުގައި ކުނި އެންދުމުން އަރާ ވިހަ ދުން ރަށުތެރެއަށް ފެތުރި އޭގެ އުނދަގޫ ރައްޔިތުން ތަހައްމަލުކުރަން ޖެހޭ މިންވަރު ބޮޑެވެ. އަދި ކުނިކޮށީގެ ސަބަބުން މެހީގެ އުނދަގޫ ވެސް ވަނީ ވަރަށް ބޮޑަށް ކުރިމަތިވެފައެވެ. ކުނިކޮށި ހުންނަނީ ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމް ސަރަހައްދާ ކައިރީގައެވެ. އެހެންކަމުން ކުނި އެންދުމުން އަރާ ވިހަ ދުމާއި މެހީގެ އުނދަގޫ އެތަނުގެ ބޭނުންހިފާ ކުޑަކުދިންނާއި ޒުވާނުންނަށް ވެސް ވަނީ ކުރިމަތިވެފައެވެ. އަދި މިކަމުގެ ޝަކުވާ ރައްޔިތުން އަބަދުވެސް ކުރެއެވެ.

ރާއްޖޭގެ ރަށްރަށަށް ދިމާވެފައިވާ ތިމާވެށީގެ މި މައްސަލަ ހައްލުކުރެއްވުމަށް ސަރުކާރުން ގެންދަވަނީ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ވަރަށްގިނަ ރަށްރަށުގައި، ވަރަށް ގިނަ ދުވަސްވެ، ނައްތާނުލެވި ކުނިތައް ހުރިކަން ފާހަގަކުރެވި، މީގެ ތެރެއިން އެންމެ ގިނައިން ކުނި ޖަމާވެފައި ހުރި 20 ރަށުގެ ކުނިތައް ނަގައި ސާފުކުރުމަށް ސަރުކާރުންވަނީ ވެމްކޯއާ ހަވާލުކޮށްފައެވެ. އަދި ޒަމާންވީ މި މައްސަލައަށް ހައްލެއް ހޯއްދަވައި ދެއްވުމަށްޓަކައި ދާއިމީ ގޮތެއްގައި ކުނި މެނޭޖް ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި ރާއްޖޭގެ 3 ސަރަހައްދެއްގައި ކުނި މެނޭޖް ކުރާނެ ނިޒާމްގާއިމްކުރުމުގެ މަސައްކަތް ކުރައްވަމުންގެންދަވާ ކަމަށާއި މިދާއިރާއިން ކުރިއަށްއޮތް ތަނުގައި، ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭނީ ރަށު ފެންވަރުގައި ރައްކާތެރިކަމާއެކު ކުނި މެނޭޖްކޮށް، ކުނިން މަންފާ ހޯދޭނެ ނިޒާމެއް ޤާއިމްކޮށްދިނުމަށް ކަމަށް ވެސް ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާވަނީ ވިދާޅުވެފައެވެ. އެގޮތުން ގާތްގަނޑަކަށް ވިއްސަކަށް އަހަރުވެފައިވާ ކުޅުދުއްފުށީ ކުނިކޮށީގައި ހުރި ގާތްގަނޑަކަށް 92000 ޓަނުގެ ކުނި ހުސްކުރަން ވެމްކޯއިންވަނީ މި އަހަރުގެ ފެބުރުއަރީ މަހުގެ ތެރޭގައި ފަށާފައެވެ. ކުނީގެ މައްސަލައަކީ ކުޅުދުއްފުށީގެ ރައްޔިތުން ވަރަށް ކަންބޮޑުވެ ގޮތް ހުސްވެފައިވާ މައްސަލައަކަށް ވާއިރު، ކުޅުދުއްފުށީ ކުނިކޮށި ހުސްކުރަން ފެށުމަކީ ރައްޔިތުންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ. އަދި ރައްޔިތުންގެ އުއްމީދަކީ ކުނިކޮށި ހުސްކޮށް ނިމުމުން އެކަށީގެންވާ ރަނގަޅު ނިޒާމެއްގެ ދަށުން ކުނިމެނޭޖް ކުރެވޭނެ އިންތިޒާމެއް ހަމަޖެހިގެންދިއުމެވެ.

ކުޅުދުއްފުށި ސިޓީގެ މޭޔަރ އާތިފް ވިދާޅުވީ ކުޅުދުއްފުއްޓަކީ އާބާދީ ބޮޑު ސިޓީއަކަށްވުމުން ކައުންސިލުން ބޭނުންވަނީ އެހެން ސިޓީތަކެކޭ އެއްގޮތަށް ވެމްކޯއާ ހަވަލުކޮށްގެން ކުޅުދުއްފުށީގެ ކުނި މެނޭޖްކުރުމުގެ މަސައްކަތްކުރާށެވެ. އަދި އެކަމަށްޓަކައި ވާންޖެހޭ ތައްޔާރީތައް މިހާރު ވަމުންދާކަމަށާއި، ސަރުކާރުން އެކަމަށް ދޭންޖެހޭ ސަބްސިޑީ ވެސް ދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވާކަމަށެވެ. އެގޮތުން ކައުންސިލްގެ އަމާޒަކީ އަންނަ އަހަރު ކުޅުދުއްފުށީ ކުނިކޮށި މެނޭޖްކުރުމުގެ މަސައްކަތް ވެމްކޯއާ ހަވާލުކޮށް ރަނގަޅު ނިޒާމެއްގެ ދަށުން އެމަސައްކަތް ކުރުންކަމުގައި މޭޔަރ ވިދާޅުވިއެވެ.

ކުނިކޮށީގެ ސަބަބުން މީހުންނަށް ވަމުންދިޔަ އުނދަގޫތަކަށް ހައްލެއް ލިބިގެންދާނެ ކަމަށާއި، މިކަން ހައްލުވެގެންދާއިރު ގިނަބަޔަކަށް އެތަނުން ވަޒީފާގެ ފުރުސަތު ވެސް ތަނަވަސްވެގެންދާނެކަމަށް ވެސް އާތިފް ވިދާޅުވިއެވެ.

ކުޅުދުއްފުއްޓަކީ 12000 ށް ވުރެ ބޮޑު އާބާދީއެއް ދިރިއުޅެމުންދާ ރަށެކެވެ.

ކުޅުދުއްފުށި ސިޓީ

އިތުރަށް ކިޔާލަން

18 އޮކްޓޯބަރު 2025

ކުޅުދުއްފުށި ސިޓީގެ ޓެކްސީ ޑްރައިވަރުން ހުދު ގަމީހުގައި ސަރުކާރާ ދެކޮޅަށް ހިމޭން އިހުތިޖާޖެއް ކޮށްފި

18 އޮކްޓޯބަރު 2025
ކުޅުދުއްފުށި ސިޓީގެ ޓެކްސީ ޑްރައިވަރުން ހުދު ގަމީހުގައި ސަރުކާރާ ދެކޮޅަށް ހިމޭން އިހުތިޖާޖެއް ކޮށްފި
09 ސެޕްޓެމްބަރު 2025

ކުޅުދުއްފުށީ ހޮސްޕިޓަލުން ވީނުވީއެއް ނޭންގި "ނާކޮޓިކްސް ޑްރަގްސް" ތަކެއް ގެއްލުނު މައްސަލައެއް ފެންމަތިވެއްޖެ

09 ސެޕްޓެމްބަރު 2025
ކުޅުދުއްފުށީ ހޮސްޕިޓަލުން ވީނުވީއެއް ނޭންގި "ނާކޮޓިކްސް ޑްރަގްސް" ތަކެއް ގެއްލުނު މައްސަލައެއް ފެންމަތިވެއްޖެ
07 ސެޕްޓެމްބަރު 2025

ރައީސް މުއިއްޒު ބޭނުންފުޅުވާ ގޮތަށް ބްލޮކް ގްރާންޓް މުރާޖައާ ކުރައްވާއިރު، ކައުންސިލްތަކަށް މަސައްކަތްކުރަން ލިބޭ ފައިސާ މަދުވާނެ: އާތިފު

07 ސެޕްޓެމްބަރު 2025
ރައީސް މުއިއްޒު ބޭނުންފުޅުވާ ގޮތަށް ބްލޮކް ގްރާންޓް މުރާޖައާ ކުރައްވާއިރު، ކައުންސިލްތަކަށް މަސައްކަތްކުރަން ލިބޭ ފައިސާ މަދުވާނެ: އާތިފު
22 އޯގަސްޓު 2025

ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުގެ ސަބަބުން ކުޅުދުއްފުށި ސިޓީގެ ރައްޔިތުން އެންމެ ބޭނުންވި މަސައްކަތް ވަނީ ހުއްޓިފައި: މޭޔަރު

22 އޯގަސްޓު 2025
ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުގެ ސަބަބުން ކުޅުދުއްފުށި ސިޓީގެ ރައްޔިތުން އެންމެ ބޭނުންވި މަސައްކަތް ވަނީ ހުއްޓިފައި: މޭޔަރު
11 ޖުލައި 2025

ރައީސް ޞާލިހު ކުޅުދުއްފުށި ސިޓީ އެމްޑީޕީ މެމްބަރުންނާއި ބައްދަލުކުރައްވައިފި

11 ޖުލައި 2025
ރައީސް ޞާލިހު ކުޅުދުއްފުށި ސިޓީ އެމްޑީޕީ މެމްބަރުންނާއި ބައްދަލުކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު