Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އައްޑޫސިޓީގެ ތަރައްގީގެ ދުވެލި

އައްޑޫސިޓީގެ މަލަމަތި ހަލަބޮލިވެ ކާރޫބާރޫ ބޮޑުވެއްޖެ

ތަފާތު 85 މަޝްރޫއެއް މިވަގުތު ކުރިއަށްދޭ

އައިޝަތު މުހައްމަދު
އައިޝަތު މުހައްމަދު, ރާއްޖެ އެމްވީ | 31 އޮކްޓޯބަރު 2021 | އާދީއްތަ 05:10
އައްޑޫސިޓީ ސަރަހައްދީ ބަނދަރު

އައްޑޫސިޓީ ސަރަހައްދީ ބަނދަރު

މިއަދު އަޅުގަނޑުމެންނަށް ފެންނަމުން މިދާ ތަރައްޤީއާއި ތަމައްދުންގެ ބޮޑުބައެއް ރާއްޖެއަށް އަދި މާލަހުން އައި ކަމުގައިވިޔަސް އެއީ ދުނިޔޭގެ އެހެން ޤައުމުތަކުގައި ވަރަށް ފަރިތަ ކަންތައްތަކެކެވެ. ކުރިއަރާފައިވާ ޤައުމުތަކުން ފެންނަ މަންޒަރުތަކާ އަޅުގަނޑުމެންގެ މިކުޑަ ކުޑަ ރާއްޖެއާއި ހާސްގުނަ ތަފާތޭ ބުނާއިރު މި ތަފާތު، ވެރިރަށް މާލެއާއި ރާއްޖޭގެ އެހެންރަށްރަށާ ދެމެދު އަދި މާ ތަފާތޭ ދެންނެވުމަކީ ދޮގަކަށް ނުވާނެއެވެ. އެހެންނަމަވެސް ޤަބޫލު ކުރަންޖެހޭ ހަގީގަތެއް ވެސް މިކަމުގެ ތެރޭގައި އެބައޮތެވެ. ރާއްޖެއަކީ ނިސްބަތުން ފަޤީރު ޤައުމެކެވެ. ވަސީލަތްތައް މަދު، އާބާދީ ކުޑަ ޤައުމެކެވެ. ރާއްޖެ އުފެދިފައިވާ ގޮތުން އެއް ރަށްއަނެއް ރަށާ ކަނޑު އޮޅިތަކަކުން ވަކިވެފައި އޮތް އޮތުމަކީ ވެސް ހަލުވި ސްޕީޑްގައި ކަންކަން ކުރުމުގައި ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެކެވެ.

މިކަންތައްތަކާއެކު ވެސް ދިވެހިން ކުރިއަރަމުން ދަނިކޮށް ރާއްޖޭގެ އެންމެ ދެކުނުގައި އިނގިރޭސީންގެ ޢަސްކަރީ މަރުކަޒެއް ޤާއިމްވި ދުވަސްވަރެއް އައިއިރު އެކަމުގެ ތެރޭ ޢުމްރާނީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ވެސް ދެކުނުގެ ރަށްތައް ވަނީ  ބޮޑު ކުރިއެރުމެއް ހޯދާފައެވެ. އޭރު އުޅުނު މީހުންގެ ޚިޔާލާއި ވިސްނުމާއި އެމީހުންގެ ދިރިއުޅުމުގެ އާދަކާދަތަކާއި ކުރަމުންއައި މަސައްކަތްތަކަށް ވެސް  ބޮޑެތި ބަދަލުތަކެއް އައި އިރު ފެންނާން އޮތް ހަގީގަތަކީ މުޅި ދެކުނުގައި ވެސް ތަރައްޤީގެ ދުވެލި މެކުހަށް ޖެހިތަނެވެ. މަގުތަކާއި ޕާކުތައް ހެދި ހޮސްޕިޓަލްތައް ބިނާކުރެވި، ބައިނަލް އަޤްވާމީ އެއްގަމާއި ވައިގެ ބަނދަރުތައް ޤާއިމްކުރެވިގެން ދިޔަ މަންޒަރެވެ.

މި ވާހަކަ މިއަދު ދައްކަން މި ޖެހުނީ ފެނުނު މަންޒަރަކާ ހެދިއެވެ. އައްޑޫސިޓީގެ މަލަމަތި އަނެއްކާ ވެސް ހަލަބޮލިވެއްޖެއެވެ. ކާރޫބާރޫ ބޮޑުވެއްޖެއެވެ. 1970 ގެ އަހަރުތަކުގެތެރޭގައި ނަގާފައިވާ އައްޑޫސިޓީގެ ކުލަފަނޑު ވީޑިއޯތަކުން އެ ފެންނަ މަންޒަރުތައް ހަމަލޮލުން ފެންނަނީބާވައޭ ހީވާ ކަހަލައެވެ. އާއެކެވެ. މިމަންޒަރުތަކުގައި މިއަދު މިހިރީ ފަނޑުކަމެއްނެތް ސާފު ކުލަތަކެވެ.

އައްޑޫގެ އިޤްތިޞާދީ ދުވެލީގެ މައިގޭޓްކަމަށްވާ ސަރަޙައްދީ ބަނދަރުން އައު އުއްމީދުތަކެއްގެ ތަސައްވުރު މިއަދު ދައްކައިދީފިއެވެ. ފެންނަނީ މިއިން ދުވަހަކު ނުފެންނަހާ މިންވަރަށް އެބަނދަރު ހަލަބޮލި ވެފައިވަނިކޮށެވެ. ކޮންމެ ދުވަހެއް ނިމިގެންދާއިރު އެތައްހާސް ޓަނުގެ މުދާއުފުލާ ބައިނަލްއަޤްވާމީ އާގުބޯޓެއް ކައިރި ނުކުރާ ދުވަހެއް މިހާރަކު ނާދެއެވެ. ޤަބޫލު ކުރައްވާށެވެ. މިއަދު އައްޑޫގެ ބަނދަރުން އެތެރެ ކުރެވޭ ތަކެތީގެ ބޮޑުބައެއް ޙިއްސާވަނީ، މިސިޓީ މާދަމާ ކުރެހިގެންދާނެ ދެމެހެއްޓެނިވި ތަރައްޤީއާއި ގުޅުންހުރި 85 އަށްވުރެ ގިނަ މަޝްރޫޢުތަކާއެވެ.

މި ނިމިގެންދާ އޮކްޓޯބަރ މަހުގެ މެދަކާ ހިސާބުން އެންމެ އަޑުގަދަވެގެން ދިޔައީ އައްޑޫގައި ހަދާ ބްރިޖްގެ މަޝްރޫޢު ފެށިވާހަކައިންނެވެ. އައްޑޫގައި އާއްމުކޮށް ބޭނުންކުރާ ހުރިހާ މަގެއްގައި ތާރު އެޅުމުގެ މަސައްކަތާއި ލިންކްރޯޑް ރީސާރފޭސް ކުރުމުގެ މަސައްކަތާއި މުޅިސިޓީގެ ފެންހިންދާ ނިޒާމް ޤާއިމް ކުރުމަށްޓަކައި ތާރުއަޅައި މަގުތަކުގެ އިތުރުން އާއްމުކޮށް ބޭނުންކުރާ ހުރިހާ މަގެއް ރަނގަޅު ފެންވަރަކަށް ތަރައްޤީ ކުރެވިގެން ދާނެ މިބޮޑު މަޝްރޫޢު ވެގެންދާނީ މުޅި އައްޑޫސިޓީ އައު ހަރުފަތަކަށް ގެނެސްދޭނެ ފަދަ މަޝްރޫޢަކަށެވެ. އައްޑޫގައި އަލަށް ޤާއިމްކުރެވޭ 4 ލޭނުގެ މަގު ގުޅުވުމަށް ގައުކެނޑި ސަރަހައްދުން ހެދުމަށް ހަމަޖެހިފައިވާ 210 މީޓަރުގެ ބްރިޖަކާއި އަދި 444 މީޓަރގެ ބްރިޖެއްގެ އަމަލީ މަސައްކަތް ފެށިގެން ކުރިއަށްދާއިރު މި މަޝްރޫޢުއަށް ބޭނުންވާ މެޝިނަރީތަކުގެ ސެޓަޕް އައްޑޫގައި ގާއިމްކޮށް މި މަސައްކަތުގެ ކޮންޓްރެކްޓަރކަމަށްވާ އެފްކޯރންސްއަށް ދޫކޮށްފައިވާ ބިންތަކުގައި މަސައްކަތަށް ބޭނުންވާނެ އިމާރާތްތައް ކުރުމާއި ލެބޯރޓްރީ ޤާއިމްކުރުމަށް ބޭނުންވާ ޕްރީފެބް އިމާރާތާއި އެކޮމޮޑޭޝަން އިމާރާތްތަކުގެ ސްޓަރަކްޗާތައް ވަނީ ޤާއިމްކުރެވިފައެވެ.  

އައްޑޫ ސިޓީގެ ހުރިހާ އަވަށެއްގައި، އެރައިސް އަދި އެސްޕަޔާރ މަޝްރޫޢުގެ ދަށުން ހަދާ ސޯލާ ހަކަތައިގެ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތަކީ ވެސް އާދައިގެ ކަންތައްތަކެއްނޫނެވެ. ކާރބަން ނިއުޓްރަލް ޤައުމަކަށް ރާއްޖެ ހެދުމަށް ކުރެވޭ މަސައްކަތުގެ ދަށުން ކުރިއަށްދާ މި މަސައްކަތަކީ މޫދު ސަރަހައްދެއްގައި ބޮޑު ސްކޭލެއްގައި ފްލޯޓިންގ ސޯލާއިން ހަކަތަ އުފެއްދުމަށް ކުރެވޭ ބިޔަބޮޑު އާ މަސައްކަތަކަށްވާއިރު މި މަސައްކަތް ވެސް އެވަނީ ފަށާފައެވެ. 10 މެގަވޮޓްގެ ފްލޯޓިން ސޯލާ ހަރުކުރުމުގެ މި މަޝްރޫޢާއެކު ބެޓްރީ އެނާޖީ ސްޓޯރޭޖް ސިސްޓަމަކާއެކު ހަކަތަ ރައްކާކުރެވޭނެ ހަރުދަނާ ނިޒާމެއް ގާއިމްވެގެންދާނެއެވެ.

ކުނިން ހަކަތަ އުފައްދައި، ރައްކާތެރިގޮތުގައި ކުނި މެނޭޖްކުރުމަށް ހިންގާ މަޝްރޫޢުގެ ދަށުން މޯލްޑިވްސް ގްރީން ފަންޑުން 16 މިލިއަން ޑޮލަރު ޚަރަދު ކޮށްގެން ހިންގާ ފުރަތަމަ މަޝްރޫޢެއްގެ ގޮތުގައި އައްޑޫގައި އެވަނީ  "ވޭސްޓް ޓު އެނަރޖީ" ނިޒާމެއް ޤާއިމްކުރަންފަށާފައެވެ.

އައްޑޫ ސިޓީގެ އެކި އަވަށްތަކުގައި ލޯކަލް ބީޗުތަކާއި ޓޫރިޒަމް ޒޯންތަކުގެ ބީޗްތައް ހެދުމަށް ކުރެވޭ މަސައްކަތުގެ ދަށުން އެތަންތަން ފަރުމާ ކުރެވި، އީއައިއޭ ހަދައި، އަމަލީ މަސައްކަތަށް ތައްޔާރުވެފައިވާ އިރު، މިއީ ބާރު ސްޕީޑްގައި ފެށިގެން ކުރިއަށްދާނެ މަޝްރޫޢެއްކަމަށް އައްޑޫސިޓީ ކައުންސިލުން ވަނީ ހާމަކޮށްފައެވެ.  

އައްޑޫގެ ޢާއްމު ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާއަކީ ބޯހިޔާވަހިކަމުގެ ފުރުސަތު ހަނިވެފައިވާ ވުމެވެ. އާބާދީބޮޑުވެ ބިމުގެ ދަތިކަން އިންތިހާއަށް އޮތުމުން މިކަމަށް ލުޔެއް ހޯދައިދީ ޢާއްމު ދިރިއުޅުމާއި މުޖުތަމަޢުގެ ބޭނުންތަކަށާއި ވިޔަފާރިއާއި އިޤްތިޞާދީ ކަންކަމަށް އައްޑޫއިން 228 ހެކްޓަރުގެ ބިން ހިއްކަން ސަރުކާރުންވަނީ ނިންމާފައެވެ. މި މަޝްރޫއުގެ ޓެންޑަރ އިވެލުއޭޝަން ނިމި މިހާރުވަނީ އެވޯޑް ކުރުމުގެ މަރުހަލާ ގައެވެ.

ގިނަބައެއްގެ ޝަކުވާ އެކަމަކާ ގުޅިފައިވާ އައްޑޫ ގަން އިންޓަނޭޝަނަލް އެއަރޕޯޓް ހަގީގީ މާނައިގައި ޙަރަކާތްތެރިވެގަތުމަށް ބޭނުންވާ ތަރައްޤީ ގެނައުމަށްޓަކައި އެއަރޕޯޓް ތަރައްޤީކޮށް ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެ މަސައްކަތް ދަނީ ފެށިގެން ކުރިއަށެވެ. ހަމައެއާއެކު "ހިތަދޫ ރީޖަނަލް ޕޯޓް-ރީޑިވެލޮޕްމެންޓް ޕްރޮޖެކްޓް" ހިންގުމަށްޓަކައި ކޮންޓްރެކްޓް އުސޫލުން އެމް.ޓީ.ސީ.ސީ.އާ ވަނީ ހަވާލުކޮށްފައެވެ.

މިދަންނަވާލެވުނީ މިވަގުތު އައްޑޫސިޓީގައި ހިނގާ ތަރައްޤީގެ މަޝްރޫޢުތަކުގެ ވަރަށް ކުޑަ މިންވަރެކެވެ. އައްޑޫގައި އެދަނީ ގޭދޮށު މަސްޕްލާންޓްތައް އަޅަމުންނެވެ. ފޮލިސް އެކަޑަމީ ނިމެމުންނެވެ. ޑިޓޮކްސިފިކޭޝަން ސެންޓަރާއި އެލްޑަރލީ ހޯމްއާއި އައުޓްޑޯ ޖިމްތަކާއި ފުޓްސެލް ދަނޑުތައް އަޅަމުންނެވެ. އިނޮވޭޓިވް ލެބާއި ޑްރައިވިންގް ޓްރެކާއި ޑީވީ ޝެލްޓަރ ތަކެވެ. މަތިކިޅި އާއި ނޭޗަރޕާކް ތަރައްޤީ ކުރުމެވެ. ސްކޫލަތަކާއި އޮފީސް އިމާރާތްތަކުގެ އަޕްގްރޭޑިންގެ މަސައްކަތްތަކެވެ.

މިފަދަ ހުރިހާ ކަމަކުން ވެސް އައްޑޫއަށް ލިބިގެންދާނީ ކުރިއެރުންތަކެވެ. މިހުރިހާ ކަމަކާއެކު އައްޑޫސިޓީގެ ރައްޔިތުން އެދިއެދި ތިބީ ވެއްޓިފައިވާ އަނދަވަޅުން އަރައިގަނެ އާމްދަނީ ލިބޭނެ މަގެއް ފަހިވެ، ދިރިއުޅުމަށް ހެޔޮ ބަދަލެއް އަންނާނެ ދުވަހެއްގެ އިންތިޒާރީގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެފްއޭއެމް އިން ބޯލް ބޯއީސުންނަށް ދޭން ޖެހޭ ބައި ލައްކައެއްހާ ރުފިޔާ ނުދެވި މައްސަލަ ބޮޑުވެއްޖެ!

އެފްއޭއެމް އިން ބޯލް ބޯއީސުންނަށް ދޭން ޖެހޭ ބައި ލައްކައެއްހާ ރުފިޔާ ނުދެވި މައްސަލަ ބޮޑުވެއްޖެ!

03 އެޕްރީލު 2023
އައްޑޫސިޓީގެ ތަރައްޤީއަށާއި އިންޓަރނޭޝަނަލް އެއަރޕޯޓަށް ލިބެންފަށާ އައު ދިރުމަކީ ކޮބާ؟

އައްޑޫސިޓީގެ ތަރައްޤީއަށާއި އިންޓަރނޭޝަނަލް އެއަރޕޯޓަށް ލިބެންފަށާ އައު ދިރުމަކީ ކޮބާ؟

11 ނޮވެމްބަރު 2020
މާލޭގެ މަލަމަތިން ހުތުރު މަންޒަރެއް!

މާލޭގެ މަލަމަތިން ހުތުރު މަންޒަރެއް!

31 ޑިސެމްބަރު 2019
އެންމެ ފަހު ވަގުތު ބުކްޝޮޕްތަކާއި ޔުނީފޯމް ވިއްކާ ތަންތަނަށް ބާރު ބޮޑުވެއްޖެ!

އެންމެ ފަހު ވަގުތު ބުކްޝޮޕްތަކާއި ޔުނީފޯމް ވިއްކާ ތަންތަނަށް ބާރު ބޮޑުވެއްޖެ!

11 ޖެނުއަރީ 2019
ބްރިޖު ކައިވެންޏާއެކު ކުޅުދުއްފުށިން ނެރުނު މާލިތަކަށް ޝައުގުވެރިކަން ބޮޑުވެއްޖެ!؟

ބްރިޖު ކައިވެންޏާއެކު ކުޅުދުއްފުށިން ނެރުނު މާލިތަކަށް ޝައުގުވެރިކަން ބޮޑުވެއްޖެ!؟

22 އޯގަސްޓު 2018

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު