Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ-އިސްރާއީލް

ހޫތީން އަށް ހަމަލާ ދިނުން ހުއްޓާލަން ޓްރަމްޕް ނިންމުމާ އެކު، އިސްރާއީލް ކަންބޮޑުވެއްޖެ

ބައިނަލްއަޤުވާމީ މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން، މި ފަހުން ޓްރަމްޕް ވަނީ އިސްރާއީލްގެ ސަރުކާރާ ހިއްސާ ކުރުމެއް ނެތި ތިން ނިންމުމެއް ނިންމާފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 7 މެއި 2025 | ބުދަ 06:00
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަދި އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަދި އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ

އެމެރިކާ އިން ހޫތީން އަށް ދެމުން އަންނަ ހަމަލާތައް ހުއްޓާލަން އެ ޤައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމެވުމާ އެކު، އސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސަރުކާރުން ނުރުހުން ވެއްޖެ އެވެ.

ހޫތީންއާ ދެކޮޅަށް ދެމުން އަންނަ ހަމަލާތައް ހުއްޓާލަން އެމެރިކާ އިން ނިންމާފައިވާއިރު، ދާދި ފަހުން ހޫތީން އިން ވަނީ އިސްރާއީލްގެ މައި ވައިގެ ބަނދަރަށް އަމާޒުކޮށް ހަމަލާ ދީފަ އެވެ. އެ ހަމަލާއާ ގުޅިގެން، އިސްރާއީލް އިން ވެސް އަންނަނީ ހޫތީންއާ ދެކޮޅަށް ހަމަލާތައް ދެމުންނެވެ.

އިސްރާއީލްގެ ވައިގެ ބަނދަރަށް އަމާޒުކޮށް ހޫތީން އިން ދިން ހަަމަލާގެ ސަބަބުން، ބައިނަލްއަޤުވާމީ ގިނަ އެއާލައިންތަކަކުން ވަނީ ވަގުތީ ގޮތުން ދަތުރުތައް ހުއްޓާލައިފަ އެވެ. ޚާއްސަކޮށް ތެލްއަވީވަށް ކުރަމުން އައި ގިނަ ދަތުރުތަކެއް ހުއްޓުނެވެ. 

އެހެން ނަމަވެސް، އިސްރާއީލް އިން ވަނީ ހޫތީން އަށް އަމާޒުކޮށް ހަމަލާ ދޭން ފަށައިފަ އެވެ. ދެ ވަނަ ފަހަރަށް ހަމަލާ ދިން ފަހުން، އެެމެރިކާ އިން ވަނީ ހޫތީންއާ ދެކޮޅަށް ދެމުން އަންނަ ހަމަލާތައް ހުއްޓާލަން ނިންމައިފަ އެވެ. 

އެކަމާ ގުޅިގެން އިސްރާއީލް ސަރުކާރުގެ އިސް އޮފިޝަލަކާ ހަވާލާދީ މީޑިއާ ތަކުގައި ބުނެފައި ވަނީ، އެމެރިކާ އިން އެއްވެސް ކަހަލަ އެންގުމެއް ނުވަތަ އިޝާރާތެއް ދިނުމެއް ނެތި އެ ފަދަ ނިންމުމެއް ނިންމުމަކީ އިސްރާއީލް އިން ކަންބޮޑުވާ ކަމެކެވެ. 

ބައިނަލްއަޤުވާމީ މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން، މި ފަހުން ޓްރަމްޕް ވަނީ އިސްރާއީލްގެ ސަރުކާރާ ހިއްސާ ކުރުމެއް ނެތި ތިން ނިންމުމެއް ނިންމައިފަ އެވެ.

އެމެރިކާގެ މި ނިންމުމާ ގުޅިގެން ހޫތީން އިން ވަނީ އެ އެއްބަސްވުމާ އެއްކޮޅަށް ވާހަކަ ދައްކައި، އެއްބަސްވުމަށް ތައުރީފު ކޮށްފަ އެވެ. އަދި މިއީ އެމެރިކާގެ އެހީތެރިކަމުން އިސްރާއީލް ދުރުކުރެވުން ކަހަލަ ކާމިޔާބެއްގެ ގޮތުގައި ވެސް ވަނީ ސިފަ ކޮށްފަ އެވެ. 

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ

25 ޖެނުއަރީ 2017
ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ
25 ޖެނުއަރީ 2017

މުސްލިމް ހަތް ގައުމަކަށް ވިސާ ދިނުން ހުއްޓާލަން ޓްރަމްޕް ނިންމަވަނީ

25 ޖެނުއަރީ 2017
މުސްލިމް ހަތް ގައުމަކަށް ވިސާ ދިނުން ހުއްޓާލަން ޓްރަމްޕް ނިންމަވަނީ
25 ޖެނުއަރީ 2017

ކީސްޓޯން ތެޔޮހޮޅީގެ މަސައްކަތް ކުރިޔަށް ގެންދަން ޓްރަމްޕް ނިންމަވައިފި

25 ޖެނުއަރީ 2017
ކީސްޓޯން ތެޔޮހޮޅީގެ މަސައްކަތް ކުރިޔަށް ގެންދަން ޓްރަމްޕް ނިންމަވައިފި
25 ޖެނުއަރީ 2017

އިންތިހާބުގައި ގަވާއިދާ ހިލާފަށް ވޯޓުލާފައިވާ ކަމަށް ޓްރަމްޕް ގަބޫލުކުރައްވާ: ވައިޓް ހައުސް

25 ޖެނުއަރީ 2017
އިންތިހާބުގައި ގަވާއިދާ ހިލާފަށް ވޯޓުލާފައިވާ ކަމަށް ޓްރަމްޕް ގަބޫލުކުރައްވާ: ވައިޓް ހައުސް
17 ޖެނުއަރީ 2017

ތުރުކީގެ ނައިޓް ކްލަބަށް ހަމަލާދިނުމުގައި އިންޓެލިޖެންސް ބައިވެރިވާ ކަމަށް ސަރުކާރުން ތުހުމަތުކޮށްފި

17 ޖެނުއަރީ 2017
ތުރުކީގެ ނައިޓް ކްލަބަށް ހަމަލާދިނުމުގައި އިންޓެލިޖެންސް ބައިވެރިވާ ކަމަށް ސަރުކާރުން ތުހުމަތުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު