Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޣައްސާން މައުމޫން

ކުރިން ދެއްކެވި ވާހަކައަށް ޒިންމާ ނުވެވޭނެ - ޣައްސާން

6 މެއި 2025 | އަންގާރަ 12:19

މެންބަރު ޒިޔާދުގެ ދެވަނަ ސުވާލުގެ ފުރަތަމަ ބައިގެ ސުވާލަށް ޖަވާބެއް ނުދެއްވި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 6 މެއި 2025 | އަންގާރަ 12:19
ޑިފެންސް މިނިސްޓަރ ޣައްސާން މައުމޫން

ޑިފެންސް މިނިސްޓަރ ޣައްސާން މައުމޫން

ކުރިން ދެއްކެވި ވާހަކައަށް ޒިންމާ ނުވެވޭނެ ކަމަށް ޑިފެންސް މިނިސްޓަރ ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

ޑިފެންސް މިނިސްޓަރ ޣައްސާން މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އަންގާރަ ދުވަހުގެ ޖަލްސާފައި މެންބަރަކު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

Advertisement - newsAdvertisement

މެންބަރު ޒިޔާދު ވިދާޅުވީ މީގެ ކުރިންވެސް ސިފައިންގެ ބޭފުޅުން ވިދާޅުވަމުންދިޔައީ އިންޑިއާއިން ދީފައިވާ ވައިގެ އުޅަނދުތައް އުދުއްސަމުންދިޔައީ ހުއްދައާއެކު ކަމަށާއި، އަދި މިހާރުވެސް އެކަން ހިނގަނީ އެގޮތަށް ކަމަށް ޑިފެންސް މިނިސްޓަރ ވިދާޅުވާ ކަމަށެވެ.

އަދި ހެލިކޮޕްޓަރާއި ޑޯނިއަރ މިހާރު ދުއްވަނީ އެއްބަސްވުމަށް ގެނައި ބަދަލުތަކުގެ ފަހުންތޯއާއި، ރާއްޖޭގައި ދުއްވާ ހެލިކޮޕްޓަރާއި ޑޯނިއަރ އަކީ އިންޑިއާގެ އަސްކަރީ އުޅަނދުކަމަށް ވިދާޅުވާން ދަތިފުޅުތޯއެވެ.

ސުވާލުގެ ޖަވާބުގައި މިނިސްޓަރ ޣައްސާން ވިދާޅުވީ އިންޑިއާއިން ހަދިޔާކޮށްފައިވާ ހެލިކޮޕްޓަރާއި މަތިންދާބޯޓު އުދުއްސުމާއި ގުޅޭގޮތުން ކުރިން ދެއްކެވި ވާހަކަތަކަށް ޒިންމާ ނުވެވޭނެ ކަމަށެވެ. އަދި އެއްވެސް ކަމެއް ދަންނަވާކަށް ދައްޗެއް ނޫން ކަމަށެވެ. ނަމަވެސް މެންބަރު ޒިޔާދުގެ ދެވަނަ ސުވާލުގެ ފުރަތަމަ ބައިގައި ވިދާޅުވި، ހެލިކޮޕްޓަރާއި ޑޯނިއަރ މިހާރު ދުއްވަނީ އެއްބަސްވުމަށް ގެނައި ބަދަލުތަކުގެ ފަހުންތޯ ސުވާލަށް ޖަވާބެއް ނުދެއްވާ މިނިސްޓަރު ޣައްސާން އިށީންދެވަޑައިގެންނެވިއެވެ.

ކުރިން ދެއްކެވި ވާހަކަތަކަށް ޒިންމާ ނުވެވޭނެ. އެއްވެސް ކަމެއް ދަންނަވާކަށް ދައްޗެއް ނޫން
ޑިފެންސް މިނިސްޓަރ ޣައްސާން މައުމޫން

އިދިކޮޅުގައި އޮތް އިރު ޣައްސާންއާއި އެއިރުގެ އިދިކޮޅު އިސް ފަރާތްތަކުން ބުނަމުންދިޔައީ ހެލިކޮޕްޓަރާއި މަތިންދާ ބޯޓަކީ އިންޑިއާގެ އަސްކަރީ އުޅަނދު ކަމަށާއި، އެ އުދުއްސަން ދިވެހި ސިފައިންގެ ހުއްދަ ހޯދަން ނުޖެހޭ ކަމަށެވެ. ނަމަވެސް އެއިރު ސަރުކާރުން ބުނަމުން ދިޔައީ ވައިގެ އުޅަނދުތައް ބޭނުންކުރަމުން ދިޔައީ ސިއްހީ ކުއްލި ހާލަތްތަކުގައި ބަލި މީހުން އުފުލުމަށާއި، ކަނޑުމަތީ ހާދިސާތަކުގައި މީހުން ސަލާމަތްކުރުމަށެވެ. އަދި އެ ދުއްވަނީ ދިވެހި ސިފައިންގެ ހުއްދައާއެކު ދިވެހި ސިފައިން ތިބެގެން ކަމަށެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

21 މާރިޗު 2017

ސްކޫލުތަކުގެ ކިޔެވުން ފެށޭ ނަމަ މި ހަފްތާ ނިމުމުގެ ކުރިން އަންގާނެ: އެޑިއުކޭޝަން މިނިސްޓްރީ

21 މާރިޗު 2017
ސްކޫލުތަކުގެ ކިޔެވުން ފެށޭ ނަމަ މި ހަފްތާ ނިމުމުގެ ކުރިން އަންގާނެ: އެޑިއުކޭޝަން މިނިސްޓްރީ
14 މާރިޗު 2017

އެޗް1އެން1 ވައިރަސްގެ ވާހަކަ ކުރިން ހާމަނުކުރީ، އެއީ އެހާ މުހިންމުކަމަކަށް ނުފެންނާތީ: އެޗްޕީއޭ

14 މާރިޗު 2017
އެޗް1އެން1 ވައިރަސްގެ ވާހަކަ ކުރިން ހާމަނުކުރީ، އެއީ އެހާ މުހިންމުކަމަކަށް ނުފެންނާތީ: އެޗްޕީއޭ
28 ފެބުރުއަރީ 2017

ވަކިވަކި ފުލުހުން ކުރާ ކަންތައްތަކުގެ ޒިންމާ ފުލުހުންގެ އިދާރާއިން ނަގާކަށް ނުޖެހޭނެ، މުޅި މުއައްސަސާ ބަދުނާމުކޮށްގެން ނުވާނެ: ހޯމް މިނިސްޓަރ

28 ފެބުރުއަރީ 2017
ވަކިވަކި ފުލުހުން ކުރާ ކަންތައްތަކުގެ ޒިންމާ ފުލުހުންގެ އިދާރާއިން ނަގާކަށް ނުޖެހޭނެ، މުޅި މުއައްސަސާ ބަދުނާމުކޮށްގެން ނުވާނެ: ހޯމް މިނިސްޓަރ
27 ފެބުރުއަރީ 2017

އެސްޓީއޯ އަށް ކުރިން ދިން ބ. މުތާފުށި ވިއްކާލަނީ

27 ފެބުރުއަރީ 2017
އެސްޓީއޯ އަށް ކުރިން ދިން ބ. މުތާފުށި ވިއްކާލަނީ
22 ފެބުރުއަރީ 2017

ޤާނޫން އަސާސީއަށް ބަދަލު ގެނައުމުގެ ކުރިން 58 މެންބަރުންނަށް ބިރު ދެއްކި: މުސްތަފާ

22 ފެބުރުއަރީ 2017
ޤާނޫން އަސާސީއަށް ބަދަލު ގެނައުމުގެ ކުރިން 58 މެންބަރުންނަށް ބިރު ދެއްކި: މުސްތަފާ
12 ފެބުރުއަރީ 2017

މެމްބަރުން ދަނީ ލޫޓުވުމުން، ހުރިހާ ކަމެއްގެ ޒިންމާ ނަގަންޖެހޭނެ: ސައުދުﷲ

12 ފެބުރުއަރީ 2017
މެމްބަރުން ދަނީ ލޫޓުވުމުން، ހުރިހާ ކަމެއްގެ ޒިންމާ ނަގަންޖެހޭނެ: ސައުދުﷲ
05 ފެބުރުއަރީ 2017

އޭޕްރީލް 8 ވަނަ ދުވަހު ސްކޫލުތަކުގައި ވަރަށް މުހިއްމު ހަރަކާތެއް ބޭއްވުމަށް ވަނީ މާކުރިން ނިންމާފަ

05 ފެބުރުއަރީ 2017
އޭޕްރީލް 8 ވަނަ ދުވަހު ސްކޫލުތަކުގައި ވަރަށް މުހިއްމު ހަރަކާތެއް ބޭއްވުމަށް ވަނީ މާކުރިން ނިންމާފަ
02 ފެބުރުއަރީ 2017

ފިޔާޒުގެ ޝަރީއަތް: މި މަސް ނިމުމުގެ ކުރިން ހުކުމް ކުރާނެ!

02 ފެބުރުއަރީ 2017
ފިޔާޒުގެ ޝަރީއަތް: މި މަސް ނިމުމުގެ ކުރިން ހުކުމް ކުރާނެ!
31 ޖެނުއަރީ 2017

ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް

31 ޖެނުއަރީ 2017
ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް
11 ޖެނުއަރީ 2017

ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

11 ޖެނުއަރީ 2017
ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް