Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޤުރުއާން އަށް ބަދަލު ގެނައުން

ޕީއެސްއެމް އިން ޤުރުއާނުގެ އާޔަތްތަކަށް ބަދަލު ގެނައި މައްސަލަ ހޫނު ވެއްޖެ

އެ ކަމަކީ މާތްވެގެންވާ އިސްލާމް ދީނުގެ އެންމެ މަތިވެރި ފޮތް އަދި މާތް ރަސްކަލާންގެ ކަލާންފުޅަށް އިހާނެތިކޮށް ހިތުން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 12 ޑިސެމްބަރު 2024 | ބުރާސްފަތި 11:14
ރަސްދޫގައި ރައީސް ބައިވެރިވެވަޑައިގެންނެވި ހަފްލާގައި ގުރުއާންގެ އާޔަތް ބަދަލު ގެނެސްގެން ޕީއެސްއެމްއިން ދެއްކިކަމުގެ ތުހުމަތުވަނީ ކުރެވިފައި

ރަސްދޫގައި ރައީސް ބައިވެރިވެވަޑައިގެންނެވި ހަފްލާގައި ގުރުއާންގެ އާޔަތް ބަދަލު ގެނެސްގެން ޕީއެސްއެމްއިން ދެއްކިކަމުގެ ތުހުމަތުވަނީ ކުރެވިފައި

ޕީއެސްއެމްގެ ޗެނަލްތަކުން ޤުރުއާނުގެ އާޔަތްތަކަށް ބަދަލު ގެނެސްގެން ދައްކާތީ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއްގެ ގޮތުގައި އެ މައްސަލަ ހުށަހަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 192 ވަނަ މާއްދާގެ ދަށުން، ކެންދޫ ދާއިރާގެ މެންބަރު މަޢުރޫފް ޛާކިރު ހުށަހަޅުއްވާފައިވާ ކުއްލި މައްސަލައިގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 70 ވަނަ މާއްދާގެ (ށ) ގެ 3 ވަނަ ނަންބަރުގައ،ި ވެރިކަން ހިންގުމުގެ ބާރުގެ ފަރާތުން ކުރާ ކަންތައްތައް ހިނގާނުހިނގާ ގޮތް ބެލުމާއި ވެރިކަން ހިންގުމުގެ ބާރު ޖަވާބުދާރީކުރުވުމާއި އަދި މިކަންކަން ކުރުމަށް ޓަކައި ޤާނޫނުއަސާސީ އާއި ޤާނޫނުގައިވާ ގޮތުގެމަތީން ފިޔަވަޅުތައް އެޅުމަށް ރައްޔިތުންގެ މަޖިލީހާ މަތިކޮށްފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އަދި ޕަބްލިކް ސަރވިސް މީޑިއާގެ ޤާނޫނުގެ 5 ވަނަ މާއްދާގައި، ޕަބްލިކް ސަރވިސް މީޑިއާގެ ސިޔާސަތު ތަކުގެ ގޮތުގައި ކަނޑައަޅައި ބަޔާންކޮށްފައިވާ ކަންކަމަށް ބަލާއިރު، ދީނީ، އިޤްތިޞާދީ، އިޖްތިމާޢީ، ސިޔާސީ އަދި މިނޫނަސް ޤައުމަށް ބޭނުންތެރި ހުރިހާ ދާއިރާއެއްގައި މަޢުލޫމާތު މުއްސަނދ،ި ހޭލުންތެރި ރައްޔިތެއް ބިނާކުރުމަށް މަސައްކަތްކުރުން ހިމެނޭ ކަމަށެވެ. އަދ،ި ދިވެހި ރައްޔިތުންނަށް މުހިންމުވާނެ ބައިނަލްއަޤްވާމީ އެކި ކަންކަމާއި، ޤައުމީ އެކި ކަންކަމުގެ ޚަބަރާއި، މަޢުލޫމާތާއި، ކަން ހިނގަމުންދާގޮތް ރައްޔިތުންނަށް އަންގައިދިނުމަކީ، ޕަބްލިކް ސަރވިސް މީޑިއާގެ މައްޗަށް ލާޒިމުކޮށްފައިވާ ކަންކަން ކަމުގައެވެ.

ކީރިތި ޤުރުއާނުގެ އާޔަތްތަކަށް ބަދަލުގެނެސްގެން، ޕަބްލިކް ސަރވިސް މީޑިއާގެ ޗެނަލްތަކުން ދައްކަމުން ދާކަން ފާހަގަކުރެވިފައި ވާތީ، އެ ކަމަކީ މާތްވެގެންވާ އިސްލާމް ދީނުގެ އެންމެ މަތިވެރި ފޮތް އަދި މާތް ރަސްކަލާންގެ ކަލާންފުޅަށް އިހާނެތިކޮށް ހިތައި، އެއަށް ގަސްތުގައި ބަދަލު ގެނެސް، އާޔަތްތަކުގެ މާނަ އޮޅުވައިލުމަށް ކުރަމުންދާ ނުރައްކާތެރި ކަމެއް ކަމަށް ކުއްލި މައްސަލައިގައި ބުނެފައިވެއެވެ.

އަދި ވަކިވަކި ފަރުދުންނަށާއި އެކި ޖަމާޢަތްތަކަށް ފުރުޞަތު ދިނުމުގައިވެސް ހަމަހަމަކަން ޤާއިމުކުރުމަކީ، މި ޤާނޫނުގެ 5 ވަނަ މާއްދާގެ (ކ) ގެ ދަށުން، ޕަބްލިކް ސަރވިސް މީޑިއާ އިން އަދާކުރަންޖެހޭ ޒިންމާއަކަށްވާއިރު، ދިވެހިރާއްޖޭގެ އިޤްތިޞާދީ، އިޖުތިމާއީ އަދި ސިޔާސީ ޙާލަތާ ގުޅޭގޮތުން ވާހަކަ ދެއްކުމަށާއި ދައުލަތުގެ މުހިންމު ސިޔާސަތުތަކާ ބެހޭގޮތުން ވާހަކަ ދެއްކުމަށް ސިޔާސީ ޕާޓީތަކަށް، ހަމަހަމަ ކަމާއެކު ފުރުޞަތު ދިނުން، ޕަބްލިކް ސަރވިސް މީޑިއާގެ މައްޗަށް ލާޒިމުވާކަމަށެވެ.

އަދި ޕަބްލިކް ސަރވިސް މީޑިއާގެ ޗެނަލްތަކުން ފުރުސަތު ދެމުންގެންދަނީ، ހަމައެކަނި ސަރުކާރުގެ ވެރިންނަށާއި، ސަރުކާރުގެ މުވައްޒަފުންނަށާއި ސަރުކާރަށް ތާއީދުކުރާ ފަރާތްތަކަށް އެކަނި ކަމަށެވެ. އަދި، ގަސްތުގައި ދޮގު ހަބަރު ފަތުރައި، ސިޔާސީ އިދިކޮޅު ފަރާތްތަކާއި ސަރުކާރާ ހިޔާލު ތަފާތުވާ އެންމެންނާ ގުޅޭ ގޮތުން ހަގީގަތާ ހިލާފު ވާހަކަތައް ފަތުރަމުންދާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

މި ފަދަ އެންމެހައި ކަންކަމަކީ ޕަބްލިކް ސަރވިސް މީޑިއާ އިން ކަނޑައެޅިގެން ޤާނޫނާ ހިލާފަށް ކުރަމުންދާ ކަންކަން ކަމަށާއި، އެ ކަންކަމަކ،ީ ރައްޔިތުންގެ ނުވަތަ ގައުމުގެ މަސްލަހަތައް ސީދާ އަސަރުކުރާ ފަދަ ބޮޑެތި ކަންކަން ކަމަށްވާތީ އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމުގެ ގޮތުން، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 192 ވަނަ މާއްދާގެ ދަށުން ކުއްލި މައްސަލަ ވަނީ ހުށަހަޅާފައެވެ.

ކުއްލި މައްސަލަ ބަލައިގަތުމަށް ވޯޓަށް އެހުމުން ވޯޓުގއި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އަގުލަބިއްޔަތުން ވަނީ ކުއްލި މައްސަލަ ބަލައިގަތުމަށް ފާސްކޮށްފައެވެ. އެއީ 70 މެންބަރުންނެވެ.

ޤުރުއާންޕީއެސްއެމް

ކޮމެންޓް

އިތުރަށް ކިޔާލަން

ބިލު ބޮޑުވެ އިރުއިރުކޮޅާ ކަރަންޓު ކެނޑުނީމަ އެޑިއުކޭޓް ވާންވީ ރައްޔިތުން؟

ބިލު ބޮޑުވެ އިރުއިރުކޮޅާ ކަރަންޓު ކެނޑުނީމަ އެޑިއުކޭޓް ވާންވީ ރައްޔިތުން؟

03 ޑިސެމްބަރު 2025
40 އަހަރުގެ ތެރޭގައި ކުނަހަންދޫ އަށް ވަޑައިގަތް ފުރަތަމަ ރައީސް އަކީ މުއިއްޒު ކަމަށް ޕީއެސްއެމް އިން ޚަބަރު ފެތުރި އިރު މުއިއްޒު ކުރިން އެރަށަށް ވަޑައިގަތީ ރައީސް ވަހީދު އަރިހުގައި

40 އަހަރުގެ ތެރޭގައި ކުނަހަންދޫ އަށް ވަޑައިގަތް ފުރަތަމަ ރައީސް އަކީ މުއިއްޒު ކަމަށް ޕީއެސްއެމް އިން ޚަބަރު ފެތުރި އިރު މުއިއްޒު ކުރިން އެރަށަށް ވަޑައިގަތީ ރައީސް ވަހީދު އަރިހުގައި

21 އޮކްޓޯބަރު 2025
އަންނަ މަހުން ފެށިގެން ހާފިޒުންގެ އެލަވަންސް ދެގުނަ ބޮޑު ކުރަން ނިންމައިފި

އަންނަ މަހުން ފެށިގެން ހާފިޒުންގެ އެލަވަންސް ދެގުނަ ބޮޑު ކުރަން ނިންމައިފި

25 ޖޫން 2025
ރަސޫލާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَގެ ސުންނަތް ގަބޫލުނުކުރާ މީހުންނާމެދު ސަމާލުވާންޖެހޭ: ޚުތުބާ

ރަސޫލާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَގެ ސުންނަތް ގަބޫލުނުކުރާ މީހުންނާމެދު ސަމާލުވާންޖެހޭ: ޚުތުބާ

16 މެއި 2025
ޕީއެސްއެމްއިން ތަރުކާރުކޮށް ގާނޫނާ ހިލާފުވަމުންދާތީ ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި

ޕީއެސްއެމްއިން ތަރުކާރުކޮށް ގާނޫނާ ހިލާފުވަމުންދާތީ ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި

06 މެއި 2025

އަހަރުތަކުން މިއަދު

7 ޖެނުއަރީ
އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ
20251 އަހަރު ކުރިން
ދުނިޔެ

އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި
20242 އަހަރު ކުރިން
ރިޕޯޓު

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ
20233 އަހަރު ކުރިން
ރާއްޖެ

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން
20224 އަހަރު ކުރިން
ރިޕޯޓު

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!
20197 އަހަރު ކުރިން
ރިޕޯޓު

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟
20188 އަހަރު ކުރިން
އިސްލާމް

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު