Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޤުރުއާނުގެ އާޔަތްތަކަށް ބަދަލު ގެނައި މައްސަލަ

ޕީއެސްއެމްއިން ޤުރުއާނުގެ އާޔަތްތަކަށް ބަދަލު ގެނެސްގެން ދެއްކި މައްސަލަ ބަލައި ފިޔަވަޅު އެޅުމަށް އެމްޑީޕީ މަޖިލިސް މެންބަރުން ގޮވާލައްވައިފި

މިމައްސަލާގައި އެޕާޓީ މިޕާޓީ ކިޔައި ޒުވާބު ކުރަން ނުޖެހޭ

އަމްނާ އިމާދު
އަމްނާ އިމާދު | 12 ޑިސެމްބަރު 2024 | ބުރާސްފަތި 10:33
ރައްޔިތުން މަޖިލީހުގެ ޖަލްސާގެ ތެރެއިން

ރައްޔިތުން މަޖިލީހުގެ ޖަލްސާގެ ތެރެއިން

ދައުލަތުގެ މީޑިއާ (ޕީއެސްއެމް)އިން ކީރިތި ޤުރުއާނުގެ އާޔަތްތަކަށް ބަދަލު ގެނެސްގެން ދެއްކި މައްސަލަ ބަލައި ފިޔަވަޅު އެޅުމަށް ރައްޔިތުން މަޖިލީހުގެ އެމްޑީޕީގެ މެންބަރުން ގޮވާލައްވައިފިއެވެ.

ބުރާސްފަތި ދުވަހު ޤުރުއާނުގެ އާޔަތްތަކަށް ބަދަލު ގެނެސްގެން ދައުލަތުގެ މީޑިއާއިން ދެއްކި މައްސަލައެއް ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ޖަލްސާއަށް ކުއްލި މައްސަލައެއް ހުށަހަޅާފައިވެއެވެ. މި މައްސަލަ ހުށަހެޅުއްވީ ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރެވެ. މި މައްސަލަ މަޖިލީހުން ބަލައިގެންފައިވަނީ ވޯޓުގައި ބައިވެރިވި 71 މެންބަރުންގެ އިއްތިފާގުންނެވެ.

މި މައްސަލައަށް ބަހުސްކުރައްވަމުން ހިތަދޫ ދެކުނު ދާއިރާގެ މެންބަރު, އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕް (ޕީޖީ) ލީޑަރު އިބްރާހިމް ނާޒިލް ވިދާޅުވީ މިއީ ވަރަށް ހައްސާސް މައްސަލައެއް ކަމަށެވެ.

މެންބަރު ނާޒިލް ވިދާޅުވީ ކީރިތި ޤުރުއާނުގެ މޫރިތި އާޔަތްތައް އޮޅޭ ކަހަލަ ގޮތަކަށް މީޑިއާއިން ގެނެސްދީފައިވާ ކަމަށާއި، އެއީ ގަސްތުގައި ކުރިކަމެއްތޯ ނުވަތަ ޓެކްނިކަލް އެރޯއަކުން ވީ ކަމެއްތޯ ބަލައި ތަހުގީގު ކުރަންޖެހޭ ކަމަށެވެ. އަދި އެގޮތަށް ޤުރުއާން ދެއްކުމަށްފަހު އެކަން ނައްތާލުމަށް އެކްލިޕްތައް ޑިލީޓް ކޮށްފައިވާ ކަމަށާއި، މިއީ ކަންބޮޑުވާ މައްސަލައެއް ކަމަށް މެންބަރު ނާޒިލް ވިދާޅުވިއެވެ.

މެންބަރު ނާޒިލް ވިދާޅުވީ ޤުރުއާންގެ އާޔަތްތައް ބަދަލުކޮށް އެގޮތަށް ގެނައުމަކީ ޔަހޫދީންގެ ތެރެއިންވާ ކަމެއް ކަމަށާއި، ޤުރުއާންގައި އެކަން ބަޔާންކޮށްފައިވާ ކަމަށެވެ. މިއީ ދޫކޮށްލެވޭވަރުގެ މައްސަލައެއް ނޫން ކަމަށް މެންބަރު ނާޒިލް ވިދާޅުވިއެވެ.

މިމައްސަލައާ ގުޅިގެން ރައްޔިތުން މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު ވިދާޅުވީ މިމައްސަލާގައި އެޕާޓީ މިޕާޓީ ކިޔައި ޒުވާބު ކުރަން ނުޖެހޭ ކަމަށާއި، މިމައްސަލަ ބަލައި ފިޔަވަޅު އަޅަންޖެހޭ ކަމަށެވެ.

މީގެ އިތުރުން މެންބަރު ޒިޔާދު ވިދާޅުވީ ޕީއެސްއެމްއަކީ ދައުލަތުގެ މީޑިއާ ނަމަވެސް އެމީޑިއާއިން ސަރުކާރާ ދެކޮޅު ޕާޓީތަކަށް ފުރުސަތު ނުލިބޭ ކަމަށެވެ. އަބަދުވެސް ދައުލަތުގެ މީޑިއާ ހިންގަމުންދަނީ ދަރަނީގައި ކަމަށާއި، ދައުލަތުގެ މީީޑިއާއަށްވާއިރު، އެމީޑިއާއިން ދިވެހި ހުރިހާ ރައްޔިތުންނަށް ފުރުސަތު ލިބެންޖެހޭ ކަމަށް މެންބަރު ޒިޔާދު ވިދާޅުވިއެވެ.

މެންބަރު މައުރޫފް ހުށަހެޅި ކުއްލި މައްސަލާގައި ބުނެފައިވަނީ ޕީއެސްއެމްގެ ސިޔާސަތުތަކުގެ ގޮތުގައި ކަނޑައަޅައި ބަޔާންކޮށްފައިވާ ކަންކަމަށް ބަލާއިރު، ދީނީ، އިގުތިސާދީ، އިޖުތިމާއީ، ސިޔާސީ އަދި އެ ނޫން ވެސް ގައުމަށް ބޭނުންތެރި ހުރިހާ ދާއިރާއެއްގައި މައުލޫމާތު މުއްސަނދި ހޭލުންތެރި ރައްޔިތެއް ބިނާކުރަން މަސައްކަތްކުރުން ހިމެނޭ ކަމަށެވެ. ދިވެހި ރައްޔިތުންނަށް މުހިންމުވާނެ ބައިނަލްއަގުވާމީ އެކި ކަންކަމާއި ގައުމީ އެކި ކަންކަމުގެ ޚަބަރާއި، މައުލޫމާތާއި، ކަން ހިނގަމުންދާ ގޮތް ރައްޔިތުންނަށް އަންގައިދިނުމަކީ ޕީއެސްއެމްގެ މައްޗަށް ލާޒިމުކޮށްފައިވާ ކަންކަން ކަމަށް މައްސަލައިގައި ބުނެފައިވެއެވެ.

ގިނަ ބަޔަކު ތުހުމަތުކުރާ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އއ. އަތޮޅާއި ކ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އއ.ރަސްދޫގައި ބޭއްވި ޖަލްސާއެއް ފެށުމަށް ޤުރުއާން ކިޔެވިއިރު ޖަލްސާގެ ލައިވުން ބައެއް ވަނީ އުނިކޮށްފައެވެ. އަދި ފަހުން ޕީއެސްއެމުން ވަނީ އެ ލައިވް ޑިލީޓުކޮށްފައެވެ.

ޕީއެސްއެމްޤުރުއާންމަޖިލިސް

އިތުރަށް ކިޔާލަން

03 ޑިސެމްބަރު 2025

ބިލު ބޮޑުވެ އިރުއިރުކޮޅާ ކަރަންޓު ކެނޑުނީމަ އެޑިއުކޭޓް ވާންވީ ރައްޔިތުން؟

03 ޑިސެމްބަރު 2025
ބިލު ބޮޑުވެ އިރުއިރުކޮޅާ ކަރަންޓު ކެނޑުނީމަ އެޑިއުކޭޓް ވާންވީ ރައްޔިތުން؟
19 ނޮވެމްބަރު 2025

ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނު 19 ވަނަ މަޖިލީހުން އުވާނުލެވުމަކީ ހެދުނު ވަރަށް ބޮޑު ގޯހެއް: މެންބަރު މީކާއީލް

19 ނޮވެމްބަރު 2025
ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނު 19 ވަނަ މަޖިލީހުން އުވާނުލެވުމަކީ ހެދުނު ވަރަށް ބޮޑު ގޯހެއް: މެންބަރު މީކާއީލް
05 ނޮވެމްބަރު 2025

ދައުލަތް ހިނގަނީ އިންވެސްޓް ކޮށްފައި ތިބި އިންވެސްޓަރުންގެ މޮޅު ކަމުން، ސަރުކާރުގެ މޮޅު ކަމަކުން ނޫން: މެންބަރު އައްބާސް

05 ނޮވެމްބަރު 2025
ދައުލަތް ހިނގަނީ އިންވެސްޓް ކޮށްފައި ތިބި އިންވެސްޓަރުންގެ މޮޅު ކަމުން، ސަރުކާރުގެ މޮޅު ކަމަކުން ނޫން: މެންބަރު އައްބާސް
28 އޮކްޓޯބަރު 2025

އެމްޑީޕީގެ މެންބަރުން ހުށަހަޅާފައި ހުރި ގިނަ މަސައްކަތްތައް ހިމެނޭ ގޮތަށް މާދަމާގެ މަޖިލީހުގެ އެޖެންޑާ އާންމުކޮށްފި

28 އޮކްޓޯބަރު 2025
އެމްޑީޕީގެ މެންބަރުން ހުށަހަޅާފައި ހުރި ގިނަ މަސައްކަތްތައް ހިމެނޭ ގޮތަށް މާދަމާގެ މަޖިލީހުގެ އެޖެންޑާ އާންމުކޮށްފި
27 އޮކްޓޯބަރު 2025

2024 މާޗުގައި ފަށަން ބުނި ހެލިކޮޕްޓަރުގެ ޚިދުމަތް ދޭން ބޭނުންވާ ޑިޒައިން ކުރާނެ ފަރާތެއް އެއް އަހަރާ 7 މަސް ވީއިރު ވެސް ނުހޯދުނު

27 އޮކްޓޯބަރު 2025
2024 މާޗުގައި ފަށަން ބުނި ހެލިކޮޕްޓަރުގެ ޚިދުމަތް ދޭން ބޭނުންވާ ޑިޒައިން ކުރާނެ ފަރާތެއް އެއް އަހަރާ 7 މަސް ވީއިރު ވެސް ނުހޯދުނު
22 އޮކްޓޯބަރު 2025

ބަންގީގެ އަޑު މަޑުކުރަނީ ސިޓީ ކައުންސިލުން ކަމަށް ބުނުމަކީ ކަނޑައެޅިގެން ބޮޑު ދޮގެއް: އާޒިމް

22 އޮކްޓޯބަރު 2025
ބަންގީގެ އަޑު މަޑުކުރަނީ ސިޓީ ކައުންސިލުން ކަމަށް ބުނުމަކީ ކަނޑައެޅިގެން ބޮޑު ދޮގެއް: އާޒިމް
22 އޮކްޓޯބަރު 2025

ޤާނޫނީ ޒިންމާ އެއް އަދާ ކުރުމަށް ވަޑައިގެން ޕީއެންސީގެ އެކްޓިވިސްޓެއްގެ ގޮތުގައި ކޯފާވެ މެމްބަރުންނަށް ޖަވާބު ދެއްވުމަކީ ހަޑިހުތުރު އަމަލެއް!

22 އޮކްޓޯބަރު 2025
ޤާނޫނީ ޒިންމާ އެއް އަދާ ކުރުމަށް ވަޑައިގެން ޕީއެންސީގެ އެކްޓިވިސްޓެއްގެ ގޮތުގައި ކޯފާވެ މެމްބަރުންނަށް ޖަވާބު ދެއްވުމަކީ ހަޑިހުތުރު އަމަލެއް!
21 އޮކްޓޯބަރު 2025

ރާއްޖޭގައި ލޭ ހޯދުމަށް ދިމާވެފައިވާ ދަތިތައް ހައްލުކުރަން ޕީއެންސީ މެންބަރުން ދެކޮޅު!

21 އޮކްޓޯބަރު 2025
ރާއްޖޭގައި ލޭ ހޯދުމަށް ދިމާވެފައިވާ ދަތިތައް ހައްލުކުރަން ޕީއެންސީ މެންބަރުން ދެކޮޅު!
21 އޮކްޓޯބަރު 2025

40 އަހަރުގެ ތެރޭގައި ކުނަހަންދޫ އަށް ވަޑައިގަތް ފުރަތަމަ ރައީސް އަކީ މުއިއްޒު ކަމަށް ޕީއެސްއެމް އިން ޚަބަރު ފެތުރި އިރު މުއިއްޒު ކުރިން އެރަށަށް ވަޑައިގަތީ ރައީސް ވަހީދު އަރިހުގައި

21 އޮކްޓޯބަރު 2025
40 އަހަރުގެ ތެރޭގައި ކުނަހަންދޫ އަށް ވަޑައިގަތް ފުރަތަމަ ރައީސް އަކީ މުއިއްޒު ކަމަށް ޕީއެސްއެމް އިން ޚަބަރު ފެތުރި އިރު މުއިއްޒު ކުރިން އެރަށަށް ވަޑައިގަތީ ރައީސް ވަހީދު އަރިހުގައި
13 އޮކްޓޯބަރު 2025

ލޫޓުވައިފި މުޒާހަރާއިން ހައްޔަރުކުރި މީހުންނަށް އިހުމާލުވާތީ ހުށަހަޅަން އުޅުނު ކުއްލި މައްސަލައަށް ފުރުސަތެއް ނުދިން

13 އޮކްޓޯބަރު 2025
ލޫޓުވައިފި މުޒާހަރާއިން ހައްޔަރުކުރި މީހުންނަށް އިހުމާލުވާތީ ހުށަހަޅަން އުޅުނު ކުއްލި މައްސަލައަށް ފުރުސަތެއް ނުދިން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު