Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސްކީލާން ޑޮކިއުމެންޓަރީ

"ސްކީލާން" ގެ ވީޑިއޯކޮޅެއް ޕީއެސްއެމް އިން ދައްކައިގެން ވަޒީފާ އިން ކަނޑާލި މުސްތަފާގެ ވަޒީފާ ޕީއެސްއެމުން އިޔާދަކޮށްފި

ކައުންސިލްގެ ރައީސްކަމަށް އޭނާ އިންތިޚާބު ކުރީ މީގެ ދެ އަހަރު ކުރިން

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 2 ނޮވެމްބަރު 2024 | ހޮނިހިރު 08:00
މީޑިއާ ކައުންސިލުގެ ރައީސް އަހްމަދު މުސްތަފާ

މީޑިއާ ކައުންސިލުގެ ރައީސް އަހްމަދު މުސްތަފާ

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ ރައީސްކަން ކުރައްވަމުން ގެންދަވާ އަހްމަދު މުސްތަފާ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގައި އޭނާ އަދާކުރައްވަމުން ގެންދަވާ ވަޒީފާއިން ޕީއެސްއެމްގެ ބޯޑުން ނިންމައިގެން ބުރާސްފަތި ދުވަހު ވަކިކުރުމަށް ފަހު އަލުން އޭނާގެ ވަޒީފާ އިއާދަކޮށްފިއެވެ.

އޭނާގެ ވަޒީފާ އިއާދަކޮށްފައި ވަނީ އޭނާ ވަކިކުރި މައްސަލަ މުރާޖައާކޮށްދިނުމަށް އެދިވަޑައިގެން ޕީއެސްއެމްގެ ބޯޑަށް މުސްތަފާ ހުށަހެޅުއްވި މައްސަލަ ބެލުމަށް ފަހުގައެވެ. މިކަމާއި ގުޅޭ ގޮތުން ޕީއެސްއެމް އިން އެއްވެސް މައުލޫމާތެއް ހާމައެއް ނުކުރެއެވެ.

Advertisement - newsAdvertisement

ޕީއެސްއެމްގެ ޓެކްނިކަލް އޮޕަރޭޝަންސް މެނޭޖަރުގެ މަގާމުގައި ހުންނެވި އަދި 30 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ޕީއެސްއެމް އަށް ޚިދުމަތް ކުރައްވާފައިވާ މުސްތަފާ މަގާމުން ވަކި ކުރީ، ބުރާސްފަތި ވިލޭރޭ މޯލްޑިވްސް މީޑިއާ ކައުންސިލުން ބޭއްވި 11 ވަނަ ނޫސްވެރިކަމުގެ އިނާމު ދިނުމުގެ ހަފްލާ ގައި އެކި ދާއިރާތަކުން އެވޯޑްތަކަށް ނޮމިނޭޓްވި ކޮންޓެންޓު ދެއްކުމުގެ ތެރޭގައި، ތަހުގީގީ ދާއިރާއިން ނޫސްވެރިކަމުގެ އިނާމު ލިބުނު "އަދަދު" ނޫހުން ތައްޔާރު ކުރި "ސްކީލާން" ޑޮކިއުމެންޓަރީގެ ވީޑިއޯ ކޮޅެއް ޕީއެސްއެމްއިން ވަގުތުން ދެއްކި އެ އިވެންޓުގައި އޮން އެއަރ ވުމާ ގުޅިގެންކަން ރާއްޖެ އެމްވީ އަށް ވަނީ ކަށަވަރުވެފައެވެ.

ގިނަ ބައެއްގެ ސަމާލުކަން ހޯދި އެ ޑޮކިއުމެންޓަރީ އަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދޮން މަންމަ، ސްރީލަންކާގެ ރައްޔިތެއް ކަމުގައިވާ ޖީ ސްކީލާން، ރާއްޖޭން ބްލެކްލިސްޓުކޮށް ޑީޕޯޓުކުރި ގޮތާއި އޭނާ ރައީސް މުއިއްޒުގެ މައްޗަށް ކުރާ ތުހުމަތުތަކުގެ މައްޗަށް ތައްޔާރު ކުރި ޑޮކިއުމެންޓަރީއެކެވެ. މީޑިއާ ކައުންސިލުން ބުރާސްފަތި ވިލޭރޭ ބޭއްވި ހަފްލާގައި ޕީއެސްއެމް އިން އޮން އެއަރވެފައިވަނީ "ސްކީލާން" ޑޮކިއުމެންޓަރީގެ މަދު ސިކުންތު ކޮޅެއްގެ ވީޑިއޯ ފުޓޭޖްކަން ފާހަގަ ކުރެވެއެވެ.

މުސްތަފާ ޕީއެސްއެމްގެ ވަޒީފާއިން ކުއްލި ގޮތަކަށް ވަކި ކުރި އިރު އޭނާ އަކީ މީޑީއާގެ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އިތުބާރުހުރި ގޮތަކަށް މި ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މުސްތަފާ މަގާމުން ވަކިކޮށްފައި ވަނީ ޕީއެސްއެމް ބޯޑުން ފާސްކުރި އިރު މުސްތަފާގެ ބަހެއްވެސް އެކަމުގައި ނުހޯދައެވެ. އެހެންކަމުން އޭނާ މަޤާމުން ވަކި ކުރަން ކުރިން ނިންމީ ކޮން ކަންތައްތަކެއްގެ މައްޗަށް ބެލުމަށް ފަހުގައި ކަން ސާފެއް ނޫނެވެ.

މީޑިއާ ކައުންސިލަށް މުސްތަފާ އިންތިޚާބުކުރީ ޕީއެސްއެމް އިން ހިންގާ ޓީވީއެމް ތަމްސީލްކުރާ މެންބަރެއްގެ ގޮތުގައެވެ. ކައުންސިލްގެ ރައީސްކަމަށް އޭނާ އިންތިޚާބު ކުރީ މީގެ ދެ އަހަރު ކުރިންނެވެ.

ޕީއެސްއެމްއަހްމަދު މުސްތޮފާ، އެމްއެމްސީގެ ރައީސް

ކޮމެންޓް

އިތުރަށް ކިޔާލަން

ބިލު ބޮޑުވެ އިރުއިރުކޮޅާ ކަރަންޓު ކެނޑުނީމަ އެޑިއުކޭޓް ވާންވީ ރައްޔިތުން؟

ބިލު ބޮޑުވެ އިރުއިރުކޮޅާ ކަރަންޓު ކެނޑުނީމަ އެޑިއުކޭޓް ވާންވީ ރައްޔިތުން؟

03 ޑިސެމްބަރު 2025
40 އަހަރުގެ ތެރޭގައި ކުނަހަންދޫ އަށް ވަޑައިގަތް ފުރަތަމަ ރައީސް އަކީ މުއިއްޒު ކަމަށް ޕީއެސްއެމް އިން ޚަބަރު ފެތުރި އިރު މުއިއްޒު ކުރިން އެރަށަށް ވަޑައިގަތީ ރައީސް ވަހީދު އަރިހުގައި

40 އަހަރުގެ ތެރޭގައި ކުނަހަންދޫ އަށް ވަޑައިގަތް ފުރަތަމަ ރައީސް އަކީ މުއިއްޒު ކަމަށް ޕީއެސްއެމް އިން ޚަބަރު ފެތުރި އިރު މުއިއްޒު ކުރިން އެރަށަށް ވަޑައިގަތީ ރައީސް ވަހީދު އަރިހުގައި

21 އޮކްޓޯބަރު 2025
ޕީއެސްއެމްއިން ތަރުކާރުކޮށް ގާނޫނާ ހިލާފުވަމުންދާތީ ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި

ޕީއެސްއެމްއިން ތަރުކާރުކޮށް ގާނޫނާ ހިލާފުވަމުންދާތީ ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި

06 މެއި 2025
ދައުލަތުގެ މީޑިއާއިން ވަކި ފަރާތެއްގެ މަސްލަހަތު ހިމާޔަތްކުރުމަށް ތަކުރާރުކޮށް ގާނޫނާ ޚިލާފުވާކަމަށް ބުނެ މަޖިލީހަށް މައްސަލައެއް

ދައުލަތުގެ މީޑިއާއިން ވަކި ފަރާތެއްގެ މަސްލަހަތު ހިމާޔަތްކުރުމަށް ތަކުރާރުކޮށް ގާނޫނާ ޚިލާފުވާކަމަށް ބުނެ މަޖިލީހަށް މައްސަލައެއް

03 މެއި 2025
ޕީއެސްއެމްގެ ޗެއާޕާސަން ކަމަށް ނަމްޒާ އައްޔަންކޮށްފި

ޕީއެސްއެމްގެ ޗެއާޕާސަން ކަމަށް ނަމްޒާ އައްޔަންކޮށްފި

23 ޑިސެމްބަރު 2024

އަހަރުތަކުން މިއަދު

6 ޖެނުއަރީ
އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް
20251 އަހަރު ކުރިން
ސިއްހަތު

އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި
20233 އަހަރު ކުރިން
ދުނިޔެ

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟
20197 އަހަރު ކުރިން
ސިއްހަތު

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު