Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ ހަނގުރާމަ

އިސްރާއީލާ އެކު މަޝްވަރާ ކުރުމުގެ މާނައެއް ނެތް ކަމަށް ހަމާސް އިން ބުނެފި

ޣައްޒާގައި މިވަގުތު ހިނގަމުން އަންނަ ބަނޑުހައި ހޫނު ކަމުގެ ހަނގުރާމަ ނިމުމަކަށް ނާންނަ ހިނދެއްގައި، ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތައް އިސްރާއީލާ އެކު ކުރިއަށް ގެންދިޔުމުގެ އެއްވެސް މާނައެއް ނެތް ކަމަށް ބުނެފައިވޭ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 6 މެއި 2025 | އަންގާރަ 08:13
އިސްރާއީލް އިން ޣައްޒާ އަށް ދެމުން އަންނަ ހަމަލާތަކުގައި ހަލާކުވެފައިވާ އިމާރާތެއް

އިސްރާއީލް އިން ޣައްޒާ އަށް ދެމުން އަންނަ ހަމަލާތަކުގައި ހަލާކުވެފައިވާ އިމާރާތެއް

އިސްރާއީލުން ޣަައްޒާގައި ހިންގަމުން އަންނަ ބަނޑުހައި ހޫނު ކަމުގެ ހަނގުރާމަ ކުރިއަށްދާ ހިނދަކު، އިސްރާއީލާ އެކު މަޝްވަރާތައް ކުރިއަށް ގެންދިޔުމުގެ މާނައެއް ނެތް ކަމަށް ހަމާސްގެ އިސް އޮފިޝަލެއް ކަމަށްވާ ބައްސާމް ނައީމް ވިދާޅުވެއްޖެ އެވެ.

އިސްރާއީލް އިން ޣައްޒާ އަށް ބޭނުންވާ އެހީތެރިކަން ވެއްދުމަށް ހުރަސް އަޅަމުން އަންނަތާ ދުވަސްތަކެއް ވެފައިވާއިރު، އެކަން ހުއްޓުވައި ދިނުމަށް އޭނާ ވަނީ ބައިނަލްއަޤުވާމީ މުޖުތަމައު އަށް ގޮވާލައްވައިފަ އެވެ. 

އޭނާ ވިދާޅުވީ ޣައްޒާގައި މިވަގުތު ހިނގަމުން އަންނަ ބަނޑުހައި ހޫނު ކަމުގެ ހަނގުރާމަ ނިމުމަކަށް ނާންނަ ހިނދެއްގައި، ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތައް އިސްރާއީލާ އެކު ކުރިއަށް ގެންދިޔުމުގެ އެއްވެސް މާނައެއް ނެތް ކަމަށެވެ. 

މީގެ އިތުރުން އޭނާ ވަނީ އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސަރުކާރުން ޣައްޒާގެ ރައްޔިތުންނަށް ކުރިމަތި ކޮށްފައިވާ ބަނޑުހައި ކަމާއި، ފެނުގެ ދަތިކަމާއި، އަދި މީހުން މެރުން ހުއްޓުވައި ދިނުން އެދި ޕްރެޝަރު ކުރުމަށް ވެސް ބައިނަލްއަޤުވާމީ މުޖުތަމަ އަށް ގޮވާލައްވާފައި އެވެ. 

ހަމާސް އިން މިފަދައިން ވާހަކަ ދައްކާފައި މި ވަނީ، އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމަ ފުޅާކޮށް، ހަމާސް މުޅިން ބަލި ކުރަން އައު ހަނގުރާމައެއް ފަށާނެ ކަމަށް އިސްރާއީލުން ބުނެފައި ވަނިކޮށެވެ. 

ހަމާސްއިޒްރޭލްޣައްޒާބަނޑުހައި ހޫނު ކަންބައިނަލްއަޤުވާމީ މުޖުތަމަޢުޣައްޒާ ހަނގުރާމަ

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި
10 ޑިސެމްބަރު 2025

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!
09 ޑިސެމްބަރު 2025

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި
08 ޑިސެމްބަރު 2025

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް
08 ޑިސެމްބަރު 2025

ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025
ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު