Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިޓާލިއަން ލީގު

ލެއްޗޭ ބަލިކޮށް، އިންޓަރ ދެ ވަނައިގައި

މޮޅާއެކު އިންޓަރ މިލާން ދެ ވަަނައިގައި އޮތީ މިހާތަނަށް އެ ޓީމު ކުޅެފައިވާ 21 މެޗުން 50 ޕޮއިންޓާ އެކު އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 27 ޖެނުއަރީ 2025 | ހޯމަ 04:29
މެޗުގައި ލަނޑު ޖެހުމަށްފަހު އިންޓަރ މިލާންގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށްފަހު އިންޓަރ މިލާންގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

އިޓާލިއަން ލީގުގަައި ލެއްޗޭއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، އިންޓަރ މިލާާނުން ލީގު ތާވަލްގެ ދެ ވަނައިގައި އޮވެއްޖެ އެވެ.

ލެއްޗޭގެ އަމިއްލަ ދަނޑުގައި އާދީއްތަ ދުވަހުގެ ރޭ އެ ޓީމާ ދެކޮޅަށް ކުޅުނު މެޗު އިންޓަރ މިލާނުން ކާމިޔާބު ކުރީ 4-0 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި އެ ޓީމުން ދެ ލަނޑު ޖެހިއިރު، ދެ ވަނަ ހާފުގައި ވެސް ވަނީ ދެ ލަނޑު ޖަހައިފަ އެވެ.

މެޗު ފަށައިގެން ހަ ވަނަ މިނެޓުގައި އިންޓަރ އަށް ކުރި ހޯދައިދިނީ ޑޭވިޑް ފަރަޓެސީ އެވެ. އޭގެ ފަހުން ފަރަޓެސީ ދެ ވަނަ ލަނޑެއް ޖެހި ނަމަވެސް، ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) އިން ވަނީ އެ ލަނޑު ބަލައި ނުގަންނަން ނިންމައިފަ އެވެ. މެޗުގެ ފުރަތަަމަ ހާފުގައި އިންޓަރގެ ދެ ވަނަ ލަނޑު ޖެހީ ލައުޓާރޯ މާޓިނޭޒް އެވެ.

މެޗުގެ ދެ ވަނަ ހާފު ފަށައިގެން 12 ވަނަ މިނެޓުގައި ޑެންޒެލް ޑަމްފްރީސް ވަނީ އިންޓަރ މިލާންގެ ތިން ވަނަ ލަނޑު ޖަހައިފަ އެވެ. އެ ލަނޑު އޭނާ ޖެހީ މާޓިނޭޒް ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. މެޗުގައި އިންޓަރ މިލާންގެ ފަހު ލަނޑަކީ އެ ޓީމަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް މާކަސް ތުރަމް ޖެހި ލަނޑެކެވެ.

މޮޅާއެކު އިންޓަރ މިލާން ދެ ވަަނައިގައި އޮތީ މިހާތަނަށް އެ ޓީމު ކުޅެފައިވާ 21 މެޗުން 50 ޕޮއިންޓާ އެކު އެވެ. އިންޓަރ މިލާނަށް ވުރެ އެއް މެޗު އިތުރަށް ކުޅެގެން އެއް ވަނައިގައި އޮތް ނަޕޯލީ އަށް ލިބެނީ 53 ޕޮއިންޓެވެ.

އިޓާލިއަން ލީގުއިންޓަރ މިލާން

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް

10 ޑިސެމްބަރު 2025
ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް
29 ސެޕްޓެމްބަރު 2025

ނަޕޯލީ ބަލިކޮށް، އޭސީ މިލާާން އެއް ވަނަ އަށް

29 ސެޕްޓެމްބަރު 2025
ނަޕޯލީ ބަލިކޮށް، އޭސީ މިލާާން އެއް ވަނަ އަށް
01 ޖުލައި 2025

އިންޓަރ މިލާން ކަޓުވާލައި، ފްލުމިނެންސޭ ކުއާޓާ ފައިނަލަށް

01 ޖުލައި 2025
އިންޓަރ މިލާން ކަޓުވާލައި، ފްލުމިނެންސޭ ކުއާޓާ ފައިނަލަށް
26 ޖޫން 2025

ރިވާ ޕްލޭޓް ބަލިކޮށް، އިންޓަރ މިލާން ގަދަ 16 އަށް

26 ޖޫން 2025
ރިވާ ޕްލޭޓް ބަލިކޮށް، އިންޓަރ މިލާން ގަދަ 16 އަށް
04 ޖޫން 2025

އިންޒާގީ، އިންޓަރ މިލާން ދޫކޮށްލައިފި

04 ޖޫން 2025
އިންޒާގީ، އިންޓަރ މިލާން ދޫކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު