Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓު

މުނައްވަރު ހާދަހާ މަޖަލެވެ!

ކޮމިޝަނުން ކުރާ މަސައްކަތްތަކާ ގުޅޭ ގޮތުން ކޮންމެ ނޫސްވެރިޔަކު ވެސް ސުވާލު ކުރި އެވެ. ހަ ނޫސްވެރިން އެ ސުވާލު ކުރިއިރު، މުނައްވަރު އެ ސުވާލަށް ވެސް ޖަވާބު ދެއްވީ ހަ ގޮތަށެެވެ. ފަހަރުގައި ވެދާނެ އެވެ! މުނައްވަރަކީ ޤާނޫނީ ގޮތުން ފުންނާބު އުސް މޮޅު ބޭފުޅަކަށް ވީމާ، ކުޅަދާނައީ އެވެ!

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 1 މެއި 2025 | ބުރާސްފަތި 12:01
ރިޔާސީ ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަންގެ ރައީސް ޑޮކްޓަރު މުޙައްމަދު މުނައްވަރު

ރިޔާސީ ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަންގެ ރައީސް ޑޮކްޓަރު މުޙައްމަދު މުނައްވަރު

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުއިއްޒު އުފެއްދެވި ރިޔާސީ ކޮމިޝަނުން ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަކީ، އެ ކޮމިޝަނުން ބަލަމުން އަންނަ މައްސަލަައިގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެކެވެ.

މައްސަލައިގެ ބާވަތުންނާއި، ރައްޔިތުންގެ މެދުގައި މައްސަލައިގެ ކަންބޮޑުވުން އޮތް މިންވަރުން، ރިޔާސީ ކޮމިޝަނުން ތަންކޮޅެއް ސީިރިއަސް ވާހަކަތަކެއް ދައްކާނެ ކަމަށް ޤަބޫލު ކުރެވުނެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަންގެ ފަސް މެމްބަރުން ވެސް ބައިވެރި އެވެ.

ޖުމުލަ ގޮތެއްގައި މުޅި ނޫސްވެރިންގެ ބައްދަލުވުން ލީޑު ކުރެއްވީ ކޮމިޝަންގެ ރައީސް އަދި ކުރީގެ ބަންޑާރަ ނައިބު ޑޮކްޓަރު މުޙައްމަދު މުނައްވަރު އެވެ. ބޮަޑަށް ޤަބޫލު ކުރެވުނީ އެމަނިކުފާނު ވެސް، ސީރިއަސް ނޯޓެއްގައި ވާހަކަ ދައްކަވާނެ ކަމަށެވެ.

އެހެން ނަމަވެސް، ނޫސްވެރިންގެ ބައްދަލުވުން ފައްޓަވަމުން ވެސް މުނައްވަރު ވިދާޅުވި ވާހަކަ އަކުން ހިތަށް އެރި އެވެ. އެހާ ވަރުގެ ކަމެއް ފާހަގަކޮށްލަން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި ހެއްޔެވެ؟ މުނައްވަރު ވިދާޅުވީ، މިއަދުގެ ނޫސްވެރިންގެ ބައްދަލުވުން ބާއްވަނީ ކޮމިޝަންގެ މަސައްކަތްތައް ފަށާފައިވާ ވާހަކަ އިއުލާން ކޮށްލުމަށެވެ.

މުޅި ނޫސްވެރިންގެ ބައްދަލުވުން އަޅުގަނޑަށް ސިފަވީ އެހެން ގޮތަކަށެވެ. ނޫސްވެރިން ކުރަމުން ދިޔައީ ސީރިއަސް ސުވާލު ތަކަކަށް ވީ ނަމަވެސް، މުނައްވަރު ދެއްވަމުން ގެންދެވީ މަޖާ ޖަވާބު ތަކެވެ. ވާހަކަ ދައްކަވަމުން ގެންދެވީ ވަރަށް މަޖާވެފައި އިންނަވައިގެންނެވެ. ބައެއް ފަހަރު ހިނި ގަނޑެއް ވެސް ޖަހައިލަ އެވެ.

އެންމެ ފުރަތަމަ މުނައްވަރު ވިދާޅުވީ، ދަންވަރު ހިނގައިގެން އުޅޭ ހާދިސާއެއް ތަހުގީގު ކުރުމަށް، ދަންވަރު ކޮމިޝަން އުފެއްދެވި ކަމަށެވެ. އަދި މުނައްވަރަކީ ދަންވަރު ހޭލައި އުޅުއްވާ ބޭފުޅެއްގެ ގޮތުގައި ލޭބަލް ވެފައިވާ ބޭފުޅެއް ކަމަށާއި، އެހެންވެ އެ ކޮމިޝަނަށް އެމަނިކުފާނު ލެއްވީ ކަމަށް ވެދާނެ ކަމަށެވެ. ޖުމުލަ ގޮތެއްގައި، އެ ކޮމިޝަނަށް މުނައްވަރު ލެއްވި ސަބަބެއް ވެސް މުނައްވަރަށް އެނގިވަޑައި ނުގަންނަވަ އެވެ.

މުނައްްވަރު އެވެ! "ދަން ދަން ވެދަން ދެން ހޭލާ ހުރިއްޔާ" ހެއްޔެވެ؟

އިތުރަށް މުނައްވަރު ވިދާޅުވީ، ކޮމިޝަން އުފައްދަވައިގެން ބުދަ ދުވަހާ ހަމައަށް އައިއިރު، އެ ކޮމިޝަންގެ މެމްބަރުންނަށް މުސާރަ ލިބޭ ކަމެއް ނުވަތަ ކޮމިޝަނަށް ބަޖެޓެއް އޮތް ކަމަށް ވެސް އެއްވެސް ބޭފުޅަކު ވިދާޅު ނުވާ ކަމަށެވެ. މުސާރައެއް އޮންނަ ވާހަކަ ބުނެފި ނަމަ، ދެން މަސައްކަތް ދިގު ދެންމުމުގެ ފުރުސަތު އޮތުމަކީ ވެސް އެކަށީގެންވާ ކަމެއް ނޫންތޯ ވެސް މުނައްވަރު ވިދާޅުވީ މަޖާވެފައި އިންނަވައިގެންނެވެ.

ރިޔާސީ ކޮމިޝަން އުފެއްދެވި ސަބަބެއް ވެސް ކޮމިޝަންގެ ރައީސް މުނައްވަރު އަދި މެމްބަރަކަށް ވެސް އެނގިވަޑައި ނުގަންނަވަ އެވެ. އަދި ކޮމިޝަންގެ މެމްބަރުން މަސައްކަތް ކުރަންވީ އަމާޒެއް ވެސް އެނގި ވަޑައި ނުގަންނަވަ އެވެ. މުނައްވަރު ވިދާޅުވި ގޮތުން، ކޮންމެ މެމްބަރަކަށް ވެސް އެންގެވީ ކޮމިޝަނަށް އައްޔަން ކުުރި ވާހަކައެކެވެ.

މި ނޫސްވެރިންގެ ބައްދަލުވުމަކީ އެ ކޮމިޝަންގެ އެންމެ ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމެވެ. ކުރު ގޮތަކަށް ދަންނަވާ ނަމަ، މާޔޫސްވެފައި ތިބި އެތައް ބަޔަކަށް، އުންމީދެއް ދިނުމުގެ ފުރުސަތު އެ ކޮމިޝަނަށް އޮތެވެ. އެކަމަކު ދެން ވެސް މުނައްވަރު ދެއްކެވި ވާހަކަތައް ތަރުޖަމާ ކުރަން ވެސް އިތުރު ކޮމިޝަނެއް ހައްދަވަން ޖެހޭނެ އެވެ!

މުނައްވަރު ވިދާޅުވީ އެ ރިޔާސީ ކޮމިޝަނަށް އާންމު ރައްޔިތުން އިތުބާރު ނުކޮށްގެން އެމަނިކުފާނު ހައިރާން ނުވާ ކަމަށެވެ. އަދި އެކަމުގައި މާ ބޮޑު މައްސަލައެއް ޖައްސަވާކަށް ވެސް ނޫޅުއްވާ ކަމަށެވެ. އެހެންވީމާ، އެ ކޮމިޝަނަށް އާންމުން އިތުބާރު ނުކުރިޔަސް މުނައްވަރަށް ވަރިހަމަތާ އެވެ! އެކަމާ މެދު ވިސްނާލަން ވެސް މުނައްވަރު ބޭނުން ނުވަނީތާ އެވެ!

މުނައްވަރު ވިދާޅުވި އެވެ. އިތުބާރަކީ ފާޑެއްގެ އެއްޗެކެވެ. މި ރާއްޖޭގައި ކުރީގައި ވެސް ރިޔާސީ ކޮމިޝަންތައް ހައްދަވާފައިވާ ކަމަށާއި، އެ ކޮމިޝަންތަކަށް ވީ ކަމެއް "ޙަރާމް" ކަމަށެވެ. ދެން މި ކޮމިޝަނަށް އިތުބާރު ކުރަންވީ ސަބަބެއް ނެތް ކަމަށް ވެސް މުނައްވަރު ވިދާޅުވާން އުޅުއްވާ ކަހަލަ އެވެ!

އަބަދު ވެސް މީހުން ބުނެ އެވެ. ފުރަތަމަ އިމްޕްރެޝަން ރަނގަޅު ކުރަން ޖެހޭނެ އެވެ. ފުރަތަމަ އިންޕްރެޝަން ގޯސްވެއްޖެ ނަމަ، ފަހު އިމްޕްރެޝަން ވެސް އޮންނާނީ ގޯސްކޮށް ކަމަށް، މީހުން ބުނެ އެވެ. ރިޔާސީ ކޮމިޝަނަށް މިވީ އެހެންނެވެ. ރައްޔިތުންނަށް ފެނުނު ފުރަތަމަ އިމްޕްރެޝަން ވެސް މުޅިން ޚަރާބުވީ އެވެ.

ކޮމިޝަނުން ކުރާ މަސައްކަތްތަކާ ގުޅޭ ގޮތުން ކޮންމެ ނޫސްވެރިޔަކު ވެސް ސުވާލު ކުރި އެވެ. ހަ ނޫސްވެރިން އެ ސުވާލު ކުރިއިރު، މުނައްވަރު އެ ސުވާލަށް ވެސް ޖަވާބު ދެއްވީ ހަ ގޮތަށެެވެ. ފަހަރުގައި ވެދާނެ އެވެ. މުނައްވަރަކީ ޤާނޫނީ ގޮތުން ފުންނާބު އުސް މޮޅު ބޭފުޅަކަށް ވީމާ، ކުޅަދާނައީ އެވެ.

ކޮމިޝަންގެ ރައީސް މުނައްވަރު ވިދާޅުވީ މިހާތަނަށް އެމަނިކުފާނަށް އެނގިލައްވަނީ ކޮމިޝަން އުފެއްދެވިކަން ކަމަށެވެ. ކޮމިޝަންގެ މަޤުސަދެއް، އަމާޒެއް، ކުރަންވީ މަސައްކަތެއް ނުވަތަ ނެރެން ބޭނުންވާ ނަތީޖާއެއް ވެސް ކޮމިޝަންގެ ރައީސަށް އަދި މެމްބަރުންނަށް ވެސް އެނގި ނުލައްވާ ކަހަލަ އެވެ!

މިއީ ރިޔާސީ ކޮމިޝަން އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަންގެ ރައީސް ދެއްކެވި ބައެއް ވާހަކަ އެވެ. ކޮމިޝަންގެ ރައީސް ބޮޑަށް ވާހަކަ ދެއްކެވީ، ކޮމެޑީ ޝޯއެއްގައި އިންނަވާ ހެން ހީވެގެން ކަހަލަ އެވެ. ދެން މި ކޮމިޝަންގެ މަސައްކަތްތައް ކުރިއަށް ދާނެ ގޮތް ވެސް ހިތަށް އަރުވާލާފައި، އަޅުގަނޑަށް ވެސް ހަމަ ހެވެނީ އެވެ.

ޑޮކްޓަރ މުޙައްމަދު މުނައްވަރުރިޔާސީ ކޮމިޝަންމަގޭ ރިޕޯޓް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025
އިރު އިރުކޮޅާ އިނގިރޭސިވިލާތަށް، ޤައުމަށް އޮތީ ކޮން ކަމެއް؟

އިރު އިރުކޮޅާ އިނގިރޭސިވިލާތަށް، ޤައުމަށް އޮތީ ކޮން ކަމެއް؟

02 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ދިރިއުޅުމަކީ މިއީބާ!

ރައީސް މުޢިއްޒުގެ ދިރިއުޅުމަކީ މިއީބާ!

26 ނޮވެމްބަރު 2025
ރައީސް މި ދައްކަވާ ވާހަކަ އާއި، އަމަލު ދިމާ ކުރަން ވެސް ޖަހަންވީ ހިސާބެއް؟

ރައީސް މި ދައްކަވާ ވާހަކަ އާއި، އަމަލު ދިމާ ކުރަން ވެސް ޖަހަންވީ ހިސާބެއް؟

04 ނޮވެމްބަރު 2025
ޤާއުމުގެ މައި ދޮރާށިތައް ނުރައްކަލަށް، ހޯމް ލޭންޑް މިނިސްޓަރު ފެއިލުވެއްޖެ!

ޤާއުމުގެ މައި ދޮރާށިތައް ނުރައްކަލަށް، ހޯމް ލޭންޑް މިނިސްޓަރު ފެއިލުވެއްޖެ!

28 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

9 މާރިޗު
ކްރީމީ މެންގޯ ކޮކްޓެއިލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރީމީ މެންގޯ ކޮކްޓެއިލް

ރޯދަމަސް ފެށެން އެއްދުވަސް، ފެނަކަ ކުންފުނީގައި 8 އަހަރު އުޅުނު މުވައްޒަފަކު ކަނޑާލައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަމަސް ފެށެން އެއްދުވަސް، ފެނަކަ ކުންފުނީގައި 8 އަހަރު އުޅުނު މުވައްޒަފަކު ކަނޑާލައިފި

ޔުނައިޓެޑް މާމޮޅު، ދެ ވަނަ ގޯލާއެކު މެޗު ނިމިއްޖެ: ޕެލެގްރީނީ
20233 އަހަރު ކުރިން
ކުޅިވަރު

ޔުނައިޓެޑް މާމޮޅު، ދެ ވަނަ ގޯލާއެކު މެޗު ނިމިއްޖެ: ޕެލެގްރީނީ

ރަށް ދެކެ ލޯބިވާ ޑޮކްޓަރު
20224 އަހަރު ކުރިން
މީހުން

ރަށް ދެކެ ލޯބިވާ ޑޮކްޓަރު

ކުރީގެ ރައީސް މައުމޫނު އިދިކޮޅާ ގުޅެން ނިންމެވިކަމުގެ އަޑުތަކެއް!
20215 އަހަރު ކުރިން
ރާއްޖެ

ކުރީގެ ރައީސް މައުމޫނު އިދިކޮޅާ ގުޅެން ނިންމެވިކަމުގެ އަޑުތަކެއް!

ސަރުކާރު ކޯލިޝަން އެބަ އޮތް، އެކަމަކު ތާއިދު ކުރަނީ ޕީޕީއެމް/ޕީއެންސީއަށް: ގާސިމް
20197 އަހަރު ކުރިން
ރާއްޖެ

ސަރުކާރު ކޯލިޝަން އެބަ އޮތް، އެކަމަކު ތާއިދު ކުރަނީ ޕީޕީއެމް/ޕީއެންސީއަށް: ގާސިމް

ޖެނަރަލް ޝިޔާމްގެ ގެކޮޅުގެ އޭސީ ހަދަން ދެކޮޅު ހެދި ދެ އޮފިސަރަކަށް ފިޔަވަޅު އަޅައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖެނަރަލް ޝިޔާމްގެ ގެކޮޅުގެ އޭސީ ހަދަން ދެކޮޅު ހެދި ދެ އޮފިސަރަކަށް ފިޔަވަޅު އަޅައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު